އިރާން ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލޭތީ ދުނިޔޭގެ ބާޒާރަށް ބޮޑު ލޮޅުމެއް އަންނާނެ!

Mar 7, 2026, 2:57 PM
އިރާން ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލޭތީ ދުނިޔޭގެ ބާޒާރަށް ބޮޑު ލޮޅުމެއް އަންނާނެ!

އެމެރިކާ އާއި އިޒްރޭލުން އިރާނަށް ބޮން އަޅައި ފެށި ހަނގުރާމަ އަވަހަށް ނިމުނުކަމުގައިވީ ނަމަވެސް ތެލުގެ އަގަށް އައި ބަދަލާއި، ލޮޖިސްޓިކްސް އަދި ޝިޕިންއަށް ދިމާވެފައިވާ ގޮންޖެހުންތަކުގެ ސަބަބުން އެތައް މަހެއް ވަންދެން ތަކެތީގެ އަގުތައް އުފުލުމުގެ ފުރުސަތު އޮތްކަމަށް ކަމާބެހޭ މާހިރުންނާ ހަވާލާދީ ރޮއިޓާސްއިން ބުނެފި އެވެ.

މިހާރު މާކެޓުތަކަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ތެޔޮ ސާފުކުރާ ކާރުހަނާތައް ހުއްޓި ސަޕްލައި ރޫޓުތަކަށް ބޮޑެތި ގެއްލުންތަކެއް ވެފައިވުން ކަމަށް ޖޭޕީ މޯގަންގެ އެނަލިސްޓުން ވަނީ އިއްޔެ ބުނެފަ އެވެ.

އީރާނާއި ގަލްފުގެ ގައުމުތަކާ ދެމެދު އޮންނަ މުހިންމު ހޮރުމޫޒު ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުތަކަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކާއި ތެޔޮ ނަގާ ކާރުހާނާތަކަށް ދެމުން އަންނަ ހަމަލާތަކުގެ ސަބަބުން ސާފުނުކުރާ ތެލާއި ގޭސް ސަޕްލައިގެ ފަސްބައިކުޅަ އެއްބައި މިހާރު ވަނީ ހުއްޓިފަ އެވެ.

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މި ހަފުތާގައި 24 ޕަސެންޓު އުފުލި، ތެޔޮ ފީފާއެއްގެ އަގު 90 ޑޮލަރަށް ވުރެ މައްޗަށް ވަނީ ގޮސްފަ އެވެ. މިއީ ކޮވިޑު ޕެންޑެމިކަށް ފަހު ހަފުތާއެއްގެ ތެރޭގައި އެންމެ ބޮޑަށް ތެލުގެ އަގު އުފުލުނު ފަހަރެވެ.

ހޮރުމޫޒުކަނޑުއޮޅި ގާތްގަނޑަކަށް އެއްކޮށް ބަންދުވުމުގެ މާނައަކީ، ސަރަހައްދުގެ ބޮޑެތި ތެޔޮ އުފައްދާ ގައުމުތައް ކަމަށްވާ ސައުދީ އަރަބިއްޔާ، ޔޫއޭއީ، އިރާގު އަދި ކުވެއިތުން ދުނިޔޭގެ ރިފައިނަރީތަކަށް ފޮނުވާ 140 މިލިއަން ފީފާގެ ތެޔޮ (ދުނިޔޭގެ 1.4 ދުވަހުގެ ޑިމާންޑާ އެއްވަރުގެ މިންވަރެއް) ފޮނުވުން މެދުކަނޑާލުމެވެ.

ނަތީޖާއެއްގެ ގޮތުން، ގަލްފު ސަރަހައްދުގައި ހުރި ތެލާއި ގޭސް ރައްކާކުރާ ތަންތަން އަންނަނީ ހަލުވިކަމާއެކު ފުރެމުންނެވެ. އިރާގުގެ ތެޔޮ ނަގާ ކާރުހަނާތަކުން އުފައްދާ މިންވަރު މަދުކުރަން މަޖުބޫރުވެފައިވާއިރު، ކުވެއިތާއި ޔޫއޭއީ އަކީ ދެން އެންމެ އަވަހަށް މިފަދަ ފިޔަވަޅެއް އަޅާނެ ގައުމުތައް ކަމަށް އެނަލިސްޓުންނާއި ވިޔަފާރިވެރިން ބުނެ އެވެ.

ޝިޕިންއަށް ހުރަސްއެޅުމުގެ ސަބަބުން މެދުއިރުމަތީގައި ބަންދުކުރަން ޖެހުނު ތެޔޮ ވަޅުތައް އާންމު ހާލަތަށް ރުޖޫއަވުމަށް ދުވަސްކޮޅެއް ނަގާފާނެ ކަމަށް ރައިސްޓެޑް އެނާޖީގެ އަމީރު ޒަމާން ރޮއިޓާސްއަށް ބުންޏެވެ.

"ހަނގުރާމަ ނިމިދާނެ، ނަމަވެސް ކުރިން ހުރި މިންވަރަށް އުފެއްދުންތައް ގެންދިއުމަށް، ވަޅުތަކުގެ ބާވަތާއި، ވަޅުގެ އުމުރާއި، ބަންދުކުރަން ޖެހުނު ގޮތުގެ މައްޗަށް ބިނާކޮށް ދުވަސްތަކެއް ނުވަތަ ހަފުތާތަކެއް ނުވަތަ މަސްތަކެއް ނަގައިފާނެ،" އޭނާ ބުންޏެވެ.

އީރާނުގެ ސިފައިން މިހާރު ދަނީ ސަރަހައްދީ ހަކަތައިގެ އިންފްރާސްޓްރަކްޗަރަށް (ރެފިނަރީތަކާއި ޓާމިނަލްތައް ހިމެނޭހެން) އަމާޒުކުރަމުންނެވެ. މީގެ ސަބަބުން އެ ތަންތަން ބަންދުކުރަން މަޖުބޫރުވެފައިވާއިރު، ބައެއް ތަންތަނަށް ބޮޑެތި ގެއްލުންތަކެއް ލިބި މަރާމާތުކުރަން ވަނީ ޖެހިފަ އެވެ.

ހަނގުރާމަ އަވަހަށް ނިމުމަކީ ބާޒާރަށް ލިބޭނެ ލުޔެކެވެ. ނަމަވެސް ކުރިން ހުރި އަގުތަކާއި ސަޕްލައިއަށް ރުޖޫއަވުމަށް، އިންފްރާސްޓްރަކްޗަރާއި ޝިޕިންއަށް ލިބުނު ގެއްލުމުގެ މިންވަރަށް ބަލައި ހަފުތާތަކެއް ނުވަތަ މަސްތަކެއް ނަގާފާނެ އެވެ.

ހަކަތައިގެ ސަޕްލައިއަށް އޮތް އެންމެ ބޮޑު ސުވާލަކީ ހޯރްމޫޒް ކަނޑުއޮޅި އަލުން އުޅަނދުތަކަށް ރައްކާތެރިވާނީ ކިހިނެއް އަދި ކޮން އިރަކުތޯ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

އަލްބޭނިއާގެ މަޖިލީހުގައި ފްލެއާ އަރުވައިފި

އަލްބޭނިއާގެ ބޮޑުވަޒީރުގެ އިސްތިއުފާއަށް ގޮވާލައި ދަރިވަރުން ކުރަމުންދާ މުޒާހަރާތަކަށް ތާއީދުކޮށް، އެގައުމުގެ އިދިކޮޅު މެންބަރުން މަޖިލީހުގެ ތަޅުމުގައި ފްލެއާ އަރުވައި ޖަލްސާއަށް ހުރަސްއަޅައިފިއެވެ. ސަރުކާރުގެ ކޮރަޕްޝަނާއި އިޖުތިމާއީ މައްސަލަތަކާ ގުޅިގެން ފެށުނު މި ހަމަނުޖެހުންތަކަކީ ބޮޑުވަޒީރު އެޑީ ރާމާގެ ވެރިކަމަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމެވެ.

ފުލުހުން މޭގަންގެ ބައްޕަގެ އިލެކްޓްރޯނިކް ސާމާނުތައް ބަލަނީ

މޭގަން މާކަލްގެ ބައްޕަ ތޯމަސް މާކަލްގެ މައްޗަށް ކުރެވޭ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުތަކާ ގުޅިގެން، އޭނާގެ އިލެކްޓްރޯނިކް ސާމާނުތައް ބަލައި ތަހުގީގުކުރުމުގެ ހުއްދަ ފިލިޕީންސް ފުލުހުން ކޯޓުން ހޯދައިފިއެވެ. މި ތަކެތި ފުލުހުންނާ ހަވާލުކުރީ އޭނާގެ ދަރިފުޅު ކަމަށްވާއިރު، ތޯމަސް މާކަލް ވަނީ މި ތުހުމަތުތައް ދޮގުކޮށްފައެވެ.

އަޅުގަނޑަކީ ބްރެޒިލްގެ "ހައްގުވެރި" ލީޑަރު: ބޮލްސޮނާރޯ

ބްރެޒިލްގެ ރިޔާސީ އިންތިޚާބުން ނާކާމިޔާބުވި ފްލާވިއޯ ބޮލްސޮނާރޯ، ޕާސްޕޯޓް ހަވާލުކުރުމުގެ އަމުރަށް އިންކާރުކޮށް އެމެރިކާއަށް ވަޑައިގަތުމަށްފަހު އޭނާއަކީ ގައުމުގެ "ހައްގުވެރި ލީޑަރު" ކަމަށް އިއުލާންކުރައްވައިފިއެވެ. އިންތިޚާބަކީ ބަޣާވާތެއް ކަމަށް އޭނާ ތުހުމަތުކުރެއްވި ނަމަވެސް، ބައިނަލްއަގުވާމީ މުޖުތަމައާއި ބްރެޒިލްގެ ކަމާބެހޭ އިދާރާތަކުން ވަނީ ރައީސް ލޫލާގެ ކާމިޔާބީ ގަބޫލުކޮށްފައެވެ.

މެޖޯރިޓީ ގެއްލުނަސް ނަތަންޔާހޫއަށް ޔަހޫދީންގެ ތާއީދު ބޮޑު

އިސްރާއީލުގެ އިންތިޚާބުގައި ނަތަންޔާހޫގެ އިއްތިހާދަށް އަޣުލަބިއްޔަތު ގެއްލުނު ނަމަވެސް، އިދިކޮޅު ފަރާތްތަކަށް ވުރެ ގިނަ ގޮނޑި ކާމިޔާބުކޮށް އޭނާ މަގާމުގައި ދެމިހުރުމުގެ ފުރުސަތު ވަނީ ބޮޑުވެފައެވެ. އަރަބި ޕާޓީތަކުގެ އެހީތެރިކަމާ ނުލައި ސަރުކާރެއް އެކުލަވާލުން އިދިކޮޅު ފަރާތްތަކަށް ދަތިވެފައިވާއިރު، އާ ސަރުކާރެއް އުފެދެންދެން ނަތަންޔާހޫ ވަގުތީ ބޮޑުވަޒީރުގެ ގޮތުގައި ހުންނާނެ ކަމަށް ބެލެވެއެވެ.

ސްޕެއިންގައި ދެ ރޭލެއް ޖެހި 68 މީހުން މަރުވެއްޖެ

ސްޕެއިންގައި ބާރު ދުވެލީގައި ދަތުރުކުރި ދެ ރޭލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 68 މީހުން މަރުވެ، ގިނަ ބަޔަކަށް ވަނީ އަނިޔާވެފައެވެ. މި ހާދިސާ ހިނގަން މެދުވެރިވީ ކޮމްޕިއުޓަރު ސިސްޓަމަށް ދިމާވި މައްސަލައަކާ ގުޅިގެން ކޮންޓްރޯލް ސެންޓަރުން ދިން ނުބައި އިރުޝާދަކުން ހެދުނު އިންސާނީ ގޯހެއްގެ ސަބަބުންނެވެ.

Newsletter

Get the latest news delivered straight to your inbox