އިގްތިސާދީ އިސްލާހީ ފިޔަވަޅުތައް އަވަސް ކުރަން ޓްރޭޑް އެސޯސިއޭޝަނުން ގޮވާލައިފި

މޯލްޑީވްސް ޓްރޭޑް އެސޯސިއޭޝަން: ސަރުކާރުން އިގްތިސާދީ އިސްލާހީ ފިޔަވަޅު އަޅަން އެ އެސޯސިއޭޝަނުން ވަނީ ގޮވާލާފައި -- ފޮޓޯ: މަޖިލިސް

މޯލްޑީވްސް ޓްރޭޑް އެސޯސިއޭޝަން: ސަރުކާރުން އިގްތިސާދީ އިސްލާހީ ފިޔަވަޅު އަޅަން އެ އެސޯސިއޭޝަނުން ވަނީ ގޮވާލާފައި -- ފޮޓޯ: މަޖިލިސް

ރާއްޖޭގައި ޑޮލަރުގެ ދަތިކަން އިންތިހާއަށް ގޮސްފައިވާ ކަމަށް ބުނެ އިގްތިސާދީ އިސްލާހީ ފިޔަވަޅުތައް އަވަސް ކުރަން މޯލްޑިވްސް ޓްރޭޑް އެސޯސިއޭޝަން (އެމްޓީއޭ) އިން ސަރުކާރަށް ގޮވާލައިފި އެވެ.

އެމްޓީއޭއިން އާދީއްތަ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ ފާއިތުވި މަސްތަކުގައި ރާއްޖޭގައި ޑޮލަރުގެ ދަތިކަން އިތުރުވަމުން އައިސް، މިހާރު ވަނީ ޑޮލަރު ލިބުމުގެ ދަތިކަން އިންތިހާއަށް ބޮޑުވެ، ޑޮލަރުގެ އަގު މިއިން ޒަމާނަކު މަތި ނުވާ ދަރަޖައަށް މަތިވެފައިވާ ކަމަށެވެ.

އޭގެ ސަބަބުން ވިޔަފާރިތަކާއި އާންމު ރައްޔިތުންނަށް އިގްތިސާދީ އަދި މާލީ ބޮޑެތި ގޮންޖެހުންތަކާ ވަނީ ކުރިމަތިލާން ޖެހިފައި ކަމަށް ވެސް އެ ޖަމިއްޔާއިން ބުންޏެވެ.

"މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އިން ހާމަކޮށްފައިވާ މައުލޫމާތުގެ މައްޗަށް ބިނާކޮށް ބަލާއިރު، ފާއިތުވި ތިން މަސްދުވަހުގެ ތެރޭގައި ޑޮލަރުގެ ރަސްމީ ރޭޓާއި ނުރަސްމީ ރޭޓާ ދެމެދުގައިވާ ތަފާތު ވަނީ 20 އިންސައްތައަށްވުރެ އިތުރުވެފައި. ނުރަނގަޅު މި ބޮޑު ބަދަލުގެ ސަބަބުން އާންމު ފަރުދުންނާއި އާންމު ވިޔަފާރިވެރިން ޑޮލަރު ގަތުމަށް ބޮޑު އަގެއް މިވަނީ ދައްކަން ޖެހިފައި،" އެމްޓީއޭއިން ބުންޏެވެ.

ރާއްޖޭގައި ޑޮލަރު ތާށިކަން އިތުރުވެ، ބޭންކް ބީއެމްއެލްގެ ރުފިޔާ ކާޑުތަކުން ކުރެވޭ ބޭރުގެ މުއާމަލާތްތައް ހަނިކުރުމަށް ހަރުކަށި ފިޔަވަޅުތަކެއް އަޅާފައިވާކަން އެމްޓީއޭއިން ވަނީ ފާހަގަކޮށްފަ އެވެ. ނަމަވެސް އެމްއެމްއޭއިން އަންގައިގެން ބޭންކުން ވަނީ އެ ނިންމުން އިއްޔެ ބަދަލުކޮށްފަ އެވެ.

އެމްޓީއޭއިން ބުނީ އޭގެ ތެރޭގައި ރުފިޔާ ކާޑުތަކުން ކުރެވޭ ބޭރުގެ މުއާމަލާތްތައް މުޅިން ހުއްޓާލުމާއި، ބައެއް ކްރެޑިޓް ކާޑުތަކުގެ ޑޮލަރު ލިމިޓް އިތުރަށް ތިރިކުރުން ބޭންކުން އަޅާފައިވާ މި ފިޔަވަޅުތަކުގެ ނަތީޖާއެއްގެ ގޮތުން ކުދި އަދި މެދުފަންތީގެ ވިޔަވާރިވެރިން ކުރަމުން އަންނަ މުއާމަލާތްތަކަށް އިތުރު ދަތިތަކާ ވަނީ ކުރިމަތިލާން ޖެހިފައި ކަމަށެވެ.

"މިހާލަތުގައި، އިގްތިސާދަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކުން އަރައިގަނެ، އާންމު ވިޔަފާރިވެރިންނަށް ކުރިމަތިވަމުންދާ ގޮންޖެހުންތައް ކުޑަކުރުމަށް ސަރުކާރުން ކުއްލި ފިޔަވަޅުތަކެއް އަޅަން ޖެހިފައިވާކަން މިޖަމިއްޔާއިން ދެކެން. އޭގެ ތެރޭގައި ބޭރު ފައިސާ ލިބޭ މައިގަނޑު ދާއިރާތަކުން، ހާއްސަކޮށް ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ ޑޮލަރު ސީދާ ސަރުކާރަށް ވިއްކުމަށް ބާރުއެޅުމާއި، އަދި ޑޮލަރު ބޭނުންކުރެވޭނެ ދާއިރާތައް ވަގުތީގޮތުންނަމަވެސް ހަނިކުރަންޖެހޭކަމަށް މި ޖަމިއްޔާއިން ދެކެން،" އެމްޓީއޭއިން ބުންޏެވެ.

ހަމައެއާއެކު ދައުލަތުގެ ހަރަދު ކުޑަކޮށް، ސިޔާސީ ވަޒީފާތައް މަދުކޮށް، ދައުލަތުގެ ކުންފުނިތަކުގައި ހިނގަމުންދާ ކޮރަޕްޝަންގެ އަމަލުތައް ހުޓުވުމަކީ މިހާރުން މިހާރަށް ސަރުކާރުން މުހިންމު ފިޔަވަޅުތަކެއް އަޅަންޖެހިފައިވާ މައްސަލަތަކެއް ކަމަށް ވެސް އެމްޓީއޭއިން ބުންޏެވެ.

ރާއްޖޭގެ އިގްތިސާދަށް ކުރިމަތިވަމުންދާ ބޮޑެތި ގޮންޖެހުންތަކުން އަރައިގަނެ، މި ހާލަތުގައި ވިޔަފާރިތަކަށް މުދާ އެތެރެކުރުމަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވާކަން ފާހަގަކޮށް އެމްޓީއޭއިން ބުނީ މިހާލަތުން އަރައިގަތުމަށް އަވަސް ހައްލެއް ހޯދައިދިނުމަށް ހަރުދަނާ ފިޔަވަޅުތައް އެޅުމަށް ސަރުކާރަށް ގޮވާލާ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox