އެއްގަމު މަހަކީ އުމުރު ދިގުކޮށްދޭ އެއްޗަކަށް ވެދާނެ

Jan 22, 2026, 8:22 AM
އެއްގަމު މަހަކީ އުމުރު ދިގުކޮށްދޭ އެއްޗަކަށް ވެދާނެ

އެއްގަމު މަހާއި އެއްގަމު ޖަނަވާރުގެ ބައިތަކުން އުފައްދާ ކާނާގެ ބާވަތްތައް ކެއުމަކީ، ހަށިގަނޑު ފަލަވުމުގެ މައްސަލަ ކުރިމަތިކުރުވަފާނެ ކަމެކެވެ. ނަމަވެސް ސައެންޓިފިކް މައުލޫމާތުތައް ބުނާ ގޮތުން ޖަނަވާރުގެ ބައިތަކުގައި އެކުލެވޭ ޕްރޮޓީނަކީ އިންސާނުންގެ ހަށިގަނޑުގެ މަސްތަކާއި ކަށިތަކުގެ ދުޅަހެޔޮކަން ދަމަހައްޓައިދިނުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ އެއްޗެކެވެ.

މީގެ ކުރީގެ ބައެއް ދިރާސާތަކުގައި ބުނެފައިވާ ގޮތުން ދުޅަހެޔޮކަންމަތީގައި މީހާގެ އުމުރު ދިގުވުމުގައި މައިގަނޑު ދައުރެއް އަދާކުރަނީ ގަސްގަހާގެހީގެ ބައިތަކުން އުފެދޭ އަދި އުފައްދާ ކާނާއެވެ. އޭގެ ތެރޭގައި ތަރުކާރީ، މޭވާ ފަލަމަޑި އަދި ފަތްޕިލާވެއްޔާއި އެ ތަކެތިން އުފައްދާ ކާނާގެ ބާވަތްތައް ހިމެނެއެވެ.

ނަމަވެސް ޗައިނާގެ ސައެންސްވެރިން ކުރި ދިރާސާއެއްގައި ބުނެފައިވާ ގޮތުން މީހާގެ އުމުރު ދިގުވުމާ ގުޅިފައިވަނީ އެއްގަމު ޖަނަވާރުގެ ބައިތަކުން އުފައްދާ ކާނާގެ ބާވަތްތަކެވެ. އޭގެ ތެރޭގައި ހިމެނެނީ އެއްގަމު މަހާއި، ދޫނި ސޫފާސޫފީގެ ބިހާއި ކިރުގެ ބާވަތްތަކާއި އެ ތަކެތިން އުފައްދާ ކާނާގެ ބާވަތްތަކެވެ. ހާއްސަކޮށް އުމުރުން ދުވަސްވީ މީހުންގެ ތެރެއިން ބަރުދަން ލުއި މީހުންނަށް މި ބާވަތްތަކުން ލިބޭ މަންފާ ބޮޑެވެ.

މިހާތަނަށް ސައެންސްވެރިން އިރުޝާދު ދެމުން އައީ، ދުޅަހެޔޮކަންމަތީގައި ހުންނަން ބޭނުން ނަމަ، ގަސްގަހާގެހީގެ ކާނާއަށް ބަރޯސާވުމަށެވެ. ނަމަވެސް ޗައިނާގެ ސައެންސްވެރިން ބުނާ ގޮތުގައި އެގައުމުގައި ތިބި 100 އަހަރުން މަތީގެ ގިނަ މީހުންނަކީ، ކާނާގެ ގޮތުގައި އެއްގަމު ޖަނަވާރުގެ ބައިތައް ބޭނުންކުރާ މީހުންނެވެ.

ދިރާސާތައް ދައްކާ ގޮތުގައި އެއްގަމު ޖަނަވާރުގެ މަހަކީ، ހަށިގަނޑު މުސްކުޅިވުމާ ގުޅިފައިވާ އެންމެ މުހިންމު މޮލިކިއުލް ކަމަށްވާ (mTOR) އަށް އަސަރު ފޯރުވާ އެމިނޯ އެސިޑްގެ ބާވަތްތަކުން މުއްސަނދިވެފައިވާ އެއްޗެކެވެ. މީގެ ކުރީގެ އެތައް ދިރާސާއެއްގައި ބުނެފައިވާ ގޮތުން ކެއުމުގައި އެއްގަމު މަސް ބޭނުން ނުކުރުމަކީ ނުވަތަ ބޭނުންކުރާ މިންވަރު މަދުކުރުމަކީ ހިތުގެ ބަލި ޖެހުމުގެ ނުރައްކާ ކުޑަކޮށްދީ، މީހާގެ އުމުރު ދިގުކޮށްދޭ ކަމެކެވެ.

އެއާއެކު އެ ދިރާސާތަކުގައި ބާރުއަޅާފައި އޮންނަނީ ގަސްގަހާގެހީގެ ބައިތައް ކެއުމުގައި ގިނަކުރުމަށެވެ. ނަމަވެސް ގަސްގަހާގެހީގެ ބައިތަކުން އުފައްދާ ކާނާއަށް އެކަނި ބަރޯސާވުމަކީ، ހަށިގަނޑުގެ މަސްތަކުގެ ބާރު ދެރަވެ، ވަރަށް އާދައިގެ ލޮޅުމެއްގައި ވެސް ކަށިތަކުގައި ރެނދުލައި ނުވަތަ ކަށި ބިންދައިގެން ދިޔުމަށް މެދުވެރިވާ ކަމެކެވެ. ވަކިން ހާއްސަކޮށް، އުމުރުން ދުވަސްވީ މީހުންނަށް މިކަމުގެ ނުރައްކާ ވަކިން ބޮޑެވެ.

އުމުރުން ދުވަސްވީ މީހެއްގެ ކަށިގަނޑެއްގައި ރެނދެއް ލައިފިއްޔާ ނުވަތަ ބިންދައިގެން ހިނގައްޖެ ނަމަ، އެ ކަށިގަނޑެއް ފަސޭހަވުމަށް އެތައް ދުވަހެއް ނަގައެވެ. އެހެންކަމުން، އުމުރުން ދުވަސްވީ މީހުންނަށް މެދުވެރިވާ މިފަދަ މައްސަލަތަކުން އެމީހުން ސަލާމަތް ކުރެވޭނީ އެމީހުންގެ ގައިގެ މަސްތަކާއި ކަށިތައް ވެސް ވަރުގަދަވެގެން ކަމަށް ޗައިނާގެ ސައެންސްވެރިން ދެކެއެވެ.

ޗައިނާގެ ސައެންސްވެރިން ކުރި ދިރާސާގައި އެ ގައުމުގެ ސިއްހީ މައުލޫމާތު އެއްކުރާ މަރުކަޒީ އިދާރާގައި ހުރި މައުލޫމާތުގެ ތެރެއިން އުމުރުން 65 އަހަރުން މަތީގެ ގިނަ އަދަދެއްގެ މީހުންގެ މައުލޫމާތު ދިރާސާކުރިއެވެ. އޭގެ ތެރެއިން ފުރާނާލައިގެން ނެގި 5203 މީހުންނަކީ 1998 ވަނަ އަހަރުގައި އުމުރުން 80 އަހަރުން މައްޗަށް ގޮސްފައި ތިބި މީހުންނެވެ. އެއިން އެއްވެސް މީހަކީ އެ އުމުރަށް ދިޔައިރު ވެސް، ހިތުގެ ސީރިއަސް މައްސަލައެއް، ހަކުރުބަލި ނުވަތަ ކެންސަރު ބަލީގެ އެއްވެސް ނުރައްކަލެއް ކުރިމަތިނުވެ ތިބި މީހުންނެވެ.

އޭގެ ތެރެއިން 80 އިންސައްތަ މީހުންނަކީ އާންމު ގޮތެއްގައި ކެއުމުގައި އެއްގަމު ޖަނަވާރުގެ މަހާއި ޖަނަވާރުގެ ބައިތަކުން އުފައްދާ ކާނާ ބޭނުންކުރި މީހުންނެވެ. ބާކީ ތިބި 20 އިންސައްތަ މީހުންނަކީ ގަސްގަހާގެހީގެ ބައިތަކުގެ ތެރެއިން ތަރުކާރީ އާއި ގޮވާމުގެ ބައިތަކާއި، ޖަނަވާރުގެ ބައިތަކުގެ ތެރެއިން އެއްގަމު މަސް ފިޔަވައި އެހެން ތަކެތި ކައި އުޅުނު މީހުންނެވެ.

މިއެންމެންގެ މައުލޫމާތު އަޅައިކިޔުމަށް ފަހު ޗައިނާގެ ސައެންސްވެރިން ބުނާ ގޮތުގައި އެ އެންމެންގެ ސިއްހީ ހާލަތަށް ބަލާއިރު، އޭގެ ތެރެއިން އުމުރުން 100 އަހަރާ ހަމައަށް ދިރިތިބޭނެ ކަމަށް ބެލެވެނީ، އެއްގަމު މަހާއި ޖަނަވާރުގެ ބައިތަކުން އުފައްދާ ކާނާގެ ބާވަތްތައް ބޭނުންކުރާ މީހުންނެވެ. ތަރުކާރީ އާއި ގަހުގެ ބައިތަކުން އުފައްދާ ކާނާއަށް ބަރޯސާވާ މީހުންގެ ތެރެއިން 100 އަހަރަށް ދިރިތިބޭ މީހުންގެ އެވްރެޖް ނިސްބަތަކީ 24 އިންސައްތައެވެ.

އޭގެ އިތުރުން، އިސްކޮޅާއި އުމުރަށް ބަލާއިރު ބަރުދަން ލުއިކަމަށް ފާހަގަކުރެވޭ މީހުންގެ ތެރެއިން އެއްގަމު މަހާއި ޖަނަވާރުގެ ބައިތަކުން އުފައްދާ ކާނާގެ ބާވަތްތައް ކާ މީހުންގެ ތެރެއިން 100 އަހަރަށް ދިރިތިބޭނެ ކަމަށް ލަފާކުރެވޭ ނިސްބަތަކީ 30 އިންސައްތައެވެ. އެމީހުންގެ ކާނާގައި އެއްގަމު ޖަނަވާރުގެ ބައިތައް އެކުލެވޭ މިންވަރު އިތުރު ކުރުމުން، އެމީހުންގެ އުމުރު އެއަށް ވުރެ ދިގުވުމުގެ ފުރުސަތު އޮތް ކަމަށް ވެސް ޗައިނާގެ ސައެންސްވެރިން ގަބޫލުކުރެއެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

"ކީއްވެ؟" ޓިކެޓް ވިއްކަން ފަށައިފި

ދިވެހި ފިލްމު "ކީއްވެ؟" ގެ ޓްރެއިލަރ އާންމުކޮށް، އޮލިމްޕަސް ކައުންޓަރާއި ވެބްސައިޓް މެދުވެރިކޮށް ފިލްމުގެ ޓިކެޓް ވިއްކަން މިހާރު ވަނީ ފަށާފައެވެ. ގިނަ ދުވަސްތަކަކަށްފަހު ރީކޯ މޫސާ މަނިކު ލީޑް ރޯލުން ފެންނަ، އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމު ޕްރިމިއަރ ކުރުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. އާއިލީ އަދި ލޯބީގެ މައްސަލަތަކެއްގެ މައްޗަށް ބިނާކޮށްފައިވާ މި ފިލްމުން ދިވެހި ސިނަމާގެ މަޝްހޫރު ގިނަ ތަރިންތަކެއް ފެނިގެންދާނެއެވެ.

ޕެޓްރިކް ސްޓެވާޓް އުމުރުން 86 އަހަރުގައި މަރުވެއްޖެ

'ސްޓާ ޓްރެކް' އަދި 'އެކްސް-މެން' ފަދަ ފިލްމުތަކުން މަގުބޫލުކަން ހޯދި އިނގިރޭސި އެކްޓަރު ސަރ ޕެޓްރިކް ސްޓެވާޓް، އުމުރުން 86 އަހަރުގައި ލޮސް އެންޖެލިސްގައި މަރުވެއްޖެއެވެ. އޭނާ ނިޔާވީ އަލްޒައިމާ އަދި ޑިމެންޝިއާ ބަލީގައި އުޅުމަށްފަހު ކަމަށްވާއިރު، އޭނާއަކީ ފިލްމީ ދާއިރާއަށް ކޮށްދިން ޚިދުމަތްތަކަށް "ސަރ" ގެ ލަގަބުވެސް އަރުވާފައިވާ ފަންނާނެކެވެ.

ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން

އެމެރިކާގެ މަޝްހޫރު އެކްޓްރެސް ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން ކަމަށް ފުލުހުންގެ ތަހުގީގުން ކަނޑައަޅައިފިއެވެ. މެޑިކަލް ރިޕޯޓުތަކުން ދައްކާގޮތުގައި އޭނާގެ ހަށިގަނޑުން ފެންޓަނީލް އާއި ޒެނެކްސް ފަދަ ނުރައްކާތެރި ބާވަތްތައް ފެނިފައިވާއިރު، އޭނާގެ ހަށިގަނޑަށް އެއްވެސް ޖިސްމާނީ އަނިޔާއެއް ލިބިފައިވާކަމުގެ ނިޝާނެއް ފެންނާކަށް ނެތެވެ.

ޖޯޖް މައިކަލްގެ ތަކެތި ނީލަން ކިޔުމުން ހިޔާލު ތަފާތުވެއްޖެ

މަޝްހޫރު ލަވަކިޔުންތެރިޔާ ޖޯޖް މައިކަލްގެ ބައެއް އަމިއްލަ ތަކެތި ނީލަން ކިޔަން ނިންމުމާ ގުޅިގެން، އޭނާގެ އެސިސްޓެންޓް ސިއޯބާން ބެއިލީގެ އާއިލާއާއި ސިއޯބާންގެ ކުރީގެ ފިރިމީހާއާ ދެމެދު ބޮޑު ހިޔާލުތަފާތުވުމެއް ވަނީ އުފެދިފައެވެ. ސިއޯބާންގެ އާއިލާއިން ބުނާ ގޮތުގައި މި ތަކެތި ވިއްކާލުމަކީ އޭނާގެ ހަނދާނަށް ކުރެވޭ އިހުތިރާމް ކުޑަ އަމަލެއް ކަމަށާއި، ސިއޯބާން ބޭނުންވީ އެ ތަކެތި އާއިލާގެ ކުދިންނަށް ދިނުމަށެވެ.

ހުއްދަނެތި ލަވަ ބޭނުންކުރުމުން ޓްރަމްޕްގެ ޓީމްއާ ދެކޮޅަށް ކޯޓަށް

ޑޮނަލްޑް ޓްރަމްޕްގެ ކެމްޕޭން ރެލީއެއްގައި ފަންނާނު ނީލް ޔަންގްގެ ލަވައެއް ހުއްދަނެތި ބޭނުންކުރި މައްސަލައިގައި، ކޮޕީރައިޓަށް އަރައިގަތްކަމަށް ބުނެ 10 މިލިއަން ޑޮލަރުގެ ދައުވާއެއް ކޯޓަށް ހުށަހަޅައިފިއެވެ. މި ދައުވާގައި ބުނެފައިވަނީ އޯހިއޯގައި ބޭއްވި ސިޔާސީ ހަރަކާތެއްގައި އެ ލަވަ ޖަހާފައިވަނީ ގާނޫނީގޮތުން ހޯދަންޖެހޭ "ޕަބްލިކް ޕާފޯމަންސް ލައިސަންސް" ނުވަތަ ފަންނާނުގެ ހުއްދަ ނެތި ކަމަށެވެ.

އާ ބާވަތެއްގެ ޑައިނަސޯއެއްގެ ކަށިގަނޑު 47 މިލިއަން ޑޮލަރަށް

ކުރިން ޓީ-ރެކްސްގެ ބާވަތެއް ކަމަށް ހީކުރެވުނު، ނަމަވެސް އާ އާއިލާއަކަށް ނިސްބަތްވާ "ޖޯޑީ" ނަމަކަށް ކިޔާ ޑައިނަސޯއެއްގެ ކަށިގަނޑު 47.3 މިލިއަން ޑޮލަރަށް ނިއުޔޯކްގައި ވިއްކާލައިފިއެވެ. މިއީ އަންދާޒާކުރި އަގަށްވުރެ މާ ބޮޑު އަގަކަށް ވިއްކާލި، ސައިންސްވެރިންނަށް މިހާތަނަށް ފެނިފައިވާ "ނެނޯޓައިރަނަސް" އާއިލާގެ މަދު ކަށިގަނޑުތަކުގެ ތެރެއިން އެންމެ ފުރިހަމަ އެކައްޗެވެ. މިފަދަ ތާރީޚީ ތަކެތި އަމިއްލަ ފަރާތްތަކަށް ވިއްކުމާ މެދު ސައިންސްވެރިންގެ މެދުގައި ބަހުސްތަކެއް ކުރެވެމުންދާއިރު، މި ކަށިގަނޑު ގަތް ފަރާތެއް ހާމަކޮށްފައެއް ނުވެއެވެ.

މެކްލްމޯގެ "ފްރީ ޕަލެސްޓައިން" ޝޯތައް ފަށައިފި

ފަލަސްތީނަށް ތާއީދުކޮށް ވާހަކަދެއްކުމުން އެޑް ޝީރަންގެ ޓުއާއިން އުނިކުރި ރެޕް އާޓިސްޓް މެކްލްމޯ، އޭނާގެ އަމިއްލަ "ފްރީ ޕަލެސްޓައިން" ޓުއާ އަޔަލޭންޑްގެ ޑަބްލިންގައި ކާމިޔާބުކަމާއެކު ފަށައިފިއެވެ. ގިނަ ފަންނާނުންތަކަކާއެކު ބޭއްވި މި ޝޯއިން ލިބޭ ހުރިހާ ފައިސާއެއް ފަލަސްތީނުގެ ރައްޔިތުންނަށް ހަދިޔާކުރުމަށް އޭނާ ވަނީ ނިންމާފައެވެ.

Newsletter

Get the latest news delivered straight to your inbox