ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމަށް ގާތް މީހަކު ގެންނަން ލޮބީއެއް ނުކުރަން: އަބްދުއްރަހީމް

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މަޖިލީހުގެ ފުރަތަމަ ޖަލްސާގައި ބައިވެރިވެވަޑައިގަންނަވަނީ. އޭނާއަކީ 18 ވަނަ މަޖިލީހުގެ ވެސް މެންބަރެއް. ފޮޓޯ: މަޖިލީހުގެ ރައީސް

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މަޖިލީހުގެ ފުރަތަމަ ޖަލްސާގައި ބައިވެރިވެވަޑައިގަންނަވަނީ. އޭނާއަކީ 18 ވަނަ މަޖިލީހުގެ ވެސް މެންބަރެއް. ފޮޓޯ: މަޖިލީހުގެ ރައީސް

ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲގެ ގާތް ބޭފުޅަކު ގެންނަން އެމަނިކުފާނު ލޮބީކުރައްވާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީނު އަބްދުލް ގައްޔޫމު ކުރެއްވި ތުހުމަތު އަބްދުއްރަހީމް ދޮގުކުރައްވައިފި އެވެ.

ސަންގުޓީވީއަށް އަބްދުއްރަހީމް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ވިދާޅުވީ އެމަނިކުފާނާ ގުޅުން އޮތް މީހަކު ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމަށް ވަޑައިގެންފާނެ ކަމަށް ތުހުމަތުކުރައްވާ ބޭފުޅުން އެގޮތަށް ހީކުރައްވަނީ އާއިލާގައި ގާބިލު ބޭފުޅުން ތިއްބެވީމާ ކަމަށެވެ. ޔާމީނު އެގޮތަށް ވާހަކަ ދައްކަވަނީ އަބްދުއްރަހީމް ތުހުމަތުކުރެއްވި ގޮތުގައި އެގޮތަށް ކަންތައްވެއްޖެ ނަމަ ޔާމީނުގެ މައްސަލަތައް ބެލުން އަވަސްވެދާނެތީ އެވެ.

"ފުރަތަމަ ކަމަކަށް އަޅުގަނޑު ލޮބީއެއް ނުކުރަން [އާއިލީ ބޭފުޅަކު ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމަށް ގެންނާކަށް]، އަނެއް ކަމަކީ އެބޭފުޅުންނަށް ހީވަނީ ވަކި ބޭފުޅަކު، މިސާލަކަށް އަޅުގަނޑާ ގުޅުން އޮތް މީހަކު އެމަގާމަށް އަތުވެދާނޭ، އެއީ އެވަރުގެ އިލްމީ ގާބިލު މީހުން އަޅުގަނޑުގެ ފެމިލީގައި ތިބީމާތާ އެގޮތަށް ޝައްކު އުފައްދަން ޖެހޭނީ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އާއިލީ ބޭފުޅު ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމަށް ގެންނަވަން އަބްދުއްރަހީމް މަސައްކަތްކުރައްވާ ކަމަށް ކުރީގެ ރައީސް ޔާމީނާއި އެމަނިކުފާނުގެ އަރިސް ބޭފުޅުން ތުހުމަތުކުރައްވަނީ އަބްދުއްރަހީމް ސިފަކުރެއްވި ގޮތުގައި އެ ބޭފުޅުންގެ އޮތް ކަންބޮޑުވުމަކާ ހެދި އެވެ.

"ދެން އަނެއް ކަމަކީ އަޅުގަނޑާ ގާތްމީހަކު އައިސްފިއްޔާ އަނެއްކާ ޔާމީނުގެ މައްސަލަ އިތުރަށް، މާ ސްޕީޑްބާރުކޮށް ކުރިއަށް ހިނގައިދާނެ ކަމަށް ބިރުގަންނަނީ،" އެމަނިކުފާނު ވިދާޅުވި އެވެ.

ޔާމީނާއި އެމަނިކުފާނުގެ އަރިސްބޭފުޅުން ތުހުމަތުކުރައްވާ ގޮތުގައި ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމަށް އާއިލީ ބޭފުޅަކު ގެންނަން އަބްދުއްރަހީމް މަސައްކަތްކުރައްވަނީ އެމްއެމްޕީއާރުސީގެ މައްސަލަތައް ބަލައިފާނެތީ އެވެ.

އަބްދުއްރަހީމް ވިދާޅުވީ އެމްއެމްޕީއާރުސީގެ މައްސަލަ ބަލައިފާނެތީ އެމަނިކުފާނު އެއްގޮތަކަށް ވެސް ކަންބޮޑުވެވަޑައިނުގަންނަވާ ކަމަށާއި އެ ހިޔާނާތުގައި އެއްވެސް ބައިވެރިވުމެއް ނޯންނާނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox