ސައެންސް ބުނަނީ އަންހެނުން ގިނަ ވަގުތު ނިދަންޖެހެޔޭ

Oct 18, 2025, 8:48 AM
ސައެންސް ބުނަނީ އަންހެނުން ގިނަ ވަގުތު ނިދަންޖެހެޔޭ

"މިރޭ ވަރަށް ވަރުބަލި"، "މި އޮތީ ވަރަށް ބޮޑަށް ނިދި އައިސްފައި"، އަނބިމީހާ މިފަދަ އިބާރާތެއް ބުނެ މޫނުމަތީ ބާލީސް އަޅައިގެން އަނެއް ފަރާތަށް އެނބުރުނަސް، އެކަމާ އެއްޗެއް ބުނާނެ ޖާގައެއް ފިރިމީހާއަކަށް މިހާރު ނެތެވެ. ސައެންސް ބުރަވަނީ އަންހެނުންގެ ކޮޅަށެވެ. ފިރިންނަށް އޮތީ ކެތްތެރިވުމެވެ.

ކުރިން ގަބޫލުކުރެވިފައި އޮންނަނީ ނިދުމަކީ އަންހެނުންނާއި ފިރިހެނުންނަށް ވެސް ހަމަހަމަ ގޮތެއްގައި ބޭނުންވާ ޒަރޫރީ ހާޖަތެއް ކަމަށެވެ. ނިދުމުގައި އޮތް ނަމަ އޮތް ތަފާތަކީ އުމުރުގެ ތަފާތުން ހަށިގަނޑަށް ނިދި ބޭނުންވާ މިންވަރު ކަމަށެވެ. އެއީ ކުޑަކުދިން ގިނަ ވަގުތު ނިދުމާއި، އުމުރު މަތިވަމުން އަންނަ ވަރަކަށް ނިދާ ވަގުތު މަދުވުމެވެ.

ނަމަވެސް ސައެންސް ބުނެދޭ ހަގީގަތް މުޅިން ތަފާތެވެ. އަންހެނުންގެ ހަށިގަނޑަށް އަރާމު ބޭނުންވާ މިންވަރު ފިރިހެނުންނަށް ވުރެ ބޮޑެވެ. ނިދުމުގެ ވައްޓަފާޅީގައި ވެސް އަންހެނުންނާއި ފިރިހެނުން ތަފާތުކަމަށް ސައެންސް ސާބިތުކޮށްދެއެވެ.

Advertisement

އެއް ދިރާސާއަކުން އެނގޭ ގޮތުގައި، ރޭގަނޑުގެ ވަގުތުގައި ފިރިހެނުންނާއި އަންހެނުންގެ ހަށިގަނޑަށް ނިދި ބޭނުންވާ މިންވަރަށް ބަލާއިރު، ފިރިހެނުންނަށް ވުރެ 11-13 މިނެޓް އިތުރަށް އަންހެނުންނަށް ނިދި ބޭނުންވެއެވެ. އެހެން ބައެއް ދިރާސާތަކުގައި ބުނަނީ، އަންހެނުންނަށް އިތުރު 20 މިނެޓްގެ ނިދި ބޭނުންވާ ކަމަށެވެ.

އަންހެނުން ދުވާލު އަދާކުރަންޖެހޭ އާއިލީ ޒިންމާތަކާއި، ފިރިންގެ ވާޖިބުތައް އަދާކުރުމަށްޓަކައި، ހަށިގަނޑަށް އަރާމު ބޭނުންވެއެވެ. އޭގެ އިތުރުން، އަންހެނުންގެ ކިބައިގައި ހުންނަ ޖަޒުބާތީ އިހުސާސްތައް ހަމައަކަށް އެޅުވުމަށާއި، ހޯމޯންގެ ވަޒަން ހިފެހެއްޓުމަށާއި، މައްސަރު ކަންތަކުގެ އިންތިޒާމު ގެއްލުނަ ނުދިނުމަށްޓަކައި ވެސް، ފިރިހެނުންނަށް ވުރެ ގިނަ ވަގުތު އަންހެނުން ނިދަންޖެހެއެވެ.

އަންހެނުންގެ ހަށިގަނޑުގެ އިންތިޒާމުތައް ހަމަޖެހިފައި ހުންނަ ގޮތަށް ބަލާއިރު، މައްސަރު ކަންތަކުގެ ފުރަތަމަ ދަންފަޅި (ފޮލިކިއުލާ ފޭސް) ގައި، ހަށިގަނޑުގައި އެސްޓްރޮޖީންގެ ލެވެލް މަތިވެއެވެ. މިހެންވުމުން، އެ ދުވަސްވަރު އަންހެނުން ނިދާ ވައްޓަފާޅި ތަފާތުވެއެވެ. އެ ދުވަސްވަރު ފުން ނިންޖަކުން ނިދޭ ގޮތްވެ، ހުވަފެން ފެނުމާއި، ނިދީގައި ޖަޒުބާތީ އިހްސާސްތައް ތިލަވުން ފަދަ ކަންކަމުން އިތުރުކޮށްދެއެވެ.

މިއާ ހިލާފަށް މައްސަރު ކަންތަކުގެ ދެ ވަނަ ދަންފަޅި (ލޫޓީލް ފޭސް) ގައި، އަންހެނާގެ ހަށިގަނޑުގައި ޕްރޮޖެސްޓިރޯން ލެވެލް މަތިވެއެވެ. މިހެންވުމުން ދުވާލުގެ ވަގުތުގައި ވެސް ނިދި އަންނަ ގޮތްވެ، ވަރުބަލިކަމާއި ފޫހިކަން އިހްސާސްވާން ފަށައެވެ. ނަތީޖާއެއްގެ ގޮތުން، ނިދުމުގެ ކަންތައް ފާލުން ނެއްޓި، ރޭގަނޑު ވެސް ނިދިފައި ދޭތެރެއަކުން ހޭލެވުމުގެ މައްސަލަ ކުރިމަތިވެއެވެ. އަދި ފުން ނިދި ނިދޭ މިންވަރަށް ވުރެ 27 ޕަސެންޓް ނިދި މަދުވެއެވެ.

ނިދީގެ އިހްސާސް ލިބިގަތުމުގައި ވަރަށް އާދަޔާ ޚިލާފު އަންހެނުން ވެސް އުޅޭކަން ސައެންސްވެރިން ވަނީ ދެނެގެންފައެވެ. އެ ގޮތުން ބައެއް އަންހެނުންނަކީ ސައްވީސް ގަޑިއިރުގެ ތެރޭގައި 12 ގަޑިއިރު ނިދަން ބޭނުންވާ މީހުންނެވެ. އެފަދަ މީހުންނަށް، މެދުނުކެނޑި 12 ގަޑިއިރު ނިދުމުގެ ފުރުސަތު ނުލިބިއްޖެ ނަމަ، ދުވާލުގެ އެކި ވަގުތުތަކުގައި ނިދައިގެން ވެސް 12 ގަޑިއިރު ހަމަނުވަންޏާ، މިހާގެ މިޒާޖު މުޅިން ސަކަރާތްވެއެވެ.

އާންމު ގޮތެއްގައި ރެޔަކާއި ދުވާލު 7-8 ގަޑިއިރު ނިދާ އުމުރުގެ އާންމުން އަންހެނުން، ދުވާލުގެ ވަގުތުގައި ގަޑިއެއް ނުވަތަ ބައިގަޑިއެއްހާ އިރު ނިދައިލުމަކީ، ހަށިގަނޑުގެ ލޮޑުކަން ފިލުވައިލުމަށްޓަކައި ކުރާ ރަނގަޅު ކަމެކެވެ. ނަމަވެސް ގިނަ ވަގުތު ނިދަން އާދަވެފައި ތިބޭ މީހުން، ދުވާލުގެ ވަގުތުގައި އަރާމުކޮށްލުމަށްޓަކައި ވެސް ހަތަރު ވަރަކަށް ގަޑިއިރު ނިދާކަން ފާހަގަކުރެވެއެވެ.

ދިރާސާކުރާ ސައެންސްވެރިން ބުނާ ގޮތުގައި މުހިންމީ ނިދާ ވަގުތު އިތުރުވުމެއް ނޫނެވެ. ނިދުމުގެ ވައްޓަފާޅި ނުވަތަ ނިދުމުގެ ކޮލިޓީއެވެ. ސައެންސްވެރިން ބުނާ ގޮތުގައި، އަންހެނުންގެ ހަށިގަނޑު އުފެދިފައިވާ ގޮތަށާއި އެމީހުންގެ ނަފްސާނީ ހާލަތަށް ރިއާޔަތްކުރާއިރު، ފިރިހެނުންނަށް ވުރެ ފުން ނިންޖަކުން އަންހެނުން ނިދުން މުހިންމެވެ.

މި ދިރާސާ ކުރުމަށްޓަކައި، ދުޅަހެޔޮ ފިރިހެނުންތަކަކާއި އަންހެނުންތަކެއް ލެބޯޓަރީގައި ނިންދެވިއެވެ. މި އެންމެންނަކީ ވެސް ނިދުމުގައި މައްސަލަތައް ކުރިމަތިނުވާ އަދި ސްޓްރެސްގެ މައްސަލައެއް ވެސް ނުހުންނަ މީހުންކަށް، ލެބޯޓަރީ ޓެސްޓުތަކުން ކަށަވަރު ކުރިއެވެ. އެއަށް ފަހު، އެމީހުން ނިންދެވުމުން ފާހަގަކުރެވުނީ، ފިރިހެނުންނަށް ވުރެ ގިނަ ވަގުތު އަދި ފުން ނިންޖަކުން އަންހެނުން ނިދި ކަމެވެ.

އެހެންވީމާ، އަންހެނުން ނިދާފައި އޮއްވާ ގޮވަން ބޭނުންވިއްޔާ އަދި އެއްފަހަރު ވިސްނައިލާށެވެ!

ކޮމެންޓް

ފަހުގެ ޚަބަރު

"ކީއްވެ؟" ޓިކެޓް ވިއްކަން ފަށައިފި

ދިވެހި ފިލްމު "ކީއްވެ؟" ގެ ޓްރެއިލަރ އާންމުކޮށް، އޮލިމްޕަސް ކައުންޓަރާއި ވެބްސައިޓް މެދުވެރިކޮށް ފިލްމުގެ ޓިކެޓް ވިއްކަން މިހާރު ވަނީ ފަށާފައެވެ. ގިނަ ދުވަސްތަކަކަށްފަހު ރީކޯ މޫސާ މަނިކު ލީޑް ރޯލުން ފެންނަ، އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމު ޕްރިމިއަރ ކުރުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. އާއިލީ އަދި ލޯބީގެ މައްސަލަތަކެއްގެ މައްޗަށް ބިނާކޮށްފައިވާ މި ފިލްމުން ދިވެހި ސިނަމާގެ މަޝްހޫރު ގިނަ ތަރިންތަކެއް ފެނިގެންދާނެއެވެ.

ޕެޓްރިކް ސްޓެވާޓް އުމުރުން 86 އަހަރުގައި މަރުވެއްޖެ

'ސްޓާ ޓްރެކް' އަދި 'އެކްސް-މެން' ފަދަ ފިލްމުތަކުން މަގުބޫލުކަން ހޯދި އިނގިރޭސި އެކްޓަރު ސަރ ޕެޓްރިކް ސްޓެވާޓް، އުމުރުން 86 އަހަރުގައި ލޮސް އެންޖެލިސްގައި މަރުވެއްޖެއެވެ. އޭނާ ނިޔާވީ އަލްޒައިމާ އަދި ޑިމެންޝިއާ ބަލީގައި އުޅުމަށްފަހު ކަމަށްވާއިރު، އޭނާއަކީ ފިލްމީ ދާއިރާއަށް ކޮށްދިން ޚިދުމަތްތަކަށް "ސަރ" ގެ ލަގަބުވެސް އަރުވާފައިވާ ފަންނާނެކެވެ.

ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން

އެމެރިކާގެ މަޝްހޫރު އެކްޓްރެސް ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން ކަމަށް ފުލުހުންގެ ތަހުގީގުން ކަނޑައަޅައިފިއެވެ. މެޑިކަލް ރިޕޯޓުތަކުން ދައްކާގޮތުގައި އޭނާގެ ހަށިގަނޑުން ފެންޓަނީލް އާއި ޒެނެކްސް ފަދަ ނުރައްކާތެރި ބާވަތްތައް ފެނިފައިވާއިރު، އޭނާގެ ހަށިގަނޑަށް އެއްވެސް ޖިސްމާނީ އަނިޔާއެއް ލިބިފައިވާކަމުގެ ނިޝާނެއް ފެންނާކަށް ނެތެވެ.

ޖޯޖް މައިކަލްގެ ތަކެތި ނީލަން ކިޔުމުން ހިޔާލު ތަފާތުވެއްޖެ

މަޝްހޫރު ލަވަކިޔުންތެރިޔާ ޖޯޖް މައިކަލްގެ ބައެއް އަމިއްލަ ތަކެތި ނީލަން ކިޔަން ނިންމުމާ ގުޅިގެން، އޭނާގެ އެސިސްޓެންޓް ސިއޯބާން ބެއިލީގެ އާއިލާއާއި ސިއޯބާންގެ ކުރީގެ ފިރިމީހާއާ ދެމެދު ބޮޑު ހިޔާލުތަފާތުވުމެއް ވަނީ އުފެދިފައެވެ. ސިއޯބާންގެ އާއިލާއިން ބުނާ ގޮތުގައި މި ތަކެތި ވިއްކާލުމަކީ އޭނާގެ ހަނދާނަށް ކުރެވޭ އިހުތިރާމް ކުޑަ އަމަލެއް ކަމަށާއި، ސިއޯބާން ބޭނުންވީ އެ ތަކެތި އާއިލާގެ ކުދިންނަށް ދިނުމަށެވެ.

ހުއްދަނެތި ލަވަ ބޭނުންކުރުމުން ޓްރަމްޕްގެ ޓީމްއާ ދެކޮޅަށް ކޯޓަށް

ޑޮނަލްޑް ޓްރަމްޕްގެ ކެމްޕޭން ރެލީއެއްގައި ފަންނާނު ނީލް ޔަންގްގެ ލަވައެއް ހުއްދަނެތި ބޭނުންކުރި މައްސަލައިގައި، ކޮޕީރައިޓަށް އަރައިގަތްކަމަށް ބުނެ 10 މިލިއަން ޑޮލަރުގެ ދައުވާއެއް ކޯޓަށް ހުށަހަޅައިފިއެވެ. މި ދައުވާގައި ބުނެފައިވަނީ އޯހިއޯގައި ބޭއްވި ސިޔާސީ ހަރަކާތެއްގައި އެ ލަވަ ޖަހާފައިވަނީ ގާނޫނީގޮތުން ހޯދަންޖެހޭ "ޕަބްލިކް ޕާފޯމަންސް ލައިސަންސް" ނުވަތަ ފަންނާނުގެ ހުއްދަ ނެތި ކަމަށެވެ.

އާ ބާވަތެއްގެ ޑައިނަސޯއެއްގެ ކަށިގަނޑު 47 މިލިއަން ޑޮލަރަށް

ކުރިން ޓީ-ރެކްސްގެ ބާވަތެއް ކަމަށް ހީކުރެވުނު، ނަމަވެސް އާ އާއިލާއަކަށް ނިސްބަތްވާ "ޖޯޑީ" ނަމަކަށް ކިޔާ ޑައިނަސޯއެއްގެ ކަށިގަނޑު 47.3 މިލިއަން ޑޮލަރަށް ނިއުޔޯކްގައި ވިއްކާލައިފިއެވެ. މިއީ އަންދާޒާކުރި އަގަށްވުރެ މާ ބޮޑު އަގަކަށް ވިއްކާލި، ސައިންސްވެރިންނަށް މިހާތަނަށް ފެނިފައިވާ "ނެނޯޓައިރަނަސް" އާއިލާގެ މަދު ކަށިގަނޑުތަކުގެ ތެރެއިން އެންމެ ފުރިހަމަ އެކައްޗެވެ. މިފަދަ ތާރީޚީ ތަކެތި އަމިއްލަ ފަރާތްތަކަށް ވިއްކުމާ މެދު ސައިންސްވެރިންގެ މެދުގައި ބަހުސްތަކެއް ކުރެވެމުންދާއިރު، މި ކަށިގަނޑު ގަތް ފަރާތެއް ހާމަކޮށްފައެއް ނުވެއެވެ.

މެކްލްމޯގެ "ފްރީ ޕަލެސްޓައިން" ޝޯތައް ފަށައިފި

ފަލަސްތީނަށް ތާއީދުކޮށް ވާހަކަދެއްކުމުން އެޑް ޝީރަންގެ ޓުއާއިން އުނިކުރި ރެޕް އާޓިސްޓް މެކްލްމޯ، އޭނާގެ އަމިއްލަ "ފްރީ ޕަލެސްޓައިން" ޓުއާ އަޔަލޭންޑްގެ ޑަބްލިންގައި ކާމިޔާބުކަމާއެކު ފަށައިފިއެވެ. ގިނަ ފަންނާނުންތަކަކާއެކު ބޭއްވި މި ޝޯއިން ލިބޭ ހުރިހާ ފައިސާއެއް ފަލަސްތީނުގެ ރައްޔިތުންނަށް ހަދިޔާކުރުމަށް އޭނާ ވަނީ ނިންމާފައެވެ.

Newsletter

Get the latest news delivered straight to your inbox