ނިއު ރޭޑިއަންޓްގެ ކޯޗުކަމާ ހަވާލުވާން ސުޒޭން އެއްބަސްވެއްޖެ

ނިއު ރޭޑިއަންޓްގެ ކޯޗުކަމާ ހަވާލުވާން ސުޒޭން އެއްބަސްވެއްޖެ

ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ ކޯޗުކަމާ ހަވާލުވާން ރާއްޖޭގެ ފުޓްބޯޅައިގެ އެންމެ ކާމިޔާބު އެއް ކޯޗު، އަލީ ސުޒޭން އެއްބަސްވުމަކަށް އަތުވެއްޖެ އެވެ.

ނިއުއާ އެކު، ސުޒޭން އެއްބަސްވުމުގައި ސޮއިކޮށްފައިނުވި ނަމަވެސް، ކޮންޓްރެކްޓަކާ ހަމައަށް ދިއުމަށްޓަކައި ހުރިހާ ކަމެއް ވަނީ ހަމަޖެހިފަ އެވެ. އަދި، ސުޒޭން ވެސް ވަނީ، "އަދަދު ސްޕޯޓްސް" އަށް އެކަން ކަށަވަރުކޮށްދީފަ އެވެ.

އެންމެ ފަހުން ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗަކަށް ހުރި ސުޒޭން ވަނީ މީގެ ކުރިން، ނިއުގެ އެންމެ ވާދަވެރި ވިކްޓަރީ ސްޕޯޓްސް ކްލަބްގެ ބެންޗުގައި ހުރެ ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ.

ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގައި ސުޒޭން ކޯޗުކޮށްދީފައިވާ ކްލަބްތަކަށް ބަލާއިރު، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން، ކްލަބް ގްރީން ސްޓްރީޓްސް އަދި ތިނަދޫ ފުޓްބޯޅަ ޓީމު ހިމެނެ އެވެ.

މީގެ ތެރެއިން، ގްރީން ސްޓްރީޓްސް އަށް ކޯޗުކޮށްދެމުން، 2018 ވަނަ އަހަރުގެ އޭޕްރީލް މަސް ތެރޭގައި، ނޫސްވެރިންގެ ބައްދަލުވުމެއްގައި ސުޒޭން ވަނީ، އޭނާގެ ކެރިއަރުގައި ދެ ފަހަރެއްގެ މަތިން ނިއު އަށް ކޯޗުކޮށްދޭން ފުރުސަތު ލިބުނު ކަމަށް ބުނެފަ އެެވެ.

ނިއު އިން ލިބުނު ފުރުސަތުތަކުގެ ބޭނުންނުހިފީ ކީއްވެތޯ އެ ފަހަރު ސުވާލުކުރުމުން ސުޒޭން ބުނީ، ނިއުއާ ގުޅުމަށް ވުރެ އެ ޓީމަށް ޗެލެންޖް ކޮށްލުން މާ ރަނގަޅު ކަމަށް ގަބޫލުކުރެވުމުން ކަމަށެވެ.

ސުޒޭން ބުނީ ނިއުއާ ދެކޮޅަށް ކުޅޭ މެޗުތައް އަބަދުވެސް ހާއްސަވާ ކަމަށައި އެއީ އޭނާ ކުޑައިރުގައި ކުޅެފައިހުރީ ވިކްޓަރީގައި ކަމަށްވެފައި، ވިކްޓަރީ އާއި ނިއު ރޭޑިއަންޓަކީ އަދިވެސް ރާއްޖޭގެ ފުޓްބޯޅައިގެ އެންމެ ބޮޑު ވާދަވެރިކަން ކަމަށްވާތީ ކަމަށެވެ.

"އެ ވާދަވެރިކަމުގެ ރޫހުގައި އަޅުގަނޑު ބޮޑުވެގެން އައިއިރު ނިއު ރޭޑިއަންޓާ އޮންނާނެ އެ ޗެލެންޖް. އެއީކީ އެއްވެސް ގޮތަކަށް ޒާތީ އެއްޗެއް ނޫން. ބައެއް ބޭފުޅުންނަށް އޮޅެނީ ކަންނޭނގެ މެޗުތަކުގައި އެހެން ބުނާ އެއްޗެހިން އެއީ ޒާތީ އެއްޗެކޭ،" ސުޒޭން ބުންޏެވެ. "ނިއު ރޭޑިއަންޓް ކުރާ ހުރިހާ ރަނގަޅު ކަންތައްތަކީ އަޅުގަނޑަށް ވެސް ރަނގަޅު ކަންތައް އެ އަށް އިހުތިރާމް ކުރާނަން. އިންޓަނޭޝަނަލް މެޗުތަކުގައި ނިއު އަށް އަޅުގަނޑުގެ ހެޔޮ އެދުންތައް އޮންނާނެ."

ނިއު އިން މި ސީޒަނުގައި އެންމެ ފުރަތަމަ ނުކުތީ، މެއި މަހު ކުޅުނު އެފްއޭއެމް ލީގު ކަޕަށެވެ. އެ މުބާރާތުގައި އެ ޓީމުގެ ކޯޗަކީ ސޮބާހު މުހައްމަދު (ސޮބާ) އެވެ.

ސުޒޭން ނިއުގެ ކޯޗަކަށް ހަމަޖައްސަން ކަންކަން ފައިނަލް ކުރަމުން އަންނައިރު، އޭނާ އާއި ނިއުގެ ޗެއާމަން އަހުމަދު މުބީން އަންނަނީ، ރާއްޖޭގެ ފުޓްބޯޅަ އަށް 75 އަހަރު ފުރުން ފާހަގަކުރަން ހަދާފައި އޮތް ޑައިމަންޑް ޖޫބިލީ ކޮމިޓީގައި މަސައްކަތް ކުރަމުންނެވެ. އެ ކޮމިޓީގެ ޗެއާމަނަކީ ސުޒޭން އެވެ. އަދި ވައިސް ޗެއާމަނަކީ މުބީން އެވެ.

ނިއު އަލުން ފުރަތަމަ ޑިވިޝަނުން ފެނުމުގެ ފުރުސަތު ބޮޑު!

ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ ޗެއާމަން، އަހުމަދު މުބީން، މީގެ ދުވަސް ކޮޅެއް ކުރިން، އޭނާގެ ރަސްމީ ފޭސްބުކް އެކައުންޓުގައި ލިޔުއްވާފައިވަނީ، ކުރިއަށް އޮތް ސީޒަނަށް ނިއުގެ ބޮޑެތި ކަންތައްތަކެއް އެބަ އަންނަ ކަމަށާއި އެކަންކަން އިއުލާނުކުރުމަށް ބޮޑު އިވެންޓެއް ބޭއްވުމަށް ތައްޔާރުވަމުން އަންނަ ވާހަކަ އެވެ. އަދި، ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމުގެ މޭރުމުން ލިޔުއްވާފައިވާ އެ ޕޯސްޓުގައި ވަނީ، ނިއުގެ ސަޕޯޓަރުންނަށް "އުފާވެރި" ހަބަރެއް އެބައޮތް ކަމަށް ވެސް ވިދާޅުވެފަ އެވެ.

"އަދަދު ސްޕޯޓްސް" އަށް މައުލޫމާތު ދިން ފަރާތަކުން ބުނެފައިވަނީ، ނިއު އިން އިއުލާނުކުރަން މަސައްކަތް ކުރަމުން އަންނަ އުފާވެރި ހަބަރަކީ، އެ ކްލަބް، އެނބުރި ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގައި ކުޅޭ ވާހަކަ ކަމަށެވެ.

އެ ގޮތުން މައުލޫމާތު ދިން ފަރާތުން ބުނީ، ނިއު، ފުރަތަމަ ޑިވިޝަނަށް އައުމަށް މަސައްކަތް ކުރަނީ، ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)ގެ ޖާގަ އަށް ކަމަށެވެ.

އެފްއޭއެމުން ދާދި ފަހުން، ރާއްޖޭގެ ދިވެހި ޕްރިމިއާ ލީގު (ފުރަތަމަ ޑިވިޝަން)ގައި ވާދަކުރަނީ، 10 ޓީމު ކަމަށް ފާސްކޮށްފައިވާއިރު، އެ މުބާރާތުގައި ސަސް އިން ވާދަނުކުރާނަމަ، ދެން ދެ ވަަނަ ޑިވިޝަނުން ޓީމަކަށް ލިބޭ ޖާގަ އަށް ނިއު ގެނައުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ. އެންމެ ފަހުން، ބޭއްވި ދެ ވަނަ ޑިވިޝަންގެ ޗެމްޕިއަން އާއި ރަނަރަޕްގެ ހައިސިއްޔަތުން، އޮޑި ސްޕޯޓްސް ކްލަބާއި ވިކްޓަރީ ސްޕޯޓްސް ކްލަބް ވަނީ ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވެފަ އެވެ.

ދެ ވަނަ ޑިވިޝަނުން އަންނަ ޓީމަކަށް ސަސްގެ ޖާގައިގައި ފުރަތަމަ ޑިވިޝަނަށް އައުމުގެ ދޮރު ހުޅުވޭ ގޮތަށް މަސައްކަތް ކުރަމުން އަންނައިރު، އެ ފުރުސަތު ނިއު އަށް ދޭން ވަަރަށް އަވަހަށް ނިންމުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް މައުލޫމާތު ދިން ފަރާތުން ބުނެފައިވެ އެވެ.

ދެ ވަނަ ޑިވިޝަނުން އަންނަން ޖެހޭ ޓީމެއްގެ ގޮތުގައި، ތިން ވަނަ ޓީމެއް ކަނޑައަޅަން ޖެހޭނީ، ސެމީ ފައިނަލަށް ދިޔަ ޓެންޓް ސްޕޯޓްސް ކްލަބާއި ނިއުގެ ތެރެއިންނެވެ. އަދި، މީގެ ތެރެއިން، ނިއު އަށް ފުރަތަމަ ޑިވިޝަނުން ސީދާ ޖާގައެއް ލިބެން އޮތީ ޓެންޓް އެ ފުރުސަތު ދޫކޮށްލައިފިނަމަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބުރުގެ އައްޔަ ފުރަތަމަ ފަހަރަށް ސީނިއާ ގައުމީ ޓީމަށް

ބުރު ސްޕޯޓްސް ކްލަބްގެ ކެޕްޓަން އަލީ ހަމްދާން (އައްޔަ) ފުރަތަމަ ފަހަރަށް ގައުމީ ސީނިއާ ފުޓްބޯޅަ ޓީމުގެ ޕްރިލިމިނަރީ ސްކޮޑުން ޖާގަ ހޯދައިފި. ކުރިއަށް އޮތް ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމަށް 23 ކުޅުންތެރިންގެ ސްކޮޑު މިއަދު އިންޑޮނޭޝިއާ އަށް ފުރާފައިވާއިރު، އަނިޔާގެ ސަބަބުން ޓީމުގެ ބައެއް މުހިންމު ކުޅުންތެރިން މިފަހަރުގެ ސްކޮޑުގައި ނުހިމެނޭ

ވިޒިޓް ދަރަވަންދޫ ފުޓްސަލް މުބާރާތުގެ ތަށި ދޮންފަނަށް

ބ. ދަރަވަންދޫ ކައުންސިލުން ބޭއްވި "ވިޒިޓް ދަރަވަންދޫ ފުޓްސަލް ފިއެސްޓާ" ގެ ފައިނަލުގައި ދަ ނޮޓިލަސް 5-0 އިން ބަލިކޮށް، މުބާރާތުގެ ޗެމްޕިއަންކަން ބ. ދޮންފަނުން ހޯދައިފި އަށް ޓީމު ވާދަކުރި މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ދޮންފަނު ޓީމުގެ އީރާނު ކުޅުންތެރިޔާ މޮހޮސިން މޮންތާޒެމީ ހޯދިއިރު، އެންމެ މޮޅު ކޯޗަކަށް ހޮވުނީ އިސްމާއިލް ރަޝީދު

އެޗްޑީސީ ކަޓުވާލައި ގައުމީ ވޮލީ ފައިނަލް ފަހު ޖާގަ ޕޮލިހަށް

ގައުމީ ވޮލީބޯޅަ މުބާރާތުގެ ތިންވަނަ ސެމީ ފައިނަލުގައި ކްލަބް އެޗްޑީސީ 3-1 ސެޓުން ބަލިކޮށް، ޕޮލިސް ކްލަބުން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި ޕޮލިސް ބައްދަލުކުރާނީ އެންމެ ފަހުގެ ޗެމްޕިއަން ދިވެހި ސިފައިންގެ ކްލަބާ

ބަޔާން މޮޅުވިއިރު ކޮމްޕެނީ އަށް އޮތް ލޯބި ދައްކާލައިފި

ޖަރުމަނު ލީގުގައި ރޭ ފްރައިބާގް އަތުން ބަޔާން މިއުނިކް 3-1 އިން މޮޅުވިއިރު، ސިއްހީ ހާލަތު ގޯސްވެގެން ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންދާ ކޯޗު ވިންސެންޓް ކޮމްޕެނީއަށް ސަޕޯޓަރުން ވަނީ ހެޔޮއެދުންތަކުގެ ބެނާއެއް ދައްކާލާފައި. އެސިސްޓަންޓް ކޯޗުގެ އިރުޝާދުގެ ދަށުން ކުޅުނު މި މެޗުގައި ބަޔާންގެ ލަނޑުތައް ޖަހައިދިނީ އުޕަމެކާނޯ އާއި ގްނަބްރީގެ އިތުރުން އޮލީސޭ

އެމްބާޕޭގެ ލަނޑުތަކުން ރެއާލުން ބާސެލޯނާ ބަލިކޮށްފި

ކީލިއަން އެމްބާޕޭ ކާމިޔާބުކުރި ދެ ލަނޑުން ރެއާލް މެޑްރިޑުން 2-1 ގެ ނަތީޖާއަކުން ބާސެލޯނާ ބަލިކޮށްފި. މި މެޗުގައި ބާސެލޯނާގެ ހަމައެކަނި ލަނޑު ރަފީނިއާ ޖަހައިދިންއިރު، މިއީ މި ސީޒަނުގެ ސްޕެނިޝް ލީގުގައި ބާސެލޯނާ ބަލިވި ފުރަތަމަ މެޗު

ބުރު އަތުން މޮޅެއް ހޯދައި މާޒިޔާ ދެ ވަނަ އަށް

ދިވެހި ޕްރިމިއާ ލީގުގައި ބުރު ސްޕޯޓްސް ކްލަބް 2-0 އިން ބަލިކޮށް، މާޒިޔާ ތާވަލުގެ ދެވަނައަށް ޖެހިލައިފި. ކުރިއަށް އޮތް ސާފް ޗެމްޕިއަންޝިޕަށް ގައުމީ ޓީމު ތައްޔާރުވުމަށްޓަކައި މި މެޗަށްފަހު ލީގުގެ ކުޅުން ވަނީ މަހެއްހާ ދުވަހަށް މެދުކަނޑާލާފައި. ލީގު މެދުކަނޑާލިއިރު ތާވަލުގެ އެއްވަނައިގައި އޮތީ 16 ޕޮއިންޓާއެކު ވިކްޓަރީ ސްޕޯޓްސް ކްލަބް

އިތުރު ވަގުތުގައި ދެ ގޯލު ޖަހައިގެން މޮޅުވެ އިންޓަ އެއް ވަނަ އަށް

އިޓާލިއަން ލީގުގައި ފިއޮރެންޓީނާ އަތުން 2-1 އިން މޮޅުވެ، އިންޓަ މިލާނުން ތާވަލުގެ އެއްވަނައަށް ޖެހިލައިފި. މެޗުގެ އިތުރު ވަގުތުގައި ޖެހި ދެ ގޯލާއެކު އިންޓަ މޮޅުވިއިރު، އެޓީމަށް އެއްވަނަ ލިބެނީ ލާޒިއޯއާ އެއްވަރަށް ޕޮއިންޓް ލިބިފައިވީ ނަމަވެސް ހެޑް-ޓު-ހެޑް ގަވާއިދުން

Newsletter

Get the latest news delivered straight to your inbox