67 އަހަރު ތެރޭ އެމެރިކާ ދަނޑުގައި ކެނަޑާ އަށް ފުރަތަމަ މޮޅު

Sep 8, 2024, 9:36 AM
67 އަހަރު ތެރޭ އެމެރިކާ ދަނޑުގައި ކެނަޑާ އަށް ފުރަތަމަ މޮޅު

ކަންސަސް ސިޓީ، ޔުނައިޓެޑް ސްޓޭޓްސް (ސެޕްޓެމްބަރު 8) - ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗެއްގައި ކެނަޑާ އިން 2-1 އިން އެމެރިކާ ބަލިކޮށްފި އެވެ.

މިއީ، ފާއިތުވި 67 އަހަރު ތެރޭ އެމެރިކާ ދަނޑުގައި އެ ޓީމާ ދެކޮޅަށް ކުޅުނު މެޗަކުން ކެނަޑާ މޮޅުވި ފުރަތަމަ ފަހަރެެެވެ. އެންމެ ފަހުން އެމެރިކާ ދަނޑުގައި އެ ޓީމާ ބައްދަލުކުރި މެޗަކުން ކެނަޑާ މޮޅުވީ، 1957 ވަނަ އަހަރު ސެއިންޓް ލުއިސްގަ އެެވެ.

އެ މެޗު ކުޅުނު ފަހުން، އެމެރިކާ އިން އަމިއްލަ ދަނޑުގައި ކެނަޑާއާ ބައްދަލުކުރި 27 މެޗުން ވެސް ބަލިނުވެ އޮތް ނަމަވެސް ވަގުތީ ކޯޗު، މިކޭ ވަރާސްއާ އެކު ނުކުމެ މި ވަނީ ނާކާމިޔާބާ ކުރިމަތިލާން ޖެހިފަ އެވެ.

މިއީ، އަމިއްލަ ގައުމުގައި ކުޅުނު ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖުން ކެޓި ފަހުން އެެމެރިކާ އިން ކުޅުނު ފުރަތަމަ މެޗެވެ. ކޮޕަ އެމެރިކާގެ ދަށް ނަތީޖާ އަށް ފަހު، އެމެރިކާގެ ކޯޗުކަމުން ގްރެގް ބާހޯލްޓާ ވަކިކުރިއިރު، އެމެރިކާ އިން އަންނަނީ ޗެލްސީ ކޯޗުކަމުން ދާދި ފަހުން ވަކިވި، މައުރީސިއޯ ޕޮޗެޓީނޯ، އެ ޓީމުގެ ކޯޗަކަށް ހަމަޖެއްސުމުގެ ކޮންޓްރެކްޓް ކަންކަން ނިންމަމުންނެވެ.

މި ފަހަރުގެ ކޮޕަ އެމެރިކާގެ ސެމީ ފައިނަލަށް ދަތުރުކުރި ކެނަޑާ ޓީމަށް ރޭގެ މެޗުގައި ލީޑުނަގައިދިނީ ޖޭކަބް ޝެފަލްބާގް އެވެ. ދެ ވަނަ ހާފުގައި ޖޮނަތަން ޑޭވިޑް ވަނީ ކެނަޑާގެ ލީޑުފުޅާކުރި ފަހުން، މެޗުގައި އެމެރިކާ އިން ޖެހި ހަމައެކަނި ގޯލު ކާމިޔާބުކުރީ، ލޫކަ ޑެ ލަ ޓޯރޭ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2030 ގެ ފީފާ ވޯލްޑް ކަޕްގެ ރައިޓްސްތަކެއް ނެޓްފްލިކްސް އަށް

2030 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް މެޗުތައް ސްޕެއިން އާއި އެންޑޯރާގައި ދެއްކުމުގެ ރައިޓްސް ނެޓްފްލިކްސް އިން ގަނެފި. މި އެއްބަސްވުމުގެ ދަށުން ކޮންމެ ދުވަހަކު އެއް މެޗު ހިލޭ ސްޓްރީމް ކުރާއިރު، އޭގެ ތެރޭގައި ސެމީ ފައިނަލާއި ފައިނަލް މެޗު ވެސް ހިމެނޭ.

ޗައިނާ މުބާރާތުގައި ވެސް ގައުމީ ފުޓްސަލް ޓީމަށް ކޯޗު ޒަކީރޯވް

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވެސް ރާއްޖޭގެ ގައުމީ ޓީމަށް އިރުޝާދުދޭނީ ކޯޗު ފާރޫކް ޒަކީރޯވް ކަމަށް އެފްއޭއެމް އިން ވަނީ ހާމަކޮށްފައި. މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ޓީމުން މިހާރު ފަރިތަކުރުންތައް ފަށާފައިވާއިރު، ރާއްޖޭގެ އިތުރުން މި މުބާރާތުގައި ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާނެ

ގައްދޫ ބަލިކޮށް ބުރު އަށް ސީޒަންގެ ފުރަތަމަ މޮޅު

ދިވެހި ޕްރިމިއާ ލީގުގައި ގދ. ގައްދޫ 2-0 އިން ބަލިކޮށް، ބުރު ސްޕޯޓްސް ކްލަބުން މި ސީޒަނުގެ ފުރަތަމަ މޮޅު ހޯދައިފި. މި މެޗުގެ ލަނޑުތައް ބުރު ސްޕޯޓްސްއަށް ކާމިޔާބުކޮށްދިނީ ޖުއާން އެޑުއާޑޯ ލެސްކާނޯ އާއި އިބްރާހިމް އުސާމާ ހަސަން މަޖީދު

ލަމްޕާޑް އެދުނީ ކަވެންޓްރީ އިން ހަމަބިމުގައި ތިބެން

ކޯޗު ފްރޭންކް ލަމްޕާޑްގެ އިރުޝާދުގެ ދަށުން ކަވެންޓްރީ ސިޓީން 25 އަހަރަށް ފަހު ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި ފުރަތަމަ މޮޅު ހޯދައިފި. ނިއުކާސަލް އަތުން ލިބުނު މި ކާމިޔާބީއާއެކުވެސް، ލަމްޕާޑް ބާރުއެޅީ ޓީމުގެ ސަމާލުކަން ނުގެއްލުވައި ހަމަބިމުގައި ތިބެގެން ކުރިއަށް ދިއުމަށް

އެމެރިކާ އަކީ ފުޓްބޯޅައިގެ ގައުމެއް ނޫން: ޖިރޫ

އެމެރިކާގެ އެލްއޭ އެފްސީއަށް ކުޅުމަށްފަހު ފްރާންސްގެ ލިލް އަށް ބަދަލުވި އޮލިވިއޭ ޖިރޫ ބުނިގޮތުގައި، އެމެރިކާ އަކީ ޔޫރަޕާ އަޅާބަލާއިރު ފުޓްބޯޅައިގެ ޖޯޝާއި ފޯރި ކުޑަ، ހަމައެކަނި ފުޓްބޯޅައިގައި ހިމެނޭ ފައިސާއަށް އިސްކަންދޭ ގައުމެއް

ރާއްޖެ މެޗުގެ ކަންތަކާ ހެދި ލަންކާ ކޯޗު 5000 ޑޮލަރުން ޖޫރިމަނާ

އޭއެފްސީ 20 އަހަރުން ދަށުގެ ކޮލިފައިންގައި ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗަށްފަހު، ދިވެހި ޓީމަށް ބޭއަދަބީ ބަހުން މުހާތަބުކުރި ލަންކާގެ އެސިސްޓަންޓް ކޯޗު މުހައްމަދު އިމްރާން 5000 ޑޮލަރުން އޭއެފްސީން ޖޫރިމަނާކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުން އޭނާ ވަގުތުން މަގާމުން ވަކިކޮށްފައިވާއިރު، ދެ އަހަރު ދުވަހުގެ ސަސްޕެންޝަނެއް ދިނުމަށްވެސް އެ ފެޑެރޭޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ގައްދޫން މި ބުރުގައި ހަ ޕޮއިންޓް ހޯދަންޖެހޭ: ނަޒީހު

ދިވެހި ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ބަލިވެފައިވާ ގައްދޫ ޓީމުން، މި ބުރުގައި ހަ ޕޮއިންޓް ހޯދަން ޖެހޭ ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ނަޒީހު ބުނެފިއެވެ. ބަޖެޓާއި ތަޖުރިބާކާރު ކުޅުންތެރިންގެ ދަތިކަން ހުރި ނަމަވެސް، މިއަދު ބުރު ސްޕޯޓްސްއާ ދެކޮޅަށް ކުޅޭ މެޗަކީ ރަނގަޅު ނަތީޖާއެއް ނެރެން އުންމީދުކުރާ މެޗެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

Newsletter

Get the latest news delivered straight to your inbox