ޔުނައިޓެޑްގެ ކޯޗަކަށް އަމޮރިމް ހަމަޖައްސައިފި، މަގާމާ ހަވާލުވާނީ 10 ދުވަސް ފަހުން

Nov 1, 2024, 2:10 PM
ޔުނައިޓެޑްގެ ކޯޗަކަށް އަމޮރިމް ހަމަޖައްސައިފި، މަގާމާ ހަވާލުވާނީ 10 ދުވަސް ފަހުން

މެންޗެސްޓާ (ނޮވެމްބަރު 1) - ހުސްވެފައިވާ މެންޗެސްޓާ ޔުނައިޓެޑްގެ ހެޑް ކޯޗުގެ މަގާމަށް ޕޯޗުގަލްގެ ޒުވާން ކޯޗު ރުބެން އަމޮރިމް ހަމަޖައްސައިފި އެވެ.

އަމޮރިމް، 39، ކޯޗަކަށް ގެންނަން ޔުނައިޓުން ހުރިހާ ކަމެއް ނިންމައި، އިއުލާނުކުރި ނަމަވެސް އޭނާ އަށް ޔުނައިޓެޑްގެ ކޯޗުގެ ޒިންމާއާ ހަވާލުވެވޭނީ 10 ދުވަސް ފަހުން ކަމަށް ޔުނައިޓެޑުން ވަނީ ބުނެފަ އެވެ.

ސްޕޯޓިންގެ އެއްބަސްވުމުގައިވާ ނޯޓިސް މުއްދަތު ހަމަކޮށް، މި މަހު 11 ވަނަ ދުވަހު، އަމޮރިމް ޔުނައިޓެޑާ އެކު މަސައްކަތް ފަށާނީ 2027 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އޮތް ކޮންޓްރެކްޓެއްގަ އެވެ.

ޔުނައިޓެޑްގެ ކޯޗަކަށް ހުރި އެރިކް ޓެން ހާގް، ދެ އަހަރާއި ބައިގެ މުއްދަތަކަށް ފަހު ޓީމުގެ ކޯޗުކަމުން ވަކިކުރިއިރު، ޔުނައިޓެޑުން ވަނީ ބަދަލެއްގެ ގޮތުގައި ބަހާލައިގެން ޓެން ހާގަށް 20 މިލިއަން ޑޮލަރު ދައްކަން ނިންމައިފަ އެވެ. އަދި ޔުނައިޓެޑުން އާ ކޯޗަކަށް ގެނައި އަމޮރިމް، އެ ޓީމަށް ގެންނަަން ސްޕޯޓިން އަށް ދެއްކި ފީ 10 މިލިއަން ޑޮލަރަށް ވުރެ އިތުރެވެ.

ޓެން ހާގް ވަކިކުރި ފަހުން ޔުނައިޓެޑްގެ ވަގުތީ ކޯޗަކަށް ހުރީ އޭނާގެ އެސިސްޓަންޓް ރޫޑް ވެން ނިސްޓަލްރޫއި އެވެ. ނިސްޓަލްރޫއިގެ ކޯޗުކަމުގައި ޔުނައިޓެޑުން ވަނީ ލީގު ކަޕްގައި ލެސްޓާ ސިޓީ އަތުން 5-2 އިން މޮޅުވެފަ އެވެ. އެ މެޗަށް ފަހު، ނިސްޓަލްރޫއީ ވަނީ އާ ކޯޗާ އެކު މަސައްކަތްކުރަން ފުރުސަތު ލިިބިއްޖެނަމަ ގަބޫލުކުރާނެ ކަމަށް ބުނެފަ އެވެ.

ޔުނައިޓެޑުން ބުނީ އަމޮރިމް ހަވާލުވަންދެން ޓީމުގެ ކަންކަން ބަލަހައްޓާނީ ނިސްޓަލްރޫއި ކަމަށެވެ.

ލިވަޕޫލާއި ވެސްޓް ހޭމް ޔުނައިޓެޑާ ހަވާލުވުމުގެ ވާހަކަތައް މީގެ ކުރިން ދެކެވުނު އަމޮރިމް، ވަނީ ސްޕޯޓިން އަށް ދެ ފަހަރު ޕޯޗުގީސް ލީގު ކާމިޔާބުކޮށްދީފަ އެވެ. އޭގެ ތެރެއިން ފުރަތަމަ ފަަހަރަކީ، 19 އަހަރު ތެރޭ ސްޕޯޓިން އަށް ލީގު ލިބުނު ފުރަތަަމަ ފަހަރެވެ.

އަމޮރިމް އަކީ 2013 ވަނަ އަަހަރު އަލެކްސް ފާގަސަން ރިޓަޔާކުރި ފަހުން، ޔުނައިޓެޑާ ހަވާލުވާނެ 10 ވަނަ ކޯޗެވެ. އޭގެ ތެރޭގައި ހިމެނެނީ، ފަސް ފުލް ޓައިމް ކޯޗުންނާއި ހަތަރު ކެއާޓޭކާ/އިންޓަރިމް ކޯޗުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބިސް ބުރު ބަލިކޮށް ވިކްޓަރީ ލީގުގެ އެއް ވަނަ އަށް

ދިވެހި ޕްރިމިއާ ލީގުގައި ބިސް ބުރު ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ވިކްޓަރީ ސްޕޯޓްސް ކްލަބް ތާވަލުގެ އެއްވަނައަށް ޖެހިލައިފި. މި މެޗުގައި ވިކްޓަރީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އަހުމަދު ރިޒްވާން، ރަވްޝަންބެކް އަދި އަލް ހާޖީ ގޭރޯ. މި މޮޅާއެކު ވިކްޓަރީން ވަނީ ކުޅުނު ހަތަރު މެޗުން 10 ޕޮއިންޓް ހަމަކޮށްފައި

ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން ހާޒިގު ރިޓަޔާކޮށްފި

ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން ހަސަން ހާޒިގު ރަޝީދު، 16 އަހަރަށްފަހު ގައުމީ ޓީމުން ރިޓަޔާކޮށްފި. އޭނާ ރިޓަޔާކުރީ މެލޭޝިއާގައި ކުރިއަށްދިޔަ އައިސީސީ ޓީ20 ވޯލްޑް ކަޕް ކޮލިފައިންގައި ސައުދީ އަރަބިއްޔާއާ ދެކޮޅަށް ކުޅުނު މެޗަށް ފަހުގައި. ކްރިކެޓް ބޯޑުން ވަނީ ހާޒިގު ގައުމީ ޓީމަށް ކޮށްދިން އަގުހުރި ހިދުމަތްތަކާއި އޭނާގެ ނަމޫނާ އަހުލާގު ފާހަގަކޮށްފައި.

މިސައިލް އެލާޓެއްގައި ޖެހުނު މެޗުގައި ރޮނާލްޑޯގެ ލަނޑެއް

މިސައިލް އެލާޓަކާ ގުޅިގެން 15 މިނިޓު ފަސްކޮށް ފެށި އޭއެފްސީ ޗެމްޕިއަންސް ލީގު އެލީޓްގެ މެޗުގައި، ކްރިސްޓިއާނޯ ރޮނާލްޑޯގެ ލަނޑަކާއެކު އަލް ނަސްރުން ނެފްޓްޝީ ފެރްގާނާ ބަލިކޮށްފި. މިއީ މި މުބާރާތުގައި އަލް ނަސްރުން ހޯދި ފުރަތަމަ މޮޅު ކަމަށްވާއިރު، ރޮނާލްޑޯ މިހާރު ވަނީ އޭނާގެ ކެރިއަރުގައި 981 ލަނޑު ހަމަކޮށްފައި

ރިސޯޓް ސުޕަ ލީގުގެ ފުރަތަމަ މޮޅު އޮޅުވެލި އަށް

ރިސޯޓް ސުޕަ ލީގުގެ ފުރަތަމަ މެޗުގައި ބަރޮސް މޯލްޑިވްސްއާ ވާދަކޮށް 2-1 ގެ ނަތީޖާއަކުން ސަން ސިޔާމް އޮޅުވެލި މޮޅުވެއްޖެ. ޖުމްލަ ހަ ރިސޯޓަކުން ވާދަކުރާ މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 29 ވަނަ ދުވަހު.

އެންރީކޭ އެދެނީ މެންޗެސްޓާ ސިޓީ އަދަަބަކުން ސަލާމަތްވާން

މާލީ ގަވާއިދުތަކާ ހިލާފުވެގެން މެންޗެސްޓާ ސިޓީއަށް ކުރިމަތިވެފައިވާ މައްސަލަތަކުން އެ ކްލަބް ސަލާމަތްވުމަށް އެދޭ ކަމަށް ޕީއެސްޖީގެ ކޯޗު، އެންރީކޭ ބުނެފި. އޭނާ ބުނީ ސިޓީން ހޯދާފައިވާ ކާމިޔާބީތަކަކީ ދަނޑުމަތީގައި ކުރި ބުރަ މަސައްކަތުން ހޯދި ހައްގު ކާމިޔާބީތަކެއް ކަމަށާއި، އެހެންކަމުން އެ ޓީމަށް އަދަބެއް ނުލިބި ސަލާމަތްވާނެ ކަމަށް އުންމީދުކުރާ ކަމަށް

ޔުނައިޓެޑް ބަލި، އާސެނަލާއި ބާސެލޯނާ އަށް މޮޅެއް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުން އެތުލެޓިކޯ މެޑްރިޑް، ބާސެލޯނާ އަދި އާސެނަލް ވަނީ މޮޅުވެފައި. އެތުލެޓިކޯ އިން 2-0 އިން މެންޗެސްޓާ ޔުނައިޓެޑް ބަލިކުރިއިރު، ބާސެލޯނާ އިން ގަލަތަސަރާއި އަތުން 4-1 އިން އަދި އާސެނަލުން ލިލް އަތުން 3-0 އިން ވަނީ މޮޅުވެފައި

އިންފަންޓީނޯ އަށް ވޯލްޑް ކަޕާ ގުޅޭ 1.7 މިލިއަން ޑޮލަރު ލިބުނު

ފީފާގެ ރައީސް އިންފަންޓީނޯ އަށް 2026 ވަނަ އަހަރުގެ ވޯލްޑް ކަޕާ ގުޅޭ 1.7 މިލިއަން ޑޮލަރުގެ ޕޭމަންޓެއް ލިބިފައިވާއިރު، އެ ފައިސާގެ ތަފްސީލު ފީފާގެ މާލީ ރިޕޯޓުތަކުގައި ހިމަނާފައި ނުވާ ކަމުގެ ތުހުމަތު ވަނީ ފެންމަތިވެފައި. ނަމަވެސް ފީފާއިން މި ތުހުމަތުތައް ދޮގުކޮށް، ހުރިހާ މާލީ މުއާމަލާތްތަކެއް ހިންގަނީ ދެފުށް ފެންނަ އުސޫލެއްގެ ތެރެއިން ކަމަށް ބުނޭ

Newsletter

Get the latest news delivered straight to your inbox