ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންނަށް ވެސް އާސަންދަ ލިބޭތީ ޕީއެންސީ މެންބަރުން ކަންބޮޑުވުން ފާޅުކޮށްފި

ދުންފަތް ބޭނުން ކުރާ މީހުންނަށް އާސަންދަ ލިބޭތީ ކަންބޮޑުވުން ފާޅު ކުރެއްވި މެންބަރުން: ބައެއް މެންބަރުން ވިދާޅުވީ އުމުރުގެ ބޮޑު ބައި ސިނގިރޭޓު ބުއިމަށްފަހު މުސްކުޅިވި ދުވަހު އާސަންދައިން ބޭސް ކުރުމަކީ ކަންބޮޑުވުމެއް ކަމަށް -- ފޮޓޯ: މަޖިލިސް

ދުންފަތް ބޭނުން ކުރާ މީހުންނަށް އާސަންދަ ލިބޭތީ ކަންބޮޑުވުން ފާޅު ކުރެއްވި މެންބަރުން: ބައެއް މެންބަރުން ވިދާޅުވީ އުމުރުގެ ބޮޑު ބައި ސިނގިރޭޓު ބުއިމަށްފަހު މުސްކުޅިވި ދުވަހު އާސަންދައިން ބޭސް ކުރުމަކީ ކަންބޮޑުވުމެއް ކަމަށް -- ފޮޓޯ: މަޖިލިސް

ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންނަށް ވެސް ވެލްފެއާގެ ނިޒާމުގެ ތެރެއިން އާސަންދައިން ބޭސްފަރުވާ ކުރެވޭތީ ވެރިކަން ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ މެންބަރުން އަންގާރަ ދުވަހު ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންނަށް އާސަންދަ ލިބޭތީ ޕީއެންސީގެ މެންބަރުން ކަންބޮޑުވުން ފާޅު ކުރީ، ދުންފަތާއި ވޭޕުގެ ބާވަތްތަކުން ޓެކްސް ބޮޑު ކުރުމުގެ ބިލަށް އިއްޔެ މަޖިލީހުގައި ބަހުސް ކުރައްވަމުންނެވެ.

ކަންބޮޑުވުން ފާޅު ކުރެއްވި މެންބަރުންގެ ތެރޭގައި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް އާއި ވިލިމާލޭ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލް އާއި ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމްދީދީ އާއި ކުޑަހުވަދޫ ދާއިރާގެ މެންބަރު ހުސެއިން ހަމީދު ހިމެނެ އެވެ.

މަޖިލީހުގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ އުމުރުގެ ބޮޑުބައި ސިނގިރޭޓު ބޮއެފައި، މުސްކުޅިވާ ދުވަހު އާސަންދައިން ބޭސް ކުރުމަކީ ވިސްނައިލަންޖެހޭ މައްސަލައެއް ކަމަށެވެ.

"ދިރިއުޅުމުގެ އާދަތައް ބޭނުންހާ ގޮތަކަށް ބަހައްޓާފައި، އުމުރުގެ ބޮޑުބައި ސިނގިރޭޓު ބޮއެފައި، ދުންފަތް ބޭނުންކޮށްފައި އަދި އެނާޖީ ޑްރިންކްސް ފަދަ އަދި ހަކުރު އެޅި އެހެން ބުއިންތައް ބޭނުންކޮށްފައި، އެއްގޮތަކަށް ވެސް ސިއްހަތަށް ބަލައިލުމެއް ނެތި އުޅެފައި، އެ މުސްކުޅިވާ ދުވަހު އާސަންދައަށް ބަރޯސާވެގެން ދައުލަތުން ބޭސްކޮށްދޭންޖެހުމަކީ އަޅުގަނޑުމެން ވަރަށް ބޮޑަށް މިކަމާ ދޭތެރޭ ވިސްނަންޖެހޭ ކަމެއް،" ނާޒިމް ވިދާޅުވި އެވެ.

އިއްޔެގެ ޖަލްސާގައި މުހައްމަދު އިސްމާއިލް ވިދާޅުވީ، ސިނގިރޭޓު ބޯ މީހުންނަށް ވެސް އާސަންދައިން ބޭސް ކުރެވެ ގޮތަށް އޮތް އޮތުން އެއީ އޭނާ ފާހަގަ ކުރަން ބޭނުންވާ ކަމެއް ކަމަށެވެ.

"އަޅުގަނޑު ހަމަ ގޮވައިލަން މި ސިނގިރޭޓުގެ އަމަލުތައް ކޮށްގެން ބޮޑެތި ބަލިތަކަށް އާސަންދައިން މި ފަރުވާކުރާ ކުރުން ސިނގިރޭޓު ބައްލަވާ އެއްވެސް ފަރާތަކަށް މި އާސަންދައިން ބަލިވެގެން ބޭސްކޮށްދިނުން ވެސ،ް މިކަން ވެސް މި ބިލު ތެރޭގައި ނިމިގެން އަންނަ އިރު އެކަން އޮތުން އަޅުގަނޑު ހަމަ ވަރަށް ބޮޑަށް ފާހަގަކުރަން،" މުހައްމަދު އިސްމާއިލް ވިދާޅުވި އެވެ.

އެ ބިލަށް ވާހަކަ ދައްކަވަމުން މެންބަރު އިބްރާހިމްދީދީ ކަންބޮޑުވުން ފާޅު ކުރީ އާސަންދަށް އަހަރަކު ދާ ހަރަދު ދުންފަތުގެ ޓެކުހުން ނުލިބޭތީ އެވެ.

"އާސަންދައިން ބޭސްކުރަން 974 މިލިއަން ރުފިޔާ ކޮންމެ މަހަކު ދުންފަތުން ވާ ގެއްލުމަށް ބޭސްކުރަން އެބަ ހަރަދުކުރެވޭ. ދުންފަތަށް ނަގާ ޓެކްސްއަކަށް އެވަރަކަށް ނުވެސް ލިބޭ. ވަރަށް ރީއްޗެއްނު؟ އާސަންދައިން މި ބޭސްކުރަނީ ދުންފަތުން ލިބޭ ގެއްލުމަށ،ް ބޯ މީހާ އާއ، ނުބޯ މީހާ އާއި ނަފުރަތުކުރާ މީހާއާ، ހުރިހާ އެންމެންނަށް އެއްކޮށް މި ލިބޭ ގެއްލުމަށް އާސަންދައިން ބޭސްކުރަން މި ހަރަދުކުރާ އެ ލިބޭ ގެއްލުމަށް ބޭސްކުރަން ހަރަދުކުރާ ލާރީގެ ދެބައިކުޅަ އެއްބައި ދުންފަތުގެ ޓެކްސްއަށް ނުލިބޭ،" ދީދީ ވިދާޅުވި އެވެ.

އެ ބަހުސްގައި ވާހަކަ ދައްކަވަމުން ކުޑަހުވަދޫ މެންބަރު ހަމީދު ވިދާޅުވީ ދުންފަތާ ގުޅޭ ބަލިތަކަށް އާސަންދައިން ހޭދަ ކުރަންޖެހޭ މިންވަރު ދިރާސާ ކުރަންޖެހޭ ކަމަށެވެ.

"ހަމައެއާއެކު އަޅުގަނޑު ހަމަ ފާހަގަކޮށްލަން ބޭނުންވ،ޭ އަޅުގަނޑުމެންގެ ސިއްހީ އާސަންދައިގެ ނިޒާމު ނޫނީ ސިއްހީ އިންޝުއަރެންސުގެ ނިޒާމަށް މިއަދު އެއް ދުވަހުން އަނެއް ދުވަހަށް ބާރު ބޮޑުވަމުން އަންނައިރ،ު އަޅުގަނޑުމެންނަށް މިހާތަނަށް ކިހާވަރަކަށްތޯ ފާހަގަކުރެވިފައި ހުރީ ދުންފަތުގެ އިސްތިއުމާލު ނޫނީ ދުންފަތާ ގުޅުން ހުރި ބަލިތަކުން އަޅުގަނޑުމެންނަށް މި ހޭދަ ކުރަންޖެހޭ މިންވަރު،" ހުސެއިން ހަމީދު ވިދާޅުވި އެވެ.

ހަމީދު ހުށަހެޅުއްވީ ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންނަށް އާސަންދަ ދިނުން ހުއްޓާލުމަށް ނުވަތަ އާސަންދައިން ހަރަދު ކުރާ މިންވަރުން ޕަސެންޓެއް އުނި ކުރުމަށެވެ.

"އަޅުގަނޑު ހަމަ ދަންނަވާނަން މި ކަންކަމާ މެދ،ު ހާއްސަކޮށް ދުންފަތުގެ އިސްތިއުމާލު ކުރައްވާ ބޭފުޅުންނަށް އާސަންދަ ދިނުމާ މެދު ނޫނީ އާސަންދައިގެ ވަކި ޕަސެންޓެއް އުނިކުރުމާ މެދު އަޅުގަނޑުމެން މިއަދު ވިސްނާކަށް ނުޖެހޭހެއްޔޭ؟،" އޭނާ ވިދާޅުވި އެވެ.

ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންނަށް އާސަން ލިބޭތީ މެންބަރުން ކަންބޮޑުވުން ފާޅުކުރިއިރު، ރައްޔިތުންގެ މަޖިލީހުގެ ހުރިހާ މެންބަރުންނާއި އާއިލާއަށް އެލައިޑް އިންޝުއަރެންސުން އަގުބޮޑު ހެލްތު އިންޝުއަރެންސެއް ލިބެ އެވެ.

ސަރުކާރުން ނިންމާފައި ދުންފަތާއި ސިނގިރޭޓުން ނަގާ ޓެކްސް ނޮވެމްބަރު 1، އިން ފެށިގެން ބޮޑު ކުރުމަށެވެ. ސަރުކާރުން ނިންމީ ސިނގިރޭޓަކުން މިހާރު ނަގާ 3ރ. ގެ ޓެކްސް އަށް ރުފިޔާއަށް ބަދަލުކޮށް، ދުންފަތުގެ އެހެން ބާވަތްތަކުން ނަގާ ޑިއުޓީ 50 ޕަސެންޓު ބޮޑު ކުރުމަށެވެ. މަޖިލީހަށް އިއްޔެ ހުށަހަޅައިގެން މިއަދު ބަހުސް ކުރި ބިލުގައި ވެސް އޮތީ އެގޮތަށް ޓެކްސް ބޮޑު ކުރުމަށެވެ.

އޭގެ އިތުރުން ނޮވެމްބަރު 15، އިން ފެށިގެން ވޭޕް އެތެރެ ކުރުން މަނާކޮށް، ޑިސެމްބަރު 15، އިން ފެށިގެން ވޭޕް ބޭނުން ކުރުން ވެސް މަނާ ކުރުމަށެވެ. އަދި ދުންފަތާއި ސިނގިރޭޓުން ނަގާ ޓެކްސް ނޮވެމްބަރު 1، އިން ފެށިގެން ބޮޑު ކުރަން ވެސް ވަނީ ނިންމައިފަ އެވެ. ނަމަވެސް ވޭޕް މަނާ ކުރުމުގެ ބިލު އިއްޔެ މަޖިލީހަށް ހުށަހެޅިއިރު، އެތެރެ ކުރުމާއި ބޭނުން ކުރުން މަނާ ކުރަން ވެސް ހުށަހަޅާފައި އޮތީ ނޮވެމްބަރު 15، ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox