މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ގެސްޓްހައުސް ސިމްޕޯޒިއަމްގައި މަޝްހޫރު މޯޓިވޭޝަނަލް ސްޕީކާ އަފީފް ހުސެއިން ހާއްސަ ކީނޯޓް ސްޕީޗެއް ދޭ ގޮތަށް ހަމަޖެހިއްޖެ އެވެ.
އެމްއައިބީން ބުނީ އަފީފް އެ ސިމްޕޯޒިއަމްގައި ކީނޯޓް ސްޕީޗެއް ދިނުމުގެ އިތުރުން ގެސްޓްހައުސްގެ ތަޖުރިބާގެ އެހީގައި ހިދުމަތް ދިނުމުގެ މިންގަނޑާ ބެހޭ ޕެނަލް ޑިސްކަޝަންގައި ޕެނަލިސްޓެއް ގޮތަށް ބައިވެރިވާނެ ކަމަށެވެ.
ކްރޮސްރޯޑްސްގައި މާދަމާ ބާއްވާ އެ ސިމްޕޯޒިއަމްގައި ތަފާތު ތިން ޕެނަލް ޑިސްކަޝަނެއް ކުރިއަށްދާއިރު، އެ ޕެނަލް ޑިސްކަޝަންތަކުގައި ބައިވެރިވަނީ ކަމާއި ގުޅުންހުރި ތަޖުރިބާކާރުންނާއި އެ ދާއިރާގެ މާހިރުންނެވެ.
އެ ސިމްޕޯޒިއަމްގައި އެކި ގެސްޓްހައުސްއާ ގުޅުން ހުރި އެކި ދާއިރާތަކުން ޕެނަލިސްޓުން މައުލޫމާތާއި ތަޖުރިބާ ހިއްސާ ކުރާނެ ކަމަށާއި އެ ޕެނަލް ޑިސްކަޝަންތަކުން ބައިވެރިންނަށް ރަނގަޅު ތަޖުރިބާއެއް ލިބިގެންދާނެ ކަމަށް އެމްއައިބީން ބުންޏެވެ.
އެމްއައިބީން ބުނީ ރާއްޖޭގައި ހަލުވިކަމާ އެކު ފުޅާވަމުން އަންނަ ގެސްޓްހައުސް ވިޔަފާރީގައި ހަރަކާތްތެރިވާ ފަރާތްތަކާއި، އެ ދާއިރާއާ ގުޅުންހުރި ވިޔަފާރިތަކަށް ފުރުސަތު ހުޅުވާލައިގެން ބާއްވާ އެ ސިމްޕޯޒިއަމް ވެގެންދާނީ ގެސްޓްހައުސް ވިޔަފާރި ކުރިއަރުވާ ދެމެހެއްޓިނިވި ގޮތެެއްގައި ވިޔަފާރި ކުރުމަށް ހުޅުވޭ ދޮރެއް ކަމަށެވެ.
ޕެނަލް 1: ގެސްޓްހައުސްގެ ތަޖުރިބާގެ އެހީގައި ހިދުމަތް ދިނުމުގެ މިންގަނޑާ ބެހޭ ޕެނަލް ޑިސްކަޝަން:
މޮޑަރޭޓަރު - ފާތިމަތު އުލާ (އެމްއައިބީގެ ޗީފް ޕީޕަލް އޮފިސާ)
- ޕެނަލިސްޓް 1 - ޑރ. ޒަކަރިއްޔާ މޫސާ (ޓޫރިޒަމް އެންޑް ހޮސްޕިޓާލިޓީ ކޮންސަލްޓެންޓް)
- ޕެނަލިސްޓް 2 - ކަރަމް އަހުމަދު (އއ. ތޮއްޑޫ ކައުންސިލް ރައީސް)
- ޕެނަލިސްޓް 3 - ހުސެއިން އަފީފް (ގްލޯބަލް ކީނޯޓް ސްޕީކާ)
ޕެނަލް 2: ގެސްޓްހައުސް ވިޔަފާރިތައް މެދުވެރިކޮށް ކޮމިއުނިޓީތައް ބިނާކުރުން
- މޮޑަރޭޓަރު - ހުސެއިން އާލިމް ޝަކޫރު (އެމްއައިބީގެ ޗީފް ރީޓެއިލް ބޭންކިން އޮފިސާ)
- ޕެނަލިސްޓް 1 - ތޮއްޔިބު މުހައްމަދު (ވިޒިޓް މޯލްޑިވްސްގެ ކުރީގެ ސީއީއޯ)
- ޕެނަލިސްޓް 2 - ޒުލައިހާ އިބްރާހިމް - (ނެޝަނަލް ހޮޓެލްސް އެންޑް ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ބޯޑު މެންބަރު)
- ޕެނަލިސްޓް 3 - މުހައްމަދު ވަހީދު (ކޮންސަލްޓަންޓް)
- ޕެނަލިސްޓް 4 - އިޔާޒް ވަހީދު
ޕެނަލް 3: މުސްތަގުބަލުގައި ކާމިޔާބީ ދެމެހެއްޓުން
މޮޑަރޭޓަރު - ފާތިމަތު އަޒްމަތު އަލީ (އެމްއައިބީގެ ޗީފް ކްރެޑިޓް އޮފިސާ)
- ޕެނަލިސްޓް 1 - އަލީ ޝަރީފް (ސްޕެޝަލް އެންވޯއި ފޯ ކްލައިމެޓް ޗޭންޖް)
- ޕެނަލިސްޓް 2 - ޑރ. އަބްދުﷲ މައުސޫމް (ކުރީގެ ޓޫރިޒަމް މިނިސްޓަރު އަދި ޓްރާންސް މީޑިއާގެ އެމްޑީ)
- ޕެނަލިސްޓް 3 - ޑރ. ހުސެއިން ސަނީ އުމަރު (މޯލްޑިވްސް ހަލާލް ޓްރެވެލް އެންޑް ހަލާލް ވީކްލީގެ އެމްޑީ)










