ދުނިޔޭގެ ހުރިހާ ގައުމުތަކެއް ވެސް އޮތީ ކާރިސާއެއްގައި، ގިނައީ އިންސާނުން އުފެއްދި ކަންކަން: ރައީސް

ދުނިޔޭގެ ހުރިހާ ގައުމުތަކެއް ވެސް އޮތީ ކާރިސާއެއްގައި، ގިނައީ އިންސާނުން އުފެއްދި ކަންކަން: ރައީސް

ދުނިޔޭގެ ހުރިހާ ގައުމެއް ވެސް މިވަގުތު އޮތީ ކޮންމެވެސް ކާރިސާއެއްގައި ކަމަށާއި އޭގެ ތެރެއިން ގިނައީ އިންސާނުންގެ ސަބަބުން އުފެދިފައިވާ ކާރިސާތައް ކަމަށް އދ. ގެ 79 ވަނަ އާންމު ޖަލްސާގެ ބަހުސްގައި ތަގުރީރު ކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ރައީސްގެ ވިދާޅުވީ، ހަމަނުޖެހުންތަކާއި މޫސުމީ ބަދަލުތަކާއި ބަނޑުހައިހޫނުކަމާއި ފަގީރުކަމާއި މުއްސަނދިންނާއި ފަގީރުންނާ ދެމެދު ހުރި ތަފާތުގެ ބޮޑުކަން ފަދަ ކަންކަމުގެ ސަބަބުން އިންސާނީ ދަރިފަސްކޮޅު އޮތީ ވަރަށް ބޮޑު މައްސަލަގަނޑެއްގެ ތެރޭގައި ކަމަށެވެ.

"އަޅުގަނޑުގެ އަތުގައި މި އޮތް ދުނިޔޭގެ ޗާޓުން ރަތް ކުލައިން ތިޔަ ފެނިވަޑައިގަންނަވަނީ ކޮންމެވެސް ކާރިސާއެއްގައި އުޅޭ ގައުމުތައް. އެއްވެސް ކާރިސާއެއް ނެތް، ފެހި ކުލައިން ފާހަގަކޮށްފައިވާ ގައުމެއް އެބަ ފެނިވަޑައިގަންނަވާތޯ؟ އޭގެ ސަބަބުން އެނގިވަޑައިގަންނަވާތޯ؟ އަޅުގަނޑުމެން އެންމެން މި ތިބީ ގަދަ ރަތުގައި. އިންސާނީ ދަރިފަސްކޮޅު މި އޮތީ ކާރިސާއެއްގައި،" ރައީސް މުއިއްޒު ވިދާޅުވި އެވެ. "މީގެ ތެރެއިން ގިނައީ އިންސާނުން އަމިއްލައަށް އުފެއްދި ކަންކަން."

ރައީސް ވިދާޅުވީ ދުނިޔޭގެ މައްސަލަތައް އިތުރުވަމުން، ބޮޑުވަމުންދިޔަ ނަމަވެސް ދައްކަމުން ދަނީ އެއް ވާހަކަތަކެއް ކަމަށާއި ކިޔަމުންދަނީ ހަމަ "އެއް ލަވައެއް" ކަމަށެވެ. އަދި ވިދާޅުވީ ދުނިޔެއަށް ބޭނުން ވަނީ އދ. އިން އެކަތިގަނޑަކަށްވެ މަސައްކަތް ކުރަން ކަމަށެވެ.

ރައީސް މުއިއްޒު ދެއްވި ތަގުރީރުގައި ދިވެހިރާއްޖެއާމެދު އެމަނިކުފާނު ގެންގުޅުއްވާ ވިޝަން ވެސް ހިއްސާ ކުރެއްވި އެވެ. ރައީސް ވިދާޅުވީ އެމަނިކުފާނު ބޭނުންވެވަޑައިގަންނަވަނީ 2040 ވަނަ އަހަރު އަންނަންވާއިރު ރާއްޖެއަކީ ފުރިހަމައަށް ތަރައްގީވެފައިވާ ގައުމެއްގެ ގޮތުގައި އޮތުމަށް ކަމަށެވެ.

"[ބޭނުންވަނީ] ރާއްޖެއަކީ އެހެން ގައުމުތަކުގެ އިހްތިރާމް ލިބިފައިވާ، ރިލެވަންޓު، ދިމާވާ މައްސަލަތަކާ ކުރިމަތިލުމުގެ ގާބިލުކަން ލިބިފައިވާ ގައުމަކަށްވުމަށް. [ބޭނުންވަނީ] އިންސާފުވެރި އަދި އެންމެންގެ ބައިވެރިވުން ލިބޭ މުޖްތަމައެއް،" ރައީސް ވިދާޅުވި އެވެ.

ރައީސް ދިވެހިރާއްޖެއާ މެދު ގެންގުޅުއްވާ ތަސައްވުރު ހިއްސާ ކުރައްވަމުން އެމަނިކުފާނު އިތުރަށް ވިދާޅުވީ ރާއްޖޭގެ ހައުސިން މައްސަލަ އެއްކޮށް ހައްލުކޮށް، ޓުއަރިޒަމް ފުޅާކޮށް މިހާރަށް ވުރެ ބޮޑަށް ތަރައްގީ ކުރުމަކީ އެމަނިކުފާނުގެ އަމާޒެއް ކަމަށެވެ.

އޭގެ އިތުރުން، އިޒްރޭލުން ގާޒާގައި ހިންގާ ނަސްލުހޭދު ކުރުން ކުށްވެރި ކުރައްވައި، އެކަން ހުއްޓުވުމުގެ މަސައްކަތް ދުނިޔެއިން ކުރަންޖެހޭނެ ކަމަށް ވެސް ރައީސްގެ ތަގުރީރުގައި މިރޭ ވިދާޅުވި އެވެ. އަދި ވިދާާޅުވީ އިޒްރޭލުން ހިންގާފައިވާ އަދި ހިންގަމުންދާ ކުށްތަކަށް ޖަވާބުދާރީކޮށް އެކަށީގެންވާ އަދަބު ދޭންޖެހޭ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox