ފިރިހެނުންނަށް ވުރެ އަންހެނުންނަށް ޑިޕްރެޝަންގެ ނުރައްކާ ބޮޑު

Oct 11, 2025, 5:49 AM
ފިރިހެނުންނަށް ވުރެ އަންހެނުންނަށް ޑިޕްރެޝަންގެ ނުރައްކާ ބޮޑު

ޑިޕްރެޝަނަކީ ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކާއި ތަރައްގީވަމުން އަންނަ ގައުމުތަކުގެ އިތުރުން، ފަގީރު ގައުމުތަކަށް ވެސް ކުރިމަތިވެފައިވާ ސިއްހީ އަދި އިޖްތިމާއީ ބޮޑު މައްސަލައެކެވެ. ނަމަވެސް، އިންސާނާގެ އިޖްތިމާއީ އަދި ނަފްސާނީ ދުޅަހެޔޮކަމުގެ މި ނުރައްކާ ކުރިމަތިވުމުގެ ފުރުސަތު ފިރިހެނުންނަށް ވުރެ ބޮޑީ އަންހެނުންނަށެވެ.

ސައެންޓިފިކް ޖާނަލްއެއް ކަމަށްވާ ނޭޗާ ކޮމިޔުނިކޭޝަންސްގައި ޝާއިއުކޮށްފައިވާ ދިރާސާއެއްގައި ބުނެފައިވާ ގޮތުން، ޑިޕްރެޝަންގެ މައްސަލަތައް މެދުވެރިކުރުވާ ވިރާސީ ބަހާތަކުގެ ދިރާސާތަކުން ކަށަވަރުވަނީ، ޑިޕްރެޝަންގެ މައްސަލަ ކުރިމަތިވުމުގެ ނުރައްކާ އަދި ފުރުސަތު ވެސް ބޮޑީ އަންހެނުންނަށް ކަމެވެ. މި ދިރާސާ ހަދާފައިވަނީ އޮސްޓްރޭލިޔާގެ ބާގޯފާ މެޑިކަލް ރިސާޗް އިންސްޓިޓިއުޓުން އިސްނަގައިގެންނެވެ.

ޑިޕްރެޝަންގެ އުނދަގުލާ ބެހޭ ގޮތުން ހޯދުނު މި އައު ހޯދުމުގެ ސަބަބުން، އެ ބައްޔަށް ފަރުވާ ކުރުމުގައި ޒަމާނުއްސުރެ އަމަލު ކުރަމުން އަންނަ އުސޫލުތަކަށާއި ބޭނުންކުރާ ބޭސްތަކަށް ވެސް އިންގިލާބީ ބަދަލެއް އަންނާނެ އެވެ. ޑިޕްރެޝަންގެ މައްސަލަ ހުންނަ، ގާތްގަނޑަކަށް ދެ ލައްކައެއްހާ މީހުންގެ ވިރާސީ ބަހާ (ޑީއެންއޭ)ގެ މައުލޫމާތު ތަހުލީލުކޮށްގެން ހެދި މި ދިރާސާގެ ސައެންސްވެރިން ބުނާ ގޮތުގައި، ޑިޕްރެޝަނާ ބެހޭ ގޮތުން މި ހޯދުނު އައު ހޯދުމަކީ، މިހާތަނަށް ހޯދުނު މިބާވަތުގެ އެންމެ އިތުބާރު ހިފޭ އަދި އެންމެ ޔަގީންކަން ބޮޑު ހޯދުމެވެ.

Advertisement

މި ދިރާސާގެ އެންމެ އިސް ސައެންސްވެރިންގެ ތެރޭގައި ހިމެނޭ ޖޯޑީ ތޯމަސް ވިދާޅުވާ ގޮތުގައި ޑިޕްރެޝަންއާ ގުޅުން ހުރި ވިރާސީ ފާހަގަތައް އިންސާނުންގެ ހަށިގަނޑުގައި ހުންނަ މިންވަރަށް ބަލާއިރު، ފިރިހެނުންގެ ހަށިގަނޑުގައި މި ފާހަގަތައް ހުންނަ މިންވަރަށް ވުރެ، އަންހެނުންގެ ހަށިގަނޑުގައި ހުންނަ މިންވަރު، ގާތްގަނޑަކަށް ދެ ގުނަ އިތުރެވެ.

"ފިރިހެނުންގެ ހަށިގަނޑުގައި ޑިޕްރެޝަންގެ ވިރާސީ ބަހާތައް ހުންނަ މިންވަރަށް ވުރެ، އަންހެނުންގެ ހަށިގަނޑުގައި އެ ބަހާތައް ހުންނަ މިންވަރު އިތުރު،" ޖޮޑީ ތޯމަސް ވިދާޅުވިއެވެ.

މި އައު ހޯދުމުގެ ސަބަބުން، ޑިޕްރެޝަންގެ މައްސަލަ ކުރިމަތިވުމަށް މެދުވެރިވާ ސަބަބުތައް ދެނެގަތުން ފަސޭހަވާނެ އެވެ. ހަމަ އެފަދައިން، އެމީހަކަށް ޑިޕްރެޝަންގެ މައްސަލަ ކުރިމަތިވުމަށް މެދުވެރިވާ ސަބަބަކީ ކޮބައިކަން ދެނެގަތުމާއި، ކޮންމެ މީހެއްގެ ހާލަތަށް ވަކިން ރިއާޔަތްކޮށްގެން، އެމީހަކާ އެންމެ އެކަށޭނަ ގޮތަކަށް ފަރުވާގެ ކަންތައް ކުރިއަށް ގެންދިއުމުގެ ފުރުސަތު ފަހިވެގެންދާނެ އެވެ.

ޒަމާނުންސުރެ އެނގިފައި އޮންނަނީ، ފިރިހެނުންނަށް ވުރެ ޑިޕްރެޝަންގެ މައްސަލަ ކުރިމަތިވާ އަންހެނުންގެ އަދަދު އިތުރު ކަމެވެ. ގިނަ ބަޔަކަށް ގަބޫލުކުރެވިފައި އޮންނަނީ، އަންހެނުންގެ މެދުގައި ޑިޕްރެޝަންގެ މައްސަލަތައް ގިނަވަނީ، އެމީހުން އުފުލަންޖެހޭ އާއިލީ ޒިންމާތަކާއި، އެމީހުންނަށް ކުރިމަތިވާ އިޖްތިމާއީ މައްސަލަތަކުގެ ސަބަބުން ކަމަށެވެ. ނަމަވެސް، އެ ތަފާތަކީ ވިރާސީ ކަމެއްގެ ސަބަބުން ހުންނަ ތަފާތެއްކަން، މިހާތަނަށް އޮތީ ނޭނގުމެއްގެ ތެރޭގައެވެ.

މި ދިރާސާއިން އެނގުނު ގޮތުގައި ޑިޕްރެޝަންގެ މައްސަލަ ކުރިމަތިކުރުވާ ވިރާސީ ބައިތައް، ފިރިހެނުންގެ ހަށިގަނޑުގައި ހުންނަ އަދަދު 7000 ގައި ހުންނަ އިރު، އަންހެނުންގެ ހަށިގަނޑުގައި އެ ބައިތައް ހުންނަ އަދަދަކީ ގާތްގަނޑަކަށް 13000 އެވެ.

"އަހަރެމެންނަށް ފާހަގަކުރެވުނު ގޮތުގައި، ޑިޕްރެޝަންގެ މައްސަލަ ކުރިމަތިވެފައިވާ އަންހެނުންނާއި ފިރިހެނުންގެ ހަށިގަނޑުގައި، ޑިޕްރެޝަންއާ ގުޅޭ ބައެއް ވިރާސީ ތަފާތުތަކަކީ، ޑިޕްރެޝަންގެ މައްސަލަ ހުންނަ އަންހެނުންގެ ކިބައިން މެޓަބޮލިޒަމްއާ ގުޅުން ހުރި އަލާމާތްތައް އާންމުކޮށް ފެންނަނީ ކީއްވެގެންކަން ދެނެގަތުމަށް އެހީވެދީފާނެ ތަފާތުތަކެއް. އެފަދަ އަލާމާތްތަކުގެ ތެރޭގައި ހަށިގަނޑުގެ ބަރުދަނަށް އަންނަ ބަދަލުތަކާއި، ހަށިގަނޑުގައި ހަކަތަ ހުންނަ މިންވަރަށް އަންނަ ބަދަލުތައް ހިމެނޭ،" ޖޮޑީ ތޯމަސް ވިދާޅުވިއެވެ.

މި ދިރާސާގައި ބައިވެރިވި އެހެން ސައެންސްވެރިއެއް ކަމަށްވާ ބްރިޓެނީ މިޝޭލް ވިދާޅުވި ގޮތުގައި ޑިޕްރެޝަންގެ މައްސަލައާ ބެހޭ މި އައު ހޯދުމަކީ، ޑިޕްރެޝަންގެ މައްސަލަ ކުރިމަތިވާ އަންހެނުންނަށް ފަރުވާ ކުރާ ގޮތަށް ބަދަލުތަކެއް ގެނުވަފާނެ ހޯދުމެކެވެ.

"އަންހެނުންނާއި ފިރިހެނުންނަށް މިހާ ތަފާތު ގޮތަކަށް ޑިޕްރެޝަންގެ މައްސަލަ ކުރިމަތިވަނީ ކީއްވެގެންކަން އޮޅުންފިލުވައިދެވޭނެ ސާބިތު ދިރާސާއެއް މިހާތަނަށް ހެދިފައެއް ނެތް. އަދި އަމުދުން، އެކަމުގައި ވިރާސީ ދައުރެއް އޮވެދާނެ ކަމަށް ބުނެދޭ ދިރާސާއެއް ނުވެސް ނެތް،" ބްރިޓެނީ މިޝޭލް ވިދާޅުވި އެވެ.

މުޅި ދުނިޔޭގެ އާބާދީއަށް ބަލާއިރު، ޑިޕްރެޝަންގެ މައްސަލައަކީ އިންސާނުންގެ ނަފްސާނީ ދުޅަހެޔޮކަމަށް ކުރިމަތިވާ އެންމެ ބޮޑު އެއް ނުރައްކަލެވެ. ޑިޕްރެޝަންގެ އެންމެ ނުރައްކާތެރި އަދި އެންމެ އާންމު ވައްތަރުތަކަކީ، ކްލިނިކަލް ޑިޕްރެޝަން ނުވަތަ މޭޖާ ޑިޕްރެސިވް ޑިސްއޯޑާ އެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބުނާ ގޮތުގައި، 300 މިލިއަނަށް ވުރެ ގިނަ މީހުން ދަނީ، ޑިޕްރެޝަންގެ އުނދަގޫތައް ތަހައްމަލު ކުރަމުންނެވެ. (އޭއެފްޕީ)

ކޮމެންޓް

ފަހުގެ ޚަބަރު

"ކީއްވެ؟" ޓިކެޓް ވިއްކަން ފަށައިފި

ދިވެހި ފިލްމު "ކީއްވެ؟" ގެ ޓްރެއިލަރ އާންމުކޮށް، އޮލިމްޕަސް ކައުންޓަރާއި ވެބްސައިޓް މެދުވެރިކޮށް ފިލްމުގެ ޓިކެޓް ވިއްކަން މިހާރު ވަނީ ފަށާފައެވެ. ގިނަ ދުވަސްތަކަކަށްފަހު ރީކޯ މޫސާ މަނިކު ލީޑް ރޯލުން ފެންނަ، އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމު ޕްރިމިއަރ ކުރުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. އާއިލީ އަދި ލޯބީގެ މައްސަލަތަކެއްގެ މައްޗަށް ބިނާކޮށްފައިވާ މި ފިލްމުން ދިވެހި ސިނަމާގެ މަޝްހޫރު ގިނަ ތަރިންތަކެއް ފެނިގެންދާނެއެވެ.

ޕެޓްރިކް ސްޓެވާޓް އުމުރުން 86 އަހަރުގައި މަރުވެއްޖެ

'ސްޓާ ޓްރެކް' އަދި 'އެކްސް-މެން' ފަދަ ފިލްމުތަކުން މަގުބޫލުކަން ހޯދި އިނގިރޭސި އެކްޓަރު ސަރ ޕެޓްރިކް ސްޓެވާޓް، އުމުރުން 86 އަހަރުގައި ލޮސް އެންޖެލިސްގައި މަރުވެއްޖެއެވެ. އޭނާ ނިޔާވީ އަލްޒައިމާ އަދި ޑިމެންޝިއާ ބަލީގައި އުޅުމަށްފަހު ކަމަށްވާއިރު، އޭނާއަކީ ފިލްމީ ދާއިރާއަށް ކޮށްދިން ޚިދުމަތްތަކަށް "ސަރ" ގެ ލަގަބުވެސް އަރުވާފައިވާ ފަންނާނެކެވެ.

ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން

އެމެރިކާގެ މަޝްހޫރު އެކްޓްރެސް ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން ކަމަށް ފުލުހުންގެ ތަހުގީގުން ކަނޑައަޅައިފިއެވެ. މެޑިކަލް ރިޕޯޓުތަކުން ދައްކާގޮތުގައި އޭނާގެ ހަށިގަނޑުން ފެންޓަނީލް އާއި ޒެނެކްސް ފަދަ ނުރައްކާތެރި ބާވަތްތައް ފެނިފައިވާއިރު، އޭނާގެ ހަށިގަނޑަށް އެއްވެސް ޖިސްމާނީ އަނިޔާއެއް ލިބިފައިވާކަމުގެ ނިޝާނެއް ފެންނާކަށް ނެތެވެ.

ޖޯޖް މައިކަލްގެ ތަކެތި ނީލަން ކިޔުމުން ހިޔާލު ތަފާތުވެއްޖެ

މަޝްހޫރު ލަވަކިޔުންތެރިޔާ ޖޯޖް މައިކަލްގެ ބައެއް އަމިއްލަ ތަކެތި ނީލަން ކިޔަން ނިންމުމާ ގުޅިގެން، އޭނާގެ އެސިސްޓެންޓް ސިއޯބާން ބެއިލީގެ އާއިލާއާއި ސިއޯބާންގެ ކުރީގެ ފިރިމީހާއާ ދެމެދު ބޮޑު ހިޔާލުތަފާތުވުމެއް ވަނީ އުފެދިފައެވެ. ސިއޯބާންގެ އާއިލާއިން ބުނާ ގޮތުގައި މި ތަކެތި ވިއްކާލުމަކީ އޭނާގެ ހަނދާނަށް ކުރެވޭ އިހުތިރާމް ކުޑަ އަމަލެއް ކަމަށާއި، ސިއޯބާން ބޭނުންވީ އެ ތަކެތި އާއިލާގެ ކުދިންނަށް ދިނުމަށެވެ.

ހުއްދަނެތި ލަވަ ބޭނުންކުރުމުން ޓްރަމްޕްގެ ޓީމްއާ ދެކޮޅަށް ކޯޓަށް

ޑޮނަލްޑް ޓްރަމްޕްގެ ކެމްޕޭން ރެލީއެއްގައި ފަންނާނު ނީލް ޔަންގްގެ ލަވައެއް ހުއްދަނެތި ބޭނުންކުރި މައްސަލައިގައި، ކޮޕީރައިޓަށް އަރައިގަތްކަމަށް ބުނެ 10 މިލިއަން ޑޮލަރުގެ ދައުވާއެއް ކޯޓަށް ހުށަހަޅައިފިއެވެ. މި ދައުވާގައި ބުނެފައިވަނީ އޯހިއޯގައި ބޭއްވި ސިޔާސީ ހަރަކާތެއްގައި އެ ލަވަ ޖަހާފައިވަނީ ގާނޫނީގޮތުން ހޯދަންޖެހޭ "ޕަބްލިކް ޕާފޯމަންސް ލައިސަންސް" ނުވަތަ ފަންނާނުގެ ހުއްދަ ނެތި ކަމަށެވެ.

އާ ބާވަތެއްގެ ޑައިނަސޯއެއްގެ ކަށިގަނޑު 47 މިލިއަން ޑޮލަރަށް

ކުރިން ޓީ-ރެކްސްގެ ބާވަތެއް ކަމަށް ހީކުރެވުނު، ނަމަވެސް އާ އާއިލާއަކަށް ނިސްބަތްވާ "ޖޯޑީ" ނަމަކަށް ކިޔާ ޑައިނަސޯއެއްގެ ކަށިގަނޑު 47.3 މިލިއަން ޑޮލަރަށް ނިއުޔޯކްގައި ވިއްކާލައިފިއެވެ. މިއީ އަންދާޒާކުރި އަގަށްވުރެ މާ ބޮޑު އަގަކަށް ވިއްކާލި، ސައިންސްވެރިންނަށް މިހާތަނަށް ފެނިފައިވާ "ނެނޯޓައިރަނަސް" އާއިލާގެ މަދު ކަށިގަނޑުތަކުގެ ތެރެއިން އެންމެ ފުރިހަމަ އެކައްޗެވެ. މިފަދަ ތާރީޚީ ތަކެތި އަމިއްލަ ފަރާތްތަކަށް ވިއްކުމާ މެދު ސައިންސްވެރިންގެ މެދުގައި ބަހުސްތަކެއް ކުރެވެމުންދާއިރު، މި ކަށިގަނޑު ގަތް ފަރާތެއް ހާމަކޮށްފައެއް ނުވެއެވެ.

މެކްލްމޯގެ "ފްރީ ޕަލެސްޓައިން" ޝޯތައް ފަށައިފި

ފަލަސްތީނަށް ތާއީދުކޮށް ވާހަކަދެއްކުމުން އެޑް ޝީރަންގެ ޓުއާއިން އުނިކުރި ރެޕް އާޓިސްޓް މެކްލްމޯ، އޭނާގެ އަމިއްލަ "ފްރީ ޕަލެސްޓައިން" ޓުއާ އަޔަލޭންޑްގެ ޑަބްލިންގައި ކާމިޔާބުކަމާއެކު ފަށައިފިއެވެ. ގިނަ ފަންނާނުންތަކަކާއެކު ބޭއްވި މި ޝޯއިން ލިބޭ ހުރިހާ ފައިސާއެއް ފަލަސްތީނުގެ ރައްޔިތުންނަށް ހަދިޔާކުރުމަށް އޭނާ ވަނީ ނިންމާފައެވެ.

Newsletter

Get the latest news delivered straight to your inbox