ސައެންސްވެރިން ބުނަނީ ހަނދުގެ އަސްލު އަދިވެސް ނޭނގޭ ކަމަށް

Nov 24, 2025, 10:36 AM
ސައެންސްވެރިން ބުނަނީ ހަނދުގެ އަސްލު އަދިވެސް ނޭނގޭ ކަމަށް

މި ބިމުގެ ވަށައިގެން ދައުރުކުރަމުން އަންނަ ހަނދުގެ އަސްލަކީ ކޮބައިތޯ ސައެންސްވެރިންނާއި ފަލަކީ އިލްމުވެރިންގެ މެދުގައި ކުރަމުން އަންނަ ބަހުސް އަދިވެސް ނިމުމަކަށް ނާދެއެވެ. ކޮންމެ ބަޔަކު ވެސް ވާހަކަ ދައްކަނީ އެ ބައެއްގެ ވިސްނުމަށް އަންނަ ޚިޔާލީ ނަޒަރިއްޔާއެއްގެ މައްޗަށް ބިނާކޮށެވެ.

އެ ގޮތުން އެންމެ ގިނަ ސައެންސްވެރިންނާއި ފަލަކީ އިލްމުވެރިން ބުރަވާ ނަޒަރިއްޔާގައި ބުނަނީ، ހަނދު އުފެދުނީ މި ބިމާއި ތޭޔާ (Theia) ކިޔާ ގުރަހައެއް މުޑިއެރުމުގެ ސަބަބުން ނައްޓައިގެން ދިޔަ އެތިގަނޑުތަކެއް ފަޒާގެ ތެރޭގައި އެކުވެގެން ކަމަށެވެ. ތޭޔާއަކީ ގާތްގަނޑަކަށް މާސްއާ އެއްވަރުގެ ބޮޑުމިނުގެ ގުރަހައެކެވެ. މި ބިމަށް ވުރެ އިރާ ކައިރިން ބުރުޖަހަމުން ދިޔަ ތޭޔާ ގުރަހަ މި ބިމާ މުޑިއެރި ކަމަށް ސައެންސްވެރިން ލަފާކުރަނީ 4.5 ބިލިއަން އަހަރު ކުރިންނެވެ.

މި ދެ ގުރަހަ މުޑިއެރުމުގެ ސަބަބުން މި ބިމުގެ ހުރިހާ ކަމެއް ބަދަލުވެގެން ދިޔައެވެ. މި ބިމަށް މިހާރުގެ ސިފަ ލިބި، މި ބިމުގެ ވަށައިގެން ދައުރުކުރާނޭ ހަނދެއް މި ބިމަށް ލިބުނެވެ. އަދި ތޭޔާ ގުރަހައާއި މި ބިމުން ނައްޓައިގެން ދިޔަ އެތިކޮޅުތަކާއި އެތިގަނޑުތައް، އިރުގެ ނިޒާމުގެ ތެރޭގައި އިރުގެ ވަށައިގެން ދަތުރު ކުރަމުން ދެއެވެ.

Advertisement

އެ ހުރިހާ ކަމެއްގެ ތެރެއިން ސައެންސްވެރިން ފާހަގަކުރަނީ އަދި މިބިމުގެ އަހުލުވެރިންނަށް މުހިންމީ، މި ބިމުގެ ވަށައިގެން ދައުރުކުރާނެ ހަނދެއް ލިބުމެވެ. މި ބިމާއި ތޭޔާ ގުރަހަ މުޑިއެރުމުގެ ސަބަބުން ދެ ގުރަހައިން ވަކިވި އެތިގަނޑުތައް ފަޒާގެ ތެރެއަށް ބުރައިގެން ދިޔައެވެ. އަދި އެ އެތިގަނޑުތައް ފަޒާގެ ތެރޭގައި ބުރުޖަހަމުން އެކަތި އަނެކައްޗާ އެކުވެ، މިހާރު މި ފެންނަ ހަނދުގެ ސިފައިގައި އެއްޗެއް އުފަންވެ، މި ބިމުގެ ވަށައިގެން ދައުރުކުރަން ފެށީއެވެ.

އެހެން ނަމަވެސް، ތޭޔާ އަކީ އޭގެ ސިފައެއް ބައްޓަމެއް ކުލައެއް ފެންނަން އަދި އެނގެން ނެތް، ސައެންސްވެރިންނާއި ފަލަކީ އިލްމުވެރިން ގެންގުޅޭ ވަހުމީ ގުރަހައަކަށް ވާތީ، އެ ގުރަހައާ ބެހޭ އެތައް ސުވާލަކަށް އަދިވެސް ޖަވާބެއް ނުލިބެއެވެ. މި ބިމާ އެހާ ބާރަށް މުޑިއެރީ ކޮން ކަހަލަ އެއްޗެއް ހެއްޔެވެ؟ ތޭޔާއަކީ ކިހައި ބޮޑު ގުރަހައެއް ހެއްޔެވެ؟ އެ ގުރަހަ އުފެދިފައިވަނީ ކޮން އެއްޗަކުން ހެއްޔެވެ؟ އަދި އެ ގުރަހަ އުފެދިފައިވަނީ އިރުގެ ނިޒާމުގެ ކޮން ހިސާބެއްގައި ހެއްޔެވެ؟

މި ސުވާލުތަކަށް އަމާޒުކޮށްގެން، ޗިކާގޯ ޔުނިވަސިޓީ އާއި މެކްސް ޕްލޭންކް އިންސްޓިޓިއުޓް ފޯ ސޯލާ ސިސްޓަމް ރިސާޗް (އެމްޕީއެސް)ގެ ސައެންސްވެރިން ކުރި ދިރާސާގައި މި ބިމާއި ހަނދުގެ ހިލަކޮޅުތަކެއްގައި ދަގަނޑުގެ މާއްދާ އެކުލެވޭ މިންވަރު ބަލައި ވަޒަންކުރިއެވެ. އެ ގޮތުން ދަގަނޑުގެ އައިސޯޓޮޕްސްގެ ނިސްބަތް ދެނެގަތެވެ.

އައިސޯޓޮޕްސްއަކީ އެއް އުންސުރެއް ނުވަތަ އެއް މައުދަނެއްގެ ތަފާތު ބާވަތްތަކެވެ. މި ތަފާތު ކަނޑައަޅަނީ އެ އުންސުރެއްގެ ނިއުކްލިއަސްގައި ނިއުޓްރޯން އެކުލެވޭ އަދަދުގެ ތަފާތަށް ބިނާކޮށެވެ. އެ އުންސުރެއްގެ ނިއުކްލިއަސްގައި ހުންނަ ނިއުޓްރޯންގެ އަދަދުން އެ އުންސުރެއްގެ ބަރުދަން ވެސް ތަފާތުވެއެވެ.

ސައެންސްވެރިން ދެކޭ ގޮތުގައި އިރުގެ ނިޒާމު ވުޖޫދުވިތާ ކުރީކޮޅު، އެކި މައުދަންތަކުގެ އައިސޯޓޮޕްސްތައް ބެހިގެން ދިޔައީ ހަމަހަމަ ގޮތެއްގައެއް ނޫނެވެ. އެ ގޮތުން ބަލާއިރު، އިރާ ކައިރީގައި ހުރި މާއްދާތަކުގައި އެކުލެވޭ އައިސޯޓޮޕްސް އާއި އިރާ ދުރުގައި ހުރި މާއްދާތަކުގެ އައިސޯޓޮޕްސްގެ ނިސްބަތް ތަފާތެވެ.

އެހެންކަމުން އެ މާއްދާއެއްގެ އައިސޯޓޮޕްސް އެކުލެވިގެންވާ ގޮތުން، އެއީ އިރާ ކައިރި ސަރަހައްދެއްގައި އުފަންވި އެއްޗެއްކަން ނުވަތަ އިރާ ދުރުގައި އުފެދުނު އެއްޗެއްކަން ދެނެގަނެވެއެވެ.

ސައެންސްވެރިން ދާދިފަހުން ކުރި ދިރާސާއެއްގައި – ސައެންސް ކިޔާ ޖާނަލްގައި 20 ނޮވެމްބަރު 2025 ގައި ޝާއިއުކޮށްފައި – ސައެންސްވެރިން ވަނީ މި ބިމުގެ ހިލަކޮޅުތަކަކާއި ހަނދުގެ ހިލަކޮޅުތަކެއްގައި އެކުލެވޭ ދަގަނޑުގެ އައިސޯޓޮޕްސްގެ ނިސްބަތް، މީގެ ކުރިން ކަށަވަރު ނުކުރެވޭހާ ފުރިހަމައަށް ކަށަވަރުކޮށްފައެވެ. މި ދިރާސާގައި ސައެންސްވެރިން ވަނީ މި ބިމުގެ 15 ސާމްޕަލް އަކާއި، އެޕޯލޯގެ ޖައްވީ ދަތުރުތަކުގައި ހަނދުން ގެނައި ހިލަކޮޅުތަކުގެ ހަ ސާމްޕަލެއް ތަހުލީލުކޮށްފައެވެ.

މި ތަހުލީލުތަކުން ނުކުތް ނަތީޖާ އާއި ކްރޯމިއަމް، ކެލްސިއަމް، ޓައިޓޭނިއަމް އަދި ޒިރްކޯނިއަމްގެ އައިސޯޓޮޕްސްގެ ނިސްބަތް ދެނެގަތުމަށް މީގެ ކުރިން ކޮށްފައިވާ ތަހުލީލުތަކުން ނުކުތް ނަތީޖާއާ ދާދި އެއްގޮތެވެ. އެހެންކަމުން، ސައެންސްވެރިން ނިންމީ، މި ބިމާއި ހަނދުގެ މި މާއްދާތައް އެކުލެވޭ ނިސްބަތުގައި މާ ބޮޑު ތަފާތުތަކެއް ނެތް ކަމަށެވެ.

ހަނދާއި މި ބިމުގެ ސާމްޕަލްތަކުގައި އެއްގޮތްކަން ބޮޑު ނަމަވެސް، މިއީ ތޭޔާއަކީ ކޮން ކަހަލަ ގުރަހައެއްކަން ކަނޑައެޅޭނެ ހޯދުމެއް ނޫނެވެ. ބައެއް ތިއަރީތައް ބުނާ ގޮތުން، ހަނދު އުފެދިފައިވަނީ މައިގަނޑު ގޮތެއްގައި ތޭޔާ ގުރަހައިގެ މާއްދާތަކުންނެވެ. އެހެން ބައެއް ނަޒަރިއްޔާތައް ބުނާ ގޮތުން ހަނދުގައި އެކުލެވޭ ގިނަ މާއްދާތަކަކީ މި ބިމުގެ މާއްދާތަކެވެ. އަދި ބައެއް ނަޒަރިއްޔާތައް ބުނާ ގޮތުން، ހަނދު އުފެދިފައިވަނީ ތޭޔާ ގުރަހައާއި މިބިމުގެ މާއްދާތައް ވަކި ކުރަން ނޭނގޭ ވަރަށް އެ ދެ ގުރަހައިގެ މާއްދާތައް އެކުވެ މަސްހުނިވެގެންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަނދިރީގައި ފެންވެރުން ނިދި އައުން ފަސޭހަވޭތަ؟

ނިދުމުގެ ކުރިން އަނދިރީގައި ފެންވެރުމަކީ ހަށިގަނޑުން މެލަޓޯނިން އުފައްދައިދީ، ސިކުނޑި ހަމަޖައްސައިދީ އަވަހަށް ނިދި އައުމަށް އެހީތެރިވެދޭ ކަމެއް ކަމަށް ސިއްހީ މާހިރުން ބުނެއެވެ. މިގޮތަށް ފެންވެރުމުން ހަށިގަނޑުގެ ފިނިހޫނުމިން ދަށްވެ، ދުވަހުގެ ސްޓްރެސް ކުޑަކޮށްދީ ނަފްސާނީ ގޮތުން އަރާމު ލިބިގެންދެއެވެ. ނަމަވެސް މިއީ ނިދުމުގެ ބޮޑެތި ބަލިތަކަށް އޮތް ދާއިމީ ހައްލެއް ނޫންކަމަށް މާހިރުން ފާހަގަކުރެއެވެ.

ޕްރޮސްޓޭޓް ކެންސަރަށް ގަވާއިދުން ސްކްރީން ކުރަން ބުނެފި

ޕްރޮސްޓޭޓް ކެންސަރު ޖެހޭ މިންވަރު އިތުރުވަމުންދާތީ، އެމެރިކަން ކެންސަރ ސޮސައިޓީން ވަނީ އުމުރުން 50 އަހަރާއި 69 އަހަރާ ދެމެދުގެ ފިރިހެނުން ގަވާއިދުން ސްކްރީން ކުރުމަށް އާ އިރުޝާދުތަކެއް ނެރެފައެވެ. މި ބަދަލުގެ ދަށުން ބަލީގެ ނުރައްކާ ބޮޑު މީހުން އުމުރުން 45 އަހަރުން ފެށިގެން ކޮންމެ އަހަރަކު ޓެސްޓުކުރަން ލަފާދީފައިވާއިރު، މީގެ މަގުސަދަކީ ބަލި ކުރީކޮޅު ދެނެގަނެ މަރުވާ މިންވަރު މަދުކުރުމެވެ.

ޓޭލާ ސުވިފްޓަކީ ފޭކު ސަޕޯޓަރެއް ކަމަށް ކުޅުންތެރިން ބުނެފި

ނިއުޔޯކް ނިކްސްގެ ބައެއް ކުޅުންތެރިން ޓޭލާ ސުވިފްޓަކީ ދެއްކުންތެރިކަމަށް މެޗުތަކަށް އަންނަ "ފޭކު" ސަޕޯޓަރެއް ކަމަށް ބުނުމުން، އެ ޓީމުން އޭނާގެ ދިފާއުގައި ވާހަކަދައްކައިފިއެވެ. ޓީމުގެ ތަރުޖަމާނު ވަނީ ސުވިފްޓަކީ ގިނަ ދުވަސްތަކެއް ވަންދެން ޓީމަށް ސަޕޯޓްކުރާ ވަފާތެރިއެއްކަން ފާހަގަކޮށް، ކުޅުންތެރިންގެ ވާހަކަތައް ދޮގުކޮށްފައެވެ.

ގްލެޑިއޭޓާ 2" ގެ ސެޓުގައި ހިނގި ހާދިސާއަކާ ގުޅިގެން ކޯޓަށް

"ގްލެޑިއޭޓާ 2" ގެ މަންޒަރެއް ކުޅެމުން ދަނިކޮށް ހިނގި އަލިފާނުގެ ހާދިސާއެއްގައި ހަށިގަނޑުގެ 15 އިންސައްތަ ފިހުނު އެކްޓަރަކު، ފިލްމު އުފެއްދި ކުންފުންޏާ ދެކޮޅަށް ކޯޓުގައި ދައުވާކޮށްފިއެވެ. މި ހާދިސާގެ ޒިންމާ ފިލްމީ ކުންފުނިން އުފުލި ނަމަވެސް، ލިބުނު އަނިޔާތަކަށް ބަދަލުގެ ގޮތުގައި އެދިފައިވާ 200،000 ޕައުންޑް ދިނުމަށް އެ ކުންފުނިން ވަނީ އިންކާރުކޮށްފައެވެ.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

މި ވާހަކައިގައި ކިޔައިދެނީ އިވާން އާއި މައިރާގެ މެދުގައި ހިނގި ލޯބިވެތި ވަގުތުކޮޅެއްގެ ވާހަކައެވެ. ނަމަވެސް، ކޮޓަރީގެ ބޭރުން ނަދާލް ގޮވައިލި އަޑަށް އެ ދެމީހުންގެ ހަރަކާތްތަކަށް ހުއްޓުމެއް އައިސް، މައިރާ ނަދާލަށް ޖަވާބުދީ އެތަނުން ދާން މަސައްކަތް ކުރެއެވެ.

ދުނިޔެ ވަށާ ހިނގުމުގައި 28 އަހަރު ހޭދަކުރި މީހެއް އެނބުރި ގެއަށް

ދުނިޔެ ވަށައި ހިނގުމަށް 28 އަހަރު ދުވަހު 31،000 މޭލުގެ ދަތުރެއް ކުރި އިނގިރޭސިވިލާތުގެ ކާލް ބުޝްބީ، އޭނާގެ ދަތުރު ނިންމާލުމަށްފަހު އެނބުރި ގައުމަށް ގޮސްފިއެވެ. އަމިއްލަ ބާރުގައި އެކި ބައްރުތަކާއި ކަނޑުއޮޅިތައް ހުރަސްކޮށް އޭނާ ކުރި މި ދަތުރު ނިންމާލުމުން، އާއިލާ އާއި ގިނަ އަދަދެއްގެ ބަޔަކު ވަނީ އޭނާއަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.

ޖަޕާނުގެ ބޮޑީބިލްޑަރެއް އުމުރުން 90 އަހަރުގައި ވެސް ސްޓޭޖަށް

ޖަޕާނުގެ އުމުރުން 90 އަހަރުގެ ޓޮޝިސުކޭ ކަނަޒާވާ، ސްޕެއިންގައި ބޭއްވި ބޮޑީބިލްޑިން މުބާރާތެއްގައި ވާދަކޮށް، އުމުރަކީ ދުޅަހެޔޮކަމަށް އޮތް ހުރަހެއް ނޫންކަން ސާބިތުކޮށްދީފިއެވެ. އޭނާގެ ދުޅަހެޔޮކަމުގެ ސިއްރަކީ ޖަޕާނުގެ ސަގާފީ ކެއުންތައް ކަމަށްވާ ބްރައުން ރައިސް އާއި މިސޯ ސޫޕް ފަދަ ތަކެތި ބޭނުންކުރުން ކަމަށްވާއިރު، އޭނާގެ އަމާޒަކީ އުމުރުން 93 އަހަރުގައިވެސް މުބާރާތެއްގައި ވާދަކުރުމެވެ.

Newsletter

Get the latest news delivered straight to your inbox