ކެރަމް ވޯލްޑް ކަޕް: ޓީމު އިވެންޓްގައި ގައުމީ ކެރަމް ޓީމު ވަރުގަދަކޮށް ކުރިއަށް

Dec 4, 2025, 1:37 PM
ކެރަމް ވޯލްޑް ކަޕް: ޓީމު އިވެންޓްގައި ގައުމީ ކެރަމް ޓީމު ވަރުގަދަކޮށް ކުރިއަށް

ރާއްޖޭގައި، މިހާރު ކުރިއަށްދާ ހަތް ވަނަ ކެރަމް ވޯލްޑް ކަޕްގެ ޓީމު އިވެންޓް ކެޓަގަރީގައި، ރާއްޖޭގެ އަންހެން އަަދި ފިރިހެން ޓީމުން ވަރުގަދަކޮށް ގްރޫޕް ސްޓޭޖު ނިންމާލައިފި އެވެ.

ބާސެލޯ ނަަސަންދުރާގައި މިހާރު ކުރިއަށްދާ ކެރަމް ވޯލްޑް ކަޕްގައި، އަންހެން ކެރަމް ޓީމު ހިމެނުނީ، ސްރީ ލަންކާ، ސިންގަޕޫރު އަަދި މެލޭޝިއާއާ އެކު ގްރޫޕް ބީގަ އެވެ. އަދި ފިރިހެން ޓީމުން ހިމެނުނީ، ފްރާންސާއި ޖާމަނީ އެކުގައި އޮތް ޓީމާއި އިންގްލެންޑް އަަދި ގަަތަރާ އެއް ގްރޫޕެއްގަ އެވެ.

ގްރޫޕް ސްޓޭޖުގައި ފުރަަތަމަ މެޗުގައި، ފިރިހެން ޓީމުން، ގަތަރު ބަލިކުރިއިރު، މި އިވެންޓްގެ ޑަބަލްސް މެޗުގައި ރާއްޖޭގެ އިސްމާއިލް އަޒްމީން އާއި ހަސަން ނާޒިމްގެ ޕެއާ ވަނީ ސީދާ ދެ ސެޓުން ގަތަރުގެ އަބްދުއްސަލާމް އާއި ސައުދު އަންސާރީގެ ޕެއާ ބަލިކޮށްފައެވެ. މި މެޗުގެ ދެ ސެޓުން ވެސް ރާއްޖޭގެ ޕެއާ މޮޅުވީ 25-0 އިންނެވެ. މި އިވެންޓްގައި ކުޅުނު ސިންގަލްސް މެޗުގައި ފަހަތުންއަރައި ގަތަރުގެ މުހައްމަދު ކާޝިފް އަތުން ރާއްޖޭގެ އާދަމް އަދީލް މޮޅުވީ 2-1 ސެޓުންނެވެ. މި މެޗުގެ ސެޓުތައް އަދީލް ގެންދިޔައީ، 21-25، 20-5، އަދި 25-13 އިންނެވެ. ސިންގަލްސް ދެ ވަނަ މެޗުގައި ރާއްޖޭގެ އިބްރާހިމް ހުޖާން އަލީ ވަނީ ސީދާ ދެ ސެޓުން ގަތަރުގެ ހަލީލް ހާން ބަލިކޮށްފަ އެވެ. މި މެޗުގެ ސެޓުތައް ހުޖާން ކާމިޔާބުކުރީ 24-10، 25-5 އިންނެވެ.

ފިރިހެން ޓީމުން ދެ ވަނަ މެޗުގައި، އިންގްލެންޑްގެ މައްޗަށް ރާއްޖޭން ކުރިހޯދީ ސީދާ ތިން ގޭމުންނެވެ.

އެ ގޮތުން، މި އިވެންޓްގެ ޑަބަލްސް މެޗުގައި ރާއްޖޭގެ ހުޖާން އަލީ އާއި އަދީލްގެ ޕެއާ ވަނީ ސީދާ ދެ ސެޓުން ޝުއާބް އަހުމަދު އާއި ރަފައެލް ޑިކްސް ބަލިކޮށްފަ އެވެ. މި މެޗުގެ ސެޓުތައް ހުޖާން އާއި އަދީލް ކާމިޔާބުކުރީ 25-5، 25-1 އިންނެވެ. މި އިވެންޓްގައި ކުޅުނު ސިންގަލްސް މެޗުގައި ރާއްޖޭގެ ނާޒިމް ވަނީ ޔޫކޭގެ ވިނޯދް އަތުން ސީދާ ދެ ސެޓުން މޮޅުވެފައެވެ. މި މެޗުގެ ސެޓުތައް ނާޒިމް ގެންދިޔައީ 25-0، 25-7 އިންނެވެ. ސިންގަލްސް ދެ ވަނަ މެޗުގައި ރާއްޖޭގެ އަޒްމީން ވަނީ ސީދާ ދެ ސެޓުން ޔޫކޭގެ ޕްރަޝާންތު ބަލިކޮށްފައެވެ. މި މެޗުގެ ސެޓުތައް އަޒްމީން ކާމިޔާބުކުރީ 25-6، 25-1 އިންނެވެ.

ފިރިހެން ޓީމުން ކުއާޓާ ފަައިނަލުގައި ކުޅެން ޖެހުނީ، ނިއު ޒީލެންޑާ އެވެ. އަދި، އަންހެން ޓީމުން ވަނީ ގްރޫޕްގެ ތިން މެޗުން މޮޅުވެ، ސެމީ ފައިނަލަށް ދަތުރުކޮށްފަ އެވެ.

މުބާރާތުގެ އަންހެނުން ޓީމުގެ ފުރަތަމަ މެޗުގައި ރާއްޖޭން ވަނީ މެލޭޝިއާ އަތުން ސީދާ ތިން ގޭމުން މޮޅުވެފައެވެ. އެ ގޮތުން، މި އިވެންޓްގައި ޑަބަލްސްގައި ރާއްޖޭގެ އައިޝަތު ފައިނާޒް އާއި ފާތިމަތު ރަޔާނާގެ ޕެއާ ވަނީ ސީދާ ދެ ސެޓުން މެލޭޝިއާގެ މަސްނޫރާ ބަލިކޮށްފަ އެވެ. މި މެޗުގެ ދެ ސެޓުން ވެސް ފައިނާޒް އާއި ރަޔާނާގެ ޕެއާ މޮޅުވީ 25-0 އިންނެވެ. މި އިވެންޓްގައި ކުޅުނު ސިންގަލްސް މެޗުގައި ރާއްޖޭގެ އައިޝަތު ނަހުފާ ވަނީ ސީދާ ދެ ސެޓުން މެލޭޝިއާގެ ނޯރް އައިނީ ބަލިކޮށްފައެވެ. މި މެޗުން ނަހުފާ މޮޅުވީ 25-5، 25-17 އިންނެވެ. ސިންގަލްސް ދެ ވަނަ މެޗުގައި ރާއްޖޭގެ އައިމިނަތު ވިދާދް ވަނީ ސީދާ ދެ ސެޓުން މެލޭޝިއާގެ ސުޒާނާ ބަލިކޮށްފަ އެވެ. މި މެޗުގެ ސެޓުތައް ވިދާދް ކާމިޔާބުކުރީ 25-0، 25-5 އިންނެވެ.

އަންހެން ޓީމުން ކުޅުނު ދެ ވަނަ މެޗުގެ ސިންގަޕޫރު އަތުން ވެސް ރާއްޖެ ވަނީ ސީދާ ތިން ގޭމުން މެޗު ކާމިޔާބުކޮށްފަ އެވެ. ޑަބަލްސް މެޗުގައި ރާއްޖޭގެ ފައިނާޒް އާއި ނަހުފާގެ ޕެއާ ވަނީ ސީދާ ދެ ސެޓުން ސިންގަޕޫރުގެ ސްރިވިދްޔާ އާއި ކަނަކަވާލީގެ ޕެއާ ބަލިކޮށްފަ އެވެ. މި މެޗުގެ ސެޓުތައް ފައިނާޒް އާއި ނަހުފާގެ ޕެއާ ގެންދިޔައީ، 25-1، 25-4 އިންނެވެ. ސިންގަލްސް ފުރަތަމަ މެޗުގައި ރާއްޖޭގެ ވިދާދް ވަނީ ސީދާ ދެ ސެޓުން ސިންގަޕޫރުގެ ކަލްޕަނާ ބަލިކޮށްފަ އެވެ. މި މެޗުން، ވިދާދް މޮޅުވީ 25-6، 25-4 އިންނެވެ. ސިންގަލްސް ދެ ވަނަ މެޗުގައި ރަޔާނާ ވަނީ 2-1 ސެޓުން ސިންގަޕޫރުގެ ސިރީޝާ އަތުން މޮޅުވެފައެވެ. މި މެޗުގެ ފުރަތަމަ ސެޓު 24-13 އިން ރަޔާން ގެންގޮސްފައިވަނިކޮށް، ސިރީޝާ ވަނީ ވާދަވެރި ކުޅުމަކަށް ފަހު 22-18 އިން ކާމިޔާބުކޮށްފަ އެވެ. އެކަމަކު، ދެން ޖެހިގެން އައި ސެޓުގައި ފަސޭހަ ކުޅުމަކާ އެކު ރަޔާނާ ވަނީ 24-13 އިން ކުރިހޯދައިފަ އެވެ.

އަންހެން ޓީމުން ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރާއްޖޭން ވަނީ ލަންކާ އަތުން 1-2 ގޭމުން މޮޅުވެފަ އެވެ. އެ ގޮތުން، މި އިވެންޓްގެ ޑަބަލްސް މެޗުގައި ރާއްޖޭގެ ނަހުފާ އާއި ރަޔާނާގެ ޕެއާ އަތުން ލަންކާގެ ނިޕުނީ ދިލްރުކްޝީ އާއި ތަރޫޝީ ހިމަހަންޝިކާގެ ޕެއާ މޮޅުވީ ސީދާ ދެ ސެޓުންނެވެ. މި މެޗުގެ ސެޓުތައް ލަންކާގެ ޕެއާ ކާމިޔާބުކުރީ 19-15، 25-0 އިންނެވެ. ސިންގަލްސް ފުރަތަމަ މެޗުގައި ރާއްޖޭގެ ވިދާދް ވަނީ ސީދާ ދެ ސެޓުން ލަންކާގެ ރޮޝީތާ ބަލިކޮށްފަ އެވެ. މި މެޗުން ވިދާދް މޮޅުވީ 23-17، 18-16 އިންނެވެ. ސިންގަލްސް ދެ ވަނަ މެޗުގައި ރާއްޖޭގެ ފައިނާޒް ވަނީ 1-2 ސެޓުން ލަންކާގެ ތަޝްމިލާ ކާވިންދީ ބަލިކޮށްފަ އެވެ. މި މެޗުގެ ފުރަތަމަ ސެޓުގައި 24-15 އިން ތަޝްމިލާ ކުރިހޯދާފައިވަނިކޮށް، ފައިނާޒް ވަނީ ދެން ޖެހިގެން އައި ސެޓު ވާދަވެރި ކުޅުމަކަށް ފަހު 17-16 އިން ކާމިޔާބުކޮށްފަ އެވެ. ނަތީޖާ ނެރުމަށް ކުޅުނު ފަހު ސެޓުގައި ފޯރިގަދަ ކުޅުމެއް ފެނިގެންދިޔައިރު ފައިނާޒް ވަނީ 19-14 އިން ކާމިޔާބުކޮށްފަ އެވެ.

އަންހެން ޓީމު އިވެންޓްގެ ސެމީ ފައިނަލުގައި ރާއްޖޭން ކުޅޭނީ އެމެރިކާއާ އެވެ. ސެމީ ފައިނަލް އޮންނާނީ މިރޭ އެވެ.

މިދިޔަ އަހަރު، އެެމެރިކާގެ ކެލަފޯނިއާގައި ކުރިއަށްދިޔަ، ހަ ވަނަ ކެރަމް ވޯލްޑް ކަޕުން ރާއްޖޭގެ އަންހެން އަދި ފިރިހެން ޓީމުން ލޯ މެޑަލް ހޯދި އެވެ. ފިރިހެން ގައުމީ ޓީމުން ޓީމް އިވެންޓްގައި ފުރަތަމަ ފަހަރަށް ކެރަމް ވޯލްޑް ކަޕެއްގައި މެޑަލެއް ހޯދިއިރު، އެ ޓީމުން ތިން ވަނަ ހޮވި މެޗުގައި ބައްދަލުކުރީ ސިންގަޕޫރާ އެވެ. އަންހެން ގައުމީ ޓީމުން ތިން ވަނަ ހޯދީ އެމެރިކާ ބަލިކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

ވިކްޓަރީ އާއި މާޒިޔާގެ ކުރިމަތިލުން ހަމަހަމަ

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އާއި ވިކްޓަރީ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ވިކްޓަރީން ލީގު ތާވަލުގެ ކުރީގައި މަގާމު ދަމަހައްޓައިފި. މި މެޗުގައި ވިކްޓަރީން ފުރަތަމަ ލީޑު ނެގި ނަމަވެސް، މާޒިޔާ އިން ފަހަތުން އަރައި ނަތީޖާ އަނބުރާލާފައި ވަނިކޮށް ވިކްޓަރީން ވަނީ އިތުރު ލަނޑެއް ޖަހައި ޕޮއިންޓެއް ކަށަވަރުކޮށްފައި

ދިއްދޫ އަތްދަށުން ނިއު ރޭޑިއަންޓް ބަަލިނުވެ ސަލާމަތްވީ ކިރިޔާ

ދިވެހި ޕްރިމިއާ ލީގުގައި ހއ. ދިއްދޫ އާއި ނިއު ރޭޑިއަންޓް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ދިއްދޫން ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް ނިއު އިން ނަތީޖާ އެއްވަރުކުރީ މެޗުގެ އިތުރު ވަގުތުގެ އެންމެ ފަހު ސިކުންތުކޮޅުގައި، ދިއްދޫން މި މެޗުގެ 13 މިނިޓް ތެރޭ ދެ ލަނޑު ޖެހި.

ރަފީނިއާ އަށް ބާސެލޯނާގެ ދެ މެޗު ގެއްލޭނެ

ބްރެޒިލް ގައުމީ ޓީމަށް ކުޅެނިކޮށް ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން، ބާސެލޯނާގެ ފޯވާޑް ރަފީނިއާ އަށް އެ ކްލަބުން ދެން ކުޅޭ ދެ މެޗު ގެއްލޭނެއެވެ. ކޯޗު ހަންސީ ފްލިކް ބުނީ އަނިޔާ ސީރިއަސް ނޫނަސް، އޭނާ ބޭނުންކުރާނީ އެއްކޮށް ފިޓްވުމުން ކަމަށެވެ. މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ރަފީނިއާ ވަނީ މިހާތަނަށް 8 މެޗުން 14 ލަނޑު ޖަހައިފައެވެ.

ތުރުކީ ކޯޗުކަމުން މޮންޓެލާ ވަކިކޮށްފި

އެންމެ ފަހުން، ކުޅުނު ހަތަރު މެޗުން ބަލިވުމާ ގުޅިގެން، ތުރުކީގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމުން އިޓަލީގެ ވިންޗެންޒޯ މޮންޓެލާ ވަކިކޮށްފި. މޮންޓެލާ ވަނީ 24 އަހަރަށް ފަހު ތުރުކީ ވޯލްޑް ކަޕަށް ކޮލިފައިކޮށްދީ، އެ ޓީމަށް 40 މެޗުގައި އިރުޝާދުދީފައި. އޭނާ މަގާމުން ވަކިކުރިއިރު، ތުރުކީއާ އެކު ހަދާފައިވާ އެއްބަސްވުން 2028 ވަނަ އަހަރުގެ ޔޫރޯގެ ނިޔަލަށް އޮތް

Newsletter

Get the latest news delivered straight to your inbox