ރަބަރު ސްޓޭމްޕް ޖަހާ ގޮތަށް އިޒްރޭލު ޕާސްޕޯޓު މަނާ ކުރެވޭނެ، އެކަމަކު ސަރުކާރުން އެކަން ކުރަން ބޭނުމެއް ނުވޭ: ޔާމީން

Nov 25, 2024, 5:43 PM
ޔާމީން ޕީއެންއެފްގެ ޖަލްސާގައި މިރޭ ވާހަކަ ދައްކަވަނީ: ވިދާޅުވީ ޕާސްޕޯޓު މަނާ ކުރަން ރައީސް މުއިއްޒު ބޭނުންނުވާ ކަމަށް -- ފޮޓޯ: ޕީއެންއެފް

ޔާމީން ޕީއެންއެފްގެ ޖަލްސާގައި މިރޭ ވާހަކަ ދައްކަވަނީ: ވިދާޅުވީ ޕާސްޕޯޓު މަނާ ކުރަން ރައީސް މުއިއްޒު ބޭނުންނުވާ ކަމަށް -- ފޮޓޯ: ޕީއެންއެފް

ރައްޔިތުންގެ މަޖިލިސް މަސައްކަތް ކުރަނީ ސަރުކާރުން ބޭނުންވާހާ ގޮތަކަށް ކަމަށާއި ސަރުކާރުން ބޭނުންވާ ނަމަ ރަބަރު ސްޓޭމްޕު ޖަހަމުންދާ ގޮތަށް އިޒްރޭލުގެ ޕާސްޕޯޓު ނިކަން އަވަހަށް މަނާކޮށްލެވޭނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.

ޕީއެންއެފް އިން ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ އިޒްރޭލު ޕާސްޕޯޓު މަނާ ކުރުން ލަސްކޮށް އެކަމަށް ވެރިކަން ހިންގާ ޕީއެންސީއިން ކޮންޓްރޯލް ކުރާ މަޖިލީހުން އުޒުރު ދައްކަނީ، ޕާސްޕޯޓު މަނާ ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭނުންވެވަޑައިނުގަންނަވާތީ ކަމަށެވެ.

"ރައްޔިތުންގެ މަޖިލީހަކީ ސަރުކާރުގެ ރަބާ ސްޓޭމްޕް. ސަރުކާރުން ކުރަން ބޭނުންވީމަ ތިން ގަޑިއިރު، ހަތަރު ގަޑިއިރު ތެރޭ މުޅި ގާނޫނުއަސާސީ އިސްލާހުކޮށްލެވޭ. އެހެންވީމާ އެއްގޮތަކަށް ވެސް އަޅުގަނޑުމެންނަށް ވިސްނައިދެއްވަން ނުއުޅުއްވާ ރައްޔިތުންގެ މަޖިލީހަކީ މާ ވަރުގަދަ މަސައްކަތް ކުރާ ބަޔެކޭ. މިއީ ރަބާ ސްޓޭމްޕް ކުރާ ބައެއް. މިތާ ނެތޭ ރައްޔިތުންގެ ހައްގުގައި ބަޓަނަކަށް ފިތާލަން ކެރޭ މީހަކު ވެސް،" ޔާމީން ވިދާޅުވި އެވެ.

Advertisement

ޔާމީން ވިދާޅުވީ އިޒްރޭލު ޕާސްޕޯޓުގައި ދިވެހިރާއްޖެއަށް އެތެރެވުން މަނާ ނުކުރަނީ ރައީސް މުއިއްޒު އެކަން ކުރަން ބޭނުންވެވަޑައިނުގަންނަވާތީ ކަމަށެވެ.

"މުއިއްޒުގެ ވިލިންގްނެސް ނެތީ. މުއިއްޒުގެ ވިލިންގްނެސް ނެތީ އިޒްރޭލުގެ ޕާސްޕޯޓު މަނާ ކުރުމުގެ ހަމަ ވިލިންގްނެސް އިނގެތޯ. ނަތަންޔާހޫ ދިވެހިރާއްޖެއަށް އަރައިފިއްޔާ ހައްޔަރު ކުރާނެ ކަމަށް އެބަ ބުނޭ. އެއީ އެބަ އިނގޭ ނަތަންޔާހޫ ދިވެހިރާއްޖެއަކަށް ނާންނާނެކަން،" އެމަނިކުފާނު ވިދާޅުވި އެވެ.

އިޒްރޭލު ޕާސްޕޯޓު މަނާ ކުރަން އިދިކޮޅު އެމްޑީޕީން ބިލެއް ހުށަހެޅީ މެއި، 2024، ގަ އެވެ. އޭގެ ފަހުން ޖޫން 2، 2024، ގައި ވަޒީރުންގެ މަޖިލީހުން ވެސް ވަނީ ޕާސްޕޯޓު މަނާ ކުރަން ނިންމައިފަ އެވެ. ނަމަވެސް މިހާތަނަށް ވެސް ޕާސްޕޯޓު މަނާކޮށްފައެއް ނުވެ އެވެ.

މީކާއީލް ހުށަހެޅުއްވި ބިލުގެ މަސައްކަތް މިއަދު ކޮމިޓީގައި ކުރިއަށްގެންދިޔައިރު ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވީ، އިޒްރޭލު ޕާސްޕޯޓު މަނާ ކުރުމުގެ ކުރިން ދުނިޔޭގެ ބޮޑެތި ގައުމުތަކުގެ ބަހެއް ވެސް ހޯދަންޖެހޭ ކަމަށެވެ.

"... އަދި، އަރަބި އެހެން ގައުމުތަކާ ދުނިޔޭގެ އެހެން ބޮޑެތި ގައުމުތަކުގެވެސް ކަމާ ގުޅުންހުރި އިދާރާތަކުގެ ލަފަޔާ މަޝްވަރާ މިކަމުގެ ހޯދަން ޖެހޭނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ،" ފަލާހު ވިދާޅުވި އެވެ.

އިޒްރޭލުގެ ޕާސްޕޯޓު މަނާ ކުރުމުގެ ބިލު އެމްޑީޕީން ހުށަހެޅީ ސަރުކާރަށް އުނދަގޫ ކުރަން ކަމަށް ވެސް މީގެ ކުރިން ޕީއެންސީގެ ބައެއް މެންބަރުން ވިދާޅުވި އެވެ. އަދި އެ ބިލުގެ މަސައްކަތް ކުރިއަށްގެންދިޔުމާމެދު ވިސްނަންޖެހޭ ކަމަށް ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސަައުދުﷲ ހިލްމީ ވަނީ ވިދާޅުވެފަ އެވެ.

"އަޅުގަނޑު ހަމަ ދަންނަވަން ބޭނުންވަނީ މި ބިލު އަޅުގަނޑުމެން ކުރިއަށްގެންދިޔުމާ ދޭތެރޭގައި އިތުރަށް ވިސްނައިލަން އެބަޖެހޭ ނޫނިއްޔާމު އަޅުގަނޑުމެންގެ ދާއިރާގެ ރައްޔިތުންގެ ހިޔާލު ހޯދާލަންޖެހޭ،" ސައުދުﷲ ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެއްބަސްވުން ބާތިލުކޮށް، ބަދަލެއްވެސް ނުދޭނަން: ޔާމީން

ރަސްމާލެއިން ބިން ދޫކުރުމަށް ޔޫއޭއީގެ އީގަލް ހިލްސްއާއެކު ވެފައިވާ އެއްބަސްވުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށާއި، ދެން އުފެދޭ ވެރިކަމެއްގައި އެ އެއްބަސްވުން ބާތިލުކޮށް އެއްވެސް ބަދަލެއް ނުދޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި. އަދި މި މުއާމަލާތުގައި ބައިވެރިވި ފަރާތްތަކުގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގައި އަދަބު ދޭނެ ކަމަށް.

މެނިފެސްޓޯގައި ނެތް ކަމެއް ކުރަންޏާ ޖެހޭނީ ވޯޓަށް އަހަން: އަލީ

ރިޔާސީ މެނިފެސްޓޯގައި ނެތް ކަމެއް ކަމަށްވާ ބޭރު މީހުންނަށް ރާއްޖެއިން ބިން ދިނުން ފަދަ ކަންކަން ކުރަންވާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމަށް ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވި. ގައުމީ ބޮޑެތި މައްސަލަތަކުގައި ރައްޔިތުންގެ ހިޔާލު ހޯދުމަކީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް އޮތް ގާނޫނީ ވާޖިބެއްކަން އޭނާ ފާހަގަކުރެއްވި.

ވެރިކަމުގެ ދަހިވެތިކަމުގެ ކުރިޔަށް ގައުމީ ސަލާމަތް ނެރޭ: މުއިއްޒު

ވެރިކަމުގެ ދަހިވެތިކަމާއި ޒާތީ ހަސަދައިގެ ކުރިއަށް ގައުމީ ސަލާމަތާއި ފަރުދުންގެ އުފާވެރިކަން އިސްކުރުމަށް ހުރަވީ ދުވަހުގެ މެސެޖުގައި ރައީސް މުއިއްޒު ގޮވާލައްވައިފިއެވެ. މީގެ އިތުރުން ދަރަނީގެ އަޅުވެތިކަމުން ސަލާމަތްވެ، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށްޓަކައި ސިޔާސީ ޖަޒުބާތުތަކުގެ ބަދަލުގައި ގައުމީ އިހުލާސްތެރިކަން އިސްކުރުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.

ރަސްމާލެ އެއްވުމުގައި ހަމަނުޖެހުމެއް ނުހިނގާނެ ކަމަށް އަންގައިފި

ރަސްމާލެއިން އީގަލް ހިލްސްއަށް ބިން ދިނުމާ ދެކޮޅަށް އެއްވުމަކީ އެއްވެސް ހަމަނުޖެހުމެއް ނުހިނގާނެ ސުލްހަވެރި ހަރަކާތެއް ކަމުގެ ޔަގީންކަން އިންތިޒާމުކުރާ ފަރާތުން ފުލުހުންނަށް ދީފި. "ދިވެހިންގެ ބިން ދިވެހިންނަށް" ހަރަކާތުން ބުނީ، ކުރިން ރޭވިގޮތަށް މިރޭ 8:30 ގައި މި ހަރަކާތް އޮންނާނެ ކަމަށާއި ކުދިބޮޑު އެންމެނަށް ދައުވަތުއަރުވާ ކަމަށް.

ރަސްމާލެ އެއްވުން ގާނޫނީ އިމުގެ ތެރޭގައި ބާއްވަން އަންގައިފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މިރޭ އާޓިފިޝަލް ބީޗުގައި ބާއްވާ އެއްވުން ގާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ. ފުލުހުން ބުނެފައިވަނީ މި އެއްވުމާ ގުޅޭ މައުލޫމާތު އިންތިޒާމުކުރާ ފަރާތުން ހިއްސާކޮށްފައި ނުވާތީ، އާންމު ދަތުރުފަތުރަށް ބުރޫނާރާނެހެން ކަންކަން ބެހެއްޓުމަށް އަންގާ ކަމަށް.

"ގައުމީ ހަރަކާތް ހުއްޓާލާނީ ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލުމުން"

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށް، ގައިރު މުސްލިމުންނަށް ވަޒަންވެރިވެވޭ ގޮތަށް ގާނޫނު އިސްލާހުކުރާތީ އެކަމާ ދެކޮޅަށް ފަށާފައިވާ "ގައުމީ ހަރަކާތް" ހުއްޓާލާނީ އެ މަޝްރޫއު ހުއްޓާލުމުން ނުވަތަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމުން ކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ. އަދި މިއީ ސިޔާސީ ހަރަކާތެއް ނޫން ކަމަށާއި، ސަރުކާރުން ރައްޔިތުންގެ އަޑު ނާހައިފި ނަމަ އިހުތިޖާޖުތައް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމުގެ އިންޒާރު އޭނާ ވަނީ ދެއްވާފައެވެ.

ބެނާތައް ކަނޑަމުން ދިޔަ ދެ މީހަކު ހައްޔަރުކޮށްފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގައި ދަމާފައި ހުރި ބެނާތަކެއް ކަނޑަމުންދިޔަ ދެ މީހަކު އާންމުންގެ އެހީތެރިކަމާއެކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައާ ގުޅިގެން ސިޔާސީ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އަޑުއުފުލުމަށް މިރޭ އާޓިފިޝަލް ބީޗުގައި އެއްވުމެއް ބޭއްވުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox