ސިވިލް ސާވަންޓުން ހުށަހެޅި ޕެޓިޝަނުގައި ފާހަގަ ކޮށްފައިވަނީ ފަރުވާތެރި މުވައްޒަފެއްގެ ނަން: އާދަމް ނަސީރު

ރައީސް އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އާދަމް ނަސީރު ވާހަކަދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް

ރައީސް އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އާދަމް ނަސީރު ވާހަކަދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް

ދިވެހި ބަހާއި ސަގާފަތާ ބެހޭ ވުޒާރާގައި މަސައްކަތް ކުރާ ސިވިލް ސާވަންޓުންގެ ވަޒީފާގެ މަސްއޫލިއްޔަތުތައް އޮޅުންބޮޅުންވެ މަސައްކަތް ކުރަން ދަތިވެފައިވާ ކަމަށް ބުނެ އެ މިނިސްޓްރީގެ ބައެއް މުވައްޒަފުން ސިވިލް ސާވިސް ކޮމިޝަނަށް ހުށަހަޅާފައިވާ ޕެޓިޝަނުގައި ފާހަގަ ކޮށްފައިވާ މުވައްޒަފަކީ ވަރަށް ރަނގަޅަށް ފަރުވާތެރިކަމާ އެކު މަސައްކަތް ކުރާ މުވައްޒަފެއް ކަމަށް މިނިސްޓަރު އާދަމް ނަސީރު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެެއްވަމުން މިނިސްޓަރު ނަސީރު ވިދާޅުވީ އެ ވުޒާރާގެ މުވައްޒަފުންތަކެއް ސިވިލް ސާވިސްއަށް ހުށަހަޅާފައިވާ ޕެޓިޝަނުގައި ހުރި ޝަކުވާތައް ހިފައިގެން އޭނާއާ ހަމައަށް ރަސްމީކޮށް އެއްވެސް މުވައްޒަފަކު ނުދާ ކަމަށެވެ. ނަމަވެސް ޕެޓިޝަނުގައި ނަން ފާހަގަކޮށްފައިވާ މުވައްޒަފަކީ ވަރަށް ފަރުވާތެރި ކަމާއެކު ބުރަކޮށް މަސައްކަތް ކުރާ މުވައްޒަފެއް ކަމަށް ނަސީރު ވިދާޅުވި އެވެ.

"ސީދާ ވަކި ބޭފުޅަކަށް އަމާޒުވެފައި އޮތީމަ އޭނާއާ ބެހޭ ގޮތުން ދަންނަަވަން އޮތީ ހަމަ ވަރަށް ބުރަކޮށް ހަވާލު ކުރެވުނު ކޮންމެ މަސައްކަތެއް ވަރަށް ރަނގަޅަށް ގަޑިއަށް ނިންމަވާ ފަރުވާތެރި މުވައްޒަފެކޭ، ރަނގަޅަށޭ މަސައްކަތް ކުރައްވަމުން ގެންދަވަނީ،" އާދަމް ނަސީރު ވިދާޅުވި އެވެ.

ދިވެހި ބަހާއި ތަރިކައާ ބެހޭ ވުޒާރާގެ މުވައްޒަފުންތަކެއް ސޮއިކޮށް ސިވިލް ސާވިސް ކޮމިޝަނަށް ހުށަހެޅި ޕެޓިޝަންގެ ކޮޕީއެއް މިހާރު ސޯޝަލް މީޑިއާގައި ދައުރުވަމުން ދާއިރު، އެ ޕެޓިޝަނުގައި ބުނެފައި ވަނީ އެ ވުޒާރާގެ މުވައްޒަފުންގެ ހައްގުތަކަށް ބެލުމެއް ނެތި ހަމަހަމަކަމުގެ އުސޫލުން ބޭރުން ވަޒީފާގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތަކަށް ބެލުމެއް ނެތި ގަނާ ކުރުމުގެ އުސޫލުން އެވަގުތަކު ބޭނުންވާ ފަރާތެއް ލައްވައި ބޭނުންވާ ކަމެއް އެ ވުޒާރާގެ ބައެއް ވެރީން ކުރަމުންދާ ކަމަށެވެ.

ޕެޓިޝަނުގައި ހާއްސަކޮށް ފާހަގަކޮށްފައި ވަނީ އެ މިނިސްޓަރީގެ އެކްޓިން ޕީއެސްގެ މަގާމުގައި ހުންނެވި، ޑިރެކްޓާ ޖެނެރަލް، އާތިކާ އިބްރާހީމްގެ ނަމެވެ.

މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ނަސީރު ވިދާޅުވީ އެ މިނިސްޓަރީގެ މުވައްޒަފުންނަކީ ވަރަށް ބުރަކޮށް މަސައްކަތް ކުރާ ބައެއް ކަމަށާއި ޕެޓިޝަނުގައި ނަން ފާހަގަކޮށްފައި އޮތް އާތިކާގެ ދަށުން ވެސް 80 އަށްވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރަމުންދާ ކަމަށެވެ.

"މި މަސައްކަތުގައި ވަރަށް އަވަދިނެތި ވަރަށް ބުރަކޮށް ވަރަށް ޒިންމާދާރުކޮށް މަސައްކަތް ކުރައްވާ އެތައް މުވައްޒަފުންނެއް އެބަތިއްބެވި، ގާތްގަނޑަކަށް މިހާރު ހުންނެވި އެކްޓިން ޕީއެސްގެ ބެއްލެވުމުގެ ދަށުގައި 80 ވަރަކަށް މުވައްޒަފުން އެކި ގުނަވަންތަކާ އެކީގައި އެބަ ހިމެނޭ، 80 އަށްވުރެ ވެސް ގިނަވާނެ، އެހެންވީމާ އަޅުގަނޑުމެންގެ ތެރޭގައި ވަރަށް ބުރަކޮށް މަސައްކަތް ކުރައްވާ މުވައްޒަފުން އެބަތިއްބެވި،" ނަސީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ މައްސަލަ މިހާރު އޮތީ ސިވިލް ސާވިސްގައި ކަމަށް ވާތީ ދެން އެކަމާ ގުޅިގެން ވާހަކަ ދައްކާނީ އެ ކޮމިޝަނުން ކަމަށާއި އެކަމާ ގުޅޭ ގޮތުން އިތުރަށް ދަންނަވާނެ އެއްޗެއް ނެތް ކަމަށެވެ.

"ތިކަން އަޅުގަނޑާ ހަމައަށް ރަސްމީކޮށް އައިސްފައި ނެތުމާއި އަދި ތިޔަ ވިދާޅުވީ މިހާރު ސިވިލް ސާވިސްގައޭ އެ މައްސަލަ އޮތީ، ދެން އެހެން ކަމަށްވަންޏާ ދެން އެކޮޅުން ދެއްތޯ އެއަށް ވާހަކަ ދައްކަވާނީ، އަޅުގަނޑު ދަންނަވާނެ އެއްޗެއް ނެތް،" ނަސީރު ވިދާޅުވި އެވެ.

ސޯޝަލްމީޑިއާގައި އާންމުވެފައިވާ ޕެޓިޝަނުގައި ދިވެހި ބަހާއި ތަރިކައާ ބެހޭ މިނިސްޓަރީގެ މުވައްޒަފުން ޖުމުލަ 11 ޝަކުވާއެއް ފާހަގަކޮށްފައިވެ އެވެ.

އެގޮތުން އެ މިނިސްޓަރީގައި މަސައްކަތް ކުރާ ސަޕޯޓު މުވައްޒަފުންނަކީ އެ މިނިސްޓަރީގެ ބައެއް މަގާމުތައް ފުރުއްވާ ބޭފުޅުންނަށް ސައި ތައްޔާރުކޮށްދޭން އެކަށީގެންވާ ބައެއް ނޫން ކަމަށް ބުނެ މިނިސްޓަރީގެ އިދާރީ މުވައްޒަފުން ލައްވައި ގަދަކަމުން ސައި ތައްޔާރު ކުރުވާ ކަމުގެ ޝަކުވާ އާއި އެއް ފަންތިއެއްގެ މުވައްޒަފުންނަށް މަސައްކަތް ހަވާލު ކުރުމުގައި ތަފާތު ކުރުން ގެންގުޅުމުގެ އިތުރުން ބަންދު ދުވަސްތަކާއި ރަސްމީ ވަގުތު ނޫން ވަގުތުތަކުގައި ވެސް މަސައްކަތަށް ނެރުމަށް މަގާމުގެ ނުފޫޒު ބޭނުންކޮށް ރަހުމުކުޑަކޮށް މުއާމަލާތު ކުރާ ކަމަށް ތުހުމަތު ކޮށްފައިވެ އެވެ.

އޭގެ އިތުރުން، ނަހަމަ ގޮތުގައި މަގާމުގެ ބޭނުންކޮށް، ވަކިވަކި މުވައްޒަފުންނާ ޒާތީ ގޮތުން ޖައްސައިލުމާއި ރަސްމީ ގަޑީގައި އޮފީހުގެ މުވައްޒަފުން ނޫން މީހުން އޮފީހަށް ވައްދައި، މަސައްކަތުގައި ޝާމިލުކޮށްގެން ގެންގުޅުމާއި މިނިސްޓަރީގެ ރިޕޯޓިން ހައިރާކީ އޮޅޭ ގޮތަށް މަސައްކަތް ހަވާލު ކުރާ ކަމަށް ވެސް ތުހުމަތު ކޮށްފައިވެ އެވެ.

ހަމައެހެންމެ، މުވައްޒަފުންނަށް އެންގުމަކާ ނުލައި ވަކި ސަބަބެއް ބަޔާން ކުރުމެއް ނެތި ހަމަޖެހިފައިވާ އުސޫލުތަކުގެ ބޭރުން ވަކި ފަރާތެއް އަންގައިގެން ކަމަށް ބުނެ މުވައްޒަފުން ވަޒީފާގެ މަސްއޫލިއްޔަތުތަކުން އެކަހެރި ކުރުމާއި ގަވާއިދާ ހިލާފަށް އަމަލު ކުރަން މުވައްޒަފުންނަށް މަޖުބޫރު ކުރާ ކަމަށް ވެސް ޕެޓިޝަނުގައި ތުހުމަތު ކޮށްފައިވެ އެވެ.

މި ހިނގާ ސެޕްޓެމްބަރު 11، ވަނަ ދުވަހުގެ ސިވިލް ސާވިސްއަށް ފޮނުވާފައިވާ އެ ޕެޓިޝަނާ ގުޅޭ ގޮތުން ސިވިލް ސާވިސްއިން މިހާތަނަށް އެއްވެސް އެއްޗެއް ނުބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox