އަމޮރިމް ހުރީ ޔުނައިޓެޑަށް ހައްގުވާ މަގާމަށް އެ ޓީމު ގެންގޮސްދޭން

Nov 16, 2024, 4:11 AM
އަމޮރިމް ހުރީ ޔުނައިޓެޑަށް ހައްގުވާ މަގާމަށް އެ ޓީމު ގެންގޮސްދޭން

މެންޗެސްޓާ (ނޮވެމްބަރު 16) - މެންޗެސްޓާ ޔުނައިޓެޑާ ހަވާލުވި ޕޯޗުގީސް ޒުވާން ކޯޗު، ރުބެން އަމޮރިމްގެ މައިގަނޑު ވިސްނުމަކީ، ޒަމާނުއްސުރެ މެންޗެސްޓާ ޔުނައިޓެޑް އޮތް ކާމިޔާބު ލެވަލް އަދި އެ ޓީމަށް އެންމެ ހައްގުވާ މަގާމަށް އެ ކްލަބް ގެންގޮސްދިނުމަށް ކަމަށް ބުނެފި އެވެ.

އެރިކް ޓެން ހާގް، ދެ އަހަރާއި ބައިގެ މުއްދަތަކަށް ފަހު، ޔުނައިޓެޑްގެ ކޯޗުކަމުން ވަކިކުރިއިރު، ޔުނައިޓެޑުން ވަނީ ބަދަލެއްގެ ގޮތުގައި ބަހާލައިގެން ޓެން ހާގަށް 20 މިލިއަން ޑޮލަރު ދައްކަން ނިންމައިފަ އެވެ. އަދި ޔުނައިޓެޑުން އާ ކޯޗަކަށް ގެނައި އަމޮރިމް، އެ ޓީމަށް ގެންނަަން ސްޕޯޓިން އަށް ދެއްކި ފީ 10 މިލިއަން ޑޮލަރަށް ވުރެ އިތުރެވެ.

ޔުނައިޓެޑާ ރަސްމީކޮށް ހަވާލުވުމުގެ ކުރިން، ވިސާ ކަންކަން ފުރިހަަމަ ކުރަމުން އަންނަ އަމޮރިމް އަކީ 2013 ވަނަ އަަހަރު އަލެކްސް ފާގަސަން ރިޓަޔާކުރި ފަހުން، ޔުނައިޓެޑާ ހަވާލުވާނެ 10 ވަނަ ކޯޗެވެ. އޭގެ ތެރޭގައި ހިމެނެނީ، ފަސް ފުލް ޓައިމް ކޯޗުންނާއި ހަތަރު ކެއާޓޭކާ/އިންޓަރިމް ކޯޗުންނެވެ.

Advertisement

ޔުނައިޓެޑްގެ މީޑިއާ ޓީމަށް ދިން އިންޓަވިއުއެއްގައި އަމޮރިމް ބުނީ، ޔުނައިޓެޑަކީ އަބަދުވެސް ކާމިޔާބު ޓީމެއްގެ ގޮތުގައި އޮންނަން ޖެހޭ ލެވަލްގެ ކްލަބެއް ކަމަށެވެ. އަދި އަހަރުތަކެއް ވަންދެން، ޔުނައިޓެޑަށް އެ މަގާމަށް ނުދެވި އޮތް އޮތުން ބަދަލުކުރަން އޭނާ މަސައްކަތްކުރާނެ ކަމަށް އަމޮރިމް ވަނީ ބުނެފަ އެވެ.

"އަހަރެން ގަބޫލުކުރަން، މި ކްލަބަށް ހައްގުވާ މަގާމަށް މި ޓީމު ގެންދަން އަހަންނަށް ކާމިޔާބު މަސައްކަތެއް ކުރެވޭނެ ކަމަށް،" އަމޮރިމް ބުންޏެވެ.

ކުރިން ޕޯޗުގަލް ގައުމީ ޓީމަށް ކުޅުނު އަމޮރިމް، ވަނީ ސްޕޯޓިން އަށް ދެ ފަހަރު ޕޯޗުގީސް ލީގު ކާމިޔާބުކޮށްދީފަ އެވެ. އޭގެ ތެރެއިން ފުރަތަމަ ފަަހަރަކީ، 19 އަހަރު ތެރޭ ސްޕޯޓިން އަށް ލީގު ލިބުނު ފުރަތަަމަ ފަހަރެވެ.

އަމޮރިމް ބުނީ ޔުނައިޓެޑްގެ ކާމިޔާބު ތާރީހުން އިބުރަތް ހޯދައި، އުނދަގޫ ވަގުތުތަކުގައި ވެސް ކްލަބްގެ އެންމެން އެއް ވިސްނުމެއްގައި ހުރެގެން ހާސިލްކުރި ކަންކަން ޓީމުގެ ކުޅުންތެރިންނާއި އެންމެން ދަސްކޮށް އެ ކަންކަމާ ވިސްނަން ޖެހޭ ކަމަށެވެ.

"އެބަ ހުރި ފެންނަން މި ޓީމު ހޯދި ތަށިތަށް. ދެން މި ކްލަބުން ތަހައްމަލުކުރި ހިތްދަތި، އުނދަގޫ ކަނކްަން ވެސް އެ ހުރީ ފެންނަން، އެހެންވީމަ، އެ ހުރިހާ ކަމަކުން ވެސް ހިތްވަރު ހޯދައި އަހަރެމެން އެބަޖެހޭ މި ކަންކަން ރަނގަޅުކުރަން،" އަމޮރިމް ބުންޏެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ޔުނައިޓެޑް އޮތީ 11 މެޗުން 15 ޕޮއިންޓާ އެކު، 13 ވަނައިގަ އެެވެ. އަދި ޔޫރޮޕާ ލީގުގައި ޔުނައިޓެޑް އޮތީ، ހަތަރު މެޗުން ހަ ޕޮއިންޓާ އެކު, 15 ވަަނައިގަ އެެވެ.

އަމޮރިމް ބުނީ, މި ސީޒަނުގައި ޔުނައިޓެޑަށް ދިމާވެފައި ހުރި މައްސަލަތަކަށް ހައްލެއް ލިބޭނެ ގޮތަށް ނަތީޖާ ނެރެ ޓީމު މުބާރާތްތަކުގެ ތާވަލުތަކުގައި އޮތް ހިސާބު ބަދަލުުކުރަން ޕްލޭނެއް އެބައޮތް ކަމަށެވެ.

ޔުނައިޓެޑުން ދެން އެންމެ އަވަހަށް ކުޅޭ މެޗުގައި ބައްދަލުކުރާނީ ލީގުގައި އިޕްސްވިޗު ޓައުންއާ ދެކޮޅަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބިސް ބުރު ބަލިކޮށް ވިކްޓަރީ ލީގުގެ އެއް ވަނަ އަށް

ދިވެހި ޕްރިމިއާ ލީގުގައި ބިސް ބުރު ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ވިކްޓަރީ ސްޕޯޓްސް ކްލަބް ތާވަލުގެ އެއްވަނައަށް ޖެހިލައިފި. މި މެޗުގައި ވިކްޓަރީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އަހުމަދު ރިޒްވާން، ރަވްޝަންބެކް އަދި އަލް ހާޖީ ގޭރޯ. މި މޮޅާއެކު ވިކްޓަރީން ވަނީ ކުޅުނު ހަތަރު މެޗުން 10 ޕޮއިންޓް ހަމަކޮށްފައި

ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން ހާޒިގު ރިޓަޔާކޮށްފި

ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން ހަސަން ހާޒިގު ރަޝީދު، 16 އަހަރަށްފަހު ގައުމީ ޓީމުން ރިޓަޔާކޮށްފި. އޭނާ ރިޓަޔާކުރީ މެލޭޝިއާގައި ކުރިއަށްދިޔަ އައިސީސީ ޓީ20 ވޯލްޑް ކަޕް ކޮލިފައިންގައި ސައުދީ އަރަބިއްޔާއާ ދެކޮޅަށް ކުޅުނު މެޗަށް ފަހުގައި. ކްރިކެޓް ބޯޑުން ވަނީ ހާޒިގު ގައުމީ ޓީމަށް ކޮށްދިން އަގުހުރި ހިދުމަތްތަކާއި އޭނާގެ ނަމޫނާ އަހުލާގު ފާހަގަކޮށްފައި.

މިސައިލް އެލާޓެއްގައި ޖެހުނު މެޗުގައި ރޮނާލްޑޯގެ ލަނޑެއް

މިސައިލް އެލާޓަކާ ގުޅިގެން 15 މިނިޓު ފަސްކޮށް ފެށި އޭއެފްސީ ޗެމްޕިއަންސް ލީގު އެލީޓްގެ މެޗުގައި، ކްރިސްޓިއާނޯ ރޮނާލްޑޯގެ ލަނޑަކާއެކު އަލް ނަސްރުން ނެފްޓްޝީ ފެރްގާނާ ބަލިކޮށްފި. މިއީ މި މުބާރާތުގައި އަލް ނަސްރުން ހޯދި ފުރަތަމަ މޮޅު ކަމަށްވާއިރު، ރޮނާލްޑޯ މިހާރު ވަނީ އޭނާގެ ކެރިއަރުގައި 981 ލަނޑު ހަމަކޮށްފައި

ރިސޯޓް ސުޕަ ލީގުގެ ފުރަތަމަ މޮޅު އޮޅުވެލި އަށް

ރިސޯޓް ސުޕަ ލީގުގެ ފުރަތަމަ މެޗުގައި ބަރޮސް މޯލްޑިވްސްއާ ވާދަކޮށް 2-1 ގެ ނަތީޖާއަކުން ސަން ސިޔާމް އޮޅުވެލި މޮޅުވެއްޖެ. ޖުމްލަ ހަ ރިސޯޓަކުން ވާދަކުރާ މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 29 ވަނަ ދުވަހު.

އެންރީކޭ އެދެނީ މެންޗެސްޓާ ސިޓީ އަދަަބަކުން ސަލާމަތްވާން

މާލީ ގަވާއިދުތަކާ ހިލާފުވެގެން މެންޗެސްޓާ ސިޓީއަށް ކުރިމަތިވެފައިވާ މައްސަލަތަކުން އެ ކްލަބް ސަލާމަތްވުމަށް އެދޭ ކަމަށް ޕީއެސްޖީގެ ކޯޗު، އެންރީކޭ ބުނެފި. އޭނާ ބުނީ ސިޓީން ހޯދާފައިވާ ކާމިޔާބީތަކަކީ ދަނޑުމަތީގައި ކުރި ބުރަ މަސައްކަތުން ހޯދި ހައްގު ކާމިޔާބީތަކެއް ކަމަށާއި، އެހެންކަމުން އެ ޓީމަށް އަދަބެއް ނުލިބި ސަލާމަތްވާނެ ކަމަށް އުންމީދުކުރާ ކަމަށް

ޔުނައިޓެޑް ބަލި، އާސެނަލާއި ބާސެލޯނާ އަށް މޮޅެއް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުން އެތުލެޓިކޯ މެޑްރިޑް، ބާސެލޯނާ އަދި އާސެނަލް ވަނީ މޮޅުވެފައި. އެތުލެޓިކޯ އިން 2-0 އިން މެންޗެސްޓާ ޔުނައިޓެޑް ބަލިކުރިއިރު، ބާސެލޯނާ އިން ގަލަތަސަރާއި އަތުން 4-1 އިން އަދި އާސެނަލުން ލިލް އަތުން 3-0 އިން ވަނީ މޮޅުވެފައި

އިންފަންޓީނޯ އަށް ވޯލްޑް ކަޕާ ގުޅޭ 1.7 މިލިއަން ޑޮލަރު ލިބުނު

ފީފާގެ ރައީސް އިންފަންޓީނޯ އަށް 2026 ވަނަ އަހަރުގެ ވޯލްޑް ކަޕާ ގުޅޭ 1.7 މިލިއަން ޑޮލަރުގެ ޕޭމަންޓެއް ލިބިފައިވާއިރު، އެ ފައިސާގެ ތަފްސީލު ފީފާގެ މާލީ ރިޕޯޓުތަކުގައި ހިމަނާފައި ނުވާ ކަމުގެ ތުހުމަތު ވަނީ ފެންމަތިވެފައި. ނަމަވެސް ފީފާއިން މި ތުހުމަތުތައް ދޮގުކޮށް، ހުރިހާ މާލީ މުއާމަލާތްތަކެއް ހިންގަނީ ދެފުށް ފެންނަ އުސޫލެއްގެ ތެރެއިން ކަމަށް ބުނޭ

Newsletter

Get the latest news delivered straight to your inbox