މުބާލް، 100 މީޓަރު އިންޑިވިޖުއަލް މެޑްލޭގެ ގައުމީ ރެކޯޑް އާކޮށްފި

Aug 23, 2024, 3:01 PM
މުބާލް، 100 މީޓަރު އިންޑިވިޖުއަލް މެޑްލޭގެ ގައުމީ ރެކޯޑް އާކޮށްފި

ގައުމީ ފެތުންތެރިޔާ، މުބާލް އައްޒާމް އިބްރާހީމް، ރާއްޖޭގެ ފިރިހެނުންގެ ޝޯޓް ކޯސް 100 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ގައުމީ ރެކޯޑް އާކޮށްފި އެވެ.

އޮސްޓްރޭލިއާގެ މެލްބަންގައި ކުރިއަށް ދިޔަ އަންކުލައުޑް ވިކްޓޯރިއަން އޯޕަން ޝޯޓްކޯސް ޗެމްޕިއަންޝިޕްސް 2024 ގައި ވާދަކޮށް މުބާލް، 100 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ރެކޯޑް އާ ކުރީ، 1 މިނިޓް، 04.51 ސިކުންތުން ރޭސް ނިންމައިގެންނެވެ.

މި އިވެންޓްގެ ގައުމީ ރެކޯޑް ފެތުންތެރިއަކަށް މުގުރާލެވިފައިމިވަނީ ތިން ވަރަކަށް އަހަރު ފަހުންނެވެ. އެ ގޮތުން، މި ރެކޯޑް އެންމެ ފަހުން ހަދާފައިވަނީ އަލީ އިމްއާން އެވެ. އިމްއާން މި ރެކޯޑް ހެދީ 2021 ވަނަ އަހަރު ކުރިއަށްދިޔަ ފީނާ ސްވިމިން ވޯލްޑް ކަޕްގަ އެވެ.

އެ ފަަހަރު، 100 މީޓަރު، އިންޑިވިޖުއަލް މެޑްލޭ އިވެންްޓްގައި ވާދަކޮށް އިމްއާން ރޭސް ނިންމީ، 1 މިނިޓް، 04.93 ސިކުންތުންނެވެ.

ޓޯކިޔޯ 2020 އޮލިމްޕިކްސްގައި ރާއްޖޭގެ ދިދަ އުފުލި އެތުލީޓު، މުބާލް އަންނަނީ އޮސްޓްރޭލިއާގައި ތަމްރީން ފުރިހަމަ ކުރަމުންނެވެ. އަދި އެ ޓްރެއިނިންތަކުގެ ބޭނުންހިފައި ވޭތުވެދިޔަ ދެ އަހަރު އޭނާ ވަނީ ގައުމީ ސްވިމިން ޓީމުގައި ހިމެނިގެން ގިނަ މުބާރާތްތަކެއްގައި ވާދަކޮށްފަ އެވެ.

ޗައިނާގެ ހަންޒޫގައި މިދިޔަ އަހަރު ކުރިއަށްދާ 19 ވަނަ އޭޝިއަން ގޭމްސްގައި މުބާލް، ވަނީ 17 އަހަރުވީ ފިރިހެނުންގެ 100 މީޓަރުގެ ބްރެސްޓް ސްޓްރޯކްގެ ގައުމީ ރެކޯޑު މުގުރާލައިފަ އެވެ. އެ އިވެންޓުން، މުބާލް ގައުމީ ރެކޯޑު ހެދީ އެއް މިނެޓު 14.73 ސިކުންތުން ރޭސް ނިންމައިގެންނެވެ. މި ރެކޯޑު ކުރިން އޮތީ 17 އަހަރު ކުރިން 10 ވަނަ ސައުތު އޭޝިއަން ގޭމްސްގައި ފެތި ހަސަން އަޝްރަފް އަތުގަ އެވެ. އެއީ، 2006 ވަނަ ސްރީ ލަންކާގައި ކުރިއަށްދިޔަ ގޭމްސްގައި އަޝްރަފް ގައުމީ ރެކޯޑު ހެދީ އެއް މިނެޓު 16:33 ސިކުންތުން ރޭސް ނިންމައިގެންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2030 ގެ ފީފާ ވޯލްޑް ކަޕްގެ ރައިޓްސްތަކެއް ނެޓްފްލިކްސް އަށް

2030 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް މެޗުތައް ސްޕެއިން އާއި އެންޑޯރާގައި ދެއްކުމުގެ ރައިޓްސް ނެޓްފްލިކްސް އިން ގަނެފި. މި އެއްބަސްވުމުގެ ދަށުން ކޮންމެ ދުވަހަކު އެއް މެޗު ހިލޭ ސްޓްރީމް ކުރާއިރު، އޭގެ ތެރޭގައި ސެމީ ފައިނަލާއި ފައިނަލް މެޗު ވެސް ހިމެނޭ.

ޗައިނާ މުބާރާތުގައި ވެސް ގައުމީ ފުޓްސަލް ޓީމަށް ކޯޗު ޒަކީރޯވް

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވެސް ރާއްޖޭގެ ގައުމީ ޓީމަށް އިރުޝާދުދޭނީ ކޯޗު ފާރޫކް ޒަކީރޯވް ކަމަށް އެފްއޭއެމް އިން ވަނީ ހާމަކޮށްފައި. މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ޓީމުން މިހާރު ފަރިތަކުރުންތައް ފަށާފައިވާއިރު، ރާއްޖޭގެ އިތުރުން މި މުބާރާތުގައި ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާނެ

ގައްދޫ ބަލިކޮށް ބުރު އަށް ސީޒަންގެ ފުރަތަމަ މޮޅު

ދިވެހި ޕްރިމިއާ ލީގުގައި ގދ. ގައްދޫ 2-0 އިން ބަލިކޮށް، ބުރު ސްޕޯޓްސް ކްލަބުން މި ސީޒަނުގެ ފުރަތަމަ މޮޅު ހޯދައިފި. މި މެޗުގެ ލަނޑުތައް ބުރު ސްޕޯޓްސްއަށް ކާމިޔާބުކޮށްދިނީ ޖުއާން އެޑުއާޑޯ ލެސްކާނޯ އާއި އިބްރާހިމް އުސާމާ ހަސަން މަޖީދު

ލަމްޕާޑް އެދުނީ ކަވެންޓްރީ އިން ހަމަބިމުގައި ތިބެން

ކޯޗު ފްރޭންކް ލަމްޕާޑްގެ އިރުޝާދުގެ ދަށުން ކަވެންޓްރީ ސިޓީން 25 އަހަރަށް ފަހު ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި ފުރަތަމަ މޮޅު ހޯދައިފި. ނިއުކާސަލް އަތުން ލިބުނު މި ކާމިޔާބީއާއެކުވެސް، ލަމްޕާޑް ބާރުއެޅީ ޓީމުގެ ސަމާލުކަން ނުގެއްލުވައި ހަމަބިމުގައި ތިބެގެން ކުރިއަށް ދިއުމަށް

އެމެރިކާ އަކީ ފުޓްބޯޅައިގެ ގައުމެއް ނޫން: ޖިރޫ

އެމެރިކާގެ އެލްއޭ އެފްސީއަށް ކުޅުމަށްފަހު ފްރާންސްގެ ލިލް އަށް ބަދަލުވި އޮލިވިއޭ ޖިރޫ ބުނިގޮތުގައި، އެމެރިކާ އަކީ ޔޫރަޕާ އަޅާބަލާއިރު ފުޓްބޯޅައިގެ ޖޯޝާއި ފޯރި ކުޑަ، ހަމައެކަނި ފުޓްބޯޅައިގައި ހިމެނޭ ފައިސާއަށް އިސްކަންދޭ ގައުމެއް

ރާއްޖެ މެޗުގެ ކަންތަކާ ހެދި ލަންކާ ކޯޗު 5000 ޑޮލަރުން ޖޫރިމަނާ

އޭއެފްސީ 20 އަހަރުން ދަށުގެ ކޮލިފައިންގައި ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗަށްފަހު، ދިވެހި ޓީމަށް ބޭއަދަބީ ބަހުން މުހާތަބުކުރި ލަންކާގެ އެސިސްޓަންޓް ކޯޗު މުހައްމަދު އިމްރާން 5000 ޑޮލަރުން އޭއެފްސީން ޖޫރިމަނާކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުން އޭނާ ވަގުތުން މަގާމުން ވަކިކޮށްފައިވާއިރު، ދެ އަހަރު ދުވަހުގެ ސަސްޕެންޝަނެއް ދިނުމަށްވެސް އެ ފެޑެރޭޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ގައްދޫން މި ބުރުގައި ހަ ޕޮއިންޓް ހޯދަންޖެހޭ: ނަޒީހު

ދިވެހި ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ބަލިވެފައިވާ ގައްދޫ ޓީމުން، މި ބުރުގައި ހަ ޕޮއިންޓް ހޯދަން ޖެހޭ ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ނަޒީހު ބުނެފިއެވެ. ބަޖެޓާއި ތަޖުރިބާކާރު ކުޅުންތެރިންގެ ދަތިކަން ހުރި ނަމަވެސް، މިއަދު ބުރު ސްޕޯޓްސްއާ ދެކޮޅަށް ކުޅޭ މެޗަކީ ރަނގަޅު ނަތީޖާއެއް ނެރެން އުންމީދުކުރާ މެޗެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

Newsletter

Get the latest news delivered straight to your inbox