ވިޔަފާރި އަދި މާލީ ދާއިރާ އާ ގުޅޭގޮތުން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މުހިންމު ތިން ބިލެއް މިއަދު ފާސްކޮށްފި އެވެ.
މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި މި ތިން ބިލުވެސް ފާސްކުރީ ވޯޓުގައި ބައިވެރިވި 77 މެންބަރުންގެ އިއްތިފާގުންނެވެ.
އެންމެ ފުރަތަމަ މިއަދު މަޖިލީހުން ފާސްކުރީ ބަލައިގަތީ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން ހުށަހެޅުއްވި ފޮރިން އިންވެސްޓްމަންޓުގެ ބިލެވެ.
މަޖިލީހަށް ދެން ފާސްކުރީ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އަޝްރަފު ރަޝީދު ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެވެ.
ތިންވަނައަށް މިއަދު މަޖިލީހަށް ފާސްކުރީ ކެނދިކުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު އަފޫ ހާމިދު ހުށަހެޅުއްވި މާލީ ސެކިއުރިޓީޒްއާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެވެ.

މި ބިލުތައް ކޮމިޓީން ބަލާ ނިންމިއިރު، ފާހަގަކޮށްލެވޭ އެއްވެސް އިސްލާހެއް ގެނެސްފައިނުވާކަން ފާހަގަކޮށްލެވެ އެވެ. މި ތިން ބިލު ވެސް ދިރާސާކުރީ މަޖިލީހުގެ އިގުތިސޯދީ ކޮމިޓީންނެވެ.













