ކާވާ މެންސް ވޮލީބޯލް ޗެމްޕިއަންޝިޕް: ފަސް ސެޓު ކުޅެގެން ތުރުކުމެނިސްތާން އަތުން ރާއްޖެ ބަލިވެއްޖެ

Oct 19, 2024, 4:19 PM
ރާއްޖެ އާއި ތުރުކުމެނިސްތާން ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: ސެންޓްރަލް އޭޝިއާ ވޮލީބޯލް އެސޯސިއޭޝަން (ކާވާ)

ރާއްޖެ އާއި ތުރުކުމެނިސްތާން ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: ސެންޓްރަލް އޭޝިއާ ވޮލީބޯލް އެސޯސިއޭޝަން (ކާވާ)

އުޒްބެކިސްތާންގައި މިހާރު ކުރިއަށްދާ ސެންޓްރަލް އޭޝިއާ ވޮލީބޯލް އެސޯސިއޭޝަން (ކާވާ) މެންސް ވޮލީބޯލް ޗެމްޕިއަންޝިޕްގައި ތުރުކުމެނިސްތާން އަތުން ފަސް ސެޓު ކުޅެގެން ރާއްޖެ ބަލިވެއްޖެ އެވެ.

މި ނަތީޖާއާ އެކު، މުބާރާތުގެ ފައިނަލަށް ދިއުމުގެ އަމިއްލަ ބާރު ރާއްޖެ އަށް ގެއްލުނީ އެވެ.

މި މުބާރާތުގެ ފުރަތަމަ މެޗުގައި ކިރްގިސްތާންއާ ދެކޮޅަށް ރާއްޖެއިން ކުޅުނުއިރު، އެ މެޗުން ރާއްޖެ ބަލިވީ, ސީދާ ތިން ސެޓުންނެވެ. އެކަމަކު، މިއަދު މެންދުރު ތުރުކުމެނިސްތާންއާ ދެކޮޅަށް ރާއްޖެއިން ކުޅުނު މެޗުގައި ގިނަ ކަންތައްތައް ވަނީ ރަނގަޅު ކޮށްފަ އެވެ. މި މެޗުން ރާއްޖެ ބަލިވީ 3-2 ސެޓުންނެވެ.

މި މެޗުގެ ސެޓުތައް ދިޔައީ 18-25، 25-23، 25-21، 15-25، 8-15 އިންނެވެ.

މި މެޗުގެ ފުރަތަމަ ސެޓުގައި ރާއްޖެއިން ފެނިގެންދިޔައީ ދަށް ކުޅުމެކެވެ. އެ ގޮތުން، ސެޓު ފަށައިގެން ތުރުކުމެނިސްތާން އިން ވަނީ ބޮޑު ލީޑެއް ނަގާ ހަމަޖެހިލާފަ އެވެ. އެއާއެކު މި ސެޓު އެ ޓީމުން ކާމިޔާބުކުރީ 25-18 އިންނެވެ.

އެކަމަކު، ދެ ވަނަ ސެޓުގައި ރާއްޖެއިން ކުޅުން ރަނގަޅުކުރިއިރު، މި ސެޓުގައި ރާއްޖޭގެ އިސްމާއިލް ސާޖިދު (ކުޑަ ކާއްޓޭ) ގެ މޮޅު ކުޅުން ފެނިގެންދިޔަ އެވެ. އެއާއެކު މި ސެޓު ރާއްޖެއިން ކާމިޔާބުކުރީ 25-23 އިންނެވެ. އަދި ޖެހިގެން އައި ތިން ވަނަ ސެޓުގައި ވެސް ރާއްޖެއިން ވަނީ ދެ ވަނަ ސެޓުގައި ދެއްކި ކުޅުން ތަކުރާރުކޮށްފަ އެވެ. ތިން ވަނަ ސެޓު ރާއްޖެއިން ގެންދިޔައީ, 25-21 އިންނެވެ.

އެކަމަކު، މެޗުގެ ފަހު ދެ ސެޓުގައި ތުރުކުމެނިސްތާން އިން ވަނީ ކުޅުން ރަނގަޅުކޮށް އެ ޓީމުގެ އެޓޭކުތައް ވަރުގަދަ ކޮށްފަ އެވެ. މި ދެ ސެޓުގައި ރާއްޖޭގެ ރިސީވްތައް ދަށްވުމުގެ ފައިދާ ތުރުކުމެނިސްތާން އިން ނެގިއިރު, މި ދެ ސެޓު އެ ޓީމުން ގެންދިޔައީ 25-15 އަދި 15-08 އިންނެވެ.

ރާއްޖޭން ކުޅޭ ތިން ވަނަ މެޗުގައި މާދަމާ އަފްގާނިސްތާނާ ބައްދަލުކުރާނެ އެވެ. އަދި ހަތަރު ވަނަ މެޗުގައި އަންގާރަ ދުވަހު އުޒްބެކިސްތާނާ ކުޅުމަށް ފަހު، ލީގު ބުރުގެ ފަހު މެޗުގައި، ބުދަ ދުވަހު ތަޖިކިސްތާނާ ބައްދަލުކުރާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2030 ގެ ފީފާ ވޯލްޑް ކަޕްގެ ރައިޓްސްތަކެއް ނެޓްފްލިކްސް އަށް

2030 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް މެޗުތައް ސްޕެއިން އާއި އެންޑޯރާގައި ދެއްކުމުގެ ރައިޓްސް ނެޓްފްލިކްސް އިން ގަނެފި. މި އެއްބަސްވުމުގެ ދަށުން ކޮންމެ ދުވަހަކު އެއް މެޗު ހިލޭ ސްޓްރީމް ކުރާއިރު، އޭގެ ތެރޭގައި ސެމީ ފައިނަލާއި ފައިނަލް މެޗު ވެސް ހިމެނޭ.

ޗައިނާ މުބާރާތުގައި ވެސް ގައުމީ ފުޓްސަލް ޓީމަށް ކޯޗު ޒަކީރޯވް

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވެސް ރާއްޖޭގެ ގައުމީ ޓީމަށް އިރުޝާދުދޭނީ ކޯޗު ފާރޫކް ޒަކީރޯވް ކަމަށް އެފްއޭއެމް އިން ވަނީ ހާމަކޮށްފައި. މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ޓީމުން މިހާރު ފަރިތަކުރުންތައް ފަށާފައިވާއިރު، ރާއްޖޭގެ އިތުރުން މި މުބާރާތުގައި ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާނެ

ގައްދޫ ބަލިކޮށް ބުރު އަށް ސީޒަންގެ ފުރަތަމަ މޮޅު

ދިވެހި ޕްރިމިއާ ލީގުގައި ގދ. ގައްދޫ 2-0 އިން ބަލިކޮށް، ބުރު ސްޕޯޓްސް ކްލަބުން މި ސީޒަނުގެ ފުރަތަމަ މޮޅު ހޯދައިފި. މި މެޗުގެ ލަނޑުތައް ބުރު ސްޕޯޓްސްއަށް ކާމިޔާބުކޮށްދިނީ ޖުއާން އެޑުއާޑޯ ލެސްކާނޯ އާއި އިބްރާހިމް އުސާމާ ހަސަން މަޖީދު

ލަމްޕާޑް އެދުނީ ކަވެންޓްރީ އިން ހަމަބިމުގައި ތިބެން

ކޯޗު ފްރޭންކް ލަމްޕާޑްގެ އިރުޝާދުގެ ދަށުން ކަވެންޓްރީ ސިޓީން 25 އަހަރަށް ފަހު ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި ފުރަތަމަ މޮޅު ހޯދައިފި. ނިއުކާސަލް އަތުން ލިބުނު މި ކާމިޔާބީއާއެކުވެސް، ލަމްޕާޑް ބާރުއެޅީ ޓީމުގެ ސަމާލުކަން ނުގެއްލުވައި ހަމަބިމުގައި ތިބެގެން ކުރިއަށް ދިއުމަށް

އެމެރިކާ އަކީ ފުޓްބޯޅައިގެ ގައުމެއް ނޫން: ޖިރޫ

އެމެރިކާގެ އެލްއޭ އެފްސީއަށް ކުޅުމަށްފަހު ފްރާންސްގެ ލިލް އަށް ބަދަލުވި އޮލިވިއޭ ޖިރޫ ބުނިގޮތުގައި، އެމެރިކާ އަކީ ޔޫރަޕާ އަޅާބަލާއިރު ފުޓްބޯޅައިގެ ޖޯޝާއި ފޯރި ކުޑަ، ހަމައެކަނި ފުޓްބޯޅައިގައި ހިމެނޭ ފައިސާއަށް އިސްކަންދޭ ގައުމެއް

ރާއްޖެ މެޗުގެ ކަންތަކާ ހެދި ލަންކާ ކޯޗު 5000 ޑޮލަރުން ޖޫރިމަނާ

އޭއެފްސީ 20 އަހަރުން ދަށުގެ ކޮލިފައިންގައި ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗަށްފަހު، ދިވެހި ޓީމަށް ބޭއަދަބީ ބަހުން މުހާތަބުކުރި ލަންކާގެ އެސިސްޓަންޓް ކޯޗު މުހައްމަދު އިމްރާން 5000 ޑޮލަރުން އޭއެފްސީން ޖޫރިމަނާކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުން އޭނާ ވަގުތުން މަގާމުން ވަކިކޮށްފައިވާއިރު، ދެ އަހަރު ދުވަހުގެ ސަސްޕެންޝަނެއް ދިނުމަށްވެސް އެ ފެޑެރޭޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ގައްދޫން މި ބުރުގައި ހަ ޕޮއިންޓް ހޯދަންޖެހޭ: ނަޒީހު

ދިވެހި ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ބަލިވެފައިވާ ގައްދޫ ޓީމުން، މި ބުރުގައި ހަ ޕޮއިންޓް ހޯދަން ޖެހޭ ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ނަޒީހު ބުނެފިއެވެ. ބަޖެޓާއި ތަޖުރިބާކާރު ކުޅުންތެރިންގެ ދަތިކަން ހުރި ނަމަވެސް، މިއަދު ބުރު ސްޕޯޓްސްއާ ދެކޮޅަށް ކުޅޭ މެޗަކީ ރަނގަޅު ނަތީޖާއެއް ނެރެން އުންމީދުކުރާ މެޗެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

Newsletter

Get the latest news delivered straight to your inbox