ހުލާސާކޮށް އިއްޔެ: ސަރުކާރުގެ ސަބަބުން ހާލަތު ގޯހުން ގޯހަށް

Sep 30, 2024, 1:01 AM
ބީއެމްއެލްގެ އާ ބޯޑު

ބީއެމްއެލްގެ އާ ބޯޑު

ރާއްޖޭގެ އެންމެ ބޮޑު ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ޑޮލަރުގެ ތާށިކަން އިންތިހާއަށް ކުރިމަތިވެ، އެ ބޭންކުގައި ހުރި ޔޫއެސްޑީ ފިކްސްޑް ޑިޕޮސިޓް އެކައުންޓުތަކުން ފައިސާ ނަގަން ފަށައިފި ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.

މިއީ ބޭންކުގެ ދިގު ތާރީހުގައި ކުރިން ކަންތައް ކޮށްފައިވާ ގޮތެއް ނޫންކަން މި ނޫހަށް އެނގިފައިވެ އެވެ.

ފިކްސް ޑިޕޮސިޓް އެކައުންޓުތަކުން ޑޮލަރު ނަގަން މި ފެށީ ރުފިޔާ އެކައުންޓުތަކަށް ދެމުން އަންނަ ޑޮލަރު ސަޕޯޓަށް ބޭނުންވާ ފައިސާ ބޭންކަށް ނުލިބޭތީ އެވެ.

Advertisement

މި ހާލަތަށް މިދިޔައީ ބޭންކުގެ ކުރީގެ ބޯޑުގެ ޕްރޮފެޝަނަލް ނިންމުންތައް ބޮލާލައިޖަހައި ސަރުކާރުން ބޯޑުގެ "އަތް އަނބުރާލައިގެން" ނިންމި ނިންމުންތަކުގެ ސަބަބުންނެވެ.

މި މައްސަލައިގައި ބީއެމްއެލްގެ ކޮމެންޓެއް ލިބޭ ގޮތް ވަނީ ނުވެފަ އެވެ.

ފިކްސްޑް ޑިޕޮސިޓް އެކައުންޓުތަކަކީ ވަކި މުއްދަތެއް ވަންދެން ބޭންކުގައި ބަހައްޓައިގެން އިންޓްރެސްޓުގެ ގޮތުގައި ފައިދާ ލިބޭ އެކައުންޓުތަކެކެވެ. ބީއެމްއެލްގެ ފިކްސްޑް ޑިޕޮސިޓު އެކައުންޓުތަކުގައި ފައިސާ ބެހެއްޓެނީ ހަ މަހަށާއި 12 މަހަށެވެ. އިންޓްރެސްޓު ރޭޓުތައް ބިނާވަނީ އެކައުންޓުގައި ބަހައްޓާ ފައިސާގެ އަދަދަށެވެ.

ވަކި ހާލަތެއްގައި ފިކްސްޑް ޑިޕޮސިޓް އެކައުންޓުތަކުން ވެސް ފައިސާ ނެގެ އެވެ. ނަމަވެސް އެއިރުން އިންޓްރެސްޓް ކަނޑާލުމުގެ އިހުތިޔާރު ބޭންކަށް އޮވެ އެވެ. ފިކްސް ޑިޕޮސިޓް އެކައުންޓުގައި ބަހައްޓާފައި ހުންނަ ފައިސާ ނެގުމުގެ ކުރިން ކަސްޓަމަރުންގެ ހުއްދަ ހޯދަނީ، މެޗުއާވުމުގެ ކުރިން ވެސް ފައިސާ ނެގުމުގެ އިހުތިޔާރު ކަސްޓަމަރަށް އޮންނާތީ އެވެ.

ބީއެމްއެލްއަށް ޑޮލަރު ލިބުން ދަތިވުމުގެ ސަބަބުން އެ ބޭންކުގެ ރުފިޔާ ކާޑުތަކުން ކުރެވޭ ޑޮލަރު މުއާމަލާތްތައް އެއްކޮށް ކަނޑާލައި ކުރިން ދޫކޮށްފައިވާ ކްރެޑިޓް ކާޑުތަކުގެ ލިމިޓު 100 ޑޮލަރަށް ކުޑަ ކުރަން މިދިޔަ އޯގަސްޓު 25، ގައި ނިންމި އެވެ.

ނަމަވެސް އެ ނިންމުމަކީ އިދިކޮޅާ ގުޅިގެން ބީއެމްއެލްއިން ގެންނަން އުޅުނު ބަގާވާތެއް ކަމަށް ސިފަކޮށް ސަރުކާރުން އަންގައިގެން އެ ނިންމުން ބަދަލު ކުރުވި އެވެ. އެ ބަގާވާތުގެ މައްސަލަ ފުލުހުން ދަނީ ތަހުގީގު ވެސް ކުރަމުންނެވެ.

މުހިއްމު ބައެއް ހަބަރު

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއު ކުރިއަށްނުގެންދަން އަދާލަތުން އެދިއްޖެ

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރު މީހުންނަށް ދިގު މުއްދަތަކަށް ދިރިއުޅެވޭނެ ވަކި ސަރަހައްދުތަކެއް އުފެދޭތީ، އެކަމުގެ ސަބަބުން ރާއްޖޭގެ ދީނީ އެއްބައިވަންތަކަމާއި ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ބުނެ އަދާލަތު ޕާޓީން ކަންބޮޑުވުން ފާޅުކޮށްފިއެވެ. އެ ޕާޓީން ސަރުކާރަށް އިލްތިމާސްކުރީ ބޭރު މީހުން ވަޒަންވެރިވާ ގޮތަށް މަޝްރޫއު ކުރިއަށް ނުގެންގޮސް، އޭގެ ބަދަލުގައި ހޮލިޑޭ ހޯމްސް ފަދަ ވަސީލަތްތައް ތަރައްޤީކުރުމަށެވެ.

ރިސޯޓުތައް އޮޑިޓް ކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވެއްޖެ

ރާއްޖޭގައި ހިންގާ 150 ރިސޯޓުގެ ތެރެއިން އިންކަމް ޓެކްސް ދައްކަނީ އެންމެ 50 ރިސޯޓުން ކަމަށްވާތީ، އެ ތަންތަނުގެ ހިސާބުތައް މީރާއިން އޮޑިޓްކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވި. އަދި ބޭންކިން ސިސްޓަމަށް ވަންނަންޖެހޭ ޑޮލަރު އިތުރުކުރުމަށްޓަކައި އަންނަ އަހަރު މޮނިޓަރިން ވަރުގަދަކޮށް، ބައެއް އުސޫލުތައް ހަރުކަށި ކުރާނެ ކަމަށް ގަވަރުނަރު ފާހަގަކުރެއްވި.

ޑޮލަރުގެ އަގު މިއަދު ހުރީ 23.55ރ. އަށް ކަމަށް ސަލީމް ވިދާޅުވެއްޖެ

ރާއްޖޭގެ ކަޅުބާޒާރުގައި ޑޮލަރުގެ އަގު މިހާރު ހުރީ 23.55ރ. އަށް ކަމަށް މަޖިލީހުގެ ނައިބުރައީސް ސަލީމް ވިދާޅުވި. މިއީ އިއްޔެއާ އަޅާބަލާއިރު ބޮޑު އަދަދެއް ނަމަވެސް، މީގެ ކުރިން ޑޮލަރުގެ އަގު 23.70ރ. އަށް އުފުލުނު ކަމަށް އޭނާ ފާހަގަކުރެއްވި.

2027 ގެ ބަޖެޓަކީ ގައުމު ލޫޓުވައިލަން ހުށަހެޅި ސްކޭމެއް: އަމީން

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި ބަޖެޓަކީ ރައްޔިތުންނަށް އޮޅުވާލައި ގައުމު ލޫޓުވާލުމަށް ހިންގާ ބޮޑު "ސްކޭމެއް" ކަމަށް މެންބަރު އަމީން ވަނީ ތުހުމަތު ކުރައްވާފައި. އޭނާ ވިދާޅުވީ ބަޖެޓުގައި މަޝްރޫއުތަކުގެ ތަފްސީލު ނެތުމާއި، ސަރުކާރުން ވެފައިވާ ވައުދުތައް ފުދެމުން ނުދިއުމަކީ ރައްޔިތުންނަށް ވާ ފައިދާއެއް ނެތް ކަމެއްގެ ހެއްކެއް ކަމަށް.

ބޮޑު އަގުގައި ތަކެތި ގަތް މައްސަލަ: މުވައްޒަފުންނަށް ދައުވާކުރަނީ

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލަށް ބޭނުންވާ ތަކެތި މާކެޓް އަގަށް ވުރެ ބޮޑު އަގުގައި ގަނެ ދައުލަތަށް މާލީ ގެއްލުން ދިން މައްސަލައިގައި، އެ ހޮސްޕިޓަލުގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން އޭސީސީން ވަނީ ނިންމާފައި. މީގެ ތެރޭގައި އޭއީއެޗްގެ ޕްރޮކިއުމަންޓް ހެޑާއި ބިޑް ކޮމިޓީގެ ތިން މުވައްޒަފަކު ހިމެނޭ.

ތަރައްގީގެ 22 މަޝްރޫއެއް ހިންގަން އެމްޓީސީސީއާ ހަވާލުކޮށްފި

ރާއްޖޭގެ އެކި ރަށްރަށުގައި މަގުހެދުމާއި، ބަނދަރު ތަރައްގީކުރުމާއި، ގޮނޑުދޮށް ހިމާޔަތްކުރުން ހިމެނޭހެން ތަރައްގީގެ 22 މަޝްރޫއެއް ހިންގުމަށް އެމްޓީސީސީއާ މިއަދު ވަނީ ހަވާލުކޮށްފައި. އޭގެ ތެރޭގައި ފުވައްމުލައް ސިޓީގައި އޮފީސް ކޮމްޕްލެކްސްއެއް އެޅުންވެސް ހިމެނޭއިރު، މީގެ ކުރިން އެ ކުންފުންޏާ ހަވާލުކުރި ގިނަ މަޝްރޫއުތަކެއް ހުއްޓިފައިވާކަން ފާހަގަކުރެވޭ.

"އިންވޮސްއަށް މަކަރުހަދާތީ ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ލިބޭ"

މުދާ އެތެރެކުރާއިރު އިންވޮއިސްތަކުގެ އަސްލު އަގަށް މަކަރު ހަދައިގެން (އަންޑަ އިންވޮއިސް ކޮށްގެން) ދައުލަތަށް ލިބެންޖެހޭ އާމްދަނީން އަހަރަކު 2.5 ބިލިއަން ރުފިޔާ ގެއްލޭ ކަމަށް މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ކަސްޓަމްސްއަށް ލިބެންޖެހޭ ޑިއުޓީގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މި މަކަރުވެރި އަމަލުތަކުގެ ސަބަބުން ދައުލަތަށް ނުލިބި ގެއްލިގެންދެއެވެ.

Newsletter

Get the latest news delivered straight to your inbox