ރާއްޖޭގައި މި ބާއްވަނީ ފުރިހަަމަ ކެރަމް ވޯލްޑް ކަޕެއް: އައިސީއެފް ރައީސް

Dec 3, 2025, 9:03 AM
ރޭ ބޭއްވި ކެރަމް ވޯލްޑް ކަޕް ފެއްޓުމުގެ ރަސްމިއްޔާތުގައި އިންޓަނޭޝަނަލް ކެރަމް ފެޑެރޭޝަންގެ ރައީސް، މޭޔާ ވާހަކަ ދައްކަވަނީ.--- ފޮޓޯ: އަދަދު ސްޕޯޓްސް/ އިމޭޖަސް.އެމްވީ

ރޭ ބޭއްވި ކެރަމް ވޯލްޑް ކަޕް ފެއްޓުމުގެ ރަސްމިއްޔާތުގައި އިންޓަނޭޝަނަލް ކެރަމް ފެޑެރޭޝަންގެ ރައީސް، މޭޔާ ވާހަކަ ދައްކަވަނީ.--- ފޮޓޯ: އަދަދު ސްޕޯޓްސް/ އިމޭޖަސް.އެމްވީ

ބާސެލޯ ނަސަންދުރާގައި މިހާރު ކުރިއަށްދާ ހަތް ވަނަ ކެރަމް ވޯލްޑް ކަޕަކީ މިހާތަނަށް ބާއްވާ އެންމެ ފުރިހަމަ އެއް ކެރަމް ވޯލްޑް ކަޕް ކަމަށް އިންޓަނޭޝަނަލް ކެރަމް ފެޑެރޭޝަން (އައިސީއެފް)ގެ ރައީސް، ޖޯސެފް މޭޔާ ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި ކެރަމް ވޯލްޑް ކަޕް މި ބާއްވަނީ 11 އަހަރަށް ފަހު އެވެ. މީގެ ކުރިން 2014 ވަނަ އަހަރު ސަން އައިލެންޑް ރިސޯޓުގައި ކެރަމް ވޯލްޑް ކަޕް ވަނީ ބާއްވައިފަ އެވެ. އެ އަހަރު ރާއްޖޭގައި، އައިސީއެފްގެ ރައީސަކަށް ސްވިޒަލެންޑުގެ މޭޔާ އިންތިހާބުވިއިރު، އޭނާ ބުނީ، އެނބުރި ރާއްޖެ އައުމަކީ އޭނާ އަށް ވެސް ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެެވެ.

ރޭ ބާސެލޯ ނަސަންދުރާ ހޮޓަލުގައި ބޭއްވި ކެރަމް ވޯލްޑް ކަޕްގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަަވަމުން މޭޔާ ވިދާޅުވީ، ރާއްޖެ އަކީ އޭނާ އަށް ފެންނަ ގޮތުގައި ކެރަމް އެސޯސިއޭޝަނާއި ކުޅިވަރު މިނިސްޓްރީ ގުޅިގެން އެކުއެކީގައި ފެނިގެންދާ ހަމައެކަނި ގައުމު ކަމަށެވެ. އަދި، ރާއްޖޭގައި ކެރަމް ވޯލްޑް ކަޕެއް މިހާ ފުރިހަމަކޮށް ރޭވިފައިވާތީވެ، މޭޔާ ވަނީ އެ ކަމަށްޓަކައި، ސްޕޯޓްސް މިނިސްޓްރީ، ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސް އަދި ބާސެލޯ ނަސަންދުރާ އަށް ޝުކުރު އަދާކޮށްފަ އެވެ.

ހަތް ވަނަ ކެރަމް ވޯލްޑް ކަޕްގެ ހުޅުވުމުގެ ރަސްމިއްޔާަތަށް ފަހު ރޭ ނެގި ގްރޫޕް ފޮޓޯ.--- ފޮޓޯ: އަދަދު ސްޕޯޓްސް / އިމޭޖަސް.އެމްވީ

"ހުރިހާ ކަމެއް ގުޅިފައި އޮންނާނީ ފައިސާއާ. ވަރަށް އުނދަގޫކަމެއް ފައިސާ ހަމަޖައްސައިގެންި ވަރުގެ ކަމެއް ކުރުމަކީ، ވަރަށް ފުރިހަމަ ވޯލްޑް ކަޕެއް މިއީ. އަހަރެމެންނަށް ކުރެވޭނެ ކަމަކީ ވަރަށް ވާދަވެރި ކެރަމް މެޗުތަކެއް ފެނިގެންދާ ފަދަ ކުޅުމެއް ދެއްކުން، ހުރިހާ ބައިވެރިންނަށް ކާމިޔާބު މުބާރާތަކަށް އަހަރެން އެދެން،" މޭޔާ ވިދާޅުވި އެވެ.

މޭޔާ ވަނީ ހަމައެކަނި އެއް ދުވަހެއް ނޫނީ ދެ ދުވަހެއްގައި ކެރަމް ކުޅެލުމަށްޓަކައި ވަރަށް ދިގު ދަތުރުތަކެއް ކޮށްގެން ރާއްޖެ އައިސްފައިވާ ކުޅުންތެރިން ވެސް އެބިތިބި ކަމަށެވެ. އަދި، މީގެއިން ވެސް އެގޭ ކަމަކީ، ކުޅިވަރެއްގެ ގޮތުގައި ކެރަމް ކުރިއަރައިގެން އަންނަ މިންވަރު ކަމަށާއި މިއީ ކެރަމްގެ ކުރިއެރުމަށްޓަކައި ބެލިކަމުގައި ވިޔަސް މުހިންމު ކަންކަން ގޮތުގައި މޭޔާ ފާހަގަކުރެއްވި އެވެ.

ސަތާރަ ގައުމަކުން 150 އަށް ވުރެން ގިނަ ކުޅުންތެރިން ކެރަމް ވޯލްްޑް ކަޕްގައި ކުޅޭއިރު، އޭގެ ތެރޭގައި ސްރީ ލަންކާ ވެސް ހިމެނެ އެވެ. ރޭގެ ރަސްމިއްޔާުތުގައި ވަނީ ދާދި ފަހުން ކުރިމަތިވި ޑިޓްވާ ތޫފާނުގައި ބޮޑު ގެއްލުންތަކެއް ކުރިމަތިވެފައިވާ ސްރީ ލަންކާއާ އެކު ތިބިކަމުގެ ޝުއޫރުފާޅުކުރުމުގެ ގޮތުން ސުކޫތެއް ގެނެސްފަ އެވެ.

ރޭ ބޭއްވި ކެރަމް ވޯލްޑް ކަޕްގެ ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން މިނިސްޓަރު ރާފިއު (ކ) އައިސީއެފްގެ ރައީސް މޭޔާ އަދި ކެރަމް އެސޯސިއޭޝަންގެ ރައީސް އިބްރާހިމް.--- ފޮޓޯ: އަދަދު ސްޕޯޓްސް / އިމޭޖަސް.އެމްވީ

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު (ރާއްޕެ) ވިދާޅުވީ، ސަރުކާރުން މިދިޔަ ދެ އަހަަރަށް ބަލާއިރު ރާއްޖޭގައި ކެރަމްގެ ބޮޑު ދެ މުބާރާތް ހޯސްޓްކުރުމުގެ މަގުފަހިކޮށްދިނުމުން މީގެއިން އެނގިގެންދާ ކަމަކީ އެއްވެސް ކުޅިވަރެއް ތަފާތުނުކޮށް ޖުމްލަކޮށް ކުޅިވަރުގެ ކުރިއެރުމަށް ރައީސް، ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ދޭ އަހައްމިއްޔަތުކަން ކަމަށެވެ.

ރާފިއު ވިދާޅުވީ، މި ފަދަ އިންޓަނޭޝަނަލް މުބާރާތް ރާއްޖޭގައި ބޭއްވުމުގެ މަގުސަދުތައް ބޮޑެތި ކަމަށާއި ސްޕޯޓްސް ޓޫރިޒަމް ފުޅާކުރުމާއި ރާއްޖެ އަކީ ބައިނަލްއަގުވާމީ ލެވަލް މަތި މުބާރާތް ބޭއްވޭނެ ތަނެއްގެ ގޮތުގައި މި ސަރަހައްދުން ފެންނަން އޮތުން ވެސް މުހިންމު ކަމަށް ރާފިއު ފާހަގަކުރެއްވި އެވެ.

ކެރަމް އެސޯސިއޭޝަންގެ ރައީސް އިބްރާހިމް ރަޝީދު ވަނީ ކެރަމް ވޯލްޑް ކަޕްގެ ކަންކަން އިންތިޒާމްކޮށް ހަމަޖައްސުމަށްޓަކައި، އެކި ފަރާތްތަކުން ދޭ އެއްބާރުލުމާ އެހީތެރިކަމަށް ޝުކުރު އަދާކޮށްފަ އެވެ. އަދި، މި ކަމުގައި ކާމިޔާބު ހޯދުމަށް ސަރުކާރުން ދޭ އެއްބާރުލުމަށްޓަކައި، އޭނާ ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ.

އިއްޔެ ފެށި ކެރަމް ވޯލްޑް ކަޕް އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ބާސެލޯ ނަސަންދުރާގައި ކުރިއަށްދާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

ވިކްޓަރީ އާއި މާޒިޔާގެ ކުރިމަތިލުން ހަމަހަމަ

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އާއި ވިކްޓަރީ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ވިކްޓަރީން ލީގު ތާވަލުގެ ކުރީގައި މަގާމު ދަމަހައްޓައިފި. މި މެޗުގައި ވިކްޓަރީން ފުރަތަމަ ލީޑު ނެގި ނަމަވެސް، މާޒިޔާ އިން ފަހަތުން އަރައި ނަތީޖާ އަނބުރާލާފައި ވަނިކޮށް ވިކްޓަރީން ވަނީ އިތުރު ލަނޑެއް ޖަހައި ޕޮއިންޓެއް ކަށަވަރުކޮށްފައި

ދިއްދޫ އަތްދަށުން ނިއު ރޭޑިއަންޓް ބަަލިނުވެ ސަލާމަތްވީ ކިރިޔާ

ދިވެހި ޕްރިމިއާ ލީގުގައި ހއ. ދިއްދޫ އާއި ނިއު ރޭޑިއަންޓް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ދިއްދޫން ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް ނިއު އިން ނަތީޖާ އެއްވަރުކުރީ މެޗުގެ އިތުރު ވަގުތުގެ އެންމެ ފަހު ސިކުންތުކޮޅުގައި، ދިއްދޫން މި މެޗުގެ 13 މިނިޓް ތެރޭ ދެ ލަނޑު ޖެހި.

ރަފީނިއާ އަށް ބާސެލޯނާގެ ދެ މެޗު ގެއްލޭނެ

ބްރެޒިލް ގައުމީ ޓީމަށް ކުޅެނިކޮށް ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން، ބާސެލޯނާގެ ފޯވާޑް ރަފީނިއާ އަށް އެ ކްލަބުން ދެން ކުޅޭ ދެ މެޗު ގެއްލޭނެއެވެ. ކޯޗު ހަންސީ ފްލިކް ބުނީ އަނިޔާ ސީރިއަސް ނޫނަސް، އޭނާ ބޭނުންކުރާނީ އެއްކޮށް ފިޓްވުމުން ކަމަށެވެ. މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ރަފީނިއާ ވަނީ މިހާތަނަށް 8 މެޗުން 14 ލަނޑު ޖަހައިފައެވެ.

ތުރުކީ ކޯޗުކަމުން މޮންޓެލާ ވަކިކޮށްފި

އެންމެ ފަހުން، ކުޅުނު ހަތަރު މެޗުން ބަލިވުމާ ގުޅިގެން، ތުރުކީގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމުން އިޓަލީގެ ވިންޗެންޒޯ މޮންޓެލާ ވަކިކޮށްފި. މޮންޓެލާ ވަނީ 24 އަހަރަށް ފަހު ތުރުކީ ވޯލްޑް ކަޕަށް ކޮލިފައިކޮށްދީ، އެ ޓީމަށް 40 މެޗުގައި އިރުޝާދުދީފައި. އޭނާ މަގާމުން ވަކިކުރިއިރު، ތުރުކީއާ އެކު ހަދާފައިވާ އެއްބަސްވުން 2028 ވަނަ އަހަރުގެ ޔޫރޯގެ ނިޔަލަށް އޮތް

Newsletter

Get the latest news delivered straight to your inbox