މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ކެއްކުމުގެ މުބާރާތެއް ބާއްވަނީ

މަސްވެރިންގެ ދުވަސް ފާހަގަކުރަން ބާއްވާ "ރަހަވަރު" ކެއްކުމުގެ މުބާރާތުގެ ޕްރޮމޯޝަނަލް ޕޯސްޓަރު: މިއީ ފިޝަރީޒް މިނިސްޓްރީ އާއި ޗެފްސް ގިލްޑް އޮފް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ބާއްވާ މުބާރާތެއް -- ފޮޓޯ: ފިޝަރީޒް މިނިސްޓްރީ

މަސްވެރިންގެ ދުވަސް ފާހަގަކުރަން ބާއްވާ "ރަހަވަރު" ކެއްކުމުގެ މުބާރާތުގެ ޕްރޮމޯޝަނަލް ޕޯސްޓަރު: މިއީ ފިޝަރީޒް މިނިސްޓްރީ އާއި ޗެފްސް ގިލްޑް އޮފް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ބާއްވާ މުބާރާތެއް -- ފޮޓޯ: ފިޝަރީޒް މިނިސްޓްރީ

މި އަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ މުނާސަބަތުގައި ފިޝަރީޒް މިނިސްޓްރީ އާއި ޝެފްސް ގިލްޑް އޮފް މޯލްޑިވްސް (ސީޖީއެމް) ގުޅިގެން އަންނަ ހޮނިހިރު ދުވަހު މާލޭގައި "ރަހަވަރު" ގެ ނަމުގައި ކެއްކުމުގެ މުބާރާތެއް ބޭއްވުމަށް ހަމަޖެހިއްޖެ އެވެ.

އެ މުބާރާތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ އެ ދުވަހު ހަވީރު 4:00 އިން ފެށިގެން އިރުއޮއްސި 06:00 ޖެހުމާ ހަމައަށް މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގެ ހޮސްޕިޓާލިޓީ ފެކަލްޓީގަ އެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ މި މުބާރާތުގެ މަގުސަދަކީ ރާއްޖޭގައި ކާބޯތަކެތީގެ ރައްކާތެރިކަމަށް މަސްވެރިކަމުން ހިއްސާކުރާ މިންވަރު ފާހަގަކުރުމާއި ދިވެހިންގެ ކެއުން ބުއިމުގެ އާދަތަކަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން، ތަފާތު އައު ބާވަތްތަކުގެ މަހުގެ އުފެއްދުންތައް އުފައްދާ ބޭނުން ކުރުމުގެ މިހިންމުކަން ދައްކުވައި ދިނުމަށް ކަމަށެވެ.

Advertisement

މިއީ މަސްވެރިންގެ ދުވަހާ ގުޅިގެން ބާއްވާ ހަރަކާތެއްގައި ކެއްކުމުގެ މުބާރާތެއް ބާއްވާ ފުރަތަމަ ފަހަރުކަން ވެސް ފިޝަރީޒް މިނިސްޓްރީން ވަނީ ފާހަގަކޮށްފަ އެވެ.

އެ މުބާރާތުގެ ތެރެއިން ދޮޅު ގަޑިއިރު ތެރޭގައި މުށިމަހާއި ފާނަ ހިމެނޭ ދެ ޑިޝް ތައްޔާރުކުރަން ޖެހޭއިރު، ޑިޝް ތައްޔާރު ކުރުމަށް ބޭނުންވާ މަސް މިނިސްޓްރީން ފޯރުކޮށްދެ އެވެ.

މުބާރާތައި ބައިވެރިވުމުގެ ސުންގަޑި ޑިސެމްބަރު 3، ވާ އަންގާރަ ދުވަހުގެ ނިޔަލަށް އޮތްއިރު، އިތުރު މައުލޫމާތު ލިންކެއް މެދުވެރިކޮށް ލިބޭނެ މަގު ވަނީ ތަނަވަސްކޮށްދީފަ އެވެ.

މުބާރާތުގެ އެއްވަނައަށް 10،000ރ. ލިބޭއިރު، ދެވަނައަށް 7،000ރ. ލިބެ އެވެ. އަދި ތިންވަނައަށް ދާ ފަރާތަކަށް 5،000ރ. ގެ ފައިސާގެ އިނާމު ލިބެ އެވެ.

މަސްވެރިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ފިޝަރީޒް މިނިސްޓްރީން ގިނަ ހަރަކާތްތަކެއް އަންނަ ހަފްތާއިން ފެށިގެން ބޭއްވުމަށް ވަނީ ނިންމާފަ އެވެ. އެގޮތުން މަސް ރޭހަކާއި، މަސްވެރިންގެ ފޯރަމަކާއި، އާޓް އެގްޒިބިޝަނެއްގެ އިތުރުން ކުޑަ ކުދިންގެ ހަވީރަކާއި ރަސްމީ ޖަލްސާއެއް ބާއްވާނެ އެވެ.

މި އަހަރުގެ މަސްވެރިންގެ ދުވަހުގެ ހާއްސަ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައި ވަނީ ޑިސެމްބަރު 13، ގައެވެ. އެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާނީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

"ކީއްވެ؟" ޓިކެޓް ވިއްކަން ފަށައިފި

ދިވެހި ފިލްމު "ކީއްވެ؟" ގެ ޓްރެއިލަރ އާންމުކޮށް، އޮލިމްޕަސް ކައުންޓަރާއި ވެބްސައިޓް މެދުވެރިކޮށް ފިލްމުގެ ޓިކެޓް ވިއްކަން މިހާރު ވަނީ ފަށާފައެވެ. ގިނަ ދުވަސްތަކަކަށްފަހު ރީކޯ މޫސާ މަނިކު ލީޑް ރޯލުން ފެންނަ، އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމު ޕްރިމިއަރ ކުރުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. އާއިލީ އަދި ލޯބީގެ މައްސަލަތަކެއްގެ މައްޗަށް ބިނާކޮށްފައިވާ މި ފިލްމުން ދިވެހި ސިނަމާގެ މަޝްހޫރު ގިނަ ތަރިންތަކެއް ފެނިގެންދާނެއެވެ.

ޕެޓްރިކް ސްޓެވާޓް އުމުރުން 86 އަހަރުގައި މަރުވެއްޖެ

'ސްޓާ ޓްރެކް' އަދި 'އެކްސް-މެން' ފަދަ ފިލްމުތަކުން މަގުބޫލުކަން ހޯދި އިނގިރޭސި އެކްޓަރު ސަރ ޕެޓްރިކް ސްޓެވާޓް، އުމުރުން 86 އަހަރުގައި ލޮސް އެންޖެލިސްގައި މަރުވެއްޖެއެވެ. އޭނާ ނިޔާވީ އަލްޒައިމާ އަދި ޑިމެންޝިއާ ބަލީގައި އުޅުމަށްފަހު ކަމަށްވާއިރު، އޭނާއަކީ ފިލްމީ ދާއިރާއަށް ކޮށްދިން ޚިދުމަތްތަކަށް "ސަރ" ގެ ލަގަބުވެސް އަރުވާފައިވާ ފަންނާނެކެވެ.

ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން

އެމެރިކާގެ މަޝްހޫރު އެކްޓްރެސް ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން ކަމަށް ފުލުހުންގެ ތަހުގީގުން ކަނޑައަޅައިފިއެވެ. މެޑިކަލް ރިޕޯޓުތަކުން ދައްކާގޮތުގައި އޭނާގެ ހަށިގަނޑުން ފެންޓަނީލް އާއި ޒެނެކްސް ފަދަ ނުރައްކާތެރި ބާވަތްތައް ފެނިފައިވާއިރު، އޭނާގެ ހަށިގަނޑަށް އެއްވެސް ޖިސްމާނީ އަނިޔާއެއް ލިބިފައިވާކަމުގެ ނިޝާނެއް ފެންނާކަށް ނެތެވެ.

ޖޯޖް މައިކަލްގެ ތަކެތި ނީލަން ކިޔުމުން ހިޔާލު ތަފާތުވެއްޖެ

މަޝްހޫރު ލަވަކިޔުންތެރިޔާ ޖޯޖް މައިކަލްގެ ބައެއް އަމިއްލަ ތަކެތި ނީލަން ކިޔަން ނިންމުމާ ގުޅިގެން، އޭނާގެ އެސިސްޓެންޓް ސިއޯބާން ބެއިލީގެ އާއިލާއާއި ސިއޯބާންގެ ކުރީގެ ފިރިމީހާއާ ދެމެދު ބޮޑު ހިޔާލުތަފާތުވުމެއް ވަނީ އުފެދިފައެވެ. ސިއޯބާންގެ އާއިލާއިން ބުނާ ގޮތުގައި މި ތަކެތި ވިއްކާލުމަކީ އޭނާގެ ހަނދާނަށް ކުރެވޭ އިހުތިރާމް ކުޑަ އަމަލެއް ކަމަށާއި، ސިއޯބާން ބޭނުންވީ އެ ތަކެތި އާއިލާގެ ކުދިންނަށް ދިނުމަށެވެ.

ހުއްދަނެތި ލަވަ ބޭނުންކުރުމުން ޓްރަމްޕްގެ ޓީމްއާ ދެކޮޅަށް ކޯޓަށް

ޑޮނަލްޑް ޓްރަމްޕްގެ ކެމްޕޭން ރެލީއެއްގައި ފަންނާނު ނީލް ޔަންގްގެ ލަވައެއް ހުއްދަނެތި ބޭނުންކުރި މައްސަލައިގައި، ކޮޕީރައިޓަށް އަރައިގަތްކަމަށް ބުނެ 10 މިލިއަން ޑޮލަރުގެ ދައުވާއެއް ކޯޓަށް ހުށަހަޅައިފިއެވެ. މި ދައުވާގައި ބުނެފައިވަނީ އޯހިއޯގައި ބޭއްވި ސިޔާސީ ހަރަކާތެއްގައި އެ ލަވަ ޖަހާފައިވަނީ ގާނޫނީގޮތުން ހޯދަންޖެހޭ "ޕަބްލިކް ޕާފޯމަންސް ލައިސަންސް" ނުވަތަ ފަންނާނުގެ ހުއްދަ ނެތި ކަމަށެވެ.

އާ ބާވަތެއްގެ ޑައިނަސޯއެއްގެ ކަށިގަނޑު 47 މިލިއަން ޑޮލަރަށް

ކުރިން ޓީ-ރެކްސްގެ ބާވަތެއް ކަމަށް ހީކުރެވުނު، ނަމަވެސް އާ އާއިލާއަކަށް ނިސްބަތްވާ "ޖޯޑީ" ނަމަކަށް ކިޔާ ޑައިނަސޯއެއްގެ ކަށިގަނޑު 47.3 މިލިއަން ޑޮލަރަށް ނިއުޔޯކްގައި ވިއްކާލައިފިއެވެ. މިއީ އަންދާޒާކުރި އަގަށްވުރެ މާ ބޮޑު އަގަކަށް ވިއްކާލި، ސައިންސްވެރިންނަށް މިހާތަނަށް ފެނިފައިވާ "ނެނޯޓައިރަނަސް" އާއިލާގެ މަދު ކަށިގަނޑުތަކުގެ ތެރެއިން އެންމެ ފުރިހަމަ އެކައްޗެވެ. މިފަދަ ތާރީޚީ ތަކެތި އަމިއްލަ ފަރާތްތަކަށް ވިއްކުމާ މެދު ސައިންސްވެރިންގެ މެދުގައި ބަހުސްތަކެއް ކުރެވެމުންދާއިރު، މި ކަށިގަނޑު ގަތް ފަރާތެއް ހާމަކޮށްފައެއް ނުވެއެވެ.

މެކްލްމޯގެ "ފްރީ ޕަލެސްޓައިން" ޝޯތައް ފަށައިފި

ފަލަސްތީނަށް ތާއީދުކޮށް ވާހަކަދެއްކުމުން އެޑް ޝީރަންގެ ޓުއާއިން އުނިކުރި ރެޕް އާޓިސްޓް މެކްލްމޯ، އޭނާގެ އަމިއްލަ "ފްރީ ޕަލެސްޓައިން" ޓުއާ އަޔަލޭންޑްގެ ޑަބްލިންގައި ކާމިޔާބުކަމާއެކު ފަށައިފިއެވެ. ގިނަ ފަންނާނުންތަކަކާއެކު ބޭއްވި މި ޝޯއިން ލިބޭ ހުރިހާ ފައިސާއެއް ފަލަސްތީނުގެ ރައްޔިތުންނަށް ހަދިޔާކުރުމަށް އޭނާ ވަނީ ނިންމާފައެވެ.

Newsletter

Get the latest news delivered straight to your inbox