ރާއްޖެއިން ސައުދީ އަރަބިއްޔާއަށް މަސް ބޭރު ކުރަން މަގުފަހި ކުރާ އެމްއޯޔޫއެއްގައި ސޮއިކުރަން އެއްބަސްވެފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
ޝިޔާމް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ އެމްއޯޔޫގެ ދަށުން މަސް ބޭރު ކުރުމަށް އޮތް ފުރުސަތުތައް ހޯދައި، މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވޭނެ ގޮތްތައް ހޯދުން ކަމަށެވެ.
އެ އެމްއޯޔޫގެ ދަށުން މެރިން ސެކްޓާއަށް އިންވެސްޓްމަންޓްތައް ހޯދުމުގެ އިތުރުން ސީފުޑް މާކެޓް ކުރި އެރުވުން ވެސް ހިމެނޭ ކަމަށް ޝިޔާމް ވިދާޅުވި އެވެ.
އެ އެމްއޯޔޫގައި ސޮއިކުރަން ސައުދީން ނިންމުމާ ގުޅިގެން ޝިޔާމް ވަނީ ސައުދީގެ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒް އެވެ.
ދިވެހި ސަރުކާރުގެ ވަޒީރުން ހިމެނޭ ގޮތަށް އިސް އޮފިޝަލުންތައްކެއް އެކި ފަހަރު މަތިން ސައުދީއަށް ވަޑައިގެން އެ ގައުމު ސަރުކާރުގެ އިސްވެރިންނާ މަޝްވަރާތަކެއް ވަނީ ކޮށްފަ އެވެ.

އެ މަޝްވަރާތަކުގެ އަލީގައި ބައެއް އެމްއޯޔޫތަކުގައި އަންނަނީ ސޮއިކުރަމުންނެވެ. އެގޮތުން ޓްރާންސްޕޯޓް މިނިސްޓްރީގެ އިތުރުން އިކޮނޮމިކް މިނިސްޓްރީން ވެސް ވަނީ ސައުދީ ސަރުކާރާއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފަ އެވެ.













