ކެރަމް ވޯލްޑް ކަޕުން ރާއްޖެ އަށް ސްޕޯޓް ޓޫރިޒަމާއި މެޑަލް ހޯދުމުގެ ފުރުސަތު

Nov 27, 2025, 6:36 AM
ކެރަމް ވޯލްޑް ކަޕްގެ މެޗުތައް ކުރިއަށްދާ ބާސެލޯސް ނަސަންދުރާ.--- ފޮޓޯ: ބާސެލޯސް ނަަސަންދުރަ / ފޭސްބުކް

ކެރަމް ވޯލްޑް ކަޕްގެ މެޗުތައް ކުރިއަށްދާ ބާސެލޯސް ނަސަންދުރާ.--- ފޮޓޯ: ބާސެލޯސް ނަަސަންދުރަ / ފޭސްބުކް

އަންނަ ހަފްތާގައި ރާއްޖޭގައި ބާއްވާ ހަތް ވަނަ ކެރަމް ވޯލްޑް ކަޕުން ރާއްޖެ އަށް ސްޕޯޓް ޓޫރިޒަމްގެ އިތުރު ފުރުސަތުތަކެއް ފަހިވެގެންދާއިރު، ރަން މެޑަލް ހާސިލްކޮށް ތާރީހީ ކާމިޔާބީއެއް ހޯދުމުގެ އުންމީދު އެބައޮތް ކަމަށް މުބާރާތުގެ އިންތިޒާމް ކޮމިޓީން ބުނެފި އެވެ.

ކެރަމް ވޯލްޑް ކަޕް ކުރިއަށްދާނީ އަންނަ މަހުގެ 2-6 އަށް މާލޭގެ ބާސެލޯސް ނަަސަންދުރާގަ އެވެ. މިއީ، 2014 ވަނަ އަހަރު ސަން އައިލެންޑް ރިސޯޓުގައި ކެރަމް ވޯލްޑް ކަޕް ހޯސްޓްކުރި ފަހުން، ރާއްޖޭގައި މި މުބާރާތް ބާއްވާ ފުރަތަމަ ފަހަރެވެ.

މި ފަހަރުގެ މުބާރާތުގެ ތައްޔާރީތައް ހަލުވި ދުވެއްޔެއްގައި، ކުރިއަށްގެންދަމުން އަންނަ ކަމަށް މުބާރާތުގެ އިންތިޒާމް ކޮމިޓީގެ ފަރާތުން، އިންޓަނޭޝަނަލް ކެރަމް ފެޑެރޭޝަން (އައިސީއެފް)ގެ ނައިބު ރައީސްގެ މަގާމާއި ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޖެނެރަލް ސެކްރެޓަރީ، ހުސެއިން ރައުޝާން އާއި މުބާރާތުގެ ކޮމިޓީގެ ޗެއާމަން، އިސްމާއިލް ނިޒާރު، އިއްޔެ، ހެނދުނު ހެނދުނާ ޕްރޮގްރާމްގައި ވަނީ، މުބާރާތުގެ މައުލޫމާތުތައް ހިއްސާ ކުރައްވައިފަ އެވެ.

އެ ގޮތުން، ނިޒާރު ވިދާޅުވީ، ކެރަމް ވޯލްޑް ކަޕް ބޭއްވުމުގެ މައިގަނޑު އެއް މަގުސަދަކީ، ބައިނަލްއަގުވާމީ މި ލެވަލްގެ މުބާރާތެއް ރާއްޖޭގައި ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން ދިނުމާއި ސްޕޯޓްސް ޓޫރިޒަމް އިން ހުރި ފުރުސަތުތައް އިތުރަށް ހޯދުން ކަމަށެވެ.

"ޒަމާނުއްސުރެއް ފުޓްބޯޅަ މި އޮތީ އެންމެ ބޮަޑަށް އަޅުގަނޑުމެންގެ ތެރޭގައި އޮންނަ އެންމެ ވަރުގަދަ ސްޕޯޓްސް އަކަށް، އަޅުގަނޑުމެންގެ ތެރޭގައި ކަންކަން ކުރިއަށްދާއިރު އެހެން ކަންތައްތަކަށް ޖާގަ ދޭން ޖެހޭ. އެހެން ކުޅިވަރަށް އިންޓަރެސްޓްވާ ކުޅުންތެރިން އެބަތިބި ކޮލިޓީ ރަނގަޅު ކުޅުންތެރިން ރާއްޖޭގައި އެބަތިބި ކެރަމްގައި ވެސް. އެ ކުދިންނަށް އެ ފުރުސަތު ލިބޭނެ މަގުފަހިކޮށްދީ، އަދި، މި މަންޒަރު ބަލައި މި ކަމަށް އޮތް ފޯރިފެނި އެެހެން ކުދިން ވެސް މި ކަމުގެ ތެރެއަށް ގެނެސް އަދި، މި ސިސްޓަމްގެ ތެރެއަށް މި އިންޓަގްރޭޓް ކުރެވޭނެ ގޮތެއް ހޯދަން ޖެހޭ. މި ހުރިހާ ކަމެއްގެ ތެރެއިން އެންމެ ބޮޑު އެއް ފޯކަސް އަކަށް ވާނެ ސްޕޯޓްސް ޓޫރިޒަމް އެސްޓަބްލިޝް ކުރުން،" ނިޒާރު ވިދާޅުވި އެވެ.

ރައުޝާން ވިދާޅުވީ، މުބާރާތުގެ ތައްޔާރީތައް ބާސެލޯސް ނަސަންދުރާ އިން ވަރަށް ރަނގަޅަށް ކުރިއަށްގެންދަމުން އަންނަ ކަމަށާއި އެސޯސިއޭޝަނާއި މުބާރާތުގެ ކޮމިޓީގެ ފަރާތުން ސަޕޯޓަރުންގެ ޖޯޒީ ވެސް ވިއްކަމުން އަންނަ ކަމަށެވެ. މުބާރާތުގެ މެޗުތައް ކެރަމްގެ އިންޓަނޭޝަނަލް ފެޑެރޭޝަންގެ ޕާޓްނަރުން ލައިވްކުރާއިރު، ރާއްޖޭގެ މެޗުތައް ވަކިން ޓީީވީ ބްރޯޑްކާސްޓް ކުރަން މަސައްކަތްކުރަމުން އަންނައިރު، މުބާރާތުގެ މެޗުތައް ކެރަމްގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން ވެސް ދައްކާނެ ކަމަށް ރައުޝާން ވިދާޅުވި އެވެ.

މުބާރާތުގެ މެޗުތައް ބާސެލޯސް ނަސަންދުރާގައި ކުރިއަށްދާއިރު، ގިނަ ބަޔަކު މެޗުތައް ބަލައި، ރާއްޖޭގެ ގައުމީ ޓީމަށް ސަޕޯޓް ދިނުމަށް، ފުރުސަތު އޮތީ ބޮޑުކޮށް ހުޅުވިފަ އެވެ. ރައުޝާން ވިދާޅުވީ، ބާސެލޯސް އިން ބުނެފައިވަނީ، "ހަމަ ވަކި ލިމިޓެއް ނެތި، ރާއްޖޭގެ ސަޕޯޓަރުންނަށް އެތަނަށް ވަދެ،" ގައުމީ ޓީމަށް ސަޕޯޓް ދެވޭނެ ކަމަށެވެ.

އެ ގޮތުން، ރައުޝާން ވިދާޅުވީ، އުންމީދަކީ، އުންމީދަކީ ވީހާވެސް ގިނަ ސަޕޯޓަރުން ބާސެލޯސް އަށް އައިސް ގައުމީ ޓީމަށް ހިތްވަރު ދިނުން ކަމަށެވެ. އެންމެ ބޮޑު ސަބަަބަކީ، މި ފަދަ ފުރުސަތެއް، ދެން އަނެއްކާ ވެސް ލިބޭނީ ވަރަށް އުނދަގުލުން ކަމަށްވާތީކަން ރައުޝާން ފާހަގަކުރެއްވި އެވެ.

"ވަރަށް ދުވަހަށް ފަހުން. ވަރަށް މަސައްކަތަށް ފަހު މި ވަރުގެ އިންޓަނޭޝަނަލް މުބާރާތެއް ރާއްޖެ މި ގެނެވުނީ އެހެންވީމަ މި ފުރުސަތުގެ ބޭނުންހިފައި، މި ވަގުތު، ގައުމީ އަންހެން އަދި ފިރިހެން ވެސް މި އޮތީ ދުނިޔޭގެ ރޭންކިން ތިން ވަނައިގައި މި ފަހަރު ގޯލްޑް މެޑަލް ހޯދުމަށް އަޅުގަނޑުމެންނަށް އެންމެ ބޮޑަށް ބޭނުންވާ އެއް ކަމަކީ، ދިވެހި ސަޕޯޓަރުން، ކުޅުންތެރިންގެ އާއިލާ ކައިރީގައި ތިބުން،" ރައުޝާން ވިދާޅުވި އެވެ.

"ލެވަލް އަށް ބަލާއިރު އަޅުގަނޑުމެން މި ތިބީ ގޯލްޑް މެޑަލް ނެގޭ ލެވަލް ކޮލިޓީ ޕްލޭޔަރުން ވެސް އެބަތިބި. މި ބޭނުންވަނީ ފުޓްބޯޅައިގައި ބުނާނަމަ 12 ވަނަ ކުޅުންތެރިޔާ، ކެރަމްގައި އެބަ ބޭނުންވޭ އެ ސަޕޯޓް މި ފަހަރު،"

މި ފަހަރުގެ ކެރަމް ވޯލްޑް ކަޕްގައި ވާދަކުރާ ރާއްޖޭގެ ސްކޮޑުގައި ހިމެނެނީ، ފިރިހެން ގައުމީ ސްކޮޑުގައި ، އިބްރާހިމް ހުޖާން އަލީ، ހަސަން ނާޒިމް، އިސްމާއިލް އަޒްމީން، މުހައްމަދު މުންތަސިރު އަދި އާދަމް އަދީލް އެވެ. އަންހެން ޓީމުގައި ހިމެނެނީ، އައިމިނަތު ވިޝާމާގެ އިތުރުން، އައިމިނަތު ވިދާދު، އައިޝަތު ފައިނާޒް، ފާތިމަތު ރަޔާނާ އަދި އައިޝަތު ނަހުފާ އެވެ.

ކެރަމް ޓީމުގެ ތައްޔާރީތައް ވަރުގަދަ ކުރުމުގެ ގޮތުން، އިންޑިއާގެ ދެ ޓްރެއިނަރުން ވެސް ވަނީ ގެނެސްފަ އެވެ.

ކެރަމް ވޯލްޑް ކަޕްގެ ހައިބަތު ބޮޑުކަން ފާހަގަކޮށް، ރައުޝާން ވިދާޅުވީ، ކުރީގެ ދުނިޔޭގެ ޗެމްޕިއަނުންގެ ގޮތުގައި ހިމެނޭ ހައެއް ނޫނީ ހަތެއް އެތުލީޓުން މި ފަހަރުގެ މުބާރާތުގައި ފެނިގެންދާނެ ކަމަށެވެ. އަދި، މި މުބާރާތުގެ ތެރޭގައި، ކެރަމްގެ އިންޓަނޭޝަނަލް ފެޑެރޭޝަންގެ އެގްޒެކްޓިވް ކޮމިޓީ ވެސް ރާއްޖޭގައި ހަރަކާތްތެރިވާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

ވިކްޓަރީ އާއި މާޒިޔާގެ ކުރިމަތިލުން ހަމަހަމަ

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އާއި ވިކްޓަރީ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ވިކްޓަރީން ލީގު ތާވަލުގެ ކުރީގައި މަގާމު ދަމަހައްޓައިފި. މި މެޗުގައި ވިކްޓަރީން ފުރަތަމަ ލީޑު ނެގި ނަމަވެސް، މާޒިޔާ އިން ފަހަތުން އަރައި ނަތީޖާ އަނބުރާލާފައި ވަނިކޮށް ވިކްޓަރީން ވަނީ އިތުރު ލަނޑެއް ޖަހައި ޕޮއިންޓެއް ކަށަވަރުކޮށްފައި

ދިއްދޫ އަތްދަށުން ނިއު ރޭޑިއަންޓް ބަަލިނުވެ ސަލާމަތްވީ ކިރިޔާ

ދިވެހި ޕްރިމިއާ ލީގުގައި ހއ. ދިއްދޫ އާއި ނިއު ރޭޑިއަންޓް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ދިއްދޫން ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް ނިއު އިން ނަތީޖާ އެއްވަރުކުރީ މެޗުގެ އިތުރު ވަގުތުގެ އެންމެ ފަހު ސިކުންތުކޮޅުގައި، ދިއްދޫން މި މެޗުގެ 13 މިނިޓް ތެރޭ ދެ ލަނޑު ޖެހި.

ރަފީނިއާ އަށް ބާސެލޯނާގެ ދެ މެޗު ގެއްލޭނެ

ބްރެޒިލް ގައުމީ ޓީމަށް ކުޅެނިކޮށް ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން، ބާސެލޯނާގެ ފޯވާޑް ރަފީނިއާ އަށް އެ ކްލަބުން ދެން ކުޅޭ ދެ މެޗު ގެއްލޭނެއެވެ. ކޯޗު ހަންސީ ފްލިކް ބުނީ އަނިޔާ ސީރިއަސް ނޫނަސް، އޭނާ ބޭނުންކުރާނީ އެއްކޮށް ފިޓްވުމުން ކަމަށެވެ. މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ރަފީނިއާ ވަނީ މިހާތަނަށް 8 މެޗުން 14 ލަނޑު ޖަހައިފައެވެ.

ތުރުކީ ކޯޗުކަމުން މޮންޓެލާ ވަކިކޮށްފި

އެންމެ ފަހުން، ކުޅުނު ހަތަރު މެޗުން ބަލިވުމާ ގުޅިގެން، ތުރުކީގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމުން އިޓަލީގެ ވިންޗެންޒޯ މޮންޓެލާ ވަކިކޮށްފި. މޮންޓެލާ ވަނީ 24 އަހަރަށް ފަހު ތުރުކީ ވޯލްޑް ކަޕަށް ކޮލިފައިކޮށްދީ، އެ ޓީމަށް 40 މެޗުގައި އިރުޝާދުދީފައި. އޭނާ މަގާމުން ވަކިކުރިއިރު، ތުރުކީއާ އެކު ހަދާފައިވާ އެއްބަސްވުން 2028 ވަނަ އަހަރުގެ ޔޫރޯގެ ނިޔަލަށް އޮތް

Newsletter

Get the latest news delivered straight to your inbox