ސްޓޫޑެންޓް ލޯން: ފައިސާ ނުލިބި އަލަށް ކިޔަވަން ފުރާ ދަރިވަރުން މާޔޫސްކޮށްލައިފި

ސްޓޫޑެންޓް ލޯން: ފައިސާ ނުލިބި އަލަށް ކިޔަވަން ފުރާ ދަރިވަރުން މާޔޫސްކޮށްލައިފި

ސްޓޫޑެންޓް ލޯނަށް ޝަރުތު ހަމަވެ ސެޕްޓެމްބަރު އަދި އޮކްޓޯބަރު އިންޓޭކަށް ބޭރަށް ފުރާ ދަރިވަރުންނަށް ފައިސާ ނުލިބި، ސަރުކާރުން އެ ދަރިވަރުން މާޔޫސްކޮށްލައިފި އެވެ.

މި އަހަރު ސްޓޫޑެންޓް ލޯނަށް ހުޅުވާލި 500 ފުރުސަތަށް 1،709 ދަރިވަރުން ކުރިމަތިލުމުން، އެ ހުރިހާ ދަރިވަރުންނަށް ލޯނު ދޫކުރުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ.

ނަމަވެސް, ސްޓޫޑެންޓް ލޯނުގައި ކިޔަވަން ފުރާ އެ ދަރިވަރުންނަށް ފައިސާ ހަމަނުޖެހި ދިގުލައިގެންދާތީ ބައެއް ދަރިވަރުންނަށް ނުފުރި އެހެން ދަރިވަރުން ފުރީ އާއިލާ އާއި ހެޔޮއެދޭ ފަރާތްތަކުގެ އެހީތެރިކަމާއެކު އެވެ.

ސްޓޫޑެންޓް ލޯނުގައި ސެޕްޓެމްބަރު އިންޓޭކަށް މެލޭޝިއާއަށް ދިޔަ ދަރިވަރަކު "އަދަދު" އަށް ބުނީ ހަޔާ އެޑިއުކޭޝަނުން ލޯނު އެގްރީމަންޓު ނުފޮނުވާތީ އެގްރީމަންޓުގައި ސޮއި ނުކުރެވި މަހަކާ ގާތްވަމުންދިޔުމުން މެލޭޝިއާއަށް ދިޔައީ އާއިލާގެ އެހީތެރިކަމާއެކުގައި ކަމަށެވެ.

"އެގްރީމަންޓަށް އެދިފިން އޮގަސްޓް 26، ގައި. އެކަމާ ގުޅިގެން ހަޔާ އެޑިއުކޭޝަނަށް ތިން މެއިލް ފޮނުވުމުން ޖަވާބަކަށް ލިބުނީ އެކޮޅަށް މެއިލް ލިބުނު ކަމަށް އެކަނި. އެގްރީމަންޓް އަދިވެސް ނުފޮނުވާ. ކޯސްފީ އާއި މެލޭޝިއާއަށް ދިޔުމުގެ ހަރަދާއި އެކޮޅުގައި އުޅުމުގެ ހަރަދު ހަމަޖެއްސީ އާއިލާއިން،" އޭނާ ބުންޏެވެ.

އެ ދަރިވަރު ބުނީ ހަޔާ އެޑިއުކޭޝަނަށް ބަރޯސާވެގެން މަޑުކުރިނަމަ ސެޕްޓެމްބަރު 23، ގައި ކޮލެޖުގައި ކިޔެވުން ފެށޭއިރު ވެސް އެއްވެސް ކަމެއް ހަމަނުޖެހި ސެމިސްޓާގައި ކިޔަވަން ނުފެށޭނެ ކަމަށާއި ހަޔާ އެޑިއުކޭޝަނުން ފައިސާ ދޫކުރާނެ ތާރީހެއް އަދިވެސް ނޭނގޭ ކަމަށެވެ.

އެގޮތުން, އާއިލާއަށް ދަރާފައި އޮތް ފައިސާތައް ނުލިބިއްޖެނަމަ، އާއިލާއަށް މާލީ ގޮތުން ތާށިވެ އެ ފައިސާ ދެވޭނެ މަގެއް ނޯންނާނެ ކަމަށް ވެސް އެ ދަރިވަރު ފާހަގަކުރި އެވެ.

އިތުރު ދަރިވަރަކު "އަދަދު" އަށް ބުނީ ސަރުކާރުގެ އެކި މަގާމުތަކުގައި ތިބޭ މީހުން ނުފޫޒު ފޯރުވައިގެން ބައެއް ދަރިވަރުންނަށް ލޯނު ފައިސާ އަވަހަށް ހަމަޖައްސައިދޭ ކަމަށާއި އެގޮތުން ބައެއް އެ ދަރިވަރުން ސެމިސްޓާ ފެށެންވާއިރަށް ގައުމުތަކަށް ފުރާފައިވާ ކަމަށެވެ.

އޭގެއިތުރުން ބައެއް ދަރިވަރުންނަށް ފައިސާ ނުލިބޭތީ އެހެން ގޮތްގޮތުން ލޯނު ހޯދައިގެން ފައިސާ އެއްކޮށް، ކިޔަވަން ދާން ޖެހޭ ގައުމަށް ފުރުމަށް އަންނަނީ މަސައްކަތް ކުރަމުން ކަމަށް ވެސް މައުލޫމާތު ލިބެ އެވެ.

ސްޓޫޑެންޓް ލޯނަށް އަލަށް ކިޔަވަންދާ ދަރިވަރުންނަށް ފިނޭންސް މިނިސްޓްރީ މެދުވެރިކޮށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ފައިސާ ދޫކުރަނީ ދިގު ޕްރޮސެސްއެއްގެ ތެރެއިންނެވެ.

"އަދަދު" އަށް އެކި މަސްދަރުތަކުން އެނގިފައިވާ ގޮތުގައި ސްޓޫޑެންޓް ލޯނުގައި ކިޔަވަން އަލަށް ދާ ދަރިވަރުންނަށް ފައިސާ ހަމަޖެއްސުމުގައި އަދި ޕްރޮސެސް ފުރިހަމަ ކުރުމަށް ހަޔާ އެޑިއުކޭޝަނަށް އަންނަނީ ދަތިތައް ކުރިމަތިވަމުންނެވެ.

ސްޓޫޑެންޓް ލޯނުގައި ކިޔަވާ ދަރިވަރުންނަށް ފިނޭންސް މިނިސްޓްރީން ފައިސާ ދޫކުރަނީ، ޔުނިވާސިޓީން އެ ދަރިވަރަކު މެދުނުކެނޑި ކިޔަވަމުންދާކަމުގެ ލިޔުމެއް ހަޔާ އެޑިއުކޭޝަނަށް ފޮނުވުމުންނެވެ. އެ ދަރިވަރުންނަށް ވެސް ފައިސާ ދޫކުރުމުގައި ހަޔާ އެޑިއުކޭޝަނަށް އަންނަނީ ދަތިތައް ދިމާވަމުން ކަމަށް މައުލޫމާތު ލިބެ އެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ އޮފިޝަލަކު "އަދަދު" އަށް ވިދާޅުވީ އަލަށް ފުރާ ދަރިވަރުންނަށް ފައިސާ ދޫކުރުމުގައި ލަސްތަކެއް އުޅުނު ނަމަވެސް، ފައިސާ ދޫކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެގޮތުން އެ އޮފިޝަލް ވިދާޅުވީ ފިނޭންސް މިނިސްޓްރީއާ އެކު ގުޅިގެން ދަރިވަރުންނަށް ފައިސާ ދޫކުރުމަށް އިސްކަމެއް ދެއްވައިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ.

"ލޯނަށް ފައިސާ ދޫކުރަނީ އަޅުގަނޑުމެންގެ ކޭޝްފްލޯއަށް މައްޗަށް ބިނާކޮށް. އެހެންކަމުން ފިނޭންސުން ބައެއް ފަހަރު އެ ވާހަކަ ދައްކާލީމަ ހަމަޖައްސައި ދެވެން އޮތް ގޮތަކަށް ހަމަޖައްސައި ދެއްވާ. އޭރަކު އެ އޮންނަ ހުރިހާ އެއްޗެއް ކްލިއާކޮށްދެވޭތޯ ބައްލަވާ،" އޮފިޝަލް ވިދާޅުވި އެވެ.

ޕްރޮސެސް ދިގުވުމުން ލޯނަށް އަލަށް ކިޔަވަންދާ ދަރިވަރުންނަށް ބައެއް ފަހަރު ފައިސާ ދޫކުރުމުގައި ލަސްތަކެއް އުޅޭކަން ފާހަގަކުރައްވާ އެ އޮފިޝަލް ވިދާޅުވީ ލޯނުގައި ކިޔަވަމުންދާ ދަރިވަރުންނަށް ފައިސާ ދޫކުރުމުގައި ލަސްތަކެއް ނޫޅޭނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox