ސޯޔާބީން ތެލަކީ ހަށިގަނޑު ބަރުދަން އިތުރުކުރާ އެއްޗެއް

Dec 2, 2025, 2:05 AM
ސޯޔާބީން ތެލަކީ ހަށިގަނޑު ބަރުދަން އިތުރުކުރާ އެއްޗެއް

ސޯޔާބީން ތެލަކީ އެމެރިކާ އާއި ވިލާތުގެ ބައެއް ގައުމުތަކުގައި އެންމެ އާންމުކޮށް ބޭނުންކުރާ ކައްކާ ތެލެވެ. އޭގެ އިތުރުން ދިގު މުއްދަތަށް ރައްކާކޮށްފައި ބެހެއްޓޭ ގޮތަށް ދަޅުގައި ބަންދުކޮށްފައި ހުންނަ ކާނާގެ ބާވަތްތަކުގައި ވެސް އެންމެ ގިނައިން ބޭނުންކުރާ އެކައްޗަކީ ސޯޔާބީން ތެލެވެ.

ގިނަ ބަޔަކު ބޭނުންކުރިޔަސް، ދާދި ފަހުން ކުރި ދިރާސާއަކުން އެނގުނު ގޮތުގައި ސޯޔާބީން ތެލަކީ ހަށިގަނޑު ފަލަކޮށްދޭ ހާއްސަ މާއްދާއެއް އެކުލެވޭ ތެލެކެވެ. ޔުނިވަސިޓީ އޮފް ކެލިފޯނިއާގެ ރިވާސައިޑް ކެމްޕަސްގެ ސައެންސްވެރިންނަށް އެކަން ފާހަގަ ކުރެވުނީ، މީދާ ބޭނުންކޮށްގެން ލެބޯޓެރީގައި ކުރި ދިރާސާއަކުންނެވެ.

މި ދިރާސާގައި ސައެންސްވެރިން ވަނީ މީދާތަކަކަށް، ގިނައިން ސަރުބީ ހިމެނޭ ސޯޔާބީން ތެޔޮ އެކުލެވޭ ކާނާއެއް ކާންދީފައެވެ. އެ ކާނާ ދިނުމުން އެސޮރުމެންގެ ބަރުދަން ވަރަށް ބޮޑަށް އިތުރުވިއެވެ. އެއަށް ފަހުގައި، ޖީންތަކަށް ބަދަލުތަކެއް ގެނެސްފައިވާ މީދާތަކަކަށް ވެސް ހަމަ މި ކާނާ ކާންދިނެވެ. ނަމަވެސް އެސޮރުމެންގެ ހަށިގަނޑު އިތުރަށް ބަރެއް ނުވެއެވެ.

Advertisement

ސައެންސްވެރިން ބުނި ގޮތުގައި ޖީންތަކަށް ބަދަލުގެނެސްފައިވާ މީދާތަކަށް ސޯޔާބީން ތެޔޮ އެކުލެވޭ ކާނާ ދިނުމުން ވެސް އެސޮރުމެންގެ ބަރުދަން އިތުރު ނުވީ، އެ މީދާތަކުގެ ހަށިގަނޑުގައި އުފައްދާ ލިވާ ޕްރޮޓީނެއްގެ ސަބަބުންނެވެ. މި ޕްރޮޓީނަކީ އޭގެ އަސްލަށް މާ ބޮޑު ބަދަލެއް ނާންނަ، ނަމަވެސް އޭގެ ބޮޑުމިން އާންމު ލިވާ ޕްރޮޓީންތަކަށް ވުރެ ކުޑަ ޕްރޮޓީނެކެވެ.

މި ޕްރޮޓީނަކީ، ހަށިގަނޑުގައި ހުންނަ ސަރުބީ ވިރުވައިގެން، ހަށިގަނޑަށް ހަކަތަ އުފެއްދުމުގައި ބައިވެރިވާ ޕްރޮޓީނެއް ކަމަށް ސައެންސްވެރިން ބުނެއެވެ. އޭގެ އިތުރުން، މިއީ ސޯޔާބީން ތެލުގައި އެކުލެވޭ ލިނޯލެއިކް އެސިޑް (އޮމެގާ-6 ފެޓީ އެސިޑް)އާ މެދު ހަށިގަނޑުން ކަންތައް ކުރާ ގޮތް ބަދަލުކޮށްދޭ ޕްރޮޓީނެއް ކަމަށް ވެސް ސައެންސްވެރިން ބުނެއެވެ.

މި ދިރާސާގައި ބައިވެރިވި ސައެންސްވެރިން ބުނި ގޮތުގައި، ޖީންތަކަށް ބަދަލުގެނެސްފައިވާ މީދާތަކަށް ސޯޔާބީން ތެޔޮ އެކުލެވޭ ކާނާ ދިނުމުން، އެ ސޮރުމެންގެ ބަރުދަން އިތުރުނުވާ ދެނެގަނެވުމަކީ، އެ ބާވަތުގެ ތެޔޮ ބޭނުންކުރުމުން ބައެއް މީހުން ފަލަވެފައި އަނެއް ބައި މީހުން ފަލަ ނުވާ ސަބަބު ދެނެގަތުމަށް ކޮށުނު މަގެކެވެ. އެހެންކަމުން، ކުރިމަގުގައި ހަދާ އިތުރު ދިރާސާތަކުން، ބަރުދަން ލުއިކުރެވޭނެ އިތުރު ގޮތްތައް ފެނުމުގެ ފުރުސަތު އެބަ އޮތެވެ.

އިންސާނުންގެ ފުރަމެއިން، ލިވާ ޕްރޮޓީން (ހެޕަޓޮސައިޓް ނިއުކްލިއާ ފެކްޓާ 4 އަލްފާ ނުވަތަ HNF4α)ގެ ދެ ބާވަތެއްގެ ޕްރޮޓީން އުފައްދައެވެ. އެއީ އާންމު ލިވާ ޕްރޮޓީން (HNF4α) އާއި ވަކި ހާލަތްތަކެއްގައި (HNF4α) އަށް ވިރާސީ ބަދަލުތަކެއް އައިސްގެން އުފެދޭ އޯލްޓަނޭޓިވް ލިވާ ޕްރޮޓީންއެވެ. އެފަދަ ހާލަތްތަކުގެ ތެރޭގައި، ދާއިމީ ބައްޔެއް ތަހައްމަލުކުރުން، ރޯދައަށް ހުރުމުގެ ސަބަބުން ނުވަތަ ބަނގުރާގެ ސަބަބުން ފުރަމޭގައި ސަރުބީ ހިފުމުގެ ސަބަބުން، ކާނާ ހަކަތައަށް ބަދަލުކުރުމުގެ ނިޒާމަށް ބަދަލު އައުން ހިމެނެއެވެ.

މި ކަންކަމުގެ އިތުރުން ވެސް، އެމީހެއްގެ އުމުރާއި ޖިންސާއި ވިރާސީ ސިފަތަކާއި ބޭނުންކުރާ ބޭހެއްގެ ސަބަބުން ވެސް، އެކި މީހުންގެ ފުރަމެއިން އުފައްދައިދޭ ލިވާ ޕްރޮޓީންގެ ބާވަތް ތަފާތުވެއެވެ. މީގެ ކުރިން ވެސް، ސައެންސްވެރިން ވަނީ ސޯޔާބީން ތެލާއި، ހަށިގަނޑު ބަރުވުމާ ދެމެދު ގުޅުމެއް އޮތްތޯ ބެލުމަށް އެތައް ދިރާސާތަކެއް ކޮށްފައެވެ.

އެ ދިރާސާތަކުން ވެސް އެނގިފައިވާ އެއް ހަގީގަތަކީ، ކާށި ތެޔޮ ބޭނުންކުރުމުން ހަށިގަނޑު ފަލަވާ މިންވަރަށް ވުރެ ސޯޔާބީން ތެޔޮ ބޭނުންކުރުމުން ހަށިގަނޑު ފަލަވާ މިންވަރު މަތިކަމެވެ. ނަމަވެސް މިފަހަރުގެ ދިރާސާއިން ސައެންސްވެރިންނަށް ކަށަވަރު ވެގެން ދިޔައީ، ސޯޔާބީން ތެޔޮ ބޭނުންކުރާ މީހުންގެ ބަރުދަން އިތުރުވަނީ، ހަމައެކަނި ސޯޔާބީން ތެލުން ނޫން ކަމެވެ. އަދި ހަމައެކަނި ލިނޯލެއިކް އެސިޑްގެ ސަބަބުން ވެސް ނޫން ކަމެވެ.

އޭގެ ބަދަލުގައި ސޯޔާބީން ތެޔޮ ބޭނުންކުރާ މީހުންގެ ހަށިގަނޑު ފަލަވުމުގައި، އެންމެ މުހިންމު ދައުރެއް އަދާކުރަނީ، އެމީހެއްގެ ގައިގައި ޖަހާ ސަރުބި، ފަހުގެ މަރުހަލާއެއްގައި ބަދަލުވެގެންދާ ގޮތެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

"ކީއްވެ؟" ޓިކެޓް ވިއްކަން ފަށައިފި

ދިވެހި ފިލްމު "ކީއްވެ؟" ގެ ޓްރެއިލަރ އާންމުކޮށް، އޮލިމްޕަސް ކައުންޓަރާއި ވެބްސައިޓް މެދުވެރިކޮށް ފިލްމުގެ ޓިކެޓް ވިއްކަން މިހާރު ވަނީ ފަށާފައެވެ. ގިނަ ދުވަސްތަކަކަށްފަހު ރީކޯ މޫސާ މަނިކު ލީޑް ރޯލުން ފެންނަ، އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމު ޕްރިމިއަރ ކުރުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. އާއިލީ އަދި ލޯބީގެ މައްސަލަތަކެއްގެ މައްޗަށް ބިނާކޮށްފައިވާ މި ފިލްމުން ދިވެހި ސިނަމާގެ މަޝްހޫރު ގިނަ ތަރިންތަކެއް ފެނިގެންދާނެއެވެ.

ޕެޓްރިކް ސްޓެވާޓް އުމުރުން 86 އަހަރުގައި މަރުވެއްޖެ

'ސްޓާ ޓްރެކް' އަދި 'އެކްސް-މެން' ފަދަ ފިލްމުތަކުން މަގުބޫލުކަން ހޯދި އިނގިރޭސި އެކްޓަރު ސަރ ޕެޓްރިކް ސްޓެވާޓް، އުމުރުން 86 އަހަރުގައި ލޮސް އެންޖެލިސްގައި މަރުވެއްޖެއެވެ. އޭނާ ނިޔާވީ އަލްޒައިމާ އަދި ޑިމެންޝިއާ ބަލީގައި އުޅުމަށްފަހު ކަމަށްވާއިރު، އޭނާއަކީ ފިލްމީ ދާއިރާއަށް ކޮށްދިން ޚިދުމަތްތަކަށް "ސަރ" ގެ ލަގަބުވެސް އަރުވާފައިވާ ފަންނާނެކެވެ.

ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން

އެމެރިކާގެ މަޝްހޫރު އެކްޓްރެސް ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން ކަމަށް ފުލުހުންގެ ތަހުގީގުން ކަނޑައަޅައިފިއެވެ. މެޑިކަލް ރިޕޯޓުތަކުން ދައްކާގޮތުގައި އޭނާގެ ހަށިގަނޑުން ފެންޓަނީލް އާއި ޒެނެކްސް ފަދަ ނުރައްކާތެރި ބާވަތްތައް ފެނިފައިވާއިރު، އޭނާގެ ހަށިގަނޑަށް އެއްވެސް ޖިސްމާނީ އަނިޔާއެއް ލިބިފައިވާކަމުގެ ނިޝާނެއް ފެންނާކަށް ނެތެވެ.

ޖޯޖް މައިކަލްގެ ތަކެތި ނީލަން ކިޔުމުން ހިޔާލު ތަފާތުވެއްޖެ

މަޝްހޫރު ލަވަކިޔުންތެރިޔާ ޖޯޖް މައިކަލްގެ ބައެއް އަމިއްލަ ތަކެތި ނީލަން ކިޔަން ނިންމުމާ ގުޅިގެން، އޭނާގެ އެސިސްޓެންޓް ސިއޯބާން ބެއިލީގެ އާއިލާއާއި ސިއޯބާންގެ ކުރީގެ ފިރިމީހާއާ ދެމެދު ބޮޑު ހިޔާލުތަފާތުވުމެއް ވަނީ އުފެދިފައެވެ. ސިއޯބާންގެ އާއިލާއިން ބުނާ ގޮތުގައި މި ތަކެތި ވިއްކާލުމަކީ އޭނާގެ ހަނދާނަށް ކުރެވޭ އިހުތިރާމް ކުޑަ އަމަލެއް ކަމަށާއި، ސިއޯބާން ބޭނުންވީ އެ ތަކެތި އާއިލާގެ ކުދިންނަށް ދިނުމަށެވެ.

ހުއްދަނެތި ލަވަ ބޭނުންކުރުމުން ޓްރަމްޕްގެ ޓީމްއާ ދެކޮޅަށް ކޯޓަށް

ޑޮނަލްޑް ޓްރަމްޕްގެ ކެމްޕޭން ރެލީއެއްގައި ފަންނާނު ނީލް ޔަންގްގެ ލަވައެއް ހުއްދަނެތި ބޭނުންކުރި މައްސަލައިގައި، ކޮޕީރައިޓަށް އަރައިގަތްކަމަށް ބުނެ 10 މިލިއަން ޑޮލަރުގެ ދައުވާއެއް ކޯޓަށް ހުށަހަޅައިފިއެވެ. މި ދައުވާގައި ބުނެފައިވަނީ އޯހިއޯގައި ބޭއްވި ސިޔާސީ ހަރަކާތެއްގައި އެ ލަވަ ޖަހާފައިވަނީ ގާނޫނީގޮތުން ހޯދަންޖެހޭ "ޕަބްލިކް ޕާފޯމަންސް ލައިސަންސް" ނުވަތަ ފަންނާނުގެ ހުއްދަ ނެތި ކަމަށެވެ.

އާ ބާވަތެއްގެ ޑައިނަސޯއެއްގެ ކަށިގަނޑު 47 މިލިއަން ޑޮލަރަށް

ކުރިން ޓީ-ރެކްސްގެ ބާވަތެއް ކަމަށް ހީކުރެވުނު، ނަމަވެސް އާ އާއިލާއަކަށް ނިސްބަތްވާ "ޖޯޑީ" ނަމަކަށް ކިޔާ ޑައިނަސޯއެއްގެ ކަށިގަނޑު 47.3 މިލިއަން ޑޮލަރަށް ނިއުޔޯކްގައި ވިއްކާލައިފިއެވެ. މިއީ އަންދާޒާކުރި އަގަށްވުރެ މާ ބޮޑު އަގަކަށް ވިއްކާލި، ސައިންސްވެރިންނަށް މިހާތަނަށް ފެނިފައިވާ "ނެނޯޓައިރަނަސް" އާއިލާގެ މަދު ކަށިގަނޑުތަކުގެ ތެރެއިން އެންމެ ފުރިހަމަ އެކައްޗެވެ. މިފަދަ ތާރީޚީ ތަކެތި އަމިއްލަ ފަރާތްތަކަށް ވިއްކުމާ މެދު ސައިންސްވެރިންގެ މެދުގައި ބަހުސްތަކެއް ކުރެވެމުންދާއިރު، މި ކަށިގަނޑު ގަތް ފަރާތެއް ހާމަކޮށްފައެއް ނުވެއެވެ.

މެކްލްމޯގެ "ފްރީ ޕަލެސްޓައިން" ޝޯތައް ފަށައިފި

ފަލަސްތީނަށް ތާއީދުކޮށް ވާހަކަދެއްކުމުން އެޑް ޝީރަންގެ ޓުއާއިން އުނިކުރި ރެޕް އާޓިސްޓް މެކްލްމޯ، އޭނާގެ އަމިއްލަ "ފްރީ ޕަލެސްޓައިން" ޓުއާ އަޔަލޭންޑްގެ ޑަބްލިންގައި ކާމިޔާބުކަމާއެކު ފަށައިފިއެވެ. ގިނަ ފަންނާނުންތަކަކާއެކު ބޭއްވި މި ޝޯއިން ލިބޭ ހުރިހާ ފައިސާއެއް ފަލަސްތީނުގެ ރައްޔިތުންނަށް ހަދިޔާކުރުމަށް އޭނާ ވަނީ ނިންމާފައެވެ.

Newsletter

Get the latest news delivered straight to your inbox