50 މީޓަރު ފްރީ ސްޓައިލް ގައުމީ ރެކޯޑް އަނެއްކާ ވެސް އުލްޔާ އަށް

Aug 5, 2025, 5:11 AM
50 މީޓަރު ފްރީ ސްޓައިލް ގައުމީ ރެކޯޑް އަނެއްކާ ވެސް އުލްޔާ އަށް

ގައުމީ ފެތުންތެރިޔާ، އައިޝަތު އުލްޔާ ޝާއިގު، ރާއްޖޭގެ އަންހެނުންގެ ޝޯޓް ކޯސް، 50 މީޓަރު ފްރީ ސްޓައިލް ގައުމީ ރެކޯޑް އަނެއްކާ ވެސް އާ ކޮށްފި އެވެ.

އުލްޔާ، އަންހެނުންގެ ޝޯރޓްކޯސް 50 މީޓަރު ފްރީސްޓައިލް އިވެންޓުގެ ޤައުމީ ރެކޯޑް، އާކުރީ، އޮސްޓްރޭލިއާ ގައި ކުރިއަށްދިޔަ 2025 ހެންކޮކް ޕްރޮސްޕެކްޓިން ވެސްޓާން އޮސްޓްރޭލިއާ ޝޯޓްކޯސް ޗެމްޕިއަންޝިޕްގައި ވާދަކޮށެވެ.

އެ ގޮތުން، އުލްޔާ މިރެކޯޑް އާކޮށްފައިވަނީ 00:28.41 އިން ރޭސް ފުރިހަމަ ކޮށްގެންނެވެ.

މި އިވެންޓުގެ ޤައުމީ ރެކޯރޑް އެންމެ ފަހުން އޮތީ އަމްނާ ތަޒްކިޔާ މިރުޞާދު އެވެ. އެއީ، މިދިޔަ އޮކްޓޫބަރު މަހު، ތައިލެންޑުގައި ކުރިއަށްދިޔަ އޭޝިއަން އޯޕަން ސްކޫލްސް އިންވިޓޭޝަނަލް (އޭއޯއެސްއައި) ޝޯޓްކޯސް (25މީޓަރު) އޭޖް ގްރޫޕް ސްވިމިން ޗެމްޕިއަންޝިޕްގައި، 00.28.55 އިން އިވެންޓު ނިންމައިގެން ތަޒްކިޔާ ހެދި ރެކޯޑެކެެވެ.

އޭގެ ކުރިން، މި ރެކޯޑް އޮތީ އުލްޔާ އަތުގަ އެވެ. އެ ފަހަރު އުލްޔާ ވަނީ އެއް މަސް ތެރޭ ދެ ފަހަރަށް، މި އިވެންޓްގެ ގައުމީ ރެކޯޑް އާ ކޮށްފަ އެވެ. ޖުލައި މަހު، އޮސްޓްރޭލިއާ ގައި ކުރިއަށްދިޔަ ދި ޔުނިވާސިޓީ އޮފް ވެސްޓާން އޮސްޓްރޭލިއާ (ޔޫޑަބްލިއުއޭ) ވެސްޓް ކޯސްޓް ކްލަބް ނައިޓް ނަންބަރު 7 މީޓްގެ ޝޯޓް ކޯސް، 50 މީޓަރު އިވެންޓްގައި ރެކޯޑް ހެދުމުގެ މަހެއްހާ ދުވަސްކުރިން، ޖޫން މަހު، އޮސްޓްރޭލިއާގައި ކުރިއަށްދިޔަ ބްރޭކާސް ބިގް ސްޕްލޭޝް ޖޫން 2024 މީޓްގެ އެ އިވެންޓްގައި ވެސް އުލްޔާ ރެކޯޑް އާ ކުރި އެވެ.

މިދިޔަ އަހަރަކީ އުލްޔާގެ ކެރިއަރުގައި ހާއްސަ އަހަރެކެވެ. ޕެރިސް އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލް ކުރުމުގެ ފުރުސަތު ހޯދި އަންހެން ފެތުންތެރިއަކީ އުލްޔާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އާސެނަލްގައި 10 އަހަރު ހަމަވާ ގޮތަށް އާޓެޓާ ކޮންޓްރެކްޓް އާކޮށްފި

އާސެނަލްގެ ކޯޗުކަމުގައި 10 އަހަރު ހަމަވާ ގޮތަށް، މިކޭލް އާޓެޓާ އެ ކްލަބާއެކު ހަދާފައިވާ އެއްބަސްވުން އާކޮށްފި. މި އާ ކޮންޓްރެކްޓާއެކު އޭނާގެ މުސާރަ އަހަރަކު 15 މިލިއަން ޑޮލަރަށް ބޮޑުވެފައިވާއިރު، އޭނާގެ އިރުޝާދުގެ ދަށުން އާސެނަލުން އަންނަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދަމުން.

އޭޝިއަން ގޭމްސްގައި ރިހާން ގައުމީ ރެކޯޑެއް އާ ކޮށްފި

ޖަޕާނުގައި ކުރިއަށްދާ 20 ވަނަ އޭޝިއަން ގޭމްސްގައި، ރާއްޖޭގެ ފިރިހެނުންގެ 400 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ގައުމީ ރެކޯޑް މުހައްމަދު ރިހާން ޝިހާމް އާކޮށްފި. ރިހާން މި ރެކޯޑް އާކުރީ 05:06.92 އިން ރޭސް ނިންމައިގެން ކަމަށްވާއިރު، މިއީ އޭނާ ކުރިން ހަދާފައިވާ ރެކޯޑަށްވުރެ ކުރިއެރުމެއް.

ސުޒެއިރުގެ މައްސަލަ ބަލަމުން ދަނިކޮށް ނިއު އިން ފުލުހަށް

ނިއު ރޭޑިއަންޓާއި މާޒިޔާ ބައްދަލުކުރި މެޗުގައި ހިނގި ހަމަނުޖެހުމުގައި، ނިއުގެ އެސިސްޓަންޓް ކޯޗަށް ހަމަލާދިން ކަމަށް ބުނާ މާޒިޔާގެ އެސިސްޓަންޓް ކޯޗު ސުޒޭރުގެ މައްސަލަ އެފްއޭއެމް އިން ބަލަން ފަށައިފި. އެފްއޭއެމް އިން މި މައްސަލަ ބަލަމުންދަނިކޮށް، ނިއު ރޭޑިއަންޓުން ވަނީ މި މައްސަލަ ފުލުހަށް ވެސް ހުށަހަޅާފައި

ނެދަލެންޑްސް އަށް ކުޅުން ކުރިއަށްގެންދަން ވެން ޑައިކް ނިންމައިފި

ނެދަލެންޑްސްގެ ގައުމީ ޓީމުން ރިޓަޔާކުރަން އުޅުނު ޑިފެންޑަރު ވާޖިލް ވެން ޑައިކް، އެ ޓީމުގެ އާ ކޯޗު ޒަވީއާ މަޝްވަރާކުރުމަށްފަހު 2028 ވަނަ އަހަރުގެ ޔޫރޯގެ ނިޔަލަށް ކުޅުން ކުރިއަށްގެންދަން ނިންމައިފި. ޒަވީގެ ޕްލޭންތަކާ މެދު ހިތްހަމަޖެހިގެން ވެން ޑައިކް މިގޮތަށް ނިންމިއިރު، އޭނާ ދެން އެންމެ އަވަހަށް ކުޅޭނީ ކުރިއަށް އޮތް ނޭޝަންސް ލީގުގެ މެޗުތަކުން

ޕްރެޝަރު ބޮޑުވަމުންދާތީ އިންފަންޓީނޯގެ ރާގު ބަދަލުވެއްޖެ

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ހަތަރުވަނަ ދައުރަކަށް ކުރިމަތިލައްވަން ނިންމަވާފައިވާއިރު، އިތުބާރު ހޯއްދެވުމުގެ ގޮތުން ފީފާގެ އިދާރީ އޮނިގަނޑު އިސްލާހުކޮށް ބޭރުގެ ފަރާތްތަކުން ރިވިއުކުރުމަށް މަރުހަބާ ކިޔާނެކަމަށް އޭނާ ވަނީ ވިދާޅުވެފައި

ކެރިއަރުގެ ފަހުކޮޅުގައި ސާއިދު ފަސް ވަނަ އޭޝިއަން ގޭމްސް އަށް

ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު، އޭނާގެ ކެރިއަރުގެ ފަސްވަނަ އޭޝިއަން ގޭމްސްގައި ވާދަކުރަމުންދާއިރު، މިއީ އޭނާގެ ކެރިއަރުގެ ފަހުކޮޅު. 2010 ވަނަ އަހަރުން ފެށިގެން މެދުކެނޑުމެއްނެތި އޭޝިއަން ގޭމްސްގައި ރާއްޖެ ތަމްސީލުކުރަމުންދާ ސާއިދު ބުނިގޮތުގައި، ގައުމީ ޒިންމާ އެންމެ މަތީ ފަންތީގައި އަދާކުރުމަކީ އޭނާއަށް ލިބޭ ބޮޑު ފަހުރު

ޝަކާ ފޭކު ކޮވިޑް ސެޓިފިކެޓެއް ހުށަހެޅި މައްސަލައެއް ބަލަނީ

ސްވިޒަލެންޑްގެ ގައުމީ ޓީމުގެ ކެޕްޓަން ގްރޭނިޓް ޝަކާ، ކޮވިޑް ވެކްސިން ޖެހިކަމުގެ ފޭކް ސެޓްފިކެޓެއް ހުށަހެޅި މައްސަލައެއް އެ ގައުމުގެ ޕްރޮސެކިއުޓަރުން ތަހުގީގު ކުރަން ފަށައިފި. މި މައްސަލައާ ގުޅިގެން ޝަކާ ވަނީ ގައުމީ ޓީމުގެ ކުރިއަށް ހުރި މެޗުތަކުގައި ބައިވެރިނުވާން ނިންމާފައި

Newsletter

Get the latest news delivered straight to your inbox