ރާއްޖޭގައި ބާއްވާ ކެރަމް ވޯލްޑް ކަޕްގެ ތައްޔާރީތަކާއި މުބާރާތް ފުރިހަމަ ކުރުމުގެ މަސައްކަތް ކުރިއަށް

Nov 11, 2025, 4:01 AM
ކެރަމްގެ ދުނިޔޭގެ ޖަމިއްޔާ، އިންޓަނޭޝަނަލް ކެރަމް ފެޑެރޭޝަން (އައިސީއެފް)ގެ ނައިބު ރައީސްގެ މަގާމާއި ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޖެނެރަލް ސެކްރެޓަރީ، ހުސެއިން ރައުޝާން.---

ކެރަމްގެ ދުނިޔޭގެ ޖަމިއްޔާ، އިންޓަނޭޝަނަލް ކެރަމް ފެޑެރޭޝަން (އައިސީއެފް)ގެ ނައިބު ރައީސްގެ މަގާމާއި ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޖެނެރަލް ސެކްރެޓަރީ، ހުސެއިން ރައުޝާން.---

އަންނަ މަހު ރާއްޖޭގައި ބާއްވާ ހަތް ވަނަ ކެރަމް ވޯލްޑް ކަޕްގެ ތައްޔާރީތަކާއި މުބާރާތް ފުރިހަމަ ކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް ރަނގަޅު މިންވަރަކަށް ކުރަމުން އަންނަ ކަމަށް ކެރަމްގެ ދުނިޔޭގެ ޖަމިއްޔާ، އިންޓަނޭޝަނަލް ކެރަމް ފެޑެރޭޝަން (އައިސީއެފް)ގެ ނައިބު ރައީސްގެ މަގާމާއި ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޖެނެރަލް ސެކްރެޓަރީ، ހުސެއިން ރައުޝާން ވިދާޅުވެއްޖެ އެވެ.

ކެރަމް ވޯލްޑް ކަޕް ކުރިއަށްދާނީ އަންނަ މަހުގެ 2-6 އަށް މާލޭގެ ބާސެލޯސް ނަަސަންދުރާގަ އެވެ.

"އަދަދު ސްޕޯޓްސް" އަށް ދިން އިންޓަވިއުއެއްގައި، ރައުޝާން ވިދާޅުވީ ކެރަމް ވޯލްޑް ކަޕަށް ތައްޔާރުވުމުގެ މަސައްކަތުގެ ތެރެއިން، ހުރިހާ ގައުމުތަކަށް އިންވިޓޭޝަން ފޮނުވާފައިވާއިރު، މުބާރާތުގައި ބައިވެރިވާ ގައުމުތައް ޔަގީންވެފައިވާ ކަމަށެވެ. އަދި، މުބާރާތުގައި ވާދަކުރަން އަންނަ ކުޅުންތެރިންނަށް މަރުހަބާ ކިޔުމާއި މެހެމާންދާރީގެ ކަންކަމާއި އެހެނިހެން މުހިންމު ކަންކަމަށް ވާން ޖެހޭ ތައްޔާރީތައް، މުބާރާތް ހޯސްޓްކުރާ ބާސެލޯސްއާ އެކު ކުރެވިފައިވާކަމަށް ވެސް ރައުޝާން ވިދާޅުވެފައިވެ އެވެ.

"އެންމެ ބޮޑު ކަމަކަށް މި ވަރުގެ ބޮޑު މުބާރާތެއް ބާއްވާއިރު ސްޕޮންސަރުންގެ ކަންތައްތައް މި އިންނަނީ ދެން ވަރަށް ބޮޑު ހަރަދެއް ހިނގާ މުބާރާތަކަށް ވުމުން، ސްޕޮންސަރުންނާއި އަޅުގަނޑުމެންވާނީ ގިނަ ސްޕޮންސަރުންތަކާ ވާހަކަ ދެކެވިފައި. އުންމީދުކުރި ވަރަށް ސްޕޮންސަރުން ވެސް މުބާރާތަށް އެބައާދޭ،" ރައުޝާން ވިދާޅުވި އެވެ.

ރާއްޖޭގައި 2014 ވަނަ އަހަރު ސަން އައިލެންޑް ރިސޯޓްގައި ކެރަމް ވޯލްޑް ކަޕް ހޯސްޓްކުރިތާ 11 އަހަރު ފަހުން މި ފަހަރުގެ ވޯލްޑް ކަޕް ބާއްވަން ފުރުސަތު ލިބި، ކުރު މުއްދަތެއްގެ ތެރޭގައި އެކަން ހަމަޖައްސައި، ކެރަމް އެސޯސިއޭޝަނުން ހަލުވި ދުވެއްޔެއްގައި މަސައްކަތްތައް ފަށައިގަތެވެ. އަދި، މި ފަަހަރުގެ މުބާރާތް ކާމިޔާބު މުބާރާތަކަށް ހެދުމަށް ގިނަގުނަ މަސައްކަތްތަކެއް އަންނަނީ ކުރެވެމުންނެވެ.

ރާއްޖޭގެ ކެރަމް ގައުމީ ޓީމުން ވޯލްޑް ކަޕަށް ވަމުން އަންނަ ތައްޔާރީތަކާ ބެހޭގޮތުން، ރައުޝާން ވިދާޅުވީ، ޕްރެކްޓިސްތައް ކުރިއަށްގެންދަމުން އަންނަ ކަމަށާއި ކުރިއަށް އޮތް ހަފްތާއެއްހާ ދުވަސްތެރޭ، އިންޑިއާގެ ދެ ޓްރެއިނަރުން ގައުމީ ޓީމާ އެކު ފަރިތަކުރުންތަކުގައި ބައިވެރިވާނެ ކަމަށެވެ.

"އެ ވެގެންދާނީ ގައުމީ ޓީމުގެ ޕާފޯމަންސް ރަނގަޅުކުރަން ކުރެވޭ. ހަމަ ވަރަށް މުހިންމު ކަމެއްގެ ގޮތުގައި،" ރައުޝާން ވިދާޅުވި އެވެ.

މިދިޔަ އަހަރު، އެެމެރިކާގެ ކެލަފޯނިއާގައި ކުރިއަށްދިޔަ، ހަ ވަނަ ކެރަމް ވޯލްޑް ކަޕުން ރާއްޖޭގެ އަންހެން އަދި ފިރިހެން ޓީމުން ލޯ މެޑަލް ހޯދި އެވެ. ފިރިހެން ގައުމީ ޓީމުން ޓީމް އިވެންޓްގައި ފުރަތަމަ ފަހަރަށް ކެރަމް ވޯލްޑް ކަޕެއްގައި މެޑަލެއް ހޯދިއިރު، އެ ޓީމުން ތިން ވަނަ ހޮވި މެޗުގައި ބައްދަލުކުރީ ސިންގަޕޫރާ އެވެ. އަންހެން ގައުމީ ޓީމުން ތިން ވަނަ ހޯދީ އެމެރިކާ ބަލިކޮށްފަ އެވެ.

މި ފަހަރު ކުރިއަށް ވުރެން ރަނގަޅު ކާމިޔާބެއް ހޯދަން ރާއްޖޭން އަމާޒުހިފާފައިވާއިރު، ކުޅުންތެރިން އެހެން އަހަރުތަކެކޭ އެއްގޮތަށް ލޯންގް ޓާމް ޓްރެއިނިން ކޭމްޕެއް ކުރިއަށްގެންދަމުން އަންނަ ކަމަށް ރައުޝާން ވިދާޅުވެފައިވެ އެވެ.

"މި އަހަރު ޓްރެއިނިން ޕްރޮގްރާމަށް ބަދަލުތަކެއް އައިސްފައި ވަނީ މުބާރާތައް ތައްޔާރުވުމަށް ކުޅުންތެރިން ކުރިއަށްދާ ގޮތް. ދެން، ރާއްޖޭގައި މި މުބާރާތް ބޭއްވިގެންދާއިރު، މި ވެގެންދާނީ ކުޅުންތެރިންނަށް ވަރަށް ބޮޑު ބޫސްޓަކަށް ވަރަށް ބޮޑު މޯޓިވޭޝަނަކަށް، އަމިއްލަ ފަސްގަނޑުގައި މި ވަރުގެ ބޮޑު މުބާރާތެއް ކުޅެވޭއިރު، އަމިއްލަ އާއިލާ އަދި ސަޕޯޓަރުން ކުރިމަތީގައި ކުޅުމަކީ ކުޅުންތެރިންނަށް ވެސް ލިބޭ ހިތްވަރެއް. އަދި، މުބާރާތަށް ކުޅުންތެރިން ވަރަށް ބޮޑަށް ފިޓް، ފިޒިކަލީ ވެސް ކުޅުންތެރިން މި އަށް ފިޓްވާން ވެގެން ގިނަ ހަރަކާތްތަކެއް މި އަންނަނީ ބޭއްވެމުން،" ރައުޝާން ވިދާޅުވި އެވެ.

މި ފަހަރުގެ ކެރަމް ވޯލްޑް ކަޕްގައި ވާދަކުރާ ރާއްޖޭގެ ސްކޮޑުގައި ހިމެނެނީ، ފިރިހެން ގައުމީ ސްކޮޑުގައި ، އިބްރާހިމް ހުޖާން އަލީ، ހަސަން ނާޒިމް، އިސްމާއިލް އަޒްމީން، މުހައްމަދު މުންތަސިރު އަދި އާދަމް އަދީލް އެވެ. އަންހެން ޓީމުގައި ހިމެނެނީ، އައިމިނަތު ވިޝާމާގެ އިތުރުން، އައިމިނަތު ވިދާދު، އައިޝަތު ފައިނާޒް، ފާތިމަތު ރަޔާނާ އަދި އައިޝަތު ނަހުފާ އެވެ.

ކެރަމް ވޯލްޑް ކަޕްގެ ހައިބަތު ބޮޑުކަން ފާހަގަކޮށް، ރައުޝާން ވިދާޅުވީ، ކުރީގެ ދުނިޔޭގެ ޗެމްޕިއަނުންގެ ގޮތުގައި ހިމެނޭ ހައެއް ނޫނީ ހަތެއް އެތުލީޓުން މި ފަހަރުގެ މުބާރާތުގައި ފެނިގެންދާނެ ކަމަށެވެ. އަދި، މި މުބާރާތުގެ ތެރޭގައި، ކެރަމްގެ އިންޓަނޭޝަނަލް ފެޑެރޭޝަންގެ އެގްޒެކްޓިވް ކޮމިޓީ ވެސް ރާއްޖޭގައި ހަރަކާތްތެރިވާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

ވިކްޓަރީ އާއި މާޒިޔާގެ ކުރިމަތިލުން ހަމަހަމަ

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އާއި ވިކްޓަރީ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ވިކްޓަރީން ލީގު ތާވަލުގެ ކުރީގައި މަގާމު ދަމަހައްޓައިފި. މި މެޗުގައި ވިކްޓަރީން ފުރަތަމަ ލީޑު ނެގި ނަމަވެސް، މާޒިޔާ އިން ފަހަތުން އަރައި ނަތީޖާ އަނބުރާލާފައި ވަނިކޮށް ވިކްޓަރީން ވަނީ އިތުރު ލަނޑެއް ޖަހައި ޕޮއިންޓެއް ކަށަވަރުކޮށްފައި

ދިއްދޫ އަތްދަށުން ނިއު ރޭޑިއަންޓް ބަަލިނުވެ ސަލާމަތްވީ ކިރިޔާ

ދިވެހި ޕްރިމިއާ ލީގުގައި ހއ. ދިއްދޫ އާއި ނިއު ރޭޑިއަންޓް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ދިއްދޫން ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް ނިއު އިން ނަތީޖާ އެއްވަރުކުރީ މެޗުގެ އިތުރު ވަގުތުގެ އެންމެ ފަހު ސިކުންތުކޮޅުގައި، ދިއްދޫން މި މެޗުގެ 13 މިނިޓް ތެރޭ ދެ ލަނޑު ޖެހި.

ރަފީނިއާ އަށް ބާސެލޯނާގެ ދެ މެޗު ގެއްލޭނެ

ބްރެޒިލް ގައުމީ ޓީމަށް ކުޅެނިކޮށް ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން، ބާސެލޯނާގެ ފޯވާޑް ރަފީނިއާ އަށް އެ ކްލަބުން ދެން ކުޅޭ ދެ މެޗު ގެއްލޭނެއެވެ. ކޯޗު ހަންސީ ފްލިކް ބުނީ އަނިޔާ ސީރިއަސް ނޫނަސް، އޭނާ ބޭނުންކުރާނީ އެއްކޮށް ފިޓްވުމުން ކަމަށެވެ. މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ރަފީނިއާ ވަނީ މިހާތަނަށް 8 މެޗުން 14 ލަނޑު ޖަހައިފައެވެ.

ތުރުކީ ކޯޗުކަމުން މޮންޓެލާ ވަކިކޮށްފި

އެންމެ ފަހުން، ކުޅުނު ހަތަރު މެޗުން ބަލިވުމާ ގުޅިގެން، ތުރުކީގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމުން އިޓަލީގެ ވިންޗެންޒޯ މޮންޓެލާ ވަކިކޮށްފި. މޮންޓެލާ ވަނީ 24 އަހަރަށް ފަހު ތުރުކީ ވޯލްޑް ކަޕަށް ކޮލިފައިކޮށްދީ، އެ ޓީމަށް 40 މެޗުގައި އިރުޝާދުދީފައި. އޭނާ މަގާމުން ވަކިކުރިއިރު، ތުރުކީއާ އެކު ހަދާފައިވާ އެއްބަސްވުން 2028 ވަނަ އަހަރުގެ ޔޫރޯގެ ނިޔަލަށް އޮތް

Newsletter

Get the latest news delivered straight to your inbox