ތިލަފުށީގައި ހުރި މެރިންޑޯ ވޯކްޝޯޕްގައި ރޯވެ އަނދަނީ

ތިލަފުށީގައި ހުރި މެރިންޑޯ ވޯކްޝޯޕްގައި ރޯވެ އަނދަނީ

ތިލަފުށީގައި ހުރި މެރިންޑޯ މެރިންވޯކްސް ވޯކްޝޮޕްގައި މިއަދު ހެނދުނު ރޯވެއްޖެ އެވެ.

"މެރިންޑޯ ވޯކްޝޮޕުގައި" ހެނދުނު 8:25 ގައި ރޯވި އެ އަލިފާނުގެ ސަބަބުން އެއްވެސް މީހަކަށް ގެއްލުންވި ކަމެއް ނޭނގެ އެވެ. ނަމަވެސް ރޯވެފައި ހުރި އިމާރާތުން މީހަކު ފުންމާލި މަންޒަރު ފެނުނު ކަމަށް ބައެއް މީހުން ބުނެ އެވެ.

އިތުރު މީހަކު ވެސް އަލިފާން ރޯވި ތަނުގެ ތެރޭގައި ހުރި ކަމަށްވެ އެވެ. ނަމަވެސް އަދި އެކަން ޔަގީނެއް ނުވެ އެވެ. އަލިފާން ރޯވިއިރު ގާތްގަނޑަކަށް 30 މީހުން ވޯކްޝޮޕު ތެރޭގައި ތިބޭނެ ކަމަށްވެ އެވެ.

މިހާރު އަލިފާން ނިއްވާލުމުގައި ތިލަފުށީ ފަޔާ ސްޓޭޝަނުން ހަރަކާތްތެރިވަމުން ދާ ކަމަށް ވެސް ސިފައިން ބުނެ އެވެ.

ގުޅީފަޅުގައި ތިބި ބައެއް މީހުން "އަދަދު" އަށް މައުލޫމާތު ދިން ގޮތުގައި އެ ސަރަހައްދުން ކަޅު ދުމާ އެކީ އެއްޗެހި ގޮވާ އަޑު ވެސް އެބަ އިވެ އެވެ. ރޯވި ތަނުގައި ހުރީ ކޮން އެއްޗެއް ކަމެއް އަދި ސާފެއް ނޫނެވެ.

ތިލަފުއްޓަކީ އިންޑަސްޓްރިއަލް ގިނަ މަސައްކަތްތަކެއް ހިނގާ، އަދި ނުރައްކާތެރި އެތައް ކެމިކަލްތަކާއި ތަފާތު އެކި މައުދަންތައް ރައްކާކޮށްފައި ހުރެ އެވެ.

މީގެ ކުރިން ވެސް މިތަނުގައި އަލިފާނުގެ ހާދިސާތައް ހިނގައި އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ. މިދިޔަ ޖޫންގައި ވެސް އެފަދަ ހާދިސާއެެއް ހިނގައި، "ރާއްޖެ ލޮޖިސްޓިކްސް" ގުދަނުގައި ހުރި ގިނަ ސާމާނު ވަނީ ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox