މަޖިލިސް ކައިރިއަށް ޕީއެންސީ އާއި އެމްޑީޕީން ވެސް އެއްވެ މަސްރަހު ހޫނުކޮށްލައިފި

Nov 20, 2024, 8:36 AM
މަޖިލިސް ކައިރިގައި ކުރިއަށްދާ އެއްވުން: ދެ ޕާޓީން ވެސް ދަނީ މުޒާހަރާ ކުރަމުން -- ފޮޓޯ: މިރާޝް ނާޝިމް

މަޖިލިސް ކައިރިގައި ކުރިއަށްދާ އެއްވުން: ދެ ޕާޓީން ވެސް ދަނީ މުޒާހަރާ ކުރަމުން -- ފޮޓޯ: މިރާޝް ނާޝިމް

ޕާޓީ ބަދަލުކޮށްފި ނަމަ ނުވަތަ ޕާޓީއިން ވަކިކޮށްފި ނަމަ މެންބަރުކަމުން ވަކިވާނެކަން ބަޔާންކޮސް ގާނޫނުއަސާސީ އިސްލާހު ކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އިސްލާހުތަކުގެ މަސައްކަތް މިއަދު ކުރިއަށްގެންދާއިރު، މަޖިލިސް ކުރާ ގެ ކައިރިއަށް ވެރިކަން ހިންގާ ޕީއެންސީ އާއި އިދިކޮޅު އެމްޑީޕީން ވެސް އެއްވުމުން މަސްރަހު ހޫނުވެއްޖެ އެވެ.

އެއްވުމުގެ ތެރެއިން އެ ސަރަހައްދުގައި އަމަން ބަލަހައްޓަމުންދިޔަ ފުލުހަކަށް ވެސް ވަނީ އަނިޔާވެފަ އެވެ. އެ ސަރަހައްދުގައި ހުރި މި ނޫހުގެ ނޫސްވެރިން ބުނީ ފުލުސް މީހާއަށް އަނިޔާވީ މުޒާހަރާގެ ބައިވެރިއެއްގެ ފަރާތުން ކަމަށެވެ.

މަޖިލިސް ކައިރިއަށް އެއްވެފައި ތިބި ޕީއެންސީގެ މެންބަރުން ގޮވަމުންދަނީ ގާނޫނުއަސާސީއަށް ހުށަހަޅާފައިވާ އިސްލާހުތައް ފާސް ކުރުމަށެވެ. އެމްޑީޕީގެ ސަޕޯޓަރުން ގޮވަމުންދަނީ އިސްލާހުތައް ބޭރުކޮށްލުމަށެވެ.

ކުއްލި ގޮތަކަށް ގާނޫނުއަސާސީ އިސްލާހު ކުރަން ޕީއެންސީއިން މަސައްކަތް ކުރަނީ ޕާޓީ ބަދަލު ކުރުމުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން އިސްތިއުފާ ދޭންޖެހޭނެ ކަމަށް ބުނާ މާއްދާތައް އެންޓި ޑިފެކްޝަން ގާނޫނުން ބާތިލް ކުރަން ހައި ކޯޓަށް ހުށަހަޅާފައި އޮއްވަ އެވެ.

ގާނޫނުއަސާސީ ބަދަލު ކުރަން ޕީއެންސީ ތަމްސީލު ކުރާ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ހުށަހަޅުއްވަން ހަމަޖެހިފައިވާ ބިލުގައި ބުނެފައި ވަނީ "ސިޔާސީ ޕާޓީގެ މެންބަރަކު ގާނޫނުގައިވާ ގޮތުގެ މަތިން" ވަކިކޮށްފި ނަމަ މެންބަރުކަމުން ވަކިވާނެ ކަމަށެވެ.

މިހާރު އަމަލު ކުރާ އެންޓި ޑިފެކްޝަން ގާނޫނުގައި ބުނަނީ، ސިޔާސީ ޕާޓީއަކުން މެންބަރަކު ވަކިވެއްޖެ ނަމަ ވަކި ކުރީ ރަނގަޅަށްތޯ ކަނޑައަޅަން އެމީހަކަށް ކޯޓަށް ދެވިދާނެ ކަމަށެވެ. އަދި ވަކި ކުރީ ރަނގަޅަށް ކަމަށް ކޯޓުން ނިންމައިފި ނަމަ އޭނާ މަގާމުން އިސްތިއުފާދޭންޖެހޭނެ ކަމަށް ވެސް އެ ގާނޫނުގައި ބުނެ އެވެ.

ނަމަވެސް މާދަމާ ހުށަހަޅާ އިސްލާހުތައް އޮތް ގޮތަށް ފާސްވެއްޖެ ނަމަ ސިޔާސީ ޕާޓީއަކުން އޭނާ ވަކިކޮށްފި ނަމަ މެންބަރު ކަމުން ވެސް ވަގުތުން ވަކިވާނެ އެވެ.

އޭގެ އިތުރުން، ޕާޓީއަކަށް ނިސްބަތްނުވާ މެންބަރަކު ޕާޓީއަކަށް ސޮއިކޮށްފި ނަމަވެސް މަގާމުން ވަކިވާނެ ކަމަށް މާދަމާ ހުށަހަޅާ ބިލުގައި ވަނީ ބުނެފަ އެވެ.

މީގެ ކުރިން މިފަދަ ގޮތަކަށް ފަރުމާކޮށްފައި އޮތް ގާނޫނެއް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފާސް ކުރި އެވެ. އެ ގާނޫނު ފާސް ކުރީ ރެޓްރޯސްޕެކްޓިވްކޮށް އަމަލު ކުރެވޭ ގޮތަށް، ގާނޫނު ފާސް ކުރުމުގެ ކުރިން ޕާޓީން ވަކިވި ނުވަތަ ވަކިކޮށްފައިވާ މެންބަރުންގެ ވެސް ގޮނޑި ގެއްލޭ ގޮތަށެވެ.

އެ ގާނޫނުގެ ދަށުން އެއިރު ޕީޕީއެމް އިން ވަކިވި 12 މެންބަރެއްގެ ގޮނޑި ގެއްލުނެވެ. އެކަމަކު، ވެރިކަން ބަދަލުވުމުން އެ ގާނޫނު އުވައިލީ އެވެ.

ޕާޓީ ބަދަލު ކުރުމުން ގޮނޑި ގެއްލޭ މާއްދާތައް މިހާރު އަމަލު ކުރާ އެންޓި ޑިފެކްޝަން ގާނޫނުން އުވާލަން ހުށަހެޅީ އިއްޔެ އެވެ. ނަމަވެސް އަދި އެ މައްސަލަ ހައި ކޯޓުގައި ރަޖިސްޓްރީއެއް ނުކުރެ އެވެ. އެ މައްސަލަ ކޯޓަށް ވެއްދީ އެއްވެސް ޕާޓީއަކަށް ނިސްބަތްނުވާ އަމިއްލަ ފަރާތަކުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލޭގެ ޕްރޮޕަޓީއެއް ގަންނަ ކޮންމެ ފަހަރަކު އާ ލީސްއެއް ލިބޭނެ

މުއްތަލިބު މިރޭ ދެއްކި ވާހަކަ، އީގަލްސް ހިލްސް އިން ދެއްކި ވާހަކައާ ފުށުއެއް ނާރަ އެވެ. މުއްތަލިބު ވިދާޅުވީ ރަސްމާލެއިން ތަނެއް ގަންނަ މީހަކަށް ލިބޭ ކުލީގެ މުއްދަތު 99 އަހަރަށްވުރެ އިތުރު ކުރުމުގެ ފުރުސަތު އޭނާއަށް ނޯންނާނެ ކަމަށެވެ. ނަމަވެސް އޭނާ އެތަން ވިއްކާލައިފި ނަމަ ގަންނަ ފަރާތަށް ލިބޭނީ އާ ލީސްއެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ރައީސް މުއިއްޒާއި މިނިސްޓަރު މުއްތަލިބުގެ ވާހަކަ ދިމައެއްނުވި

ނަމަވެސް މީހަކު އެތަނުން ޕްރޮޕަޓީއެއް ވިއްކާލަން ބޭނުންވެއްޖެ ނަމަ ސަރުކާރުން ކުޅޭނީ ހަމައެކަނި މެދުވެރިއެއްގެ ރޯލު ކަމަށް، ރަސްމާލެ ވިއްކާލަން އީގަލްސް ހިލްސްއާއެކު ކޮމާޝަލް ޓާމްސް އެގްރިމެންޓުގައި ސޮއި ކުރެއްވި މުއްތަލިބު ވިދާޅުވި އެވެ.

މާލޭގެ ބޮޑު ސަރަހައްދެއް ފެނުގެ ތެރޭގައި

ހުއްޓުމެއްނެތި ބޯކޮށް ވާރޭވެހުމުގެ ސަބަބުން މާލޭގެ ބޮޑު ސަރަހައްދެއްގައި ފެންބޮޑުވެފައިވާއިރު، އެމްއެންޑީއެފުން ދަނީ ފެންހިންދުމުގެ މަސައްކަތް ކުރަމުންނެވެ. ކުރިއަށް އޮތް ދުވަސްތަކުގައިވެސް މޫސުން ގޯސްވާނެތީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށާއި މޫސުމަށް ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.

ކުރިއަށް އޮތް 24 ގަޑިއިރު ވިއްސާރަވާނެކަމަށް ލަފާކޮށްފި

ބޭ އޮފް ބެންގާލް އާއި އަރަބި ކަނޑުގައި އުފެދިފައިވާ ކޮޅިގަނޑުތަކުގެ ސަބަބުން، ކުރިއަށް އޮތް 24 ގަޑިއިރު މުޅި ރާއްޖެއަށް ވިއްސާރަކޮށް، ކުރިއަށް އޮތް ތިން ދުވަހު ވައިގަދަވެ ކަނޑުތައް ގަދަވާނެތީ ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

ޖިންސީ ތުހުމަތެއް އަމާޒުވީ ގާޒީ އިހްސާން އިސްތިއުފާ ދެއްވައިފި

"ސިވިލް ކޯޓުގެ ގާޒީ އަލްއުސްތާޒު އަބްދުﷲ އިހްސާން 21 އޮކްޓޫބަރު 2026 އިން ފެށިގެން ފަނޑިޔާރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވާ ކޮމިޝަނަށް ހުށަހަޅުއްވާފައިވާތީ، މިއަދުން ފެށިގެން އަލްއުސްތާޒު އަބްދުﷲ އިހްސާން ފަނޑިޔާރުކަމުގެ މަގާމުން ވަނީ ވަކިވެފަ،" ޖޭއެއްސީ އިން ބުނެފައިވެ އެވެ.

އައްޑޫ ޑިޖިޓަލް ހަބް އޮކްސީކާއާ ހަވާލުކޮށްފި

އައްޑޫ ސިޓީ ކައުންސިލްގެ ޚިދުމަތްތައް ޑިޖިޓަލްކޮށް ޒަމާނީ ކުރުމަށްޓަކައި "އައްޑޫ ޑިޖިޓަލް ހަބް" ފަރުމާކޮށް ތަރައްގީކުރުމުގެ މަސައްކަތް ދިވެހި ކުންފުންޏެއް ކަމަށްވާ އޮކްސީކާއާ ހަވާލުކޮށްފިއެވެ. މި މަޝްރޫއުގެ ދަށުން 65 އަށްވުރެ ގިނަ ޚިދުމަތް އޮންލައިންކޮށް ލިބޭނެ އިންތިޒާމު ހަމަޖެހި، ކައުންސިލަށް ދާންޖެހޭ ދިއުމާއި ކަރުދާހުގެ މަސައްކަތްތައް މަދުވެ ޚިދުމަތްތައް އަވަސްވެގެންދާނެއެވެ.

ދެކުނު ރަށެއްގައި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައެއް

މި މައްސަލައާ ގުޅިގެން މިހާތަނަށް އެކަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު، ކުޑަކުދިންގެ ރައްކާތެރިކަމަށްޓަކައި ހާދިސާ ހިނގި ރަށާއި ހައްޔަރުކުރި މީހާގެ ތަފުސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

Newsletter

Get the latest news delivered straight to your inbox