"އަރުތަ" ޕްރޮގްރާމަށް ގަވާއިދެއް، ކުރިއަށްގެންދަން ކޮމިޓީއެއް

Oct 28, 2025, 11:36 PM
އެންމެ ފަހުން ބޭއްވި ގައުމީ އެތުލެޓިކްސް މުބާރާތުގެ ތެރެއިން.--- ފޮޓޯ: އިމޭޖަސް.އެމްވީ

އެންމެ ފަހުން ބޭއްވި ގައުމީ އެތުލެޓިކްސް މުބާރާތުގެ ތެރެއިން.--- ފޮޓޯ: އިމޭޖަސް.އެމްވީ

ނިމިދިޔަ، ސަރުކާރުގެ ކުޅިވަރާ ބެހޭ ވަޒީރު، އަހުމަދު މަހުލޫފް، އިސްވެ ހުންނަވައި ފެށި، "އަރުތަ" ޕްރޮގްރާމް ހިންގުމަށް ގަވާއިދެއް އެކުލަވާލައި، އެ ޕްރޮގްރާމްގެ ކަންކަން ރަނގަޅަށް ހިންގުމަށް ކޮމިޓީއެއް އެކުލަވާލުމަށް ނިންމައިފި އެވެ.

މިދިޔަ ސަރުކާރުން، 30 މާޗް 2023 ވަނަ ދުވަހު، "އަރުތަ" ސްކޮލަޝިޕް ޕްރޮގްރާމްގެ ނަމުގައި، އެތުލީޓުންނަށް ފުުރުސަތު ހޯދައިދޭން، އާ ކަމެއް ފެށިއިރު، އުސޫލެއް އާންމުކުރި އެވެ. "އަރުތަ" ޕްރޮގްރާމް އަކީ ރަނގަޅު އުސޫލެއް ނެތި ފެށިފައިވާ ކަމެއް ކަމަށާއި، އެކަން ރިވިއު ކުރުމުގެ މަސައްކަތް އަންނަނީ ކުރަމުން ކަމަށް ކުޅިވަރާ ބެހޭ ވުޒާރާ އިން މިދިޔަ އަހަރުގެ ކުރީކޮޅުގައި ބުނެފައިވެ އެވެ.

ސަރުކާރުން ފެށި "އަރުތަ" ޕްރޮގްރާމްގެ ދަށުން އެތުލީޓުންގެ ތަމްރީނުތަކަށާއި އަދި އެ ނޫން ވެސް ބޭނުން ތަކަށް "އަރުތަ" ޕްރޮގްރާމްގެ ދަށުން ވަނީ މާލީ އެހީތެރިކަން ދީފަ އެވެ. އެ ގޮތުން "އަރުތަ" ޕްރޮގްރާމްގައި މި ވަގުތު 50 އަށް ވުރެ ގިނަ އެތުލީޓުން ވަނީ ހިމަނައިފަ އެވެ.

Advertisement

އެ ގޮތުން، ގެޒެޓްކޮށްފައިވާ، އަރުތަ ޕްރޮގްރާމްގެ މި ގަވާއިދުގައިވާ ގޮތުން މިއ،ީ ސަރުކާރުގެ ހަރަދުގައި ކުޅިވަރުގެ ދާއިރާއިން ތަމްރީނާއި ތަޖުރިބާ ހޯދައ،ި ކުޅިވަރުގެ ދާއިރާއިން ދިވެހިރާއްޖެ ފަޚުރުވެރިކުރުވާ ފަދަ ކާމިޔާބީތަކެއް ހޯދޭނެ ހުނަރުވެރި މޮޅު އެތުލީޓުންތަކެއް އަރުތަ ޕުރޮގުރާމު މެދުވެރިކޮށް އުފެއްދުމުގައި ޢަމަލުކުރާނެ އުސޫލުތައް ހެދުމަށް އެކުލަވާލި ގަވާއިދެކެވެ.

މި ގަވާއިދުގެ މަގުސަދަކ،ީ ދިވެހިރާއްޖޭގައި ވާދަވެރި ކުޅިވަރު ކުޅޭ އެތުލީޓުންނަށް ސަރުކާރުގެ ޚަރަދުގައި ކުޅިވަރުގެ ދާއިރާއިން މަތީ ފެންވަރުގެ ތަމްރީނާއި ތަޖުރިބާ ރާއްޖެއާއި ރާއްޖެއިން ބޭރުގައި ހޯދުމަށާއ،ި އެތުލީޓުންގެ ތަމްރީނުތަކަށް އެހީތެރިވުމަށް ބޭނުންވާ ޓެކްނިކަލް އެކްސްޕާޓުން ތަމްރީނުކުރުމުގެ ކަންކަން، ހަމަހަމަކަމާއި އިންސާފުވެރިކަމާއެކު ތަންފީޒު ކުރުމެވެ.

މި ގަވާއިދުގައިވާ ގޮތުގެ މަތީން އަރުތަ ޕުރޮގުރާމުގައި ބައިވެރިވުމަށް ޝަރުތުތައް ފުރިހަމަވާ އެތުލީޓުންނަށް ލާޒިމެވެ.

އެއީ، ދިވެހި ރައްޔިތެއް ކަމުގައިވުމާއި ރާއްޖޭގެ ގައުމީ ހައިސިއްޔަތު ލިބިފައިވާ ކުޅިވަރު އެސޯސިއޭޝަންތަކުގެ ފަރާތުން ބާއްވާ މުބާރާތްތަކުގައި ބައިވެރިވެފައިވާ އެތުލީޓުން ނުވަތަ ބައިނަލްއަގުވާމީ މުބާރާތްތަކުގައި ރާއްޖެ ތަމްސީލުކޮށްފައިވާ އެތުލީޓުންނަށް ވުމާއި އަރުތަ ޕުރޮގުރާމުގައި ބައިވެރިވުމަށް އެދި މިނިސްޓްރީ އަށް ހުށަހަޅަންޖެހޭ "އަރުތަ ޕުރޮގުރާމަށް އެދި ހުށަހަޅާ ފޯމު" ގައިވާ ހުރިހާ މަޢުލޫމާތު ރަނގަޅަށް ފުރިހަމަކޮށް، މި ގަވާއިދާ އެއްގޮތަށް ޢަމަލުކުރުމަށް އެ ފޯމުގައިވާ އިޤުރާރުގައި ސޮއިކޮށްފައިވާ ފަރާތެއްކަމުގައި ވާން ޖެހެ އެވެ.

މީގެ އިތުރުން، އަރުތަ ޕުރޮގުރާމުގައި ބައިވެރިވުމަށް އެދި މިނިސްޓްރީ އަށް އެޕްލިކޭޝަން ހުށަހަޅާއިރު އުމުރުން 35 އަހަރު ފުރިފައި ނުވުުމާއި ފާއިތުވި ފަސް އަހަރުދުވަހުގެ ތެރޭގައި ސަރުކާރުގެ ނުވަތަ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ނުވަތަ މޯލްޑިވްސް ޕެރަލިމްޕިކް ކޮމިޓީގެ ނުވަތަ ގައުމީ ކުޅިވަރު އެސޯސިއޭޝަނެއްގެ ނުވަތަ އިސްވެ ބަޔާންކޮށްފައިވާ ތަންތަން މެދުވެރިކޮށް ލިބިފައިވާ ކުޅިވަރު ޓްރެއިނިން ސްކޮލަޝިޕެއްގެ ތެރެއިން ނުވަތަ ތަމްރީނު ޕުރޮގުރާމެއްގެ ތެރެއިން ރާއްޖެ އިން ނުވަތަ ރާއްޖެއިން ބޭރުން ތަމްރީނު ޕްރޮގުރާމެއް ފެށި ނަމަ، މަގުބޫލު ސަބަބެއް މެދުވެރިވެގެން މެނުވީ ތަމްރީނު ޕުރޮގުރާމު ނުވަތަ ކިޔެވުން ހުއްޓައިލައިފައިވާ ފަރާތަކަށް ނުވުމެވެ. އަދި، ސަރުކާރުގެ ޚަރަދުގައި ކުޅިވަރު ތަމްރީނު ހޯދޭނެ އެހެން ގޮތެއް ހަމަޖެހިފައިވާ ފަރާތެއް ކަމުގައި ނުވުމެވެ.

އެ ގޮތުން ބަލާއިރު، މަގުބޫލް ސަބަބެއް ކަމަށް ނިންމާނީ ޞިއްޙީ މައްސަލައަކާ ގުޅިގެން ތަމްރީނު ޕުރޮގުރާމު ހުއްޓައިލަންޖެހުމާއި ކުޅިވަރު ޓްރެއިނިންް ސްކޮލަޝިޕް ދިން ފަރާތުން ސްކޮލަރޝިޕް ކެންސަލްކުރުމާއި ޓްރޭނިން ދޭ މަރުކަޒު ނިސްބަތްވާ ގައުމަށް ގުދުރަތީ ކާރިސާއެއް ދިމާވުމާއި ބަޔާންކޮށްފައިވާ ހާލާތްތަކުގެ އިތުރުނ،ް އަރުތަ ޕުރޮގުރާމު ސިލެކްޝަން ކޮމިޓީ އަށް ގަބޫލުކުރެވޭ ފަދަ ހާލަތެއް މެދުވެރިވުމެވެ.

އަރުތަ ޕްރޮގްރާމްގެ މި ގަވާއިދުގެ ދަށުން ކޮންމެ އަހަރެއްގައި ދޫކުރެވޭ ފައިސާ އަކީ އެތްލީޓުގެ ތަމްރީނާއި ކުރިއެރުމަށް ހޭދަކުރުމަށް ދޭ ފައިސާ އެވެ. އެތުލީޓަކަށް ދޫކުރެވޭނީ އަހަރަކަށް ގިނަވެގެން ތިން ލައްކަ ރުފިޔާ އެވެ. އަރުތަ ޕްރޮގްރާމްގެ ފައިސާ އެސޯސިއޭޝަނުގެ އެކައުންޓަށް ޖަމާވުމުން، އަރުތަ ޕުރޮގުރާމަށް ހޮވިފައިވާ އެތުލީޓަށް އެ އެތުލީޓުގެ ޓްރެއިނިން ޕްލޭނާ އެއްގޮތްވާ ގޮތުގެ މަތިން އެ ފައިސާ ޚަރަދު ކުރަންވާނެ އެވެ. އަދި މި ފައިސާގެ އެއްވެސް މިންވަރެއް، އެސޯސިއޭޝަނުގެ އިތުރު ކަމަކަށް ބޭނުންކޮށްގެން ނުވާނެ އެވެ.

އެ އަހަރަކަށް ދޫކުރާ ފައިސާ އެ އަހަރުގެ ތެރޭގައި ތަމްރީނުތަކަށް ބޭނުންކޮށްފައި ފައިސާ ބާކީވެއްޖެ ނަމަ، ޖެހިގެން އަންނަ އަހަރު ދޫކުރަން ހަމަޖެހިފައިވާ ފައިސާގެ ތެރެއިން ކަނޑައި ބާކީވާ ފައިސާ ޤައުމީ ކުޅިވަރު އެސޯސިއޭޝަނަށް ޖަމާކޮށްދިނުމަށް ގަވައިދުގައިވަނީ ހިމަނައިފަ އެވެ. އަދި، ތަމްރީނަށް ފުރަތަމަ ފައިސާ ދޫކުރުމަށްފަހު ދެން ކޮންމެ އަހަރަކު ވެސް ފައިސާ ދޫކުރާނ،ީ އެންމެ ފަހުން ދޫކުރި ފައިސާ ޚަރަދުކުރިގޮތުގެ ތަފުސީލު މިނިސްޓްރީއަށް ހުށަހެޅުމުންނެވެ.

އަރުތަ ޕުރޮގުރާމުގެ ދަށުން ސަރުކާރުން ޚަރަދުކުރާނ،ީ އެއް އަހަރާއި ތިން އަހަރު ދުވަހުގެ މުއްދަަތަށެވެ. އަރުތަ ޕްރޮގްރާމަށް ބައިވެރިވާން ހުށަހެޅޭނީ މިނިސްޓްރީން އެކަމަށް ހުޅުވާލުމުންނެވެ. އަރުތަ ޕުރޮގުރާމަށް އެދި ހުށަހަޅާނ،ީ މިނިސްޓްރީން އިޢުލާނުކުރުމުން، އެކަމަށް ޓަކައި ތައްޔާރުކޮށްފައިވާ ފޯމު މެދުވެރިކޮށެވެ. ކުރިޔަށް އޮތް އަހަރަށް އަރުތަ ސްކޮލަރޝިޕް ފަށާނެ އެތުލީޓުންގެ ނަންތައް ހިނގަމުންދާ އަހަރުގެ ނޮވެމްބަރު މަސް ނިމުމުގެ ކުރިން އިއުލާނު ކުރަންވާނެ އެވެ.

"އަރުތަ" ޕްރޮގްރާމަށް ހާއްސަ ކޮމިޓީއެއް

ގަވާއިދުގައިވާ ގޮތުން، އަރުތަ ޕްރޮގްރާމް ވިލަރެސް ކުރާނެ ކޮމިޓީ އަކ،ީ އަރުތަ ޕުރޮގުރާމުގައި ބައިވެރިވުމަށް މިނިސްޓްރީއަށް ހުށަހަޅާ އެތުލީޓުންގެ ތެރެއިން މި ޕްރޮގުރާމުގައި ބައިވެރިކުރާނެ އެތުލީޓުން ހޮވާނެ ކޮމިޓީ އެވެ.

އެ ގޮތުން، މި ކޮމިޓީ އެކުލެވިގެންވާނީ ފަސް މެމްބަރުންގެ މައްޗަށެވެ. މި ކޮމިޓީގެ މެންބަރުން އައްޔަނުކުރާނ،ީ ކުޅިވަރާބެހޭ ޤައުމީ މަޖިލީހުގެ ލަފާގެ މަތިން ކުޅިވަރާބެހޭ މިނިސްޓަރެވެ. ކޮމިޓީގައި ހިމެނޭނީ، މިނިސްޓްރީ ތަމުސީލުކުރާ އެއް މެމްބަރާއި ކުޅިވަރާބެހޭ ޤައުމީ މަޖިލިސް ތަމްސީލުކުރާ އެއް މެމްބަރާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ ތަމްސީލް ކުރާ މެމްބަރަކާއި މިނިސްޓަރު އައްޔަނުކުރާ އަންހެން މެމްބަރެއްގެ އިތުރުން، ގައުމީ ކުޅިވަރު އެސޯސިއޭޝަންތައް ތަމްސީލްކުރާ އެއް މެމްބަރެވެ. ޤައުމީ ކުޅިވަރު އެސޯސިއޭޝަންތައް ތަމްސީލުކުރާ މެންބަރު ހޮވާނީ އެސޯސިއޭޝަންތަކުން ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މިނިސްޓަރު ކަނޑައަޅާ ފަރާތެެއް ކަމަށް ގަވާއިދުގައި ވަނީ ހިމަނައިފަ އެެވެ.

މި ކޮމިޓީގެ ޖަލްސާތަކުގެ ރިޔާސަތު ބަލަހައްޓާނ،ީ މިނިސްޓަރު ކަނޑައަޅާ ފަރާތެކެވެ. އަދި، ކޮމިޓީގެ ޖަލްސާ ބޭއްވޭނ،ީ ކޮމިޓީގެ މެންބަރުންގެ ދެބައިކުޅައެއްބަޔަށް ވުރެ ގިނަ މެންބަރުން ހާޒިރުވެ ތިބެގެންނެވެ. އަދި، ހަތަރު އަަހަރުގެ ދައުރަކަށް ހޮވާ ކޮމިޓީގެ އެއްވެސް ނިންމުމެއް ނިންމޭނ،ީ ޖަލްސާގައި ބައިވެރިވާ މެންބަރުންގެ އަގުލަބިއްޔަތުންނެވެ. އަދި، ކޮމިޓީގެ މެންބަރުންގެ ދައުރު ހަމަވުމުގެ ކުރިން ވަކިކުރެވޭނ،ީ ކުޅިވަރާބެހޭ ޤައުމީ މަޖިލީހުގެ ލަފާގެ މަތީނ،ް ކުޅިވަރާބެހޭ މިނިސްޓަރަށެވެ.

މި ކޮމިޓީގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި، އަރުތަ ޕުރޮގުރާމުގެ ސިލެކްޝަން ކޮމެޓީ އެކުލަވައިލާތާ 45 ދުވަހުގެ ތެރޭގައި މި ކޮމެޓީން ސިލެކްޝަން ކްރައިޓީރިއާއެއް އެކުލަވައިލައިފައ،ި ކުޅިވަރާބެހޭ ޤައުމީ މަޖިލީހަށް ހުށަހަޅަންވާނެ އެވެ. އަދި، ސިލެކްޝަން ކްރައިޓީރިއާގައި ހުންނަންޖެހޭ ޝަރުތުތައް ކަނޑައަޅާނ،ީ އަރުތަ ޕްރޮގުރާމުގެ ސިލެކްޝަން ކޮމިޓީންނެވެ. އަދި، އަރުތަ ޕުރޮގުރާމާ ގުޅިގެން ޝަކުވާ ހުށަހަޅާނެ ގޮތުގެ އުސޫލެއް، އަރުތަ ޕުރޮގުރާމުގެ ސިލެކްޝަން ކޮމިޓީން އެކުލަވައި ލަންވާނެ އެވެ. އަދި، ދިވެހި ސަރުކާރުގެ ގެޒެޓުގައި އަރުތަ ޕްރޮގްރާމްގެ ގަވާއިދު ޝާއިޢުކުރާތާ 60 ދުވަހުގެ ތެރޭގައި މި އުސޫލު އެކުލަވައިލަން ވާނެ އެވެ.

ފަހުގެ ޚަބަރު

ދެ މަހުގެ މަސައްކަތުން ކޯޗު ގެރީ ބޫޓާން ގޮވައިގެން ސެމީ އަށް

އޮސްޓްރޭލިއާގެ ކޯޗު ގެރީ ފިލިޕްސް ބޫޓާންގެ ޓީމާ ހަވާލުވިތާ ދެ މަސް ތެރޭގައި، 18 އަހަރަށް ފަހު އެ ގައުމު ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލަށް ވަނީ ދަތުރުކޮށްފައި. ނޭޕާލުގެ ފުޓްބޯޅައިގައި ވެސް މަސައްކަތްކުރި ގެރީ ބުނި ގޮތުގައި މިއީ ކުޅުންތެރިންގެ ބުރަ މަސައްކަތުން ލިބުނު ކާމިޔާބީއެއް ކަމަށާއި، އަމާޒަކީ ސެމީގައި އިންޑިއާ ބަލިކޮށް ފައިނަލަށް ދިއުން

ހަމްޒާއެއް ނުދަންނަން: ޕާކިސްތާން ގޯލްކީޕަރު ބަޓް

ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި ބަންގްލަދޭޝްއާ ދެކޮޅަށް ނުކުންނައިރު، އެ ޓީމުގެ ތަރި ހަމްޒާ ޗޯދުރީއާ މެދު ނުވިސްނާ ކަމަށާއި ޕާކިސްތާން ޓީމުގައި ވެސް މޮޅެތި ކުޅުންތެރިން އެބަތިބި ކަމަށް ގޯލްކީޕަރު ޔޫސުފް ބަޓް ބުނެފި. އޭނާ ފާހަގަކުރި ގޮތުގައި ވަކި ކުޅުންތެރިއަކަށް ވުރެ މުހިންމީ މުޅި ޓީމު ކަމަށް

އެމެރިކާ ދޫކޮށް ޔުނައިޓެޑާ ހަވާލުވުން ޕޮޗެޓީނޯ އަށް ހިތްދަތި

އެމެރިކާގެ ގައުމީ ޓީމުގެ ކޯޗުކަން ދޫކޮށް މެންޗެސްޓާ ޔުނައިޓެޑާ ހަވާލުވުމަކީ ކެރިއަރުގައި ނިންމި އެންމެ ހިތްދަތި ނިންމުން ކަމަށް މައުރީސިއޯ ޕޮޗެޓީނޯ ބުނެފިއެވެ. ޔުނައިޓެޑުން 10 މިލިއަން ޑޮލަރުގެ ބަދަލެއް ދީގެން އޭނާ ގެންނަން ނިންމާފައިވާއިރު، ޕޮޗެޓީނޯ ބުނީ ޔުނައިޓެޑް ފަދަ ބޮޑު ކްލަބަކުން ލިބުނު ފުރުސަތު ދޫކޮށްލަން އުނދަގޫވީ ކަމަށެވެ. އޭނާ އެ ޓީމާ ރަސްމީކޮށް ހަވާލުވާނީ މި މަހުގެ 18 ވަނަ ދުވަހު އެމެރިކާގެ މެޗުތަކަށް ފަހުގައެވެ.

ޖަވާބު ދޭން ވެސް، ޖަވާބުދާރީކުރުވަން ވެސް އުރްބާނީ! އެފްއޭއެމް؟

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅުނު ދެ މެޗުން ބަލިވެ މުބާރާތުން ކެޓުމަކީ ތާރީޚީ ގޮތުން ރާއްޖެއަށް ކުރިމަތިވި އެންމެ ދަށް ނަތީޖާއެވެ. ކޯޗު އުރްބާނީ ވަނީ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމާއި ކޯޗުގެ މަގާމު އެކުގައި އަދާކުރަން ޖެހުމުން، ޖަވާބުދާރީކުރުވުމުގެ ނިޒާމު އޮތް ގޮތާ މެދު ސުވާލު އުފައްދާފައި

އިޓަލީން އަމިއްލަ ދަނޑުގައި 64 އަހަރަށް ފަހު ފްރާންސް ބަލިކޮށްފި

ޔުއެފާ ނޭޝަންސް ލީގުގައި ރޭ ކުޅުނު މެޗުން ފްރާންސް އަތުން 3-1 އިން މޮޅުވެ، އިޓަލީން 64 އަހަރަށް ފަހު އަމިއްލަ ދަނޑުގައި އެ ޓީމު ބަލިކުރުމުގެ ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ފްރާންސުން ފުރަތަމަ ލަނޑު ޖަހާފައިވަނިކޮށް، އިޓަލީން ފަހަތުން އަރައި މެޗު ކާމިޔާބުކުރީ ޕިއޯ އެސްޕޮސީޓޯގެ ދެ ގޯލާއި ފްރަޓޭސީ ޖެހި ލަނޑުން

ގަތަރުގައި އޮތް ވޯލްޑް ކަޕުން އެމެރިކާ ނަން ނަގައިފި

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ސަލާމަތީ ނުރައްކާތަކެއް ހުރި ކަމަށް ބުނެ، ގަތަރުގައި ބާއްވާ 17 އަހަރުން ދަށުގެ ވޯލްޑް ކަޕުން އެމެރިކާ ވަކިވެއްޖެ. އެމެރިކާގެ ފުޓްބޯޅަ އިދާރާއިން މި ނިންމުން ނިންމީ އެ ސަރަހައްދަކީ މިވަގުތު އެމެރިކާގެ ޓީމަކަށް ރައްކާތެރި ތަނެއް ނޫން ކަމަށް ސްޓޭޓް ޑިޕާޓްމަންޓުން ލަފާދީފައިވާތީ

ވެންގާ، ފީފާ ރައީސަކަށް ގެންނަން ފްރާންސުން މަސައްކަތްކުރަނީ

ފީފާގެ ރައީސްކަމަށް މަޝްހޫރު ކޯޗު އާސެން ވެންގާ ގެނައުމަށް ފްރާންސްގެ ރައީސް އެމަނުއަލް މެކްރޮން އިސްނަންގަވައިގެން އެ ގައުމުގެ ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުން. މިހާރުގެ ރައީސް އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އާއި ފްރާންސް ސަރުކާރުން ވެންގާ ނެރުމަށް ބޭނުންވި ނަމަވެސް، އޭނާ އަދި ރަސްމީކޮށް އެކަމަށް ޝައުގުވެރިކަން ފާޅެއް ނުކުރޭ

Newsletter

Get the latest news delivered straight to your inbox