ލޭންޑް ޔޫސް ޕްލޭނާ ހިލާފަށް ބަނޑިދޫގެ ޓޫރިޒަމް ބިންތައް އެހެން ބޭނުންތަކަށް ދޭތީ ޕެޓިޝަނެއް

ދ. ބަނޑިދޫ: ލޭންޑް ޔޫޒް ޕްލޭނާ ހިލާފަށް ބަނޑިދޫގެ ޓޫރިޒަމް ބިންތައް އެހެން ބޭނުންތަކަށް ދޭތީ ކައުންސިލަށް ޕެޓިޝަނެއް ވަނީ ހުށަހަޅާފައި -- ފޮޓޯ: ބަނޑިދޫ ކައުންސިލް

ދ. ބަނޑިދޫ: ލޭންޑް ޔޫޒް ޕްލޭނާ ހިލާފަށް ބަނޑިދޫގެ ޓޫރިޒަމް ބިންތައް އެހެން ބޭނުންތަކަށް ދޭތީ ކައުންސިލަށް ޕެޓިޝަނެއް ވަނީ ހުށަހަޅާފައި -- ފޮޓޯ: ބަނޑިދޫ ކައުންސިލް

ދ. ބަނޑިދޫގެ ލޭންޑް ޔޫސް ޕްލޭނާ ހިލާފަށް އެ ރަށުގެ ޓޫރިޒަމް ބިންތައް ވަގުތީ ގޮތުން އިންޑަސްޓްރިއަލް މަސައްކަތްތަކެއް ކުރުމަށް ދޫކުރާތީ އެކަމާ ދެކޮޅަށް ޕެޓިޝަނެއް ކައުންސިލަށް ހުށަހަޅައިފި އެވެ.

ބަނޑިދޫގެ 102 މީހުން ސޮއިކޮށްފައިވާ އެ ޕެޓިޝަނުގައި ރަށުގެ ދިރާގު އެންޓަނާއިން ފެށިގެން މަސްޖިދުލް އީމާންއާ ހަމައަށް ގޮނޑުދޮށުން، ބަނޑިދޫ ލޭންޑް ޔޫސް ޕްލޭންގައި ފާހަގަކޮށް ޓޫރިޒަމް އެކިއެކި ބޭނުންތަކަށް ދޫ ކުރުމަށް ފާސް ކޮށްފައިވާ ބިންތައް ވަގުތީ ގޮތުން ނަމަވެސް އެހެން ބޭނުންތަކަށް ނުދޭން އެދިފައިވެ އެވެ.

"ޓޫރިޒަމްއަށް ހާއްސަ ކުރެވިފައިވާ މި ބިންތަކުގައި ޓޫރިޒަމް ނޫން އިންޑަސްޓްރިއަލް މަސައްކަތްތަކެއް ކުރުމަށް ވަގުތީ ގޮތުން ދޫ ކުރުމަށް ކައުންސިލަށް މިހާރު ހުށަހަޅާފައިވާ ޕްރޮޕޯސަލްއާ އެއްގޮތަށް ޓޫރިޒަމް ޒޯންއިން އެ ބިން ދޫނުކުރުމަށް އެދެން،" ޕެޓިޝަންގައި ބުންޏެވެ.

Advertisement

އޭގެއިތުރުން އެ ޕެޓިޝަނުގައި ރަށުގެ އަމިއްލަ ބައެއް ފަރުދުން މިހާރު ވެސް ބަނޑިދޫގައި ޓޫރިޒަމް ކުރި އެރުވުމަށް މަސައްކަތް ކުރަމުންދާތީ، ބަނޑިދޫ ލޭންޑް ޔޫޒް ޕްލޭންގައި ޓޫރިޒަމަށް ދޫ ކުރުމަށް ހާއްސަ ކޮށްފައިވާ ބިންތައް ޓުރިޒަމްގެ އެކި ބޭނުންތަކަށް ދޫ ކުރެވޭނެ އަވަސް އިންތިޒާމް ހަމަޖެއްސުމަށް ވެސް ގޮވާލާފައިވެ އެވެ.

ޓޫރިޒަމް ބިންތައް އެހެން ބޭނުންތަކަށް ދޫކުރާތީ ރަށުގެ ރައްޔިތުންގެ ކަންބޮޑުވުން ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރުއާ ވެސް ވަނީ ހިއްސާކޮށްފަ އެވެ.

ހައިދަރުއަށް ފޮނުވި ސިޓީގައި ބުނީ ލޭންޑް ޔޫސް ޕްލޭނުގައި ވޯޓާ ސްޕޯޓްސް އަދި ބީޗް އެކްޓިވިޓީތަކަށް ހާއްސަ ކޮށްފައިވާ ސަރަހައްދުގައި ފައިބާ މަސައްކަތް ކުރުމަށް ވިޔަފާރި އުސޫލުން ދޫކޮށްފައިވާ ބިންތަކާއި ދ. މާދަލި ރިސޯޓަށް ކޮންސްޓްރަކްޝަން މެޓީރިއަލްސް ޑެލިވާ ކުރަން ހަމަޖެހިފައިވާ ބިލްޑިން ސިސްޓަމްސް އެންޑް ސާވިސްއަށް 50،000 އަކަ ފޫޓުގެ ބިމެއް އެ ސަރަހައްދުން ދޫކުރަން ކައުންސިލުން މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެ ސިޓީގައި ތުހުމަތު ކޮށްފައިވާ ގޮތުގައި ގާނޫނާއި ހިލާފަށް ބަނޑިދޫއިން އެ ބިން ހޯދުމަށް މަސައްކަތް ކުރަމުންދަނީ އޭގައި ފޮރުވިފައި ހުރި ކަންތައްތަކެއް ހުރުމުންނެވެ. އެގޮތުން ރިސޯޓު ހެދުމަށް އެތެރެ ކުރާ މުދަލަށް އިމްޕޯޓް ޑިއުޓީ ދައްކަން ނުޖެހޭއިރު ސީދާ ދ. މާދަލިއަށް މުދާ ގެންދިއުމުގެ ބަދަލު އެ މުދާ ބަނޑިދޫއަށް ގެނެސް ދ. އަތޮޅާއި އަދި އަތޮޅުތަކަށް ވިއްކައި ލޯންޑާކޮށް ނާޖާއިޒް ފައިދާ ހޯދުން އެއީ އެއް މަގުސަދު ކަމަށް ބެލެވޭ ކަމަށެވެ.

"ހަމަ އެހެންމެ އެ ފަރާތުގެ ޕްރޮޕޯޒަލްގައި މުދާ އަރުވާ ބޭލުމަށް އެ ސަރަހައްދުން ކަނޑަށް ފާލަމެއް އަޅަން ހުށަހަޅާފައިވުމީ ބަނޑިދޫގެ ނާޒުކް ފަރު ހަލާކުވުން ފަދަ ރަށުގެ ތިމާވެއްޓަށް އެކަމުގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކުރާނެ ކަމުގައި ވެސް ދަންނަވަން،" ސިޓީގައި ބުންޏެވެ.

އެގޮތުން ބަނޑިދޫގެ ބިންތައް ލޭންޑް ޔޫޒް ޕްލޭނާ ހިލާފަށް ދޫކުރުން ހުއްޓުވައި ދިނުމަށް ސިޓީގައި ވަނީ އެދިފަ އެވެ.

ލޭންޑް ޔޫޒް ޕްލޭނާ ހިލާފަށް ބަނޑިދޫއިން ބިން ދޫ ނުކުރުމަށް އިލްތިމާސްކޮށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ބަނޑިދޫ ކައުންސިލަށް ފޮނުވި ސިޓީގައި ބުނީ ކައުންސިލަށް އެއްވެސް ބޭނުމެއްގައި ބިމެއް ދޫކުރެވޭނީ ފާސްކޮށްފައިވާ ލޭންޑް ޔޫޒް ޕްލޭންގައިވާ ބޭނުމަށް ކަމަށެވެ.

އެގޮތުން އެ ނޫން ބޭނުމެއްގައި ބިން ދޫކުރާނަމަ ކަމާއި ގުޅޭ އިދާރާއަކަށް ލިޔެ އެކަމުގެ ހުއްދަ ލިޔުމުން ހޯދަން ޖެހޭނެ ކަމަށް ވެސް އެލްޖީއޭއިން ވަނީ ފާހަގަކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެއްބަސްވުން ބާތިލުކޮށް، ބަދަލެއްވެސް ނުދޭނަން: ޔާމީން

ރަސްމާލެއިން ބިން ދޫކުރުމަށް ޔޫއޭއީގެ އީގަލް ހިލްސްއާއެކު ވެފައިވާ އެއްބަސްވުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށާއި، ދެން އުފެދޭ ވެރިކަމެއްގައި އެ އެއްބަސްވުން ބާތިލުކޮށް އެއްވެސް ބަދަލެއް ނުދޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި. އަދި މި މުއާމަލާތުގައި ބައިވެރިވި ފަރާތްތަކުގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގައި އަދަބު ދޭނެ ކަމަށް.

މެނިފެސްޓޯގައި ނެތް ކަމެއް ކުރަންޏާ ޖެހޭނީ ވޯޓަށް އަހަން: އަލީ

ރިޔާސީ މެނިފެސްޓޯގައި ނެތް ކަމެއް ކަމަށްވާ ބޭރު މީހުންނަށް ރާއްޖެއިން ބިން ދިނުން ފަދަ ކަންކަން ކުރަންވާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމަށް ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވި. ގައުމީ ބޮޑެތި މައްސަލަތަކުގައި ރައްޔިތުންގެ ހިޔާލު ހޯދުމަކީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް އޮތް ގާނޫނީ ވާޖިބެއްކަން އޭނާ ފާހަގަކުރެއްވި.

ވެރިކަމުގެ ދަހިވެތިކަމުގެ ކުރިޔަށް ގައުމީ ސަލާމަތް ނެރޭ: މުއިއްޒު

ވެރިކަމުގެ ދަހިވެތިކަމާއި ޒާތީ ހަސަދައިގެ ކުރިއަށް ގައުމީ ސަލާމަތާއި ފަރުދުންގެ އުފާވެރިކަން އިސްކުރުމަށް ހުރަވީ ދުވަހުގެ މެސެޖުގައި ރައީސް މުއިއްޒު ގޮވާލައްވައިފިއެވެ. މީގެ އިތުރުން ދަރަނީގެ އަޅުވެތިކަމުން ސަލާމަތްވެ، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށްޓަކައި ސިޔާސީ ޖަޒުބާތުތަކުގެ ބަދަލުގައި ގައުމީ އިހުލާސްތެރިކަން އިސްކުރުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.

ރަސްމާލެ އެއްވުމުގައި ހަމަނުޖެހުމެއް ނުހިނގާނެ ކަމަށް އަންގައިފި

ރަސްމާލެއިން އީގަލް ހިލްސްއަށް ބިން ދިނުމާ ދެކޮޅަށް އެއްވުމަކީ އެއްވެސް ހަމަނުޖެހުމެއް ނުހިނގާނެ ސުލްހަވެރި ހަރަކާތެއް ކަމުގެ ޔަގީންކަން އިންތިޒާމުކުރާ ފަރާތުން ފުލުހުންނަށް ދީފި. "ދިވެހިންގެ ބިން ދިވެހިންނަށް" ހަރަކާތުން ބުނީ، ކުރިން ރޭވިގޮތަށް މިރޭ 8:30 ގައި މި ހަރަކާތް އޮންނާނެ ކަމަށާއި ކުދިބޮޑު އެންމެނަށް ދައުވަތުއަރުވާ ކަމަށް.

ރަސްމާލެ އެއްވުން ގާނޫނީ އިމުގެ ތެރޭގައި ބާއްވަން އަންގައިފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މިރޭ އާޓިފިޝަލް ބީޗުގައި ބާއްވާ އެއްވުން ގާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ. ފުލުހުން ބުނެފައިވަނީ މި އެއްވުމާ ގުޅޭ މައުލޫމާތު އިންތިޒާމުކުރާ ފަރާތުން ހިއްސާކޮށްފައި ނުވާތީ، އާންމު ދަތުރުފަތުރަށް ބުރޫނާރާނެހެން ކަންކަން ބެހެއްޓުމަށް އަންގާ ކަމަށް.

"ގައުމީ ހަރަކާތް ހުއްޓާލާނީ ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލުމުން"

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށް، ގައިރު މުސްލިމުންނަށް ވަޒަންވެރިވެވޭ ގޮތަށް ގާނޫނު އިސްލާހުކުރާތީ އެކަމާ ދެކޮޅަށް ފަށާފައިވާ "ގައުމީ ހަރަކާތް" ހުއްޓާލާނީ އެ މަޝްރޫއު ހުއްޓާލުމުން ނުވަތަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމުން ކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ. އަދި މިއީ ސިޔާސީ ހަރަކާތެއް ނޫން ކަމަށާއި، ސަރުކާރުން ރައްޔިތުންގެ އަޑު ނާހައިފި ނަމަ އިހުތިޖާޖުތައް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމުގެ އިންޒާރު އޭނާ ވަނީ ދެއްވާފައެވެ.

ބެނާތައް ކަނޑަމުން ދިޔަ ދެ މީހަކު ހައްޔަރުކޮށްފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގައި ދަމާފައި ހުރި ބެނާތަކެއް ކަނޑަމުންދިޔަ ދެ މީހަކު އާންމުންގެ އެހީތެރިކަމާއެކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައާ ގުޅިގެން ސިޔާސީ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އަޑުއުފުލުމަށް މިރޭ އާޓިފިޝަލް ބީޗުގައި އެއްވުމެއް ބޭއްވުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox