ވިލާ ކޮލެޖަށް ވަޑައިގެންނެވި ފުރަތަމަ ފުލްބްރައިޓް ސްކޯލާ ޕްރޮފެސަރަށް ހޫނު މަރުހަބާއެއް

ވިލާ ކޮލެޖަށް ވަޑައިގެންނެވި ފުރަތަމަ ފުލްބްރައިޓް ސްކޯލާ ޕްރެސަރަށް ހޫނު މަރުހަބާއެއް ދެންނެވުން -- ފޮޓޯ: ވިލާ ކޮލެޖު

ވިލާ ކޮލެޖަށް ވަޑައިގެންނެވި ފުރަތަމަ ފުލްބްރައިޓް ސްކޯލާ ޕްރެސަރަށް ހޫނު މަރުހަބާއެއް ދެންނެވުން -- ފޮޓޯ: ވިލާ ކޮލެޖު

ވިލާ ކޮލެޖަށް ވަޑައިގެންނެވި ފުރަތަމަ ފުލްބްރައިޓް ސްކޯލާ އަދި އެސޯސިއޭޓް ޕްރޮފެސާ ޑރ. ޗާލްސް ވެނޯވާއަށް ރަސްމީކޮށް މަރުހަބާ ކިޔައިފި އެވެ.

ވިލާ ކޮލެޖުގައި ބޭއްވި ރަސްމިއްޔާތުގައި ވިލާ ކޮލެޖުގެ އިސްބޭފުޅުންނާއި އަދި ޔޫއެސް މިޝަން ޓު ދި މޯލްޑިވްސްގެ ފަރާތުން ޑެޕިއުޓީ ޗީފް އޮފް މިޝަން އަނަންދް ކްރިޝްނާ، ޕަބްލިކް އެފެއާޒް އޮފިސާ ޝެރިލް ނީލީ އަދި ޕަބްލިކް އެންގޭޖްމަންޓް ސްޕެޝަލިސްޓް އާމިނަތު ޝިޒްލީން ބައިވެރިވެ ވަޑައިގެންނެވި އެވެ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ފަރާތުން ސީނިއާ އަންޑާ ސެކްރެޓަރީ ހަސަން ހުސައިން ޝިހާބު (ޔޫރަޕް، އެމެރިކާސް އަދި އޯޝަނިއާ ޑިޕާޓްމަންޓް) އާއި އެސިސްޓެންޓް ޑިރެކްޓާ ފާތިމަތު ޒެއިނާ އަބްދުﷲ ސައީދު (ޔޫރަޕް، އެމެރިކާސް އަދި އޯޝަނިއާ ޑިޕާޓްމަންޓް) ބައިވެރިވެ ވަޑައިގެންނެވި އެވެ.

އެސޯސިއޭޓް ޕްރޮފެސާ ޑރ. ޗާލްސް ގެ ތައާރަފްއެއް ދެއްވުމަށްފަހު އެމަނިކުފާނު މަސައްކަތް ކުރިއަށް ރޭވިފައިވާ ގޮތުގެ ތަފްސީލް ވިލާ ކޮލެޖުގެ ސްކޫލް އޮފް ސައިކޮލޮޖީ ގެ ހެޑް އޮފް ސްކޫލް ޑރ. އާއިޝަތު ނަޝީދާ އެ ރަސްމިއްޔާތުގައި ދެއްވި އެވެ.

އެއަށް ފަހު ޑރ. ޗާރލްސްއަށް މަރުޙަބާ ދެންނެވުމުގެ ގޮތުން ވާހަކަފުޅު ދެއްކެވީ ޑރ. އަހުމަދު އަންވަރެވެ. އޭނާގެ ވާހަކައިގައި ވިލާ ކޮލެޖުގައި ރިސާޗް ކަލްޗާއެއް ގާއިމް ކުރުމަށް ކުރެވެމުންދާ މަސައްތަކަށް ވެސް އަލިއަޅުއްވާލެއްވި އެވެ.

އެ ރަސްމިއްޔާތުގައި ޔޫއެސް މިޝަންގެ ފަރާތުން ޑެޕިއުޓީ ޗީފް އަނަންދް ކްރިޝްނާ ދެއްކެވި ވާހަކަފުޅުގައި ވިލާ ކޮލެޖު ޓީމަށް ޝުކުރު އަދާކުރައްވައި، ރަސްމިއްޔާތަށް ދައުވަތު ދެއްވި ކަމަށްޓަކައި ޝުކުރު އަދާކުރައްވައި، ބައިނަލްއަގްވާމީ އެއްބާރުލުމާއި ޕާޓްނަޝިޕްތަކާއެކު ކުރިއަށް ގެންދެވޭނެ ގޮތްތަކާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވި އެވެ.

ވިލާ ކޮލެޖަށް ވަޑައިގެންނެވި ފުރަތަމަ ފުލްބްރައިޓް ސްކޯލާ ޕްރެސަރަށް ހޫނު މަރުހަބާއެއް ދެންނެވުން -- ފޮޓޯ: ވިލާ ކޮލެޖު
ވިލާ ކޮލެޖަށް ވަޑައިގެންނެވި ފުރަތަމަ ފުލްބްރައިޓް ސްކޯލާ ޕްރެސަރަށް ހޫނު މަރުހަބާއެއް ދެންނެވުން -- ފޮޓޯ: ވިލާ ކޮލެޖު

ވިލާ ކޮލެޖަށް ވަޑައިގެންނެވި ފުރަތަމަ ފުލްބްރައިޓް ސްކޯލާ ޕްރެސަރަށް ހޫނު މަރުހަބާއެއް ދެންނެވުން -- ފޮޓޯ: ވިލާ ކޮލެޖު

ރަސްމިއްޔާތުގައި ބައިވެރިންނާއި މުހާތަބުކޮށް ޑރ. ޗާލްސް އިލްމާއި އާ އުފެއްދުންތައް ކުރިއެރުވުމުގައި ދިރާސާއިން އަދާކުރާ މުހިންމު ދައުރުގެ ވާހަކަ ފާހަގަކުރެއްވި އެވެ. އަދި ދިރާސާގެ ހޯދުންތައް ފެތުރުމަކީ ހަމަ އެހާމެ މުހިންމު ކަމެއްކަން ފާހަގަކުރައްވައި ވިސްނުންތަކާއި ހޯދުންތައް ހިއްސާކުރުމަކީ ޖަމާއަތުގައި ކުރިއެރުމާއި ތަރައްގީއަށް މަގުފަހިވާ ކަމެއް ކަމަށް ވިދާޅުވި އެވެ.

އެ ރަސްމިއްޔާތުގައި ޑރ. ޗާލްސް ވެނޯވާއަށް ވިލާކޮލެޖުގެ އެޖަންކްޓް އެސޯސިއޭޓް ޕްރޮފެސާގެ މަގާމު ދެއްވުން ވެސް އޮތެވެ. މަގާމުގެ ލިޔުން ހަވާލުކޮށް ދެއްވީ ޑރ. އަލީ ނަޖީބު އެވެ.

އެސޯސިއޭޓް ޕްރޮފެސަރ ޑރ. ޗާރލްސް ވެނޯވާއަކީ އެމެރިކާގެ ސަރުކާރުން ހިންގާ ފުލްބްރައިޓް ސްކޯލާޝިޕް ޕްރޮގްރާމުގެ ދަށުން ރާއްޖެއަށް ވަޑައިގެންނެވި ބޭފުޅެކެވެ. މިއީ އެ ޕްރޮގްރާމް ގެ ދަށުން ވިލާ ކޮލެޖަށް ބޭފުޅަކު ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.

ޑރ. ޗާލްސް ވިލާ ކޮޖެގައި ހަތަރު މަސް ދުވަހުގެ މުއްދަތަށް މަސައްކަތް ކުރައްވާނެ އެވެ. އެމަނިކުފާނުގެ މަސައްކަތް ހާއްސަ ކުރައްވާނީ ރިސާޗް، ކަރިކިއުލަމް އަދި ޕެޑަގޮޖީގެ ދާއިރާއަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox