ޔުނައިޓެޑްގެ ސަޕޯޓަރުން ތިބީ މާޔޫސްވެފައިކަން އެނގޭ: އަމޮރިމް

Dec 24, 2024, 3:38 AM
ޔުނައިޓެޑްގެ ސަޕޯޓަރުން ތިބީ މާޔޫސްވެފައިކަން އެނގޭ: އަމޮރިމް

މެންޗެސްޓާ (ޑިސެމްބަރު 24) - އިނގިރޭސި ޕްރިމިއާ ލީގުގައި ބޯންމައުތު އަތުން މެންޗެސްޓާ ޔުނައިޓެޑް ބަލިވުމާ އެކު މިހާރު ހާލަތު އޮތް ގޮތުން ޔުނައިޓެޑްގެ ސަޕޯޓަރުން ތިބީ މާޔޫސްވެފައިކަން އެނގޭ ކަމަށް ޔުނައިޓެޑްގެ ކޯޗު ރުބެން އަމޮރިމް ބުނެފި އެވެ.

އަމިއްލަ ދަނޑުގައި ބޯންމައުތު އަތުން ޔުނައިޓެޑް ބަލިވީ 3-0 ގެ ނަތީޖާ އަކުންނެވެ. މިއީ، ޖެހިޖެހިގެން ދެ ވަނަ ސީޒަނުގައި ޔުނައިޓެޑުންް އަމިއްލަ ދަނޑުގައި ބޯންމައުތު އަތްދަށުވި ފަހަރެވެ.

އަމޮރިމް ބުނީ ކޯޗެއްގެ ހައިސިއްޔަތުން އޭނާގެ ޒިންމާތައް ބޮޑު ކަމަށާއި، ޔުނައިޓެޑް ކަހަލަ ޓީމަކަށް އަމިއްލަ ދަނޑުގައި އެ ފަދަ ނަތީޖާ އަކުން ބަލިވުން އެއީ ބޮޑު ކަމެއް ކަމަށެވެ. އެކަމަކު، މިހާރުގެ ހަގީގަތަކީ ޔުނައިޓެޑަށް މިއީ އުނދަގޫ ހާލަތެއްކަން އަމިއްލަ އަށް ވެސް ގަބޫލުކޮށް އެކުގައި މަސައްކަތް ކޮށްގެން ކަންކަން ރަނގަޅުކުރުން ކަމަށް އަމޮރިމް ވަނީ ބުނެފަ އެވެ.

"ޔުނައިޓެޑްގެ ސަޕޯޓަރުން ތިބީ ވަރުބަލިވެފައި. އެކަން ދަނޑުން ވަރަށް ރަނގަޅަށް އެނގޭ. އެކަމަކު، މި ހާލަތު ބަދަލުކުރެވޭނެ އެކަން ކުރުން އެއީ އަހަރެންގެ ޒިންމާ އެއް." އަމޮރިމް ބުންޏެވެ.

އަމޮރިމް ބުނީ, ޔުނައިޓެޑްގެ ކުޅުން ގޯސް ނޫން ކަމަށާއި, އެކަމަކު ރަނގަޅު ކުރަން ޖެހޭ ގިނަ ކަންކަން އަދިވެސް އެބަހުރި ކަމަށެވެ. އެކަންކަން ރަނގަޅުކޮށް ޔުނައިޓެޑްގެ އަސްލު ފެންވަރަށް ގެންދެވޭނެ ކަމަށް އަމޮރިމް ގަބޫލުކުރެ އެވެ.

އަމޮރިމް ބުނީ ޔުނައިޓެޑްގެ ހާލަތު ބަދަލުކުރަން ބަލާއިރު އެ ކްލަބްގެ ސަޕޯޓަރުންނާއި ކުޅުންތެރިންގެ އިތުރުން މެނޭޖުމަންޓް ވެސް ތިބީ ބައެއް ކަންކަމާ ހެދި "ވަރުބަލިވެފައި" ކަމަށެވެ.

ޔުނައިޓެޑުން އެންމެ ފަހުން ކުޅުނު ތިން މެޗުގައި ވެސް ސްކޮޑުގައި މާކަސް ރެޝްފޯޑް ނުހިމެނެ އެވެ. ރެޝްފޯޑް ދިން އިންޓަވިއުއެއްގައި ޔުނައިޓެޑް ދޫކޮށްލާ ވާހަކަ ދައްކާފައިވާއިރު، އެ އަށް އިޝާާރާތްކޮށް އަމޮރިމް ވަނީ ބައެއް ކުޅުންތެރިންނަކީ އަމިއްލަ އަށް ވިސްނައިނުލައި ކައިރީގައި ތިބޭ މީހުންގެ އިރުޝާދަށް ކުރަން ނުޖެހޭ ކަންކަން ވެސް ކުރެވޭ ބައެއް ކަމަށް ބުނެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2030 ގެ ފީފާ ވޯލްޑް ކަޕްގެ ރައިޓްސްތަކެއް ނެޓްފްލިކްސް އަށް

2030 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް މެޗުތައް ސްޕެއިން އާއި އެންޑޯރާގައި ދެއްކުމުގެ ރައިޓްސް ނެޓްފްލިކްސް އިން ގަނެފި. މި އެއްބަސްވުމުގެ ދަށުން ކޮންމެ ދުވަހަކު އެއް މެޗު ހިލޭ ސްޓްރީމް ކުރާއިރު، އޭގެ ތެރޭގައި ސެމީ ފައިނަލާއި ފައިނަލް މެޗު ވެސް ހިމެނޭ.

ޗައިނާ މުބާރާތުގައި ވެސް ގައުމީ ފުޓްސަލް ޓީމަށް ކޯޗު ޒަކީރޯވް

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވެސް ރާއްޖޭގެ ގައުމީ ޓީމަށް އިރުޝާދުދޭނީ ކޯޗު ފާރޫކް ޒަކީރޯވް ކަމަށް އެފްއޭއެމް އިން ވަނީ ހާމަކޮށްފައި. މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ޓީމުން މިހާރު ފަރިތަކުރުންތައް ފަށާފައިވާއިރު، ރާއްޖޭގެ އިތުރުން މި މުބާރާތުގައި ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާނެ

ގައްދޫ ބަލިކޮށް ބުރު އަށް ސީޒަންގެ ފުރަތަމަ މޮޅު

ދިވެހި ޕްރިމިއާ ލީގުގައި ގދ. ގައްދޫ 2-0 އިން ބަލިކޮށް، ބުރު ސްޕޯޓްސް ކްލަބުން މި ސީޒަނުގެ ފުރަތަމަ މޮޅު ހޯދައިފި. މި މެޗުގެ ލަނޑުތައް ބުރު ސްޕޯޓްސްއަށް ކާމިޔާބުކޮށްދިނީ ޖުއާން އެޑުއާޑޯ ލެސްކާނޯ އާއި އިބްރާހިމް އުސާމާ ހަސަން މަޖީދު

ލަމްޕާޑް އެދުނީ ކަވެންޓްރީ އިން ހަމަބިމުގައި ތިބެން

ކޯޗު ފްރޭންކް ލަމްޕާޑްގެ އިރުޝާދުގެ ދަށުން ކަވެންޓްރީ ސިޓީން 25 އަހަރަށް ފަހު ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި ފުރަތަމަ މޮޅު ހޯދައިފި. ނިއުކާސަލް އަތުން ލިބުނު މި ކާމިޔާބީއާއެކުވެސް، ލަމްޕާޑް ބާރުއެޅީ ޓީމުގެ ސަމާލުކަން ނުގެއްލުވައި ހަމަބިމުގައި ތިބެގެން ކުރިއަށް ދިއުމަށް

އެމެރިކާ އަކީ ފުޓްބޯޅައިގެ ގައުމެއް ނޫން: ޖިރޫ

އެމެރިކާގެ އެލްއޭ އެފްސީއަށް ކުޅުމަށްފަހު ފްރާންސްގެ ލިލް އަށް ބަދަލުވި އޮލިވިއޭ ޖިރޫ ބުނިގޮތުގައި، އެމެރިކާ އަކީ ޔޫރަޕާ އަޅާބަލާއިރު ފުޓްބޯޅައިގެ ޖޯޝާއި ފޯރި ކުޑަ، ހަމައެކަނި ފުޓްބޯޅައިގައި ހިމެނޭ ފައިސާއަށް އިސްކަންދޭ ގައުމެއް

ރާއްޖެ މެޗުގެ ކަންތަކާ ހެދި ލަންކާ ކޯޗު 5000 ޑޮލަރުން ޖޫރިމަނާ

އޭއެފްސީ 20 އަހަރުން ދަށުގެ ކޮލިފައިންގައި ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗަށްފަހު، ދިވެހި ޓީމަށް ބޭއަދަބީ ބަހުން މުހާތަބުކުރި ލަންކާގެ އެސިސްޓަންޓް ކޯޗު މުހައްމަދު އިމްރާން 5000 ޑޮލަރުން އޭއެފްސީން ޖޫރިމަނާކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުން އޭނާ ވަގުތުން މަގާމުން ވަކިކޮށްފައިވާއިރު، ދެ އަހަރު ދުވަހުގެ ސަސްޕެންޝަނެއް ދިނުމަށްވެސް އެ ފެޑެރޭޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ގައްދޫން މި ބުރުގައި ހަ ޕޮއިންޓް ހޯދަންޖެހޭ: ނަޒީހު

ދިވެހި ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ބަލިވެފައިވާ ގައްދޫ ޓީމުން، މި ބުރުގައި ހަ ޕޮއިންޓް ހޯދަން ޖެހޭ ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ނަޒީހު ބުނެފިއެވެ. ބަޖެޓާއި ތަޖުރިބާކާރު ކުޅުންތެރިންގެ ދަތިކަން ހުރި ނަމަވެސް، މިއަދު ބުރު ސްޕޯޓްސްއާ ދެކޮޅަށް ކުޅޭ މެޗަކީ ރަނގަޅު ނަތީޖާއެއް ނެރެން އުންމީދުކުރާ މެޗެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

Newsletter

Get the latest news delivered straight to your inbox