ޔުނައިޓެޑުން ވިސްނަނީ "އަމިއްލަ މައްސަލަތަކާ" މެދު

Dec 14, 2024, 4:53 AM
ޔުނައިޓެޑުން ވިސްނަނީ "އަމިއްލަ މައްސަލަތަކާ" މެދު

މެންޗެސްޓާ (ޑިސެމްބަރު 14) - މެންޗެސްޓާ ޔުނައިޓެޑުން މި ވަގުތު ފޯކަސް ކުރަމުން އަންނަނީ އެ ކްލަބްގައި ހުރި "މައްސަލަތައް" ހައްލުކުރުމަށް ކަމަށާއި އެހެން ޓީމުތަކަށް ހުރި ކަންކަމާ ގުޅޭގޮތުން ވާހަކަ ދެއްކޭނީ ފަހުން ކަމަށް ޔުނައިޓެޑްގެ ކޯޗު ރުބެން އަމޮރިމް ބުނެފި އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ޔުނައިޓެޑުން މާދަމާ ރަށުންބޭރުގައި ވާދަވެރި މެންޗެސްޓާ ސިޓީއާ ކުޅޭއިރު، އެ ކްލަބްގެ ފޯމު އޮތީ ވަރަށް ބޮޑަށް ދަށްވެފަ އެވެ. ސިޓީން އެންމެ ފަހުން ކުޅުނު 10 މެޗުން މޮޅުވެފައިވަނީ އެއް މެޗުންނެވެ. ހަތް މެޗުން ބަލިވިއިރު، ދެ މެޗު ވަނީ އެއްވަރުވެފަ އެވެ.

"ތި ކަހަލަ ކަންކަމަށް (ސިޓީ މި ވަގުތު އޮތް ފޯމަށް) އަހަރެން ނުވިސްނަން. އަހަރެމެން ކުޅެން މި ޖެހެނީ ވަރަށް ރަނގަޅު ޓީމަކާ. އަހަރެމެން ވިސްނަންވީ އަމިއްލަ މައްސަލަތަކަށް، އަހަރެންގެ ފޯކަސް އަކީ އަހަރެމެން ރަނގަޅުކުރަން ހުރި ކަންތައްތައް،" އަމޮރިމް ބުންޏެވެ.

އަމޮރިމް، ޔުނައިޓެޑާ ހަވާލުވުމުގެ ކުރިން ސްޕޯޓިން ލިޒްބަންގެ ކޯޗަކަށް ހުރެ، މި ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ސިޓީ އަތުން ވަނީ 4-1 އިން މޮޅުވެފަ އެވެ. އަމޮރިމް ވަނީ ސްޕޯޓިންގައި އޭނާ ހުރެ ކުރިމަތިލި މެޗާއި ކުރިއަށް އޮތް މެޗާ ހުރިހާ ގޮތަކުން ވެސް ތަފާތު ކަމަށެވެ.

"ސިޓީ އަކީ ވަރުގަދަ ޓީމެއް. އެ ޓީމަށް ކުރީގެ ފޯމުގައި ކުޅެލަން މާ އުނދަގުލެއް ނުވާނެ. ކުޅެން ޖެހޭ ވައްޓަފާޅި ނޫނީ ސިސްޓަމް ދެނެގަނެގެން ކުޅެލަން ބަލާއިރު، އަހަރެމެންނަށް ވުރެ އެ މީހުންގެ ގޭމް ވިސްނުން އަދި ރަނގަޅުވާނެ. އަހަރެމެން މި އަންނަނީ އެކަންކަން ދަސްކުރަމުން،" އަމޮރިމް ބުންޏެވެ.

ޔުނައިޓެޑާ ހަވާލުވުމުގެ ކުރިން، އަމޮރިމް ވަނީ ސިޓީއާ މަޝްވަރާކޮށްފައި ކަމަށް އިނގިރޭސި މީޑިއާތަކުން ކުރިން ރިޕޯޓްކޮށްފައިވެ އެވެ. އަމޮރިމް ބުނީ، ޔުނައިޓެޑަކީ އަބަދުވެސް އިންގްލެންޑްގައި އޭނާ ކޯޗުކޮށްދޭން ބޭނުންވި ޓީމު ކަމަށާއި އޮފާ ލިބުމާ އެކު އަވަހަށް ފުރުސަތުގެ ބޭނުންހިފީ އެހެންވެ ކަމަށް އަމޮރިމް ވަނީ ބުނެފަ އެެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2030 ގެ ފީފާ ވޯލްޑް ކަޕްގެ ރައިޓްސްތަކެއް ނެޓްފްލިކްސް އަށް

2030 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް މެޗުތައް ސްޕެއިން އާއި އެންޑޯރާގައި ދެއްކުމުގެ ރައިޓްސް ނެޓްފްލިކްސް އިން ގަނެފި. މި އެއްބަސްވުމުގެ ދަށުން ކޮންމެ ދުވަހަކު އެއް މެޗު ހިލޭ ސްޓްރީމް ކުރާއިރު، އޭގެ ތެރޭގައި ސެމީ ފައިނަލާއި ފައިނަލް މެޗު ވެސް ހިމެނޭ.

ޗައިނާ މުބާރާތުގައި ވެސް ގައުމީ ފުޓްސަލް ޓީމަށް ކޯޗު ޒަކީރޯވް

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވެސް ރާއްޖޭގެ ގައުމީ ޓީމަށް އިރުޝާދުދޭނީ ކޯޗު ފާރޫކް ޒަކީރޯވް ކަމަށް އެފްއޭއެމް އިން ވަނީ ހާމަކޮށްފައި. މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ޓީމުން މިހާރު ފަރިތަކުރުންތައް ފަށާފައިވާއިރު، ރާއްޖޭގެ އިތުރުން މި މުބާރާތުގައި ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާނެ

ގައްދޫ ބަލިކޮށް ބުރު އަށް ސީޒަންގެ ފުރަތަމަ މޮޅު

ދިވެހި ޕްރިމިއާ ލީގުގައި ގދ. ގައްދޫ 2-0 އިން ބަލިކޮށް، ބުރު ސްޕޯޓްސް ކްލަބުން މި ސީޒަނުގެ ފުރަތަމަ މޮޅު ހޯދައިފި. މި މެޗުގެ ލަނޑުތައް ބުރު ސްޕޯޓްސްއަށް ކާމިޔާބުކޮށްދިނީ ޖުއާން އެޑުއާޑޯ ލެސްކާނޯ އާއި އިބްރާހިމް އުސާމާ ހަސަން މަޖީދު

ލަމްޕާޑް އެދުނީ ކަވެންޓްރީ އިން ހަމަބިމުގައި ތިބެން

ކޯޗު ފްރޭންކް ލަމްޕާޑްގެ އިރުޝާދުގެ ދަށުން ކަވެންޓްރީ ސިޓީން 25 އަހަރަށް ފަހު ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި ފުރަތަމަ މޮޅު ހޯދައިފި. ނިއުކާސަލް އަތުން ލިބުނު މި ކާމިޔާބީއާއެކުވެސް، ލަމްޕާޑް ބާރުއެޅީ ޓީމުގެ ސަމާލުކަން ނުގެއްލުވައި ހަމަބިމުގައި ތިބެގެން ކުރިއަށް ދިއުމަށް

އެމެރިކާ އަކީ ފުޓްބޯޅައިގެ ގައުމެއް ނޫން: ޖިރޫ

އެމެރިކާގެ އެލްއޭ އެފްސީއަށް ކުޅުމަށްފަހު ފްރާންސްގެ ލިލް އަށް ބަދަލުވި އޮލިވިއޭ ޖިރޫ ބުނިގޮތުގައި، އެމެރިކާ އަކީ ޔޫރަޕާ އަޅާބަލާއިރު ފުޓްބޯޅައިގެ ޖޯޝާއި ފޯރި ކުޑަ، ހަމައެކަނި ފުޓްބޯޅައިގައި ހިމެނޭ ފައިސާއަށް އިސްކަންދޭ ގައުމެއް

ރާއްޖެ މެޗުގެ ކަންތަކާ ހެދި ލަންކާ ކޯޗު 5000 ޑޮލަރުން ޖޫރިމަނާ

އޭއެފްސީ 20 އަހަރުން ދަށުގެ ކޮލިފައިންގައި ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗަށްފަހު، ދިވެހި ޓީމަށް ބޭއަދަބީ ބަހުން މުހާތަބުކުރި ލަންކާގެ އެސިސްޓަންޓް ކޯޗު މުހައްމަދު އިމްރާން 5000 ޑޮލަރުން އޭއެފްސީން ޖޫރިމަނާކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުން އޭނާ ވަގުތުން މަގާމުން ވަކިކޮށްފައިވާއިރު، ދެ އަހަރު ދުވަހުގެ ސަސްޕެންޝަނެއް ދިނުމަށްވެސް އެ ފެޑެރޭޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ގައްދޫން މި ބުރުގައި ހަ ޕޮއިންޓް ހޯދަންޖެހޭ: ނަޒީހު

ދިވެހި ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ބަލިވެފައިވާ ގައްދޫ ޓީމުން، މި ބުރުގައި ހަ ޕޮއިންޓް ހޯދަން ޖެހޭ ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ނަޒީހު ބުނެފިއެވެ. ބަޖެޓާއި ތަޖުރިބާކާރު ކުޅުންތެރިންގެ ދަތިކަން ހުރި ނަމަވެސް، މިއަދު ބުރު ސްޕޯޓްސްއާ ދެކޮޅަށް ކުޅޭ މެޗަކީ ރަނގަޅު ނަތީޖާއެއް ނެރެން އުންމީދުކުރާ މެޗެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

Newsletter

Get the latest news delivered straight to your inbox