ދީމާގެ މި ވަގުތުގެ ފޯކަސް ގައުމީ މުބާރާތާއި އިންޓަނޭޝަނަލް މުބާރާތްތަކަށް

Sep 2, 2024, 4:59 AM
ދީމާގެ މި ވަގުތުގެ ފޯކަސް ގައުމީ މުބާރާތާއި އިންޓަނޭޝަނަލް މުބާރާތްތަކަށް

މި ވަގުތު އެންމެ ބޮޑު ފޯކަސް އެއް ހުރީ ގައުމީ ޓޭބަލް ޓެނިސް މުބާރާތުގައި ކާމިޔާބު ހޯދުމާއި ތައިލެންޑާއި ވިއެޓްނާމްގައި ކުރިއަށް އޮތް އިންޓަނޭޝަނަލް މުބާރާތްތަކަށް ކަމަށް ގައުމީ ޓީޓީ ތަރި، ފާތިމަތު ދީމާ އަލީ ބުނެފި އެވެ.

ކޮލިފައިން އެއް ކާމިޔާބުކޮށް އޮލިމްޕިކްސްއެއްގައި ވާދަކުރި ފުރަތަމަ ދިވެހި އެތުލީޓުގެ ޝަރަފް ހޯދައި، މި ފަހަރުގެ ޕެރިސް އޮލިމްޕިކްސްގައި ވާދަކުރި ދީމާ، 16، ވަނީ ދާދި ފަހުން، ގައުމީ ރޭންކިންގައި ކުޅުނު ހުރިހާ މެޗަކުންނާއި އެސޯސިއޭޝަން ކަޕްގައި އެއް މެޗު ފިޔަވައި ހުރިހާ މެޗަކުން މޮޅުވެފަ އެވެ.

ދެ ވަނަ ފަހަރަށް އެސޯސިއޭޝަން ކަޕްގެ ސިންގަލްސް ޗެމްޕިއަންކަން ހޯދި ދީމާ ވަނީ މި ފަހަރުގެ މުބާރާތުގެ 19 އަހަރުން ދަށުގެ އަންހެން ސިންގަލްސް ޗެމްޕިއަންކަމާއި 19 އަަހަރުން ދަށުގެ މިކްސް ޑަބަލްސް ޗެމްޕިއަންކަން، އަހްޔާރު އަހުމަދު ހާލިދުއާ އެއް ޕެއާ އަކަށް ކުޅެގެން ހޯދައިފަ އެވެ. އެކަމަކު، ދީމާ އާއި އަހްޔާރު އަށް ޑިވިޝަން އެކެއްގެ މިކްސް ޑަބަލްސް އިން ލިބުނީ ރަނަރަޕް އެވެ.

އެސޯސިއޭޝަން ކަޕަށް ފަހު، "އަދަދު ސްޕޯޓްސް"އާ ވާހަކަ ދައްކަމުން ދީމާ ބުނީ، ޖުމްލަކޮށް ބަލާއިރު އެސޯސިއޭޝަން ކަޕް ދިޔައީ ވަރަށް ރަނގަޅަށް ކަމަށެވެ. އެ ގޮތުން، ގައުމީ ރޭންކިންގައި ކުޅުނު މެޗުތަކުން ކަންކަން ދަސްކޮށްގެން، އެސޯސިއޭޝަން ކަޕް ފައިނަލުގައި އައިޝަތު ރަފާ ނާޒިމް އަތުން 4-0 އިން މޮޅުވެވުނުކަން ދީމާ ފާހަގަކުރި އެވެ.

"ދީމާ ރޭންކިންގައި ވެސް ކުޅެން ޖެހުނު ރަފާއާ އެކު ވެސް ތިން ފަހަރު. ސޯ އައިތިންކް އެ މެޗުގެ ވީކް ޕޮއިންޓްސްއާ އެއްޗެހި އައި ޓްރައި ޓު ޔޫސް އެންޑް އިމްޕްލިމެންޓް. ދެން، މި މުބާރާތަށް ފަހު މި އޮތީ ގައުމީ، އިޓްސް ނޮޓް ޑަން ޔެޓް (އަދި މި ނިމުނީ އެއް ނޫން). ހޯޕިން ގައުމީ ގައި ވެސް ރަނގަޅަށް ކުޅެވޭތޯ،" ހަތަރު ފަަހަރު ގައުމީ ޗެމްޕިއަންކަން ހޯދާފައިވާ ދީމާ ބުންޏެވެ.

ދީމާ ބުނީ، ގައުމީ މުބާރާތް ނިންމާލުމަށް ފަހު، މި އަހަރު ތައިލެންޑާއި ވިއެޓްނާމްގައި އޮތް މުބާރާތްތަކެއްގައި ވާދަކުރާނެ ކަމަށެވެ. އަދި އެ މުބާރާތްތަކަށް ދިއުމުގެ ކުރިން ވެސް ފޯކަސް ކުރަން ޖެހޭ ކަންކަން ހުރިކަން ދީމާ ފާހަގަކުރި އެެެވެ.

"މި އަހަރު އެބަހުރި ބައިވަރު މުބާރާތްތައް، އެހެންވީމަ ދީމާ ފޯކަސް ކުރަނީ މެޗު އިމްޕްރޫވްކުރަން، މެޗުގެ ގޭމް އިމްޕްރޫވްކޮށްފައި. މުބާރާތްތައް ނިމުނީމަ ރަނގަޅު ލޯންގް ޓާމް ޓްރެއިނިން އަށް ދާން. ޑަބްލިއުޓީޓީ ބެންކޮކް، މި އޮތީ ގައުމީ އަށް ފަހު. ބެންކޮކް ނިންމާފައި، ދެން ދަނީ، ވިއެޓްނާމް އަށް ޑަބްލިއުޓީޓީ އެއްޗެއް،" ދީމާ ބުންޏެވެ.

މިދިޔަ ދޮޅު އަހަަރަކީ ދީމާ އަށް ރާއްޖޭން ބޭރުގައި ގިނަ ޓްރެއިނިންތަކަކާއި މުބާރާތްތަކެއް ކުޅެން ޖެހުނު މުއްދަތެކެވެ. އެ މުއްދަތުގެ ތަޖުރިބާތައް ހިއްސާކުރަމުން ދީމާ ބުނީ، ލިބެމުން އަންނަ ބްރޭކްތަކުގެ ބޭނުން ރަނގަޅަށް ހިފަމުން އަންނަ ކަމަށެވެ. އަދި އަނެއްކާ ވެސް ލޯންގް ޓާމްކޮށް ވިސްނައި، ޓްރެއިނިންތައް ފަށަން ކެތްމަދުވެފައި ހުރި ކަމަށް ދީމާ ވަނީ ބުނެފަ އެވެ.

ގައުމީ ޓީޓީ މުބާރާތް މިއަދު ފެށުމަށް ޓީޓީ އެސޯސިއޭޝަނުން އޮތީ ތާވަލުކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބުރު އަތުން މޮޅެއް ހޯދައި މާޒިޔާ ދެ ވަނަ އަށް

ދިވެހި ޕްރިމިއާ ލީގުގައި ބުރު ސްޕޯޓްސް ކްލަބް 2-0 އިން ބަލިކޮށް، މާޒިޔާ ތާވަލުގެ ދެވަނައަށް ޖެހިލައިފި. ކުރިއަށް އޮތް ސާފް ޗެމްޕިއަންޝިޕަށް ގައުމީ ޓީމު ތައްޔާރުވުމަށްޓަކައި މި މެޗަށްފަހު ލީގުގެ ކުޅުން ވަނީ މަހެއްހާ ދުވަހަށް މެދުކަނޑާލާފައި. ލީގު މެދުކަނޑާލިއިރު ތާވަލުގެ އެއްވަނައިގައި އޮތީ 16 ޕޮއިންޓާއެކު ވިކްޓަރީ ސްޕޯޓްސް ކްލަބް

އިތުރު ވަގުތުގައި ދެ ގޯލު ޖަހައިގެން މޮޅުވެ އިންޓަ އެއް ވަނަ އަށް

އިޓާލިއަން ލީގުގައި ފިއޮރެންޓީނާ އަތުން 2-1 އިން މޮޅުވެ، އިންޓަ މިލާނުން ތާވަލުގެ އެއްވަނައަށް ޖެހިލައިފި. މެޗުގެ އިތުރު ވަގުތުގައި ޖެހި ދެ ގޯލާއެކު އިންޓަ މޮޅުވިއިރު، އެޓީމަށް އެއްވަނަ ލިބެނީ ލާޒިއޯއާ އެއްވަރަށް ޕޮއިންޓް ލިބިފައިވީ ނަމަވެސް ހެޑް-ޓު-ހެޑް ގަވާއިދުން

ލިވަޕޫލަށް މޮޅެއް، ބޯންމައުތުން ޔުނައިޓެޑް ބަލިކޮށްފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން ލިވަޕޫލުން 2-0 އިން ބްރައިޓަން ބަލިކުރިއިރު، ބޯންމައުތުން ވަނީ 3-0 ގެ ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށްފައި. މި މޮޅާއެކު ލިވަޕޫލް ތާވަލުގެ ހަތަރުވަނައަށް ޖެހިލިއިރު، ޔުނައިޓެޑުން މި މެޗަށް ނުކުތީ އެޓީމުގެ ކެޕްޓަން ބްރޫނޯ ފެނާންޑޭސް ނުލައި

ޓީސީ ބަލިކޮށް ބިސް ބުރު ފަސް ވަނަ އަށް

ދިވެހި ޕްރިމިއާ ލީގުގައި ޓީސީ ސްޕޯޓްސް ކްލަބް 2-1 އިން ބަލިކޮށް، ބިސް ބުރު ސްޕޯޓްސް ކްލަބް ތާވަލުގެ ފަސް ވަނައަށް ޖެހިލައިފި. ވިއްސާރައިގެ ސަބަބުން ކުޅުން މެދުކަނޑާލަން ޖެހުނު މި މެޗުގައި ބިސް ބުރުގެ ލަނޑުތައް ޖަހައިދިނީ އިބްރާހިމް އަތީގާއި މުހައްމަދު ޒިދާން އީސާ

އެތުލެޓިކޯ ސަޕޯޓަރުން ކިބައިން އަލްވަރޭޒް މައާފަށް އެދިއްޖެ

މި ސީޒަން ފެށުމުގެ ކުރިން ކްލަބް ބަދަލުކުރުމާ ގުޅޭގޮތުން ދެވުނު އިންޓަވިއުއެއްގެ ސަބަބުން، އެތުލެޓިކޯ މެޑްރިޑްގެ ސަޕޯޓަރުންގެ ކިބައިން ފޯވާޑް ޖޫލިއަން އަލްވަރޭޒް މައާފަށް އެދިއްޖެ. އޭނާ ބުނިގޮތުގައި އެ ވަގުތު ކަންތައް ކުރެވުނު ގޮތް ގޯސްކަމަށާއި، ސަޕޯޓަރުންގެ ނުރުހުން އަމާޒުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ގަބޫލުކުރޭ

ސިފައިން ގައުމީ ފައިނަަލަށް، އެމްޓީސީސީ މެޗު އެޗްޑީސީ އަށް

ގައުމީ ވޮލީ މުބާރާތުގެ ފައިނަލުން ސިފައިން ޖާގަ ހޯދިއިރު، އައިޓީސީގެ މައްސަލައެއްގައި އެމްޓީސީސީން މެޗު ދޫކޮށްލުމުން އެޗްޑީސީ ވަނީ ތިން ވަނަ ސެމީއަށް ދަތުރުކޮށްފައި. އެމްޓީސީސީން މެޗު ދޫކޮށްލީ ބިދޭސީ ކުޅުންތެރިންގެ އެގްރީމަންޓެއްގައި ސޮއިކުރަން ވީއޭއެމްއިން އެންގި ވަގުތު ކުޑަވުމާއި ގާނޫނީ ގޮތުން ބަލަންޖެހޭ ކަންކަން ހުރުމުން

ސާފަށް ތައްޔާރުވާން ރާއްޖޭން އިންޑޮނޭޝިއާގައި ކޭމްޕްކުރަނީ

އަންނަ މަހު ބަންގްލަދޭޝްގައި ބާއްވާ 15 ވަނަ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމަށް ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމު އިންޑޮނޭޝިއާގައި ކޭމްޕްކުރާ ގޮތަށް ވަނީ ހަމަޖެހިފައި. މި މަހުގެ 26 އިން އަންނަ މަހުގެ 2 އަށް ކުރިއަށްދާ މި ކޭމްޕަށް ފަހު، ޓީމު މުބާރާތަށް ފުރާނީ އަލުން ރާއްޖެ އައުމަށް ފަހުގައި.

Newsletter

Get the latest news delivered straight to your inbox