އެސްޑީއެފްގައި ހުރި ޑޮލަރު ބޭނުންކޮށްފައިވާ ކަމަށް ރައީސް އެއްބަސްވެވަޑައިގެންފި

ރައީސް ޑރ. މުހައްމަދު މުއިއްޒު ޖުމްހޫރީ ދުވަހުގެ ޖަލްސާގައި ވާހަކަދައްކަވަނީ: މިއީ އެސްޑީއެފްގައި ހުރި ފައިސާ ބޭނުންކުރި ކަން ސަރުކާރުން ހާމަކުރި ފުރަތަމަ ފަހަރު -- ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު ޖުމްހޫރީ ދުވަހުގެ ޖަލްސާގައި ވާހަކަދައްކަވަނީ: މިއީ އެސްޑީއެފްގައި ހުރި ފައިސާ ބޭނުންކުރި ކަން ސަރުކާރުން ހާމަކުރި ފުރަތަމަ ފަހަރު -- ފޮޓޯ: ރައީސް އޮފީސް

ދަރަނި ދެއްކޭނެ ކަމުގެ އިތުބާރު ދަމަހައްޓަން އުފައްދާފައިވާ ސޮވެރިން ޑިވެލޮޕްމަންޓު ފަންޑު (އެސްޑީއެފް) އަށް ޖަމާކުރި ޑޮލަރުގެ ތެރެއިން ބައެއް ފައިސާ ބޭނުންކޮށްފައިވާ ކަމަށް ސަރުކާރުން ފުރަތަމަ ފަހަރަށް އެއްބަސްވެއްޖެ އެވެ.

މިކަން ހާމަކުރައްވަމުން ރޭ ބޭއްވި ޖުމްހޫރި ދުވަހުގެ ޖަލްސާގަައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، އެމަނިކުފާނު މި އަހަރުގެ މިހާތަނަށް އެ ފަންޑަށް 78 މިލިއަން ޑޮލަރު ޖަމާކޮށްފައިވާ ކަމަށެވެ. މިއާ ވިއްދައި ދެން ވިދާޅުވީ ޖުމްލައިގައި ރައީސް ވަނީ އެ ފަންޑުން ބައެއް ބޭނުންތަކަށް ފައިސާ ބޭނުންކޮށްފައިވާ ކަމަށް އިއުތިރާފުވެވަޑައިގެންފަ އެވެ.

"ދެން އޭގެން ބޭނުން އެކި ފަހަރު، އެކި ޕޭމަންޓްސްތައް ހެދުމަށް ރައްޔިތުންގެ ހައްގުގައި އަޅުގަނޑުމެން ޕޭމަންޓްސް ހަދާ، އަނެއްކާ އެ ރިކަވާ، ރިޕްލޭސް ކުރަނީ. އެހެންވީމަ އަޅުގަނޑުމެންގެ އަމާޒަކީ 78 މިލިއަނުން 100 މިލިއަން ޑޮލަރަށް، އަދި ގޮސް މި އަންނަ އަހަރު ނިމެންވާއިރަށް 150 މިލިއަން ޑޮލަރާ ހަމައަށް ވެސް ގެންދިޔުން،" ރައީސް ވިދާޅުވި އެވެ.

ރައީސް މިކަން ހާމަކުރެއްވި އިރު، އެއްވެސް ބޭނުމަކަށް އެސްޑީއެފްގައި ހުރި ފައިސާ ބޭނުންކުރި ކަމަކަށް ސަރުކާރުން ނުބުނެ އެވެ. ސަރުކާރުން ނުބުނި ނަމަވެސް، އިތުބާރު ހުރި މަސްދަރުތަކާ ހަވާލާދީ "އަދަދު" އިން ވާނީ އެސްޑީއެފްގައި ހުރި ފައިސާ އެކި ފަހަރު މަތިން ބޭނުންކޮށްފައިވާ ކަމުގެ ހަބަރުތައް ގެނެސްދީފަ އެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ދަށުން ފިނޭންސް މިނިސްޓްރީން ހުށަހަޅައިގެން ހޯދި މައުލޫމާތުން ދައްކާ ގޮތުގައި އެސްޑީއެފްގައި ހުރި ޑޮލަރު ބޭނުންކުރީ ރަސްމީ ޑޮލަރު ރިޒާވު ރަނގަޅު ކުރުމަށެވެ. މިކަން އެނގެނީ މިދިޔަ އޮގަސްޓު 15، ގައި އެސްޑީއެފްގައި 56 މިލިއަން ޑޮލަރާ ގާތްކުރާ އަދަދަކަށް ހުރުމަށް ފަހު، އެ މަސް ނިމުނުއިރު ހުރި ފައިސާގެ އަދަދު 49 މިލިއަން ޑޮލަރަށް ވެއްޓިފައިވާތީ އެވެ.

އޭގެ ފަހުން ވެސް ސަރުކާރުން ވަނީ ޑޮލަރު ބޭނުންވެގެން އެސްޑީއެފްގައި ހުރި ފައިސާ ނަގައި، ބޭނުންކޮށްފަ އެވެ. މި ނޫހަށް މައުލޫމާތު ދިން މީހުން ބުނި ގޮތުގައި މިދިޔަ މަހުގެ 10، ގެ ނިޔަލަށް އެސްޑީއެފްގައި ހުރީ 20 މިލިއަން ޑޮލަރެވެ. އެ ފަންޑުން ނެގި ފައިސާގެ ތެރޭގައި އެޗްޑީސީގެ ލޯނެއް ދައްކަން ނެގި ފައިސާ ވެސް ހިމެނޭ ކަމަށް ވެސް އެ މީހުން ބުންޏެވެ.

އެސްޑީއެފްއިން ފައިސާތަކެއް ބޭނުންކުރި ކަމަށް ރައީސް ވިދާޅުވި ނަމަވެސް، ރައީސްގެ ވާހަކައިގެ ތެރެއިން އެކަމާ ގުޅޭ އިތުރު ތަފުސީލެއް ނުދެއްވަ އެވެ. އެހެންކަމުން އެ ފަންޑަށް 78 މިލިއަން ޑޮލަރު ޖަމާކުރި ނަމަވެސް މިހާރު އެ ފަންޑުގައި ހުރި ކިހާ ޑޮލަރެއް ކަމެއް ނޭނގެ އެވެ.

ރިޒާވުގެ ހާލަތު ދަށް ވުމާ ގުޅިގެން މި ނޫހުން ވާހަކަ ދެއްކި ތަޖުރިބާކާރުން އޭރު ވެސް ބުނީ، އިތުރު ފައިސާތަކެއް ނުލިބޭ ނަމަ އެސްޑީއެފްގައި އަތްލާން ޖެހޭނެ ކަމަށެވެ. ނަމަވެސް މިކަމަށް ރައްދުދީ ސަރުކާރުގެ އިސް ފަރާތްތަކުން ބުނަމުން ދިޔައީ ރިޒާވުގެ ހާލަތު ރަނގަޅުކޮށް، ހަރަދުތައް ހަމަޖައްސާނީ އެ ފަންޑުގައި ހުރި ފައިސާ ބޭނުންނުކޮށް ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox