އެމްއެމްއޭއިން އުފައްދާ "ޕޭމަންޓް މޯލްޑިވްސް" ކުންފުންޏަށް މަގުފަހިކުރަން ގާނޫނަށް އިސްލާހެއް ހުށަހަޅައިފި

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ އިދާރާ. މިވަގުތު ރާއްޖޭގައި ހިންގަމުން އަންނަ "ފަވަރަ" ޕޭމަންޓް ނިޒާމު ބަލަހައްޓަނީ އެމްއެމްއޭއިން --- ފޮޓޯ: އަދަދު ފައިލް

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ އިދާރާ. މިވަގުތު ރާއްޖޭގައި ހިންގަމުން އަންނަ "ފަވަރަ" ޕޭމަންޓް ނިޒާމު ބަލަހައްޓަނީ އެމްއެމްއޭއިން --- ފޮޓޯ: އަދަދު ފައިލް

މޯލްޑިވްސް ޕަނިޓަރީ އޮތޯރިޓީއިން އުފައްދަން ނިންމާފައިވާ "ޕޭމަންޓް މޯލްޑިވްސް" ކުންފުނި އުފެއްދުމަށް މަގުފަހި ކުރުމުގެ ގޮތުން 2021 ވަނަ އަހަރު ފާސްކޮށް އަމަލުކުރަމުން އަންނަ ގައުމީ ޕޭމަންޓް ސިސްޓަމްގެ ގާނޫނަށް އިސްލާހު ގެނައުމަށް ބިލެއް ހުށަހަޅައިފި އެވެ.

ޖުމުލަ 12 ބާބު ހިމެނޭ 66 މާއްދާގެ މި ގާނޫނުން މި ސަރުކާރުން އިސްލާހުކުރަން ހުށަހެޅީ ދެ މާއްދާއެކެވެ. ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅި މަކުނުދޫ ދާއިރާގެ މެންބަރު އާދަމް ޝަފީގު އެވެ. މި ބިލުގެ ފުރަތަމަ ކިޔުން މިއަދުގެ މަޖިލިސް ޖަލްސާގައި އިއްވާނެ އެވެ.

މި ގާނޫނަށް އަމަލު ކުރަން ފަށާފައިވާއިރު މިވަގުތު ރާއްޖޭގައި އޮންނަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބަލަހައްޓާ "ފަވަރަ" ޕޭމަންޓް ސިސްޓަމެވެ.

Advertisement

ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުގައިވާ ގޮތުން ޕޭމަންޓް ސިސްޓަމް ހިންގުމަށް ނުވަތަ އެފަދަ ހިދުމަތެއް ދިނުމަށް އެމްއެމްއޭއަށް ކުންފުންޏެއް އުފައްދައި ނުވަތަ އެފަދަ ކުންފުންޏެއްގެ ހިއްސާދާރަކަށް ވެވޭނެ އެވެ. އޭގެ އިތުރުން، އެމްއެމްއޭއިން ދޫކުރާ ލައިސެންސް އަދި ހުއްދަ ނެތި ޕޭމަންޓް ސިސްޓަމެއް ހިންގައި ނުވަތަ އެފަދަ ހިދުމަތެއް ދޭ ކަމަށް ދައްކައިގެން ނުވާނެ ކަމަށް ވެސް ގާނޫނުގައި ހިމަނަން ވަނީ ހުށަހަޅާފަ އެވެ.

އެ އޮތޯރިޓީން އިސްނަގައިގެން 2023 ވަނަ އަހަރު ތައާރަފުކުރި "ފަވަރަ" ޕޭމެންޓް ސިސްޓަމް ފަދަ ރީޓެއިލް ޕޭމެންޓް ސިސްޓަމްގެ ހިންގުން ހަރުދަނާ ކުރުމާއި އިތުރަށް ތަރައްގީ ކުރުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރުމަށް "ޕޭމަންޓް މޯލްޑިވްސް" ގެ ނަމުގައި އާ ކުންފުންޏެއް އުފެއްދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެމްއެމްއޭއިން ހާމަކުރީ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ޖޫން މަހު ފޮނުވި ސިޓީއެއްގަ އެވެ.

އެމްއެމްއޭއިން ބުނީ އެ ކުންފުނި ހިންގާނީ އެމްއެމްއޭގެ މަސްއޫލިއައްޔަތުތަކާއި މުޅީން ވަކީން ވަކި މެނޭޖުމެންޓެއްގެ ތެރެއިން ކަމަށެވެ. ގާނޫނު ބަދަލުކުރުމަށް ފަހު އެ ކުންފުނި އެކުލަވާލާނީ ސަރުކާރުގެ ހިއްސާ އާއެކު ކަމަށް ބެލެވެ އެވެ.

ފަވަރަ އިންސްޓަންޓް ޕޭމަންޓް ސިސްޓަމުން މިހާރު ލިބެން ހުންނަ ހިދުމަތްތަކަކީ އެއް ބޭންކުން އަނެއް ބޭންކަށް ވަގުތުން ފައިސާ ފޮނުވާލުމާއި، ރިކުއެސްޓް ޓު ޕޭގެ ހިދުމަތާއި، ފައިސާ ފޮނުވެނީ ރަނގަޅު މީހަކަށްތޯ ޔަގީންކުރުމަށް އެކައުންޓް ވެރިފިކޭޝަންގެ ހިދުމަތުގެ އިތުރުން، ޔޫސާ އައިޑެންޓިފިކޭޝަން އަށް ފަސޭހަ ސްމާޓް އެޑްރެސިންގެ ހިދުމަތެވެ.

ސްމާޓް އެޑްރެސިންގެ ހިދުމަތާއެކު ބޭންކުތަކުގެ އެކައުންޓު ނަންބަރުގެ ބަދަލުގައި އީމެއިލް ނުވަތަ ފޯނު ނަންބަރު ބޭނުންކޮށްގެން ފަވަރަ އޭލިއަސް އެއް ރަޖިސްޓްރީކޮށް އެއް އެކައުންޓުން އަނެއް އެކައުންޓަށް ފައިސާ ޖަމާކުރެވޭނެ އެވެ.

މި ނިޒާމު ވުޖޫދަށް އައުމާ ގުޅިގެން މާލީ މުއާމަލާތްތައް ރައްކާތެރިކަމާ އެކީ ފަސޭހަވެ އަވަސްވެ، މުޅި މާލީ ނިޒާމަށް އީޖާދީ، އިންގިލާ ބަދަލުތަކެއް އަންނާނެ ކަމަށް މީގެ ކުރިން އެމްއެމްއޭއިން ބުނެފައި ވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެއްބަސްވުން ބާތިލުކޮށް، ބަދަލެއްވެސް ނުދޭނަން: ޔާމީން

ރަސްމާލެއިން ބިން ދޫކުރުމަށް ޔޫއޭއީގެ އީގަލް ހިލްސްއާއެކު ވެފައިވާ އެއްބަސްވުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށާއި، ދެން އުފެދޭ ވެރިކަމެއްގައި އެ އެއްބަސްވުން ބާތިލުކޮށް އެއްވެސް ބަދަލެއް ނުދޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި. އަދި މި މުއާމަލާތުގައި ބައިވެރިވި ފަރާތްތަކުގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގައި އަދަބު ދޭނެ ކަމަށް.

މެނިފެސްޓޯގައި ނެތް ކަމެއް ކުރަންޏާ ޖެހޭނީ ވޯޓަށް އަހަން: އަލީ

ރިޔާސީ މެނިފެސްޓޯގައި ނެތް ކަމެއް ކަމަށްވާ ބޭރު މީހުންނަށް ރާއްޖެއިން ބިން ދިނުން ފަދަ ކަންކަން ކުރަންވާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމަށް ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވި. ގައުމީ ބޮޑެތި މައްސަލަތަކުގައި ރައްޔިތުންގެ ހިޔާލު ހޯދުމަކީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް އޮތް ގާނޫނީ ވާޖިބެއްކަން އޭނާ ފާހަގަކުރެއްވި.

ވެރިކަމުގެ ދަހިވެތިކަމުގެ ކުރިޔަށް ގައުމީ ސަލާމަތް ނެރޭ: މުއިއްޒު

ވެރިކަމުގެ ދަހިވެތިކަމާއި ޒާތީ ހަސަދައިގެ ކުރިއަށް ގައުމީ ސަލާމަތާއި ފަރުދުންގެ އުފާވެރިކަން އިސްކުރުމަށް ހުރަވީ ދުވަހުގެ މެސެޖުގައި ރައީސް މުއިއްޒު ގޮވާލައްވައިފިއެވެ. މީގެ އިތުރުން ދަރަނީގެ އަޅުވެތިކަމުން ސަލާމަތްވެ، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށްޓަކައި ސިޔާސީ ޖަޒުބާތުތަކުގެ ބަދަލުގައި ގައުމީ އިހުލާސްތެރިކަން އިސްކުރުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.

ރަސްމާލެ އެއްވުމުގައި ހަމަނުޖެހުމެއް ނުހިނގާނެ ކަމަށް އަންގައިފި

ރަސްމާލެއިން އީގަލް ހިލްސްއަށް ބިން ދިނުމާ ދެކޮޅަށް އެއްވުމަކީ އެއްވެސް ހަމަނުޖެހުމެއް ނުހިނގާނެ ސުލްހަވެރި ހަރަކާތެއް ކަމުގެ ޔަގީންކަން އިންތިޒާމުކުރާ ފަރާތުން ފުލުހުންނަށް ދީފި. "ދިވެހިންގެ ބިން ދިވެހިންނަށް" ހަރަކާތުން ބުނީ، ކުރިން ރޭވިގޮތަށް މިރޭ 8:30 ގައި މި ހަރަކާތް އޮންނާނެ ކަމަށާއި ކުދިބޮޑު އެންމެނަށް ދައުވަތުއަރުވާ ކަމަށް.

ރަސްމާލެ އެއްވުން ގާނޫނީ އިމުގެ ތެރޭގައި ބާއްވަން އަންގައިފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މިރޭ އާޓިފިޝަލް ބީޗުގައި ބާއްވާ އެއްވުން ގާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ. ފުލުހުން ބުނެފައިވަނީ މި އެއްވުމާ ގުޅޭ މައުލޫމާތު އިންތިޒާމުކުރާ ފަރާތުން ހިއްސާކޮށްފައި ނުވާތީ، އާންމު ދަތުރުފަތުރަށް ބުރޫނާރާނެހެން ކަންކަން ބެހެއްޓުމަށް އަންގާ ކަމަށް.

"ގައުމީ ހަރަކާތް ހުއްޓާލާނީ ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލުމުން"

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށް، ގައިރު މުސްލިމުންނަށް ވަޒަންވެރިވެވޭ ގޮތަށް ގާނޫނު އިސްލާހުކުރާތީ އެކަމާ ދެކޮޅަށް ފަށާފައިވާ "ގައުމީ ހަރަކާތް" ހުއްޓާލާނީ އެ މަޝްރޫއު ހުއްޓާލުމުން ނުވަތަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމުން ކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ. އަދި މިއީ ސިޔާސީ ހަރަކާތެއް ނޫން ކަމަށާއި، ސަރުކާރުން ރައްޔިތުންގެ އަޑު ނާހައިފި ނަމަ އިހުތިޖާޖުތައް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމުގެ އިންޒާރު އޭނާ ވަނީ ދެއްވާފައެވެ.

ބެނާތައް ކަނޑަމުން ދިޔަ ދެ މީހަކު ހައްޔަރުކޮށްފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގައި ދަމާފައި ހުރި ބެނާތަކެއް ކަނޑަމުންދިޔަ ދެ މީހަކު އާންމުންގެ އެހީތެރިކަމާއެކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައާ ގުޅިގެން ސިޔާސީ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އަޑުއުފުލުމަށް މިރޭ އާޓިފިޝަލް ބީޗުގައި އެއްވުމެއް ބޭއްވުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox