ތަފާތު ރަހަތަކުގެ ޝައުގުވެރިި މި ޝޯތައް ބަލައިފިންތަ؟

Mar 8, 2025, 4:41 AM
ތަފާތު ރަހަތަކުގެ ޝައުގުވެރިި މި ޝޯތައް ބަލައިފިންތަ؟

މިފަހަރު ވެސް ރޯދަ މަހަށް ހާއްސަކޮށްގެން އަދަދު ނޫހުން ތަފާތު ރަހަތަކުގެ ވީޑިއޯ ޝޯ ވަނީ ގެނެސްދެ އެވެ. ރޯދަ މަހުގެ ފުރަތަމަ ހަފުތާގައި ގެނެސްދިން ޝޯތައް އަލުން ބަލާލުމަށް ހިއްސާ ކޮށްލަމެވެ.

ލުއި ޝޯ

ލުއި ޝޯ މި ފަހަރު ހާއްސަކޮށްފައި ވަނީ މުއިޒީޝަނުންނާއި ލަވަކިޔުންތެރިންނަށެވެ. މަޝްހޫރު ޕްރެޒެންޓަރު އަބްދުﷲ މުހައްމަދު ހުށަހަޅައިދޭ މި ޝޯގެ ފުރަތަމަ އެޕިސޯޑުގައި ގެނެސްދިނީ މަޝްހޫރު ލަވަކިޔުންތެރިޔާ ފައްތޭ އެވެ.

ނުވަދިހައިގެ އަހަރުތަކުގައި ދިވެހިންގެ ހިތްތަކުގައި ރަސްކަންކުރި އެއް އަޑަކީ އޭނާގެ އެވެ. އޭރު މަޝްހޫރު ވި ފައްތޭގެ ލަވަތަކާއި އަމިއްލަ ރާގުތަކުގެ މަގުބޫލު ކަމަކަށް އަދިވެސް ބަދަލެއް ނާދެ އެވެ. މި ޝޯގައި އޭނާ ބައެއް ލަވަތައް ލައިވްކޮށް ހުށަހަޅައި ދިނެވެ. ލަވަ ކިޔުމާއި އެތައް ދުވަހެއްގައި ދުރުގައި ހުއްޓަސް އެ އަޑުގެ ހިތްގައިމު ކަމަށް ބަދަލެއް ނާދެ އެވެ. މި ޝޯގައި ފައްތޭ ގިނަ ވާހަކަތަކެއް ކިޔައިދީފައިވެ އެވެ.

Advertisement

ތަރިންގެ އަދަދު

ސޮނީ ސްޕޯޓްސްއާ ގުޅިގެން ހަފުތާއަކު އެއް ދުވަހު ގެނެސްދޭ މި ސީޒަންގެ ބުރާސްފަތި ދުވަހުގެ އެޕިސޯޑުގައި ހުށަހަޅައި ދިނީ، މަޝްހޫރު އަދި ކާމިޔާބު ވޮލީބޯޅަ ކުޅުންތެރިޔާ އައިޝަތު މާޖިދާ ކުރި ދަތުރާއި ކުރިމަތިވި ގޮންޖެހުންތަކާއި، ފޮނި ކާމިޔާބީތަކުން އެހެން އެތްލީޓުންނަށް ކިޔައދޭ ވާހަކަ އެވެ.

ސުންދުސް

މިއީ އަދަދު ނޫހުން ކޮންމެ ރޯދަ މަހެއްގައި ގެނެސްދޭ ދީނީ ޕްރޮގްރާމެވެ. މި ރޯދަ މަހުގެ ކޮންމެ ތިން ދުވަހަކުން އެއް ދުވަހު ސުންދުސްގެ އާ ޕްރޮގްރާމެއް ގެނެސްދޭނެ އެވެ. އެންމެ ފަހުން ގެނެސްދިން ޕްރޮގްރާމުގެ މައުލޫއަކީ ރުޅި އެވެ.

އެހާރުން

މާ ސިންގާ އިންޑިއާ ކަނޑުގެ ސިއްރުތައް ދެނެގަންނަން ބޭނުން ހެއްޔެވެ؟

ތާރީހު ދިރާސާކުރާ ދެ ޒުވާނުން ކަމުގައިވާ އަލާ ދީދީ އާއި ޒައިދު މި ފަހަރު ވެސް ހުޅުވައިލަނީ ތާރީހުގެ ހާއްސަ ސަފުހާ އެކެވެ. މިފަހަރުގެ "އެހާރުން" ސީރީޒުގެ ފުރަތަމަ އެޕިސޯޑުގައި ގެނެސްދީފައި ވަނީ އިންޑިއާ ކަނޑުގައި ދިވެހީންގެ އެހާރާއި މިހާރުގެ ވާހަކަތަކެވެ. އިންޑިއާ ކަނޑު މުހިއްމުވެފައިވާ ސަބަބުތަކެވެ.

ކުޅިކޮށް

މިއީ މި ޕްރޮގްރާމު ގެނެސްދޭ ފަސް ވަނަ ރޯދަ މަހެވެ. އަދަދު ނޫހުގެ އެންމެ ގިނަ ދުވަސްވީ އެއް ޕްރޮގްރާމެވެ. "ކުޅިކޮށް" އިންސާފު ކުރަން ހުސައިން ފިޔާޒު މޫސާ މި ފަހަރު ފުރަތަމަ ދައުވަތު ދިނީ، އެމްޑީޕީގެ ކުރީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު އަށެވެ.

މި ޕްރޮގްރާމުގައި ޝިފާޒު ރައީސް ޑރ މުހައްމަދު މުއިއްޒަށް ވަރަށް ބޮޑެތި ތުހުމަތުތައް ކުރެއްވި އެވެ.

ރޭހުރި

އަދަދު ނޫހުގެ މި މަރުކާގެ ދަށުން ފުރަތަމަ ޕްރޮގްރާމެއް ގެނައީ 2021 ވަނަ އަހަރު އެވެ. ރަދީފުގައި "ރޭހުރި" މި ބަހުގެ މާނައަކީ، "ރެއަށް ކެއްކި ތަކެތިން ހެނދުނަށް އިތުރުވެފައި ހުރި" އެވެ. މި މާނައިން ދޭހަވާ ގޮތަށް، ޕްރޮގްރާމުގައި ގެނެސްދީފައި ވަނީ ރޯދަ މަހު ގޭގައި ކައްކާ ތަކެތީގެ ބާކީ ބައިން އަނެއް ދުވަހު ރަހަމީރު އެއްޗެއް ތައްޔާރުކުރާނެ ގޮތެވެ.

"ރޭހުރި"ން ގެނެސްދޭ ކާ ތަކެތި ތައްޔާރުކޮށް، މި ޝޯ ހުށަހަޅައިދެނީ އާމިނަތު ނަޝީދާ (ނަޝީ) އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

"ކީއްވެ؟" ޓިކެޓް ވިއްކަން ފަށައިފި

ދިވެހި ފިލްމު "ކީއްވެ؟" ގެ ޓްރެއިލަރ އާންމުކޮށް، އޮލިމްޕަސް ކައުންޓަރާއި ވެބްސައިޓް މެދުވެރިކޮށް ފިލްމުގެ ޓިކެޓް ވިއްކަން މިހާރު ވަނީ ފަށާފައެވެ. ގިނަ ދުވަސްތަކަކަށްފަހު ރީކޯ މޫސާ މަނިކު ލީޑް ރޯލުން ފެންނަ، އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމު ޕްރިމިއަރ ކުރުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. އާއިލީ އަދި ލޯބީގެ މައްސަލަތަކެއްގެ މައްޗަށް ބިނާކޮށްފައިވާ މި ފިލްމުން ދިވެހި ސިނަމާގެ މަޝްހޫރު ގިނަ ތަރިންތަކެއް ފެނިގެންދާނެއެވެ.

ޕެޓްރިކް ސްޓެވާޓް އުމުރުން 86 އަހަރުގައި މަރުވެއްޖެ

'ސްޓާ ޓްރެކް' އަދި 'އެކްސް-މެން' ފަދަ ފިލްމުތަކުން މަގުބޫލުކަން ހޯދި އިނގިރޭސި އެކްޓަރު ސަރ ޕެޓްރިކް ސްޓެވާޓް، އުމުރުން 86 އަހަރުގައި ލޮސް އެންޖެލިސްގައި މަރުވެއްޖެއެވެ. އޭނާ ނިޔާވީ އަލްޒައިމާ އަދި ޑިމެންޝިއާ ބަލީގައި އުޅުމަށްފަހު ކަމަށްވާއިރު، އޭނާއަކީ ފިލްމީ ދާއިރާއަށް ކޮށްދިން ޚިދުމަތްތަކަށް "ސަރ" ގެ ލަގަބުވެސް އަރުވާފައިވާ ފަންނާނެކެވެ.

ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން

އެމެރިކާގެ މަޝްހޫރު އެކްޓްރެސް ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން ކަމަށް ފުލުހުންގެ ތަހުގީގުން ކަނޑައަޅައިފިއެވެ. މެޑިކަލް ރިޕޯޓުތަކުން ދައްކާގޮތުގައި އޭނާގެ ހަށިގަނޑުން ފެންޓަނީލް އާއި ޒެނެކްސް ފަދަ ނުރައްކާތެރި ބާވަތްތައް ފެނިފައިވާއިރު، އޭނާގެ ހަށިގަނޑަށް އެއްވެސް ޖިސްމާނީ އަނިޔާއެއް ލިބިފައިވާކަމުގެ ނިޝާނެއް ފެންނާކަށް ނެތެވެ.

ޖޯޖް މައިކަލްގެ ތަކެތި ނީލަން ކިޔުމުން ހިޔާލު ތަފާތުވެއްޖެ

މަޝްހޫރު ލަވަކިޔުންތެރިޔާ ޖޯޖް މައިކަލްގެ ބައެއް އަމިއްލަ ތަކެތި ނީލަން ކިޔަން ނިންމުމާ ގުޅިގެން، އޭނާގެ އެސިސްޓެންޓް ސިއޯބާން ބެއިލީގެ އާއިލާއާއި ސިއޯބާންގެ ކުރީގެ ފިރިމީހާއާ ދެމެދު ބޮޑު ހިޔާލުތަފާތުވުމެއް ވަނީ އުފެދިފައެވެ. ސިއޯބާންގެ އާއިލާއިން ބުނާ ގޮތުގައި މި ތަކެތި ވިއްކާލުމަކީ އޭނާގެ ހަނދާނަށް ކުރެވޭ އިހުތިރާމް ކުޑަ އަމަލެއް ކަމަށާއި، ސިއޯބާން ބޭނުންވީ އެ ތަކެތި އާއިލާގެ ކުދިންނަށް ދިނުމަށެވެ.

ހުއްދަނެތި ލަވަ ބޭނުންކުރުމުން ޓްރަމްޕްގެ ޓީމްއާ ދެކޮޅަށް ކޯޓަށް

ޑޮނަލްޑް ޓްރަމްޕްގެ ކެމްޕޭން ރެލީއެއްގައި ފަންނާނު ނީލް ޔަންގްގެ ލަވައެއް ހުއްދަނެތި ބޭނުންކުރި މައްސަލައިގައި، ކޮޕީރައިޓަށް އަރައިގަތްކަމަށް ބުނެ 10 މިލިއަން ޑޮލަރުގެ ދައުވާއެއް ކޯޓަށް ހުށަހަޅައިފިއެވެ. މި ދައުވާގައި ބުނެފައިވަނީ އޯހިއޯގައި ބޭއްވި ސިޔާސީ ހަރަކާތެއްގައި އެ ލަވަ ޖަހާފައިވަނީ ގާނޫނީގޮތުން ހޯދަންޖެހޭ "ޕަބްލިކް ޕާފޯމަންސް ލައިސަންސް" ނުވަތަ ފަންނާނުގެ ހުއްދަ ނެތި ކަމަށެވެ.

އާ ބާވަތެއްގެ ޑައިނަސޯއެއްގެ ކަށިގަނޑު 47 މިލިއަން ޑޮލަރަށް

ކުރިން ޓީ-ރެކްސްގެ ބާވަތެއް ކަމަށް ހީކުރެވުނު، ނަމަވެސް އާ އާއިލާއަކަށް ނިސްބަތްވާ "ޖޯޑީ" ނަމަކަށް ކިޔާ ޑައިނަސޯއެއްގެ ކަށިގަނޑު 47.3 މިލިއަން ޑޮލަރަށް ނިއުޔޯކްގައި ވިއްކާލައިފިއެވެ. މިއީ އަންދާޒާކުރި އަގަށްވުރެ މާ ބޮޑު އަގަކަށް ވިއްކާލި، ސައިންސްވެރިންނަށް މިހާތަނަށް ފެނިފައިވާ "ނެނޯޓައިރަނަސް" އާއިލާގެ މަދު ކަށިގަނޑުތަކުގެ ތެރެއިން އެންމެ ފުރިހަމަ އެކައްޗެވެ. މިފަދަ ތާރީޚީ ތަކެތި އަމިއްލަ ފަރާތްތަކަށް ވިއްކުމާ މެދު ސައިންސްވެރިންގެ މެދުގައި ބަހުސްތަކެއް ކުރެވެމުންދާއިރު، މި ކަށިގަނޑު ގަތް ފަރާތެއް ހާމަކޮށްފައެއް ނުވެއެވެ.

މެކްލްމޯގެ "ފްރީ ޕަލެސްޓައިން" ޝޯތައް ފަށައިފި

ފަލަސްތީނަށް ތާއީދުކޮށް ވާހަކަދެއްކުމުން އެޑް ޝީރަންގެ ޓުއާއިން އުނިކުރި ރެޕް އާޓިސްޓް މެކްލްމޯ، އޭނާގެ އަމިއްލަ "ފްރީ ޕަލެސްޓައިން" ޓުއާ އަޔަލޭންޑްގެ ޑަބްލިންގައި ކާމިޔާބުކަމާއެކު ފަށައިފިއެވެ. ގިނަ ފަންނާނުންތަކަކާއެކު ބޭއްވި މި ޝޯއިން ލިބޭ ހުރިހާ ފައިސާއެއް ފަލަސްތީނުގެ ރައްޔިތުންނަށް ހަދިޔާކުރުމަށް އޭނާ ވަނީ ނިންމާފައެވެ.

Newsletter

Get the latest news delivered straight to your inbox