ޓިކްޓޮކުގެ ވެރިން ރާއްޖޭގައި: ޓިކްޓޮކް ބޭނުން ކުރާ މީހުންނަށް އާމްދަނީ ހޯދޭނެ ގޮތެއް ބަލަނީ

Apr 15, 2025, 3:46 AM
ޓިކްޓޮކުގެ ވެރިންނާއެކު ބޭއްވި ބައްދަލުވުން: ޓިކްޓޮކަކީ އާމްދަނީ ހޯދަން މަޝްހޫރު ސޯޝަލް މީޑިއާ ޕްލެޓްފޯމެއް -- ފޮޓޯ: އިގްތިސާދީ މިނިސްޓްރީ

ޓިކްޓޮކުގެ ވެރިންނާއެކު ބޭއްވި ބައްދަލުވުން: ޓިކްޓޮކަކީ އާމްދަނީ ހޯދަން މަޝްހޫރު ސޯޝަލް މީޑިއާ ޕްލެޓްފޯމެއް -- ފޮޓޯ: އިގްތިސާދީ މިނިސްޓްރީ

މަގުބޫލު ސޯޝަލް މީޑިއާ ޕްލެޓްފޯމް ޓިކްޓޮކް ބޭނުން ކުރާ މީހުންނަށް އެ ޕްލެޓްފޯމް މެދުވެރިކޮށް އާމްދަނީ ހޯދާނެ ގޮތަކާމެދު މަޝްވަރާ ކުރަން ފަށައިފި އެވެ.

ޓިކްޓޮކް ކުންފުނީގެ ވެރިން މިވަގުތު ތިބީ ރާއްޖޭގަ އެވެ. އެ ކުންފުނީގެ ވެރިންނާއެކު އިގްތިސާދާ ބެހޭ މިނިސްޓްރީއިން އިއްޔެ ވަނީ ބައްދަލުވުމެއް ބާއްވައިފަ އެވެ.

ޓިކްޓޮކް ބޭނުން ކުރާ މީހުންނަށް ފައިސާ ހޯދޭނެ ގޮތެއް ނުވަތަ އެ ޕްލެޓްފޯމް މަނެޓައިޒް ކުރެވޭނެ ގޮތަކާމެދު މަޝްވަރާ ކުރަމުން އަންނަ ކަމަށް މިނިސްޓްރީއިން ބުންޏެވެ.

Advertisement

ވީޑިއޯ ޕޯސްޓު ކުރެވޭ މަޝްހޫރު ސޯޝަލް މީޑިއާ ޕްލެޓްފޯމް ޓިކްޓޮކް ބޭނުންކޮށްގެން ރާއްޖޭގައި މިވަގުތު އާމްދަނީއެއް ނުހޯދެ އެވެ. ޓިކްޓޮކުން ފައިސާ ލިބެނީ އެމީހަކަށް ފޮލޯ ކުރާ މީހާގެ ނިސްބަތުން ކުރާ ކޮންމެ ޕޯސްޓަކަށެވެ.

ޓިކްޓޮކުން އާމްދަނީ ހޯދާ ނަމަ ޓިކްޓޮކް ކްރިއޭޓާ މާކެޓްޕްލޭސް އެކައުންޓެއް ހުޅުވަންޖެހެ އެވެ. މާކެޓް ޕްލޭސް އެކައުންޓެއް ހުޅުވޭނީ މަދުވެގެން 10،000 ފޮލޯވަރުން ލިބިފައިވުމާއެކު އެމީހެއްގެ ވީޑިއޯތަކަށް ފާއިތުވި 30 ދުވަހުގެ ތެރޭގައި ލައްކައަށްވުރެ ގިނަ ވިއުސް ލިބިފައިވާ ނަމަ އެވެ. އާމްދަނީ ހޯދޭނެ އިތުރު ގޮތްތައް ވެސް ހުރެ އެވެ.

ޓިކްޓޮކުން އާމްދަނީ ލިބޭ މިންވަރުގެ އަންދާޒާ

  • 10،000 ފޮލޯވަރުން - ޕޯސްޓަކަށް ފަސް ޑޮލަރާއި 10 ޑޮލަރާ ދެމެދުގެ އަދަދެއް
  • 10،000- 100،000 ފޮލޯވަރުން - ޕޯސްޓަކަށް 60 ޑޮލަރާއި 90 ޑޮލަރާ ދެމެދުގެ އަދަދެއް
  • 100،000 - 500،000 ފޮލޯވަރުން - ޕޯސްޓަކަށް 200 ޑޮލަރާއި 500 ޑޮލަރާ ދެމެދުގެ އަދަދެއް
  • 500،000 - 1،000،000 ފޮލޯވަރުން - ޕޯސްޓަކަށް 400 ޑޮލަރާއި 600 ޑޮލަރާ ދެމެދުގެ އަދަދެއް
  • 1,000,000 ފޮލޯވަރުންނަށް ގިނަ - 750 ޑޮލަރާއި 1،000 ޑޮލަރާ ދެމެދު އަދި އެއަށްވުރެ ގިނަ

ޓިކްޓޮކް ބޭނުން ކުރާ މީހުންނަށް އާމްދަނީ ލިބޭނެ ގޮތެއް ހޯދަން ސަރުކާރުން މަސައްކަތް ކުރާތާ ދުވަސްގަނޑެއް ވެއްޖެ އެވެ. އެގޮތުން، ޗައިނާ ސަރުކާރާއެކު ވެސް ރާއްޖެއިން ވަނީ މަޝްވަރާތަކެއް ބާއްވައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއު ކުރިއަށްނުގެންދަން އަދާލަތުން އެދިއްޖެ

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރު މީހުންނަށް ދިގު މުއްދަތަކަށް ދިރިއުޅެވޭނެ ވަކި ސަރަހައްދުތަކެއް އުފެދޭތީ، އެކަމުގެ ސަބަބުން ރާއްޖޭގެ ދީނީ އެއްބައިވަންތަކަމާއި ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ބުނެ އަދާލަތު ޕާޓީން ކަންބޮޑުވުން ފާޅުކޮށްފިއެވެ. އެ ޕާޓީން ސަރުކާރަށް އިލްތިމާސްކުރީ ބޭރު މީހުން ވަޒަންވެރިވާ ގޮތަށް މަޝްރޫއު ކުރިއަށް ނުގެންގޮސް، އޭގެ ބަދަލުގައި ހޮލިޑޭ ހޯމްސް ފަދަ ވަސީލަތްތައް ތަރައްޤީކުރުމަށެވެ.

ރިސޯޓުތައް އޮޑިޓް ކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވެއްޖެ

ރާއްޖޭގައި ހިންގާ 150 ރިސޯޓުގެ ތެރެއިން އިންކަމް ޓެކްސް ދައްކަނީ އެންމެ 50 ރިސޯޓުން ކަމަށްވާތީ، އެ ތަންތަނުގެ ހިސާބުތައް މީރާއިން އޮޑިޓްކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވި. އަދި ބޭންކިން ސިސްޓަމަށް ވަންނަންޖެހޭ ޑޮލަރު އިތުރުކުރުމަށްޓަކައި އަންނަ އަހަރު މޮނިޓަރިން ވަރުގަދަކޮށް، ބައެއް އުސޫލުތައް ހަރުކަށި ކުރާނެ ކަމަށް ގަވަރުނަރު ފާހަގަކުރެއްވި.

ޑޮލަރުގެ އަގު މިއަދު ހުރީ 23.55ރ. އަށް ކަމަށް ސަލީމް ވިދާޅުވެއްޖެ

ރާއްޖޭގެ ކަޅުބާޒާރުގައި ޑޮލަރުގެ އަގު މިހާރު ހުރީ 23.55ރ. އަށް ކަމަށް މަޖިލީހުގެ ނައިބުރައީސް ސަލީމް ވިދާޅުވި. މިއީ އިއްޔެއާ އަޅާބަލާއިރު ބޮޑު އަދަދެއް ނަމަވެސް، މީގެ ކުރިން ޑޮލަރުގެ އަގު 23.70ރ. އަށް އުފުލުނު ކަމަށް އޭނާ ފާހަގަކުރެއްވި.

2027 ގެ ބަޖެޓަކީ ގައުމު ލޫޓުވައިލަން ހުށަހެޅި ސްކޭމެއް: އަމީން

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި ބަޖެޓަކީ ރައްޔިތުންނަށް އޮޅުވާލައި ގައުމު ލޫޓުވާލުމަށް ހިންގާ ބޮޑު "ސްކޭމެއް" ކަމަށް މެންބަރު އަމީން ވަނީ ތުހުމަތު ކުރައްވާފައި. އޭނާ ވިދާޅުވީ ބަޖެޓުގައި މަޝްރޫއުތަކުގެ ތަފްސީލު ނެތުމާއި، ސަރުކާރުން ވެފައިވާ ވައުދުތައް ފުދެމުން ނުދިއުމަކީ ރައްޔިތުންނަށް ވާ ފައިދާއެއް ނެތް ކަމެއްގެ ހެއްކެއް ކަމަށް.

ބޮޑު އަގުގައި ތަކެތި ގަތް މައްސަލަ: މުވައްޒަފުންނަށް ދައުވާކުރަނީ

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލަށް ބޭނުންވާ ތަކެތި މާކެޓް އަގަށް ވުރެ ބޮޑު އަގުގައި ގަނެ ދައުލަތަށް މާލީ ގެއްލުން ދިން މައްސަލައިގައި، އެ ހޮސްޕިޓަލުގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން އޭސީސީން ވަނީ ނިންމާފައި. މީގެ ތެރޭގައި އޭއީއެޗްގެ ޕްރޮކިއުމަންޓް ހެޑާއި ބިޑް ކޮމިޓީގެ ތިން މުވައްޒަފަކު ހިމެނޭ.

ތަރައްގީގެ 22 މަޝްރޫއެއް ހިންގަން އެމްޓީސީސީއާ ހަވާލުކޮށްފި

ރާއްޖޭގެ އެކި ރަށްރަށުގައި މަގުހެދުމާއި، ބަނދަރު ތަރައްގީކުރުމާއި، ގޮނޑުދޮށް ހިމާޔަތްކުރުން ހިމެނޭހެން ތަރައްގީގެ 22 މަޝްރޫއެއް ހިންގުމަށް އެމްޓީސީސީއާ މިއަދު ވަނީ ހަވާލުކޮށްފައި. އޭގެ ތެރޭގައި ފުވައްމުލައް ސިޓީގައި އޮފީސް ކޮމްޕްލެކްސްއެއް އެޅުންވެސް ހިމެނޭއިރު، މީގެ ކުރިން އެ ކުންފުންޏާ ހަވާލުކުރި ގިނަ މަޝްރޫއުތަކެއް ހުއްޓިފައިވާކަން ފާހަގަކުރެވޭ.

"އިންވޮސްއަށް މަކަރުހަދާތީ ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ލިބޭ"

މުދާ އެތެރެކުރާއިރު އިންވޮއިސްތަކުގެ އަސްލު އަގަށް މަކަރު ހަދައިގެން (އަންޑަ އިންވޮއިސް ކޮށްގެން) ދައުލަތަށް ލިބެންޖެހޭ އާމްދަނީން އަހަރަކު 2.5 ބިލިއަން ރުފިޔާ ގެއްލޭ ކަމަށް މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ކަސްޓަމްސްއަށް ލިބެންޖެހޭ ޑިއުޓީގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މި މަކަރުވެރި އަމަލުތަކުގެ ސަބަބުން ދައުލަތަށް ނުލިބި ގެއްލިގެންދެއެވެ.

Newsletter

Get the latest news delivered straight to your inbox