ޑްރޯން މައްސަލައިގައި ކެނަޑާގެ އޮލިމްޕިކްސް ރަން މެޑަލް އަތުލަފާނެ

Jul 27, 2024, 10:10 AM
ޑްރޯން މައްސަލައިގައި ކެނަޑާގެ އޮލިމްޕިކްސް ރަން މެޑަލް އަތުލަފާނެ

ޕެރިސް (ޖުލައި 27) - ނިއު ޒީލެންޑް އަންހެން ފުޓްބޯޅަ ޓީމުގެ ޓްރެއިނިން ކުރިއަށްދަނިކޮށް، އެ ތަނުގެ މަތިން، ކެނަޑާ ޓީމުގެ އޮފިޝަލަކު ޑްރޯން ދުއްވި މައްސަލައިގެ ތަހުގީގުގެ ތެރެއިން ކެނަޑާ އިން ކުރިން ވެސް ޑްރޯން ދުއްވާފައިވާކަމުގެ ރިޕޯޓްތަކެއް އާންމުވުމާ އެކު، ކެނަޑާ އަށް އެންމެ ފަހުން، ބޭއްވި ޓޯކިޔޯ އޮލިމްޕިކްސް އިން ލިބުނު ރަން މެޑަލް އަތުލަފާނެ ކަމުގެ ރިޕޯޓްތަކެއް އާންމުވެއްޖެ އެވެ.

މިދިޔަ ހޯމަ ދުވަހު، ސެއިން އެޓިއެންގައި ނިއު ޒީލެންޑުން ޕްރެކްޓިސް ކުރަމުން ދިޔަ ވަގުތެއްގައި ކެނަޑާ އޮފިޝަލަކު ވަނީ މަތިން ޑްރޯން ދުއްވައި، ވީޑިއޯ ކޮށްފަ އެވެ. ނިއު ޒީލެންޑް ޓީމުން މި މައްސަލަ، ޕޮލިހުންނަށް ރިޕޯޓްކުރުމާ އެކު، ޑްރޯން އެރުވި ފަރާތް، ފުލުހުން ހިފެހެއްޓިއިރު، އެއީ ކެނަޑާ ޓީމު އޮފިޝަލެކެވެ.

ކެނަޑާ އޮލިމްޕިކް ކޮމިޓީން ބުނީ، ފުލުހުން ހިފެހެއްޓި، ކެނަޑާގެ ޓީމު އޮފިޝަލަކީ މި ފަހަރުގެ މުބާރާތަށް އެކްރެޑިޓްކޮށްފައިވާ އޮފިޝަލެއް ނޫން ކަމަށެވެ. އެކަަމަކު، މި ފަދަ ކަމެއް ހިނގުމަކީ ދެރަ ކަމެއް ކަމަށާއި މި ކަމާ ނިއު ޒީލެންޑްގެ ކިބައިން މާފަށް އެދޭ ކަމަށެވެ. ކަންތައްތައް ދިމާވި ގޮތުން، އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީގެ އެންގުމާ އެއްގޮތަށް، ކެނަޑާ އިން ވަނީ، އެ ޓީމުގެ އެސިސްޓަންޓް ކޯޗު، ޖާސްމީން މެންޑާ އާއި އެކްރެޑިޓްކޮށްފައިނުވާ، އެނަލިސްޓް، ޖޯސެޕް ލޮމްބާޑީ ގެއަށް ފޮނުވާލައިފަ އެވެ.

ޓޯކިޔޯ 2020 އޮލިމްޕިކްސްގެ (ކޮވިޑް-19އާ ހެދި 2021 ގައި ބޭއްވި އޮލިމްޕިކްސް)، އަންހެން ފުޓްބޯޅައިން ރަން މެޑަލް ހޯދި ކެނަޑާ އަންހެން ޓީމުގެ ކޯޗަކީ، ބެވަލީ ޕްރީސްޓްމަން، 38، އެވެ. އޭނާ ވަނީ ޓީމު އޮފިޝަލުން ކުރި ކުށުގެ ޒިންމާ ނަގާ ކަމަށް ބުނެ، ފުރަތަމަ މެޗުގައި، ޓީމަށް އިރުޝާދުދިނުމުގައި ބައިވެރިނުވާން ނިންމައިފަ އެވެ. އެކަމަކު، ފަހުން ކެނަޑާ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ ޕްރީސްޓްމަން، މަގާމުން އެކަހެރިކޮށްފަ އެވެ.

އޭގެ ފަހުން، މީޑިއާގައި އާންމުވި ރިޕޯޓްތަކަކީ، ކެނަޑާގެ އަންހެން އަދި ފިރިހެން ގައުމީ ޓީމުން، މީގެ ކުރިން މުބާރާތްތަކުގައި ވެސް އިދިކޮޅު ޓީމުތަކުގެ މައުލޫމާތު ހޯދަން ޑްރޯން ދުއްވާފައިވާ ކަމެވެ.

ކެނަޑާ ފިރިހެން ޓީމާ ހަވާލުވެހުރި، ޖެސީ މާޝް އަށް، ދާދި ފަހުން، ނިމުނު ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތުގައި ވެސް އެ ޓީމުގެ އޮފިޝަލެއްގެ ފަރާތުން އެކަން ފެނުނު ކަމަށްވެ އެވެ. ކެނަޑާ ވަނީ ދާދި ފަހުން، ކުޅުނު ކޮޕަ އެމެރިކާގެ ސެމީ ފައިނަލަށް ވެސް ދަތުރުކޮށްފަ އެވެ.

ކެނަޑާ ފުޓްބޯޅަ ފެޑެރޭޝަނުގެ، ޗީފް އެކްޒެކްޓިވް ކެވިން ބްލޫ ދާދި ފަހުން، ވަނީ ޑްރޯންއާ ގުޅޭ މައްސަލައެއް އޭނާ އަށް ވެސް ލިބުނު ކަމަށް ބުނެފަ އެވެ.

ކެނަޑާ އޮލިމްޕިކް ކޮމިޓީގެ ޗީފް އެގްޒެކްޓިވް، ޑޭވިޑް ޝޫމޭކާ ވިދާޅުވީ، ކެނަޑާ އަންހެން ޓީމަށް އެންމެ ފަހުން އޮލިމްޕިކްސްގައި ލިބުނު ރަން މެޑަލް އަތުލަފާނެ ކަމުގެ މައުލޫމާތުތަކެއް އޭނާ އަށް ވެސް ލިބިފައިވާ ކަމަށެވެ. އެކަމަކު، މި ކަންކަމުގެ ސީދާ މައުލޫމާތު ލިބޭނީ، ކުރިއަށްދާ ތަހުގީގުތައް ނިމުމަށް ފަހު ކަމަށް ޝޫމޭކާ ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2030 ގެ ފީފާ ވޯލްޑް ކަޕްގެ ރައިޓްސްތަކެއް ނެޓްފްލިކްސް އަށް

2030 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް މެޗުތައް ސްޕެއިން އާއި އެންޑޯރާގައި ދެއްކުމުގެ ރައިޓްސް ނެޓްފްލިކްސް އިން ގަނެފި. މި އެއްބަސްވުމުގެ ދަށުން ކޮންމެ ދުވަހަކު އެއް މެޗު ހިލޭ ސްޓްރީމް ކުރާއިރު، އޭގެ ތެރޭގައި ސެމީ ފައިނަލާއި ފައިނަލް މެޗު ވެސް ހިމެނޭ.

ޗައިނާ މުބާރާތުގައި ވެސް ގައުމީ ފުޓްސަލް ޓީމަށް ކޯޗު ޒަކީރޯވް

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވެސް ރާއްޖޭގެ ގައުމީ ޓީމަށް އިރުޝާދުދޭނީ ކޯޗު ފާރޫކް ޒަކީރޯވް ކަމަށް އެފްއޭއެމް އިން ވަނީ ހާމަކޮށްފައި. މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ޓީމުން މިހާރު ފަރިތަކުރުންތައް ފަށާފައިވާއިރު، ރާއްޖޭގެ އިތުރުން މި މުބާރާތުގައި ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާނެ

ގައްދޫ ބަލިކޮށް ބުރު އަށް ސީޒަންގެ ފުރަތަމަ މޮޅު

ދިވެހި ޕްރިމިއާ ލީގުގައި ގދ. ގައްދޫ 2-0 އިން ބަލިކޮށް، ބުރު ސްޕޯޓްސް ކްލަބުން މި ސީޒަނުގެ ފުރަތަމަ މޮޅު ހޯދައިފި. މި މެޗުގެ ލަނޑުތައް ބުރު ސްޕޯޓްސްއަށް ކާމިޔާބުކޮށްދިނީ ޖުއާން އެޑުއާޑޯ ލެސްކާނޯ އާއި އިބްރާހިމް އުސާމާ ހަސަން މަޖީދު

ލަމްޕާޑް އެދުނީ ކަވެންޓްރީ އިން ހަމަބިމުގައި ތިބެން

ކޯޗު ފްރޭންކް ލަމްޕާޑްގެ އިރުޝާދުގެ ދަށުން ކަވެންޓްރީ ސިޓީން 25 އަހަރަށް ފަހު ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި ފުރަތަމަ މޮޅު ހޯދައިފި. ނިއުކާސަލް އަތުން ލިބުނު މި ކާމިޔާބީއާއެކުވެސް، ލަމްޕާޑް ބާރުއެޅީ ޓީމުގެ ސަމާލުކަން ނުގެއްލުވައި ހަމަބިމުގައި ތިބެގެން ކުރިއަށް ދިއުމަށް

އެމެރިކާ އަކީ ފުޓްބޯޅައިގެ ގައުމެއް ނޫން: ޖިރޫ

އެމެރިކާގެ އެލްއޭ އެފްސީއަށް ކުޅުމަށްފަހު ފްރާންސްގެ ލިލް އަށް ބަދަލުވި އޮލިވިއޭ ޖިރޫ ބުނިގޮތުގައި، އެމެރިކާ އަކީ ޔޫރަޕާ އަޅާބަލާއިރު ފުޓްބޯޅައިގެ ޖޯޝާއި ފޯރި ކުޑަ، ހަމައެކަނި ފުޓްބޯޅައިގައި ހިމެނޭ ފައިސާއަށް އިސްކަންދޭ ގައުމެއް

ރާއްޖެ މެޗުގެ ކަންތަކާ ހެދި ލަންކާ ކޯޗު 5000 ޑޮލަރުން ޖޫރިމަނާ

އޭއެފްސީ 20 އަހަރުން ދަށުގެ ކޮލިފައިންގައި ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗަށްފަހު، ދިވެހި ޓީމަށް ބޭއަދަބީ ބަހުން މުހާތަބުކުރި ލަންކާގެ އެސިސްޓަންޓް ކޯޗު މުހައްމަދު އިމްރާން 5000 ޑޮލަރުން އޭއެފްސީން ޖޫރިމަނާކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުން އޭނާ ވަގުތުން މަގާމުން ވަކިކޮށްފައިވާއިރު، ދެ އަހަރު ދުވަހުގެ ސަސްޕެންޝަނެއް ދިނުމަށްވެސް އެ ފެޑެރޭޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ގައްދޫން މި ބުރުގައި ހަ ޕޮއިންޓް ހޯދަންޖެހޭ: ނަޒީހު

ދިވެހި ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ބަލިވެފައިވާ ގައްދޫ ޓީމުން، މި ބުރުގައި ހަ ޕޮއިންޓް ހޯދަން ޖެހޭ ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ނަޒީހު ބުނެފިއެވެ. ބަޖެޓާއި ތަޖުރިބާކާރު ކުޅުންތެރިންގެ ދަތިކަން ހުރި ނަމަވެސް، މިއަދު ބުރު ސްޕޯޓްސްއާ ދެކޮޅަށް ކުޅޭ މެޗަކީ ރަނގަޅު ނަތީޖާއެއް ނެރެން އުންމީދުކުރާ މެޗެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

Newsletter

Get the latest news delivered straight to your inbox