ހައްލު ހޯދޭނެ ކަންކަމަށް ވުރެ ޔުނައިޓެޑްގައި ގިނައީ މައްސަލަ

Feb 21, 2025, 2:54 PM
ހައްލު ހޯދޭނެ ކަންކަމަށް ވުރެ ޔުނައިޓެޑްގައި ގިނައީ މައްސަލަ

މެންޗެސްޓާ (ފެބްރުއަރީ 21) - މި ވަގުތުގެ ހާލަތަށް ބަލާއިރު، މެންޗެސްޓާ ޔުނައިޓެޑްގައި ހައްލު ހޯދޭނެ ކަންކަމަށް ވުރެ ގިނައީ މައްސަލަ ކަމަށް އެ ޓީމުގެ ކޯޗު ރުބެން އަމޮރިމް ބުނެފި އެވެ.

ޔުނައިޓެޑުން ސީޒަން ފެށީ، ނެދަލެންޑްސްގެ ކޯޗު އެރިކް ޓެން ހާގާ އެކު އެވެ. އާ އެއްބަސްވުމެއް ދީގެން ޓެން ހާގާ އެކު، ސީޒަން ފެށި ޔުނައިޓެޑުން މީގެ ހަތަރު ވަރަކަށް މަސް ކުރިން، ސްޕޯޓިން ލިޒްބަންގައި ހުރި ޒުވާން ކޯޗު އަމޮރިމް ގެނެސް ޓީމު ހަވާލުކުރި އެވެ. އެކަމަކު، ޔުނައިޓެޑުގެ ހާލަތު ރަނގަޅު ކުރަން އަމޮރިމް ކުރާ މަސައްކަތުގައި އަދި ދެެމެހެއްޓެނިވި ނަތީޖާތަކެއް ނުނެރެވެ އެވެ.

މި ފަހަރު ލީގުގައި ޔުނައިޓެޑް ކުޅުނު 25 މެޗުގެ ތެރެއިން 12 މެޗުން ބަލިވިއިރު، އަމޮރިމް ހަވާލުވި ފަހުން ކުޅުނު 14 މެޗުގެ ތެރެއިން، އެ ޓީމު މޮޅުވީ އެންމެ ހަތަރު މެޗުންނެވެ. ލީގުގައި މި ހަފްތާގައި ޔުނައިޓެޑުން ލީގުގައި ކުޅޭނީ އެވަޓަންއާ އެވެ. އެވަޓަންގެ ކޯޗުކަމާ އެ ޓީމާއި ކުރިން ޔުނައިޓެޑަށް އިރުޝާދުދިން ޑޭވިޑް މޮއިސް ހަވާލުވެ، ރަނގަޅު މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ.

"ބައެއް ފަހަރު ޓީމު ރަނގަޅުވާ ކަމުގެ އިހުސާސް ވެސް ކުރެވޭ. ރަނގަޅު ކަންކަން ވެސް ކުރެވޭ. އެކަމަކު، ޖުމްލަ މަންޒަރަށް ބަލާއިރު، އަހަންނަށް ޔުނައިޓެޑްގައި ހައްލުތަކަށް ވުރެ މައްސަލަތައް ގިނަކޮށް ފެންނަން އޮތީ، މިއީ ވަގުތު ނަގައިގެން ރަނގަޅުކުރެވޭނެ ކަންކަން،" އަމޮރިމް ބުންޏެވެ.

ޔުނައިޓެޑާ އެކު، 2027 ވަނަ އަަހަރުގެ ޖޫންގެ ނިޔަލަށް ކޮންޓްރެކްޓް އޮތް އަމޮރިމް ބުނީ، މި ވަގުތު ޔުނައިޓެޑަށް އެވަޓަންއާ ކުޅެން ވެސް އުނދަގޫވާނެ ކަމަށެވެ. ސަބަަބަކީ، އެވަޓަން އަކީ މި ވަގުތު ލީގުގައި އެންމެ އިތުބާރާ އެކު ކުޅޭ އެއް ޓީމުގެ ގޮތުގައި ނަތީޖާތަކުން ފެންނަން އޮތް ކަމަށެވެ.

ލީގުގެ 15 ވަނައިގައި އޮތް ޔުނައިޓެޑަށް 29 ޕޮއިންޓް ލިބިފައިވާއިރު، 14 ވަނައިގައި އޮތް އެވަޓަން އަށް ވަނީ 30 ޕޮއިންޓް ލިބިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2030 ގެ ފީފާ ވޯލްޑް ކަޕްގެ ރައިޓްސްތަކެއް ނެޓްފްލިކްސް އަށް

2030 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް މެޗުތައް ސްޕެއިން އާއި އެންޑޯރާގައި ދެއްކުމުގެ ރައިޓްސް ނެޓްފްލިކްސް އިން ގަނެފި. މި އެއްބަސްވުމުގެ ދަށުން ކޮންމެ ދުވަހަކު އެއް މެޗު ހިލޭ ސްޓްރީމް ކުރާއިރު، އޭގެ ތެރޭގައި ސެމީ ފައިނަލާއި ފައިނަލް މެޗު ވެސް ހިމެނޭ.

ޗައިނާ މުބާރާތުގައި ވެސް ގައުމީ ފުޓްސަލް ޓީމަށް ކޯޗު ޒަކީރޯވް

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވެސް ރާއްޖޭގެ ގައުމީ ޓީމަށް އިރުޝާދުދޭނީ ކޯޗު ފާރޫކް ޒަކީރޯވް ކަމަށް އެފްއޭއެމް އިން ވަނީ ހާމަކޮށްފައި. މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ޓީމުން މިހާރު ފަރިތަކުރުންތައް ފަށާފައިވާއިރު، ރާއްޖޭގެ އިތުރުން މި މުބާރާތުގައި ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާނެ

ގައްދޫ ބަލިކޮށް ބުރު އަށް ސީޒަންގެ ފުރަތަމަ މޮޅު

ދިވެހި ޕްރިމިއާ ލީގުގައި ގދ. ގައްދޫ 2-0 އިން ބަލިކޮށް، ބުރު ސްޕޯޓްސް ކްލަބުން މި ސީޒަނުގެ ފުރަތަމަ މޮޅު ހޯދައިފި. މި މެޗުގެ ލަނޑުތައް ބުރު ސްޕޯޓްސްއަށް ކާމިޔާބުކޮށްދިނީ ޖުއާން އެޑުއާޑޯ ލެސްކާނޯ އާއި އިބްރާހިމް އުސާމާ ހަސަން މަޖީދު

ލަމްޕާޑް އެދުނީ ކަވެންޓްރީ އިން ހަމަބިމުގައި ތިބެން

ކޯޗު ފްރޭންކް ލަމްޕާޑްގެ އިރުޝާދުގެ ދަށުން ކަވެންޓްރީ ސިޓީން 25 އަހަރަށް ފަހު ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި ފުރަތަމަ މޮޅު ހޯދައިފި. ނިއުކާސަލް އަތުން ލިބުނު މި ކާމިޔާބީއާއެކުވެސް، ލަމްޕާޑް ބާރުއެޅީ ޓީމުގެ ސަމާލުކަން ނުގެއްލުވައި ހަމަބިމުގައި ތިބެގެން ކުރިއަށް ދިއުމަށް

އެމެރިކާ އަކީ ފުޓްބޯޅައިގެ ގައުމެއް ނޫން: ޖިރޫ

އެމެރިކާގެ އެލްއޭ އެފްސީއަށް ކުޅުމަށްފަހު ފްރާންސްގެ ލިލް އަށް ބަދަލުވި އޮލިވިއޭ ޖިރޫ ބުނިގޮތުގައި، އެމެރިކާ އަކީ ޔޫރަޕާ އަޅާބަލާއިރު ފުޓްބޯޅައިގެ ޖޯޝާއި ފޯރި ކުޑަ، ހަމައެކަނި ފުޓްބޯޅައިގައި ހިމެނޭ ފައިސާއަށް އިސްކަންދޭ ގައުމެއް

ރާއްޖެ މެޗުގެ ކަންތަކާ ހެދި ލަންކާ ކޯޗު 5000 ޑޮލަރުން ޖޫރިމަނާ

އޭއެފްސީ 20 އަހަރުން ދަށުގެ ކޮލިފައިންގައި ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗަށްފަހު، ދިވެހި ޓީމަށް ބޭއަދަބީ ބަހުން މުހާތަބުކުރި ލަންކާގެ އެސިސްޓަންޓް ކޯޗު މުހައްމަދު އިމްރާން 5000 ޑޮލަރުން އޭއެފްސީން ޖޫރިމަނާކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުން އޭނާ ވަގުތުން މަގާމުން ވަކިކޮށްފައިވާއިރު، ދެ އަހަރު ދުވަހުގެ ސަސްޕެންޝަނެއް ދިނުމަށްވެސް އެ ފެޑެރޭޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ގައްދޫން މި ބުރުގައި ހަ ޕޮއިންޓް ހޯދަންޖެހޭ: ނަޒީހު

ދިވެހި ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ބަލިވެފައިވާ ގައްދޫ ޓީމުން، މި ބުރުގައި ހަ ޕޮއިންޓް ހޯދަން ޖެހޭ ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ނަޒީހު ބުނެފިއެވެ. ބަޖެޓާއި ތަޖުރިބާކާރު ކުޅުންތެރިންގެ ދަތިކަން ހުރި ނަމަވެސް، މިއަދު ބުރު ސްޕޯޓްސްއާ ދެކޮޅަށް ކުޅޭ މެޗަކީ ރަނގަޅު ނަތީޖާއެއް ނެރެން އުންމީދުކުރާ މެޗެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

Newsletter

Get the latest news delivered straight to your inbox