ޔުނައިޓެޑްގެ ކޯޗު އަމޮރިމް އަށް އެ ކްލަބްގެ ވެރިންގެ އިތުބާރު އެބައޮތް

Aug 29, 2025, 2:36 AM
ޔުނައިޓެޑްގެ ކޯޗު އަމޮރިމް އަށް އެ ކްލަބްގެ ވެރިންގެ އިތުބާރު އެބައޮތް

މެންޗެސްޓާ (އޮގަސްޓް 29) - އިނގިރޭސި ހަތަރު ވަނަ ޑިވިޝަނުގެ ޓީމެއް ކަމަށްވާ ގްރިމްސްބީ ޓައުން އަތުން ބަލިވެ، ވަޒީފާގެ ޕްރެޝަރު ބޮޑުވެފައިވާ މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުގެ މަގާމުގައި ހުރި، ރުބެން އަމޮރިމް އަށް އެ ކްލަބްގެ ވެރިންގެ އިތުބާރު އެބައޮތް ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މިދިޔަ ނޮވެމްބަރު މަހު، ސްޕޯޓިން ލިޒްބަން ދޫކޮށް، ޔުނައިޓެޑާ ހަވާލުވި، 40 އަހަރުގެ އަމޮރިމްއާ އެކު އެ ޓީމުން މިދިޔަ ސީޒަނުގައި އިނގިރޭސި ޕްރިމިއާ ލީގު ނިންމާލީ 15 ވަނައިގަ އެވެ. މިއީ، އެ ކްލަބްގެ ތާރީހުގައި ލީގުގައި އެންމެ ދަށް ސީޒަނެވެ. އަނެއްކޮޅުން، ޔުނައިޓެޑުން ތަށްޓެއް ހޯދައި، އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގަށް ކޮލިފައިވާން ފުރުސަތު އޮތް ޔޫރޮޕާ ލީގުގެ ފައިނަލުގައި ޓޮޓެންހަމް ހޮޓްސްޕާސް އަތުން ބަލިވީ އެވެ.

އާ ސީޒަނަށް ޓީމު ވަރުގަދަ ކުރަން 200 މިލިއަން ޑޮލަރަށް ވުރެ އިތުރަށް ހަރަދުކުރި ޔުނައިޓެޑުން މި ފަހަރުގެ އިނގިރޭސި ޕްރިމިއާ ލީގުގެ ސީޒަނުގައި ޓާގެޓްކުރާނީ ޔޫރަޕްގެ ފުޓްބޯޅަ މުބާރާތުގެ ޖާގައެއް ހޯދުމަށް ކަމަށް އަމޮރިމް ވަނީ ބުނެފަ އެވެ. އަދި، މި ސީޒަނުގައި ޔޫރަޕްގެ މުބާރާތެއް ކުޅެން ޔުނައިޓެޑް ތައްޔާރެއް ނޫންކަމަށް އަމޮރިމް ބުނެފައިވާއިރު، ސީޒަނުގައި ކުޅުނު ފުރަތަމަ ތިން މެޗުން ވެސް މޮޅެއް ނުލިބެ އެވެ. އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލް އަތުން ބަލިވެ، ފުލަމާ އެއްވަރުވިއިރު، ލީގު ކަޕުން ކެޓީ ހަތަރު ވަނަ ޑިވިޝަނުގެ ގްރިމްސްބީ އަތުންނެވެ.

ގްރިމްސްބީ އަތުން ބަލިވި މެޗަށް ފަހު އަމޮރިމް ދިން އިންޓަވިއުގައި އެ ކްލަބްގެ ކުޅުންތެރިން ކުރި މަސައްކަތާއި ކުރި ކަންކަމަށް ފާޑުކިޔާފައިވާއިރު، ސަޕޯޓަރުންގެ ކިބައިން އެ ނަތީޖާ އަށް މާފަށް ވަނީ އެދިފަ އެވެ.

އިނގިރޭސި މީޑިއާތަކުން ވަނީ މި ނަތީޖާތަކާ އެކު، އަމޮރިމް އަށް ޔުނައިޓެޑްގެ ކޯޗުކަމުގެ ވަޒީފާ ގެއްލުމުގެ ފުރުސަތު ބޮޑުވެފައިވާ ކަމަށް ރިޕޯޓްކޮށްފަ އެވެ. އެކަމަކު، އިނގިރޭސި މީޑިއާ އަކަށް ޔުނައިޓެޑްގެ ސީނިއާ އޮފިޝަަލަކު ބުނެފައިވަނީ، އަމޮރިމް އަށް އަދިވެސް މެނޭޖްމަންޓުގެ އިތުބާރު އެބައޮތް ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox