ޔުނައިޓެޑާ ހަވާލުވީ ފައިސާ އަކަށް ނޫން: އަމޮރިމް

Nov 5, 2024, 1:13 AM
ޔުނައިޓެޑާ ހަވާލުވީ ފައިސާ އަކަށް ނޫން: އަމޮރިމް

މެންޗެސްޓާ (ނޮވެމްބަރު 5) - މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމާ ހަވާލުވާން ލިބުނު އޮފާ ގަބޫލުކުރީ ފައިސާ އަކަށް ނޫން ކަމަށާއި އެއީ އަބަދުވެސް ބޭނުންވެފައި ހުރި ފުރުސަތެއް ކަމަށް އެ ޓީމުގެ ކޯޗުކަމާ ހަވާލުވާން ތައްޔާރުވަމުން އަންނަ ރުބެން އަމޮރިމް ބުނެފި އެވެ.

އަމޮރިމް، 39، ކޯޗަކަށް ގެންނަން ޔުނައިޓުން ހުރިހާ ކަމެއް ނިންމައި، އިއުލާނުކުރި ނަމަވެސް އޭނާ އަށް ޔުނައިޓެޑްގެ ކޯޗުގެ ޒިންމާއާ ހަވާލުވެވޭނީ 10 ދުވަސް ފަހުން ކަމަށް ޔުނައިޓެޑުން ވަނީ ބުނެފަ އެވެ.

ސްޕޯޓިންގެ އެއްބަސްވުމުގައިވާ ނޯޓިސް މުއްދަތު ހަމަކޮށް، މި މަހު 11 ވަނަ ދުވަހު، އަމޮރިމް ޔުނައިޓެޑާ އެކު މަސައްކަތް ފަށާނީ 2027 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އޮތް ކޮންޓްރެކްޓެއްގަ އެވެ.

ޔުނައިޓެޑާ ހަވާލުވާން ނިންމައި، މި ހޭދަކުރި ހަފްތާއެއްހާ ދުވަަހަކީ އޭނާގެ ހަޔާތުގައި ހަނދާނުން ފޮހެލަން ދަތި ދުވަސްތަކެއް ކަމަށް އަމޮރިމް ވަނީ ބުނެފަ އެެވެ. އެއީ، ދޫކޮށްލަން ޖެހޭ ޓީމަކީ ހަޔާތުގައި ވަރަށް ހާއްސަ ޓީމެއް ކަމަށްވާއިރު، ހަވާލުވާން ނިންމާފައި އޮތް ޓީމު، ޔުނައިޓެޑަކީ ދުނިޔޭގެ އެންމެ ބޮޑު އެއް ކްލަބަށް ވުމުން ކަމަށް އަމޮރިމް ވަނީ ބުނެފަ އެވެ.

"ހަގީގަތުގައި ޔުނައިޓެޑަކީ ދުނިޔޭގެ އެންމެ ބޮޑު އެއް ކްލަބް. އަަހަރެން ބޭނުންވީ ވެސް މި ކްލަބް. އެހެން ކްލަބްތަކުން އަހަންނަށް އެތައް ގުނައެއް ރަނގަޅު މުސާރަ ދޭން އެއްބަސްވެފައި އޮތީ. އެކަމަކު، އަހަރެން ޔުނައިޓެޑާ ގުޅުނީ ފައިސާއަކަށް ނޫން ކަން ދައްކައިދޭން ބޭނުމީ، އަހަރެން ގަޔާވީ އެ ކްލަބް އޮތް ހާލަތާއި ޕްރޮޖެކްޓަށް،" ޗެމްޕިއަންސް ލީގުގައި މިރޭ މެންޗެސްޓާ ސިޓީއާ ކުޅޭ މެޗުގެ ކުރިން ސްޕޯޓިންގެ ކޯޗުގެ ޒިންމާއާ އަދި ހަވާލުވެހުރި އަމޮރިމް ބުންޏެވެ.

ސްޕޯޓިންގެ ޑިރެކްޓަރު، ހޫގޯ ވިއާނާ، މި ސީޒަން ނިމުމުން މެންޗެސްޓާ ސިޓީގެ އެ މަގާމާ ހަވާލުވާއިރު، އަމޮރިމް އަންނަ ހަފްތާގައި ގުޅެނީ ސިޓީގެ ވާދަވެރި ޔުނައިޓެޑާ އެވެ. އަމޮރިމް ބުނީ، އޭނާ އާއި ވިއާނާއާ ދެމެދު އޮންނަ ގުޅުން އަބަދުވެސް ދެމިއޮންނާނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބިސް ބުރު ބަލިކޮށް ވިކްޓަރީ ލީގުގެ އެއް ވަނަ އަށް

ދިވެހި ޕްރިމިއާ ލީގުގައި ބިސް ބުރު ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ވިކްޓަރީ ސްޕޯޓްސް ކްލަބް ތާވަލުގެ އެއްވަނައަށް ޖެހިލައިފި. މި މެޗުގައި ވިކްޓަރީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އަހުމަދު ރިޒްވާން، ރަވްޝަންބެކް އަދި އަލް ހާޖީ ގޭރޯ. މި މޮޅާއެކު ވިކްޓަރީން ވަނީ ކުޅުނު ހަތަރު މެޗުން 10 ޕޮއިންޓް ހަމަކޮށްފައި

ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން ހާޒިގު ރިޓަޔާކޮށްފި

ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން ހަސަން ހާޒިގު ރަޝީދު، 16 އަހަރަށްފަހު ގައުމީ ޓީމުން ރިޓަޔާކޮށްފި. އޭނާ ރިޓަޔާކުރީ މެލޭޝިއާގައި ކުރިއަށްދިޔަ އައިސީސީ ޓީ20 ވޯލްޑް ކަޕް ކޮލިފައިންގައި ސައުދީ އަރަބިއްޔާއާ ދެކޮޅަށް ކުޅުނު މެޗަށް ފަހުގައި. ކްރިކެޓް ބޯޑުން ވަނީ ހާޒިގު ގައުމީ ޓީމަށް ކޮށްދިން އަގުހުރި ހިދުމަތްތަކާއި އޭނާގެ ނަމޫނާ އަހުލާގު ފާހަގަކޮށްފައި.

މިސައިލް އެލާޓެއްގައި ޖެހުނު މެޗުގައި ރޮނާލްޑޯގެ ލަނޑެއް

މިސައިލް އެލާޓަކާ ގުޅިގެން 15 މިނިޓު ފަސްކޮށް ފެށި އޭއެފްސީ ޗެމްޕިއަންސް ލީގު އެލީޓްގެ މެޗުގައި، ކްރިސްޓިއާނޯ ރޮނާލްޑޯގެ ލަނޑަކާއެކު އަލް ނަސްރުން ނެފްޓްޝީ ފެރްގާނާ ބަލިކޮށްފި. މިއީ މި މުބާރާތުގައި އަލް ނަސްރުން ހޯދި ފުރަތަމަ މޮޅު ކަމަށްވާއިރު، ރޮނާލްޑޯ މިހާރު ވަނީ އޭނާގެ ކެރިއަރުގައި 981 ލަނޑު ހަމަކޮށްފައި

ރިސޯޓް ސުޕަ ލީގުގެ ފުރަތަމަ މޮޅު އޮޅުވެލި އަށް

ރިސޯޓް ސުޕަ ލީގުގެ ފުރަތަމަ މެޗުގައި ބަރޮސް މޯލްޑިވްސްއާ ވާދަކޮށް 2-1 ގެ ނަތީޖާއަކުން ސަން ސިޔާމް އޮޅުވެލި މޮޅުވެއްޖެ. ޖުމްލަ ހަ ރިސޯޓަކުން ވާދަކުރާ މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 29 ވަނަ ދުވަހު.

އެންރީކޭ އެދެނީ މެންޗެސްޓާ ސިޓީ އަދަަބަކުން ސަލާމަތްވާން

މާލީ ގަވާއިދުތަކާ ހިލާފުވެގެން މެންޗެސްޓާ ސިޓީއަށް ކުރިމަތިވެފައިވާ މައްސަލަތަކުން އެ ކްލަބް ސަލާމަތްވުމަށް އެދޭ ކަމަށް ޕީއެސްޖީގެ ކޯޗު، އެންރީކޭ ބުނެފި. އޭނާ ބުނީ ސިޓީން ހޯދާފައިވާ ކާމިޔާބީތަކަކީ ދަނޑުމަތީގައި ކުރި ބުރަ މަސައްކަތުން ހޯދި ހައްގު ކާމިޔާބީތަކެއް ކަމަށާއި، އެހެންކަމުން އެ ޓީމަށް އަދަބެއް ނުލިބި ސަލާމަތްވާނެ ކަމަށް އުންމީދުކުރާ ކަމަށް

ޔުނައިޓެޑް ބަލި، އާސެނަލާއި ބާސެލޯނާ އަށް މޮޅެއް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުން އެތުލެޓިކޯ މެޑްރިޑް، ބާސެލޯނާ އަދި އާސެނަލް ވަނީ މޮޅުވެފައި. އެތުލެޓިކޯ އިން 2-0 އިން މެންޗެސްޓާ ޔުނައިޓެޑް ބަލިކުރިއިރު، ބާސެލޯނާ އިން ގަލަތަސަރާއި އަތުން 4-1 އިން އަދި އާސެނަލުން ލިލް އަތުން 3-0 އިން ވަނީ މޮޅުވެފައި

އިންފަންޓީނޯ އަށް ވޯލްޑް ކަޕާ ގުޅޭ 1.7 މިލިއަން ޑޮލަރު ލިބުނު

ފީފާގެ ރައީސް އިންފަންޓީނޯ އަށް 2026 ވަނަ އަހަރުގެ ވޯލްޑް ކަޕާ ގުޅޭ 1.7 މިލިއަން ޑޮލަރުގެ ޕޭމަންޓެއް ލިބިފައިވާއިރު، އެ ފައިސާގެ ތަފްސީލު ފީފާގެ މާލީ ރިޕޯޓުތަކުގައި ހިމަނާފައި ނުވާ ކަމުގެ ތުހުމަތު ވަނީ ފެންމަތިވެފައި. ނަމަވެސް ފީފާއިން މި ތުހުމަތުތައް ދޮގުކޮށް، ހުރިހާ މާލީ މުއާމަލާތްތަކެއް ހިންގަނީ ދެފުށް ފެންނަ އުސޫލެއްގެ ތެރެއިން ކަމަށް ބުނޭ

Newsletter

Get the latest news delivered straight to your inbox