މޫދަށް ނޭރެވޭ ގޮތަށް ރަސްފަންނު ސަރަހައްދު ބަންދުކޮށްފި

ރަސްފަންނު ސަރަހައްދު --- ފޮޓޯ: އަދަދު

ރަސްފަންނު ސަރަހައްދު --- ފޮޓޯ: އަދަދު

ކިސަޑު ގިނަވުމުން ރަސްފަންނުގެ މޫދު ސާފުކޮށް ވެލި އެޅުމަށްޓަކައި އެ ސަރަހައްދަށް މޫދަށް އެރުން ބަންދުކޮށްފި އެވެ.

މާލެ ސިޓީ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނީ ރަސްފަންނު ބަންދު ކުރަން ޖެހުނީ މޫދުގެ 500 އަކަ މީޓަރުގެ ސަރަހައްދަކަށް ގިނަ އަދަދަކަށް ކިސަޑު ޖަމާވުމާ ގުޅިގެން ކަމަށެވެ. ގާތްގަނޑަކަށް ފޫޓެއްގެ ބޯމިނުގައި ކިސަޑު އެބަހުރި ކަމަށް ސިޓީ ކައުންސިލުން ބުނެ އެވެ.

އެހެންވެ، އެ ކިސަޑުތައް ނަގައި ވެލި އެޅުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށްޓަކައި މާދަމާ ހެނދުނު 9:00 އައިން ފެށިގެން އެ ސަރަހައްދު ކުރާނެ އެވެ. އެ މަސައްކަތަށް ހޭދަވާނެ ވަގުތެއް ކައުންސިލުން ނުބުނެ އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ތަރައްގީކުރި ރަސްފަންނު ބެލެހެއްޓުން އޭރުން ފެށިގެން ހަވާލުކޮށްފައި އޮތީ އެމްޓީސީސީއާ އެވެ. ނަމަވެސް އެތަން ރަނގަޅަށް ބަލަހައްޓަމުން ނުދާނީ އެ އެއްބަސްވުން މިހާރު ބާތިލްކޮށްފައިވާ ކަމަށް ސިޓީ ކައުންސިލުން ބުނެ އެވެ.

ނުވަދެވޭނެހެން ބަންދުކޮށްފައިވާ ރަސްފަންނުގެ ގޮނޑޮދޮށާއި މޫދުގެ ސަރަހައްދު ----
ނުވަދެވޭނެހެން ބަންދުކޮށްފައިވާ ރަސްފަންނުގެ ގޮނޑޮދޮށާއި މޫދުގެ ސަރަހައްދު ----

ނުވަދެވޭނެހެން ބަންދުކޮށްފައިވާ ރަސްފަންނުގެ ގޮނޑޮދޮށާއި މޫދުގެ ސަރަހައްދު ----

ކުރިއަށް އޮތް ތަނުގައި އެ ސަރަހައްދު ބަލަހައްޓާނީ ސިޓީ ކައުންސިލުން ކަމަށާއި އެތަން މަރާމާތު ކުރުމުގެ މަސައްކަތް ފެށުމަށް ފަހު ދެތިން މަސް ދުވަހުގެ ތެރޭގައި ނިންމާނެ ކަމަށް އާޒިމް ވިދާޅުވި އެވެ.

އެތަން މަރާމާތު ކުރުމުގެ މަސައްކަތް ސިޓީ ކައުންސިލުން ވަނީ ފަށައިފަ އެވެ. އެއަށް ފަހުން، އަލުން އެތަން ވީރަނަވާން ދޫކޮށް ނުލައްވާނެ ކަމަށާއި ކުރިއަށް އޮތް ތަނުގައި ރަސްފަންނު ބަލަހައްޓަމުން ދާނީ ކައުންސިލުން ކަމަށް މޭޔަރު އާދަމް އާޒިމް ވިދާޅުވި އެވެ.

"އެމަސައްކަތް ނިމޭއިރު ރަނގަޅު ފެންވަރެއްގައި ތަން ހެދި ބީޗާއި ހަޓުތައް ވެސް ރީތި ވެގެން ދާނެ. އެއަށް ފަހު އަލުން ވީރާނާވާން ދޫކޮށެއް ނުލާނަން" އީގަލްސް ކޮމިއުނިޓީން މިއަދު ބޭއްވި ސާފުކުރުމުގެ ހަރަކާތް ފެށުމުގެ ރަސްމިއްޔާތުގައި އާޒިމް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއު ކުރިއަށްނުގެންދަން އަދާލަތުން އެދިއްޖެ

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރު މީހުންނަށް ދިގު މުއްދަތަކަށް ދިރިއުޅެވޭނެ ވަކި ސަރަހައްދުތަކެއް އުފެދޭތީ، އެކަމުގެ ސަބަބުން ރާއްޖޭގެ ދީނީ އެއްބައިވަންތަކަމާއި ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ބުނެ އަދާލަތު ޕާޓީން ކަންބޮޑުވުން ފާޅުކޮށްފިއެވެ. އެ ޕާޓީން ސަރުކާރަށް އިލްތިމާސްކުރީ ބޭރު މީހުން ވަޒަންވެރިވާ ގޮތަށް މަޝްރޫއު ކުރިއަށް ނުގެންގޮސް، އޭގެ ބަދަލުގައި ހޮލިޑޭ ހޯމްސް ފަދަ ވަސީލަތްތައް ތަރައްޤީކުރުމަށެވެ.

ރިސޯޓުތައް އޮޑިޓް ކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވެއްޖެ

ރާއްޖޭގައި ހިންގާ 150 ރިސޯޓުގެ ތެރެއިން އިންކަމް ޓެކްސް ދައްކަނީ އެންމެ 50 ރިސޯޓުން ކަމަށްވާތީ، އެ ތަންތަނުގެ ހިސާބުތައް މީރާއިން އޮޑިޓްކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވި. އަދި ބޭންކިން ސިސްޓަމަށް ވަންނަންޖެހޭ ޑޮލަރު އިތުރުކުރުމަށްޓަކައި އަންނަ އަހަރު މޮނިޓަރިން ވަރުގަދަކޮށް، ބައެއް އުސޫލުތައް ހަރުކަށި ކުރާނެ ކަމަށް ގަވަރުނަރު ފާހަގަކުރެއްވި.

ޑޮލަރުގެ އަގު މިއަދު ހުރީ 23.55ރ. އަށް ކަމަށް ސަލީމް ވިދާޅުވެއްޖެ

ރާއްޖޭގެ ކަޅުބާޒާރުގައި ޑޮލަރުގެ އަގު މިހާރު ހުރީ 23.55ރ. އަށް ކަމަށް މަޖިލީހުގެ ނައިބުރައީސް ސަލީމް ވިދާޅުވި. މިއީ އިއްޔެއާ އަޅާބަލާއިރު ބޮޑު އަދަދެއް ނަމަވެސް، މީގެ ކުރިން ޑޮލަރުގެ އަގު 23.70ރ. އަށް އުފުލުނު ކަމަށް އޭނާ ފާހަގަކުރެއްވި.

2027 ގެ ބަޖެޓަކީ ގައުމު ލޫޓުވައިލަން ހުށަހެޅި ސްކޭމެއް: އަމީން

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި ބަޖެޓަކީ ރައްޔިތުންނަށް އޮޅުވާލައި ގައުމު ލޫޓުވާލުމަށް ހިންގާ ބޮޑު "ސްކޭމެއް" ކަމަށް މެންބަރު އަމީން ވަނީ ތުހުމަތު ކުރައްވާފައި. އޭނާ ވިދާޅުވީ ބަޖެޓުގައި މަޝްރޫއުތަކުގެ ތަފްސީލު ނެތުމާއި، ސަރުކާރުން ވެފައިވާ ވައުދުތައް ފުދެމުން ނުދިއުމަކީ ރައްޔިތުންނަށް ވާ ފައިދާއެއް ނެތް ކަމެއްގެ ހެއްކެއް ކަމަށް.

ބޮޑު އަގުގައި ތަކެތި ގަތް މައްސަލަ: މުވައްޒަފުންނަށް ދައުވާކުރަނީ

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލަށް ބޭނުންވާ ތަކެތި މާކެޓް އަގަށް ވުރެ ބޮޑު އަގުގައި ގަނެ ދައުލަތަށް މާލީ ގެއްލުން ދިން މައްސަލައިގައި، އެ ހޮސްޕިޓަލުގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން އޭސީސީން ވަނީ ނިންމާފައި. މީގެ ތެރޭގައި އޭއީއެޗްގެ ޕްރޮކިއުމަންޓް ހެޑާއި ބިޑް ކޮމިޓީގެ ތިން މުވައްޒަފަކު ހިމެނޭ.

ތަރައްގީގެ 22 މަޝްރޫއެއް ހިންގަން އެމްޓީސީސީއާ ހަވާލުކޮށްފި

ރާއްޖޭގެ އެކި ރަށްރަށުގައި މަގުހެދުމާއި، ބަނދަރު ތަރައްގީކުރުމާއި، ގޮނޑުދޮށް ހިމާޔަތްކުރުން ހިމެނޭހެން ތަރައްގީގެ 22 މަޝްރޫއެއް ހިންގުމަށް އެމްޓީސީސީއާ މިއަދު ވަނީ ހަވާލުކޮށްފައި. އޭގެ ތެރޭގައި ފުވައްމުލައް ސިޓީގައި އޮފީސް ކޮމްޕްލެކްސްއެއް އެޅުންވެސް ހިމެނޭއިރު، މީގެ ކުރިން އެ ކުންފުންޏާ ހަވާލުކުރި ގިނަ މަޝްރޫއުތަކެއް ހުއްޓިފައިވާކަން ފާހަގަކުރެވޭ.

"އިންވޮސްއަށް މަކަރުހަދާތީ ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ލިބޭ"

މުދާ އެތެރެކުރާއިރު އިންވޮއިސްތަކުގެ އަސްލު އަގަށް މަކަރު ހަދައިގެން (އަންޑަ އިންވޮއިސް ކޮށްގެން) ދައުލަތަށް ލިބެންޖެހޭ އާމްދަނީން އަހަރަކު 2.5 ބިލިއަން ރުފިޔާ ގެއްލޭ ކަމަށް މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ކަސްޓަމްސްއަށް ލިބެންޖެހޭ ޑިއުޓީގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މި މަކަރުވެރި އަމަލުތަކުގެ ސަބަބުން ދައުލަތަށް ނުލިބި ގެއްލިގެންދެއެވެ.

Newsletter

Get the latest news delivered straight to your inbox