ހަނިމާދޫ އެއާޕޯޓްގެ ފަޔާ ޓްރަކް ހަލާކުވެގެން އެއާޕޯޓް ބަންދުކޮށްފި

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް: ފަޔާ ޓްރަކަށް ދިމާވި މައްސަލައަކާ ގުޅިގެން އެއާޕޯޓް ވަނީ ބަންދުކޮށްފައި -- ފޮޓޯ: އެންޑްރިއަސް

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް: ފަޔާ ޓްރަކަށް ދިމާވި މައްސަލައަކާ ގުޅިގެން އެއާޕޯޓް ވަނީ ބަންދުކޮށްފައި -- ފޮޓޯ: އެންޑްރިއަސް

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓްގެ ފަޔާ ޓްރަކަށް ދިމާވި މައްސަލައަކާ ގުޅިގެން، އެއާޕޯޓް ބަންދުކޮށްފި އެވެ.

ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރްއޭސީއެލް) ގެ އެމްޑީ އަހުމަދު މުބީން "އަދަދު" އަށް ވިދާޅުވީ އެއާޕޯޓްގެ އޮޕަރޭޝަންތައް ހުއްޓާލީ މިއަދު ފަޔާ ޓްރަކަށް ދިމާވި މައްސަލައަކާ ގުޅިގެން ކަމަށާއި އެކަން ހައްލު ކުރަން ފަޔާ ޓްރަކަށް ބޭނުންވާ ސްޕެއާ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

"ފަޔާ ޓްރަކަށް މިއަދު މައްސަލައެއް ދިމާވީ. މިހާރު ހަނިމާދޫއަށް އަންނަ ފްލައިޓެއް އިންނާނެ ކުޅުދުއްފުއްޓަށް ޑައިވާޓްކޮށްފައި. އޭގެއިން ހަލާކުވެފައި ހުރި ބައި އެބަ ގެންނަން،" މުބީން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފަޔާ ޓްރަކަށް ދިމާވި މައްސަލަ ހައްލުކޮށް މާދަމާ ހެނދުނު 06:00 ޖަހާއިރު އޮޕަަރޭޝަން އަލުން ފެށުމަށް މަސައްކަތް ކުރަމުންްދާ ކަމަށެވެ.

އެއާޕޯޓުގެ ރެގިއުލޭޝަންތައް ބުނާގޮތުން ފަޔާ ޓްރަކެއްގައި މައްސަލައެއް ދިމާވެފައިވާނަމަ، އެ އެއާޕޯޓަކަށް ފްލައިޓް ޖެއްސުން މަނާވާނެ އެވެ.

މުބީން ވިދާޅުވީ އެ އެއާޕޯޓުގައި ބޭނުންކުރާ ހަމައެކަނި ފަޔާ ޓްރަކް ކޮންމެ ދުވަހަކު ވެސް ރަނގަޅުތޯ ޓެސްޓުކޮށް، ބޭނުންކުރާ ކަމަށެވެ. އަދި އެއާޕޯޓުގައި ހުރި ފަޔާ ޓްރަކްތައް ބާވެ، އާ ޓްރަކްތައް ގެނައުމަށް މަސައްކަތް ކުރަމުންދާކަމަށް އޭނާ ވިދާޅުވި އެވެ.

އާރުއޭސީއެލް އިން އަމާޒު ހިފާފައި ވަނީ ހަނިމާދޫ އެއާޕޯޓުގައި ދެ ފަޔާ ޓްރަކް ބަހައްޓާށެވެ. މި އެއާޕޯޓަށް ދުވާލަކު ދެތިން ފްލައިޓު ޖައްސަ އެވެ.

ހަނިމާދޫ އެއާޕޯޓު ތަރައްގީކުރުމުގެ ބިޔަ ޕްރޮޖެކްޓެއް މިހާރު ވެސް އެތަނުގައި އެބަ ހިންގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox