ލީގު ބުރުގެ ފަހު މެޗުގައި ގައުމީ ފިރިހެން ވޮލީ ޓީމަށް މޮޅެއް

Oct 23, 2024, 5:53 PM
މިއަދުގެ މެޗުގެ ތެރެއިން ޝަމާއިލް ޕޮއިންޓެއް ހޯދުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ)

މިއަދުގެ މެޗުގެ ތެރެއިން ޝަމާއިލް ޕޮއިންޓެއް ހޯދުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ)

އުޒްބެކިސްތާންގައި މިހާރު ކުރިއަށްދާ, ސެންޓްރަލް އޭޝިއާ ވޮލީބޯލް އެސޯސިއޭޝަން (ކާވާ) މެންސް ވޮލީބޯލް ޗެމްޕިއަންޝިޕްގައި ރާއްޖޭން ލީގު ބުރުގައި ކުޅުނު ފަހު މެޗުގައި ތަޖިކިސްތާން އަތުން 3-1 އިން މޮޅުވެއްޖެ އެވެ.

ހަ ޓީމު ވާދަކުރާ މި މުބާރާތުގައި ރާއްޖޭން ފުރަތަމަ ކުޅުނު ހަތަރު މެޗުން ވެސް ވަނީ ބަލިވެފަ އެވެ. ތުރުކުމެނިސްތާން އަތުން ރާއްޖެ 3-2 ސެޓުން ބަލިވިއިރު، ދެން ކުޅުނު ތިން މެޗުގައި، ކިރްގިސްތާން، އަފްގާނިސްތާން އަދި އުޒްބެކިސްތާން އަތުން ރާއްޖެ ބަލިވީ ސީދާ ތިން ސެޓުންނެވެ.

އުޒްބެކިސްތާންގެ ޓަޝްކެންޓް ވޮލީބޯޅަ ކޯޓުގައި މިއަދު ކުޅުނު މެޗުގެ ސެޓުތައް ދިޔައީ، 25-20، 20-25، 25-23 އަދި 25-22 އިންނެވެ.

މި މެޗުގެ ފުރަތަމަ ސެޓުގައި ރާއްޖޭން ރަނގަޅު ފޯމެއްގައި ކުޅެ، ސެޓަރު، އިޝާން މުހައްމަދު (ބަޓިސް)ގެ ތަޖުރިބާގެ ބޭނުންހިފައި، އެޓޭކަރުން ކަމަށްވާ، ކެޕްޓަން، އިސްމާއިލް ސާޖިދު (ކުޑަކާއްޓެ) އަދި ޒުވާން ތަރި، ޝަމާއިލް ހުސެއިންގެ ބާރު ބޯޅަތަކާ އެކު، އިތުބާރު ހުރި ކުޅުމެއް ދައްކައި، ސެޓު ގެންދިޔަ އެވެ. އެކަމަކު، ދެ ވަނަ ސެޓުގެ މުހިންމު ވަގުތުގައި އާދައިގެ ގޯސްތަކެއް ހެދިގެން، ރާއްޖެ އަތުން ސެޓު ގެއްލި، 1-1 އިން އެއްވަރުވީ އެވެ.

އެކަަމަކު، ފުރަަތަމަ ސެޓުގައި އެ ދެއްކި ރޫހާ އެކު، ތިން ވަނަ ސެޓުގައި އެނބުރި އައިސް ވަރުގަދަ ކުޅުމެއް ދެއްކި އެވެ. މުހައްމަދު އަހުސަން އާއި އާދަމް ފައިރޫޒް ވެސް މި ސެޓުގައި ކުޅުން ރަނގަޅުކުރިއިރު، ފަހު ސެޓުގައި ވެސް މުޅި ޓމުން ހިތްވަރު ގަދަ ކުޅުމެއް ދެއްކި އެވެ. ފަހު ސެޓުގެ އެންމެ މުހިންމު ވަގުތުގައި ޓީމު މޮޅުކޮށްދިނުމުގައި އެޓޭކިންގައި ތަފާތު ދެއްކީ މިއަދުގެ މެޗުގައި ޖުމްލަކޮށް މޮޅަށް ކުޅުނު ޝަމާއިލް އެވެ.

މުހައްމަދު ޝަރަފްގެ ކޯޗުކަމުގައި ގައުމީ ފިރިހެން ޓީމުން މި މުބާރާތާ ކުރިމަތިލާއިރު، ދެން އެ ޓީމަށް އޮތީ ރޭންކިން މެޗެވެ. އެ މެޗުގައި ވެސް ކުޅެން ޖެހޭނީ، ތަޖިކިސްތާނާ ދެކޮޅަށެވެ. މެޗު އޮތީ މާދަމާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2030 ގެ ފީފާ ވޯލްޑް ކަޕްގެ ރައިޓްސްތަކެއް ނެޓްފްލިކްސް އަށް

2030 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް މެޗުތައް ސްޕެއިން އާއި އެންޑޯރާގައި ދެއްކުމުގެ ރައިޓްސް ނެޓްފްލިކްސް އިން ގަނެފި. މި އެއްބަސްވުމުގެ ދަށުން ކޮންމެ ދުވަހަކު އެއް މެޗު ހިލޭ ސްޓްރީމް ކުރާއިރު، އޭގެ ތެރޭގައި ސެމީ ފައިނަލާއި ފައިނަލް މެޗު ވެސް ހިމެނޭ.

ޗައިނާ މުބާރާތުގައި ވެސް ގައުމީ ފުޓްސަލް ޓީމަށް ކޯޗު ޒަކީރޯވް

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވެސް ރާއްޖޭގެ ގައުމީ ޓީމަށް އިރުޝާދުދޭނީ ކޯޗު ފާރޫކް ޒަކީރޯވް ކަމަށް އެފްއޭއެމް އިން ވަނީ ހާމަކޮށްފައި. މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ޓީމުން މިހާރު ފަރިތަކުރުންތައް ފަށާފައިވާއިރު، ރާއްޖޭގެ އިތުރުން މި މުބާރާތުގައި ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާނެ

ގައްދޫ ބަލިކޮށް ބުރު އަށް ސީޒަންގެ ފުރަތަމަ މޮޅު

ދިވެހި ޕްރިމިއާ ލީގުގައި ގދ. ގައްދޫ 2-0 އިން ބަލިކޮށް، ބުރު ސްޕޯޓްސް ކްލަބުން މި ސީޒަނުގެ ފުރަތަމަ މޮޅު ހޯދައިފި. މި މެޗުގެ ލަނޑުތައް ބުރު ސްޕޯޓްސްއަށް ކާމިޔާބުކޮށްދިނީ ޖުއާން އެޑުއާޑޯ ލެސްކާނޯ އާއި އިބްރާހިމް އުސާމާ ހަސަން މަޖީދު

ލަމްޕާޑް އެދުނީ ކަވެންޓްރީ އިން ހަމަބިމުގައި ތިބެން

ކޯޗު ފްރޭންކް ލަމްޕާޑްގެ އިރުޝާދުގެ ދަށުން ކަވެންޓްރީ ސިޓީން 25 އަހަރަށް ފަހު ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި ފުރަތަމަ މޮޅު ހޯދައިފި. ނިއުކާސަލް އަތުން ލިބުނު މި ކާމިޔާބީއާއެކުވެސް، ލަމްޕާޑް ބާރުއެޅީ ޓީމުގެ ސަމާލުކަން ނުގެއްލުވައި ހަމަބިމުގައި ތިބެގެން ކުރިއަށް ދިއުމަށް

އެމެރިކާ އަކީ ފުޓްބޯޅައިގެ ގައުމެއް ނޫން: ޖިރޫ

އެމެރިކާގެ އެލްއޭ އެފްސީއަށް ކުޅުމަށްފަހު ފްރާންސްގެ ލިލް އަށް ބަދަލުވި އޮލިވިއޭ ޖިރޫ ބުނިގޮތުގައި، އެމެރިކާ އަކީ ޔޫރަޕާ އަޅާބަލާއިރު ފުޓްބޯޅައިގެ ޖޯޝާއި ފޯރި ކުޑަ، ހަމައެކަނި ފުޓްބޯޅައިގައި ހިމެނޭ ފައިސާއަށް އިސްކަންދޭ ގައުމެއް

ރާއްޖެ މެޗުގެ ކަންތަކާ ހެދި ލަންކާ ކޯޗު 5000 ޑޮލަރުން ޖޫރިމަނާ

އޭއެފްސީ 20 އަހަރުން ދަށުގެ ކޮލިފައިންގައި ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗަށްފަހު، ދިވެހި ޓީމަށް ބޭއަދަބީ ބަހުން މުހާތަބުކުރި ލަންކާގެ އެސިސްޓަންޓް ކޯޗު މުހައްމަދު އިމްރާން 5000 ޑޮލަރުން އޭއެފްސީން ޖޫރިމަނާކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުން އޭނާ ވަގުތުން މަގާމުން ވަކިކޮށްފައިވާއިރު، ދެ އަހަރު ދުވަހުގެ ސަސްޕެންޝަނެއް ދިނުމަށްވެސް އެ ފެޑެރޭޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ގައްދޫން މި ބުރުގައި ހަ ޕޮއިންޓް ހޯދަންޖެހޭ: ނަޒީހު

ދިވެހި ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ބަލިވެފައިވާ ގައްދޫ ޓީމުން، މި ބުރުގައި ހަ ޕޮއިންޓް ހޯދަން ޖެހޭ ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ނަޒީހު ބުނެފިއެވެ. ބަޖެޓާއި ތަޖުރިބާކާރު ކުޅުންތެރިންގެ ދަތިކަން ހުރި ނަމަވެސް، މިއަދު ބުރު ސްޕޯޓްސްއާ ދެކޮޅަށް ކުޅޭ މެޗަކީ ރަނގަޅު ނަތީޖާއެއް ނެރެން އުންމީދުކުރާ މެޗެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

Newsletter

Get the latest news delivered straight to your inbox