ސްޕެއިންގައި ފެންބޮޑުވުން: 211 މީހުން މަރުވެ، އެތައް ބަޔަކު ގެއްލިއްޖެ

ސްޕެއިންގައި ފެންބޮޑުވުން: ގިނަ އަދަދެއްގެ ބަޔަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ދަނީ ކުރަމުން -- ފޮޓޯ: އޭއެފްޕީ

ސްޕެއިންގައި ފެންބޮޑުވުން: ގިނަ އަދަދެއްގެ ބަޔަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ދަނީ ކުރަމުން -- ފޮޓޯ: އޭއެފްޕީ

ސްޕެއިންގެ ވެލެންސިއާގައި ފެންބޮޑުވެ މަރުވި މީހުންގެ އަދަދު 211 އަށް އަރާފައިވާއިރު، އެތައް ބަޔަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން ބުނެފި އެވެ.

ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް ވިދާޅުވީ ވެލެންސިއާގައި ފެންބޮޑުވުމުގެ ހާދިސާއާ ގުޅިގެން އިތުރު 5،000 ސިފައިންނާއި 5،000 ފުލުހުން ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި ފެންބޮޑުވުމުގެ ހާދިސާގައި ގިނަ ބަޔަކު ގެއްލުމާ ގުޅިގެން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ހާދިިސާގައި ހާލުގައި ޖެހުނު ފަރާތްތަކަށް އެހީތެރިވެ، ވެލެންސިއާ އާންމު ހާލަތަކަށް ގެނައުމަށް ކަމާ ބެހޭ ފަރާތްތަކުގެ އިތުރުން އެތައް ހާސް ވޮލަންޓިއަރުންނެއް އަންނަނީ ހަރަކާތްތެރިވަމުންނެވެ.

މިދިޔަ ހަފްތާގައި ވެލެންސިއާގައި ފެންބޮޑުވުމުގެ ހާދިސާ ހިނގިއިރު ދުރާލައި އެއްވެސް އިންޒާރެއް ދީފައެއް ނުވެ އެވެ. އެއާއެކު ސްޕެއިންގެ ސަރުކާރަށް އަންނަނީ އެކަމާ ގުޅިގެން ފާޑު ކިޔުންތައް އަމާޒުވަމުންނެވެ.

ހާދިސާގައި އެކި ސަރަހައްދުތަކަށް ލިބުނު ގެއްލުންތަކާ ގުޅިގެން އެހީތެރިކަން ފޯރުކޮށްދިނުމަށް އަންނަނީ ބޮޑެތި ދަތިތައް ދިމާވަމުންނެވެ. މިގޮތުން، މަރުވި މީހުންގެ އަދަދު ބޮޑުތަނުން އިތުރުވެގެންދާނެ ކަމަށް ވަނީ ލަފާ ކޮށްފަ އެވެ.

މިއީ ފަހުގެ ތާރީހެއްގައި މުޅި ޔޫރަޕަށް ވެސް ދިމާވި ފެންބޮޑުވުމުގެ އެންމެ ބޮޑު އެއް ކާރިސާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސެލް ބްރޭންޑް 10 އަހަރަށް ޖަލަށް

އިނގިރޭސި އެކްޓަރު ރަސެލް ބްރޭންޑްގެ މައްޗަށް ރޭޕް ކުރުމާއި ޖިންސީ ގޯނާގެ ކުށް ސާބިތުވެ، 10 އަހަރާއި 6 މަސް ދުވަހަށް ޖަލަށްލުމަށް ލަންޑަނުގެ ކޯޓަކުން ހުކުމްކޮށްފިއެވެ. ފަނޑިޔާރު އޭނާ ސިފަކުރެއްވީ އަންހެނުންގެ ހައްގުތަކަށް އިހުތިރާމްނުކުރާ "ޖިންސީ ޝިކާރަވެރިއެއް"ގެ ގޮތުގައެވެ. މި ހުކުމުގެ ތިންބައިކުޅަ ދެބައި ފުރިހަމަކުރުމުން އޭނާއަށް މިނިވަންވުމުގެ ފުރުސަތު އޮތް ނަމަވެސް، އެއީ ހަރުކަށި އުސޫލުތަކެއްގެ ދަށުންނެވެ.

އެންވީޑިއާގެ ސީއީއޯއާގެ މައްސަލަ އެފްބީއައި އިން ތަހުގީގުކުރަނީ

އެންވީޑިއާގެ ސީއީއޯ ޖެންސަން ހުއަންގް އާއި ޗައިނާގެ ޖާސޫސެއް ކަމަށް ތުހުމަތުކުރެވޭ އަންހެނަކާ އޮތް ގުޅުން އެފްބީއައި އިން ތަހުގީގު ކުރަން ފެށުމާ ގުޅިގެން، އެ ކުންފުނީގެ ބާޒާރުގެ އަގުން 250 ބިލިއަން ޑޮލަރު ވެއްޓިއްޖެއެވެ. މި މައްސަލައިގައި ރައީސް ޓްރަމްޕް ހުއަންގްއާ ވާހަކަދައްކަވާފައިވާއިރު، އެންވީޑިއާ އިން ބުނަނީ މިކަމުގެ ސަބަބުން ކުންފުނީގެ ސިއްރުތަކަށް ނުރައްކަލެއް ނެތް ކަމަށާއި ނަމަވެސް މިނިވަން ތަހުގީގެއް ކުރިއަށްދާ ކަމަށެވެ.

މިސްރުގައި ދެ ރޭލު ޖެހި މަރުވި މީހުންގެ އަދަދު ހަތަކަށް

މިޞްރުގެ ޖީޒާ ކައިރީގައި ދެ ރޭލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ހަތް މީހުން މަރުވެ، 100 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ. މި ހާދިސާއާ ގުޅިގެން ރައީސް އަލް-ސީސީ ވަނީ މައްސަލަ ތަހުގީގުކޮށް އިހުމާލުވި ފަރާތްތަކަށް ފިޔަވަޅު އެޅުމަށް އަމުރުކުރައްވާފައެވެ. އެ ސަރަހައްދުގެ ހޮސްޕިޓަލްތައް މިހާރު ވަނީ ހައި އެލާޓަށް ގެނެސްފައެވެ.

ރިޔާދުގެ މެދުތެރޭގައި ހުންނަ އަރަމްކޯ ޓަވަރަށް ހަމަލާދީފި

ސައުދީ އަރަބިއްޔާގެ ރިޔާދުގެ މަރުކަޒީ ސަރަހައްދުގައި ހުންނަ އަރަމްކޯ ޓަވަރަށް ހޫތީން ދިން ވައިގެ ހަމަލާއެއްގައި އެ އިމާރާތަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ. ސައުދީ ސަރުކާރުން މި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާނުވާކަމަށް ބުނި ނަމަވެސް، ހޫތީން ވަނީ ރިޔާދުގެ އެއާޕޯޓަށާއި ތެޔޮ ރައްކާކުރާ މަރުކަޒުތަކަށްވެސް ހަމަލާދީފައިވާކަމަށް ބުނެފައެވެ. މި ހަމަލާތަކަކީ ޔަމަނަށް ސައުދީން ދިން ހަމަލާއެއްގެ ބަދަލުހިފުމެއްގެ ގޮތުން ދިން ހަމަލާތަކެކެވެ.

އިމިގްރޭޝަން ސިޔާސަތު "މާ ހަރުކަށި" ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

އެމެރިކާގެ މިޑްޓާމް އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ކުރިމަތިވި ނާކާމިޔާބީއަށްފަހު، ސަރުކާރުގެ އިމިގްރޭޝަން ސިޔާސަތުތަކަކީ "މާ ހަރުކަށި" ސިޔާސަތުތަކެއް ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ފުރަތަމަ ފަހަރަށް އެއްބަސްވެވަޑައިގެންފިއެވެ. ބޯޑަރު ބެލެހެއްޓުމުގައި ކާމިޔާބީތަކެއް ލިބުނު ނަމަވެސް، ގިނަ އަދަދެއްގެ ބަޔަކު ގައުމުން ބޭރުކުރުމުގެ ސަބަބުން ސިޔާސީ ގޮތުން ގެއްލުންތަކެއް ލިބިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެންވީޑިއާ ސީއީއޯއާއި ޗައިނާ ޖާސޫސަކާ އޮތް ގުޅުން ތަހުގީގު ކުރަނީ

ޗައިނާގެ ޖާސޫސެއް ކަމަށް ތުހުމަތުކުރެވޭ އަންހެނަކާ ގާތް ގުޅުމެއް ބޭއްވި މައްސަލައިގައި، އެންވީޑިއާގެ ސީއީއޯ ޖެންސަން ހުއަންގްގެ މައްސަލަ އެ ކުންފުނިން މިނިވަންކަމާއެކު ތަހުގީގު ކުރަން ފަށައިފިއެވެ. މި މައްސަލައިގައި ޖެންސަން އާއިލާގެ ކިބައިން މައާފަށް އެދިފައިވާއިރު، ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ މައުލޫމާތެއް ބޭރުވެފައިވާކަމުގެ ހެއްކެއް އަދި ފެންނަން ނެތް ކަމަށް އެ ކުންފުނީގެ ބޯޑުން ބުނެއެވެ.

ޓައިޓޭނިކްގެ އިންޝުއަރެންސް ޕޮލިސީ ފުރަތަމަ ފަހަރަށް ނީލަމަށް

ޓައިޓޭނިކް ބޯޓު އަޑިއަށް ދިއުމުގެ 19 ދުވަސް ކުރިން އެ ބޯޓުގެ ހަލް އިންޝުއަރެންސް ކުރި ލިޔުމުގެ ކޮޕީއެއް ފުރަތަމަ ފަހަރަށް ނީލަމެއްގައި ވިއްކާލަން ވަނީ ނިންމާފައެވެ. އަންނަ ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހު ބާއްވާ މި ނީލަމުގައި، މި ތާރީޚީ ލިޔުން 30،000 އާއި 50،000 އިނގިރޭސި ޕައުންޑާ ދެމެދުގެ އަގަކަށް ވިކޭނެ ކަމަށް ބެލެވެއެވެ.

Newsletter

Get the latest news delivered straight to your inbox