ވިލާ ކޮލެޖުން ފާމަސީ ކޯސް ހެދި 22 ދަރިވަރުން ހުވާކޮށް ވައިޓް ކޯޓާ ހަވާލުވެއްޖެ

ވިލާ ކޮލެޖުގެ 22 ފާމަސީ ދަރިވަރުން ހުވާކޮށް ވައިޓް ކޯޓާ ހަވާލުވުން -- ފޮޓޯ: ވިލާ ކޮލެޖު

ވިލާ ކޮލެޖުގެ 22 ފާމަސީ ދަރިވަރުން ހުވާކޮށް ވައިޓް ކޯޓާ ހަވާލުވުން -- ފޮޓޯ: ވިލާ ކޮލެޖު

ވިލާ ކޮލެޖުގެ ބެޗްލަރ އޮފް ފާމަސީ ކިޔަވާ 22 ދަރިވަރުން ހުވާކޮށް، ވައިޓް ކޯޓާ މިއަދު ހަވާލުވެއްޖެ އެވެ.

ވިލާ ކޮލެޖުގައި ހޯލުގައި ބޭއްވި އެ ހަފްލާގައި ޝަރަފުވެރި ކޮށްދެއްވީ މިނިސްޓްރީ އޮފް ހެލްތްގެ ޑިރެކްޓާ ޖެނެރަލް އޮފް ހެލްތް ސާވިސަސް، ޑރ. އަހުމަދު އަޝްރަފް އެވެ.

"ފާމަސިސްޓުން ނަކީ ހަމަ އެކަނި، ބޭސް ސިޓީއަށް ބޭސް ވިއްކަން ތިބޭ ބައެއް ކަމަށް، ޒަމާނުއްސުރެން ހީވެފައި އޮންނަ އޮތުން މިއަދު ދުނިޔޭގެ ތަރައްގީވެފައިވާ ގައުމުތަކުގައި، މިވަނީ ބަދަލުވެފައި. މި ކުށްހީ ރާއްޖޭގައިވެސް މިހާރު މަޑުމަޑުން ބަދަލުވަމުންދާކަމީ ވަރަށްވެސް ހިތްހަމަ ޖެހުން ލިއްބައިދޭ ކަމެއް." ފެކަލްޓީ އޮފް ހެލްތް ސައިންސްގެ ޑީން އައިޝަތު މާލާ ވިދާޅުވި އެވެ.

ބެޗެލަރ އޮފް ފާމަސީ ދަރިވަރުންނަށް ވައިޓް ކޯޓް ހަވާލުކޮށްދެއްވީ ވިލާ ކޮލެޖުގެ ރެކްޓާ ޑރ. އަހުމަދު އަންވަރު، ވައިސް ރެކްޓާ ޑރ. އަލީ ނަޖީބު އަދި ވިލާ ކޮލުގެ ފެކަލްޓީ އޮފް ހެލްތް ސައިންސް ގެ ޑީން އައިޝަތު މާލާގެ އިތުރުން ޝަރަފުވެރި މެހެމާނު، ޑރ. އަހުމަދު އަޝްރަފް އެވެ.

ދަރިވަރުން ހުވާ ލައި ދެއްވީ ފެކަލްޓީ އޮފް ހެލްތް ސައިންސަސްގެ ޑީން އައިޝަތު މާލާ އެވެ.

ވައިޓް ކޯޓު ހަވާލު ކޮށްދެއްވުމަށްފަހު ޑރ. އަހުމަދު އަޝްރަފް ވިދާޅުވީ ސިއްހީ ދާއިރާއިން ފަންނީ ބޭފުޅުން އުފެއްދުމަށް ވިލާ ކޮލެޖުން މަސައްކަތްކުރަމުންދާ ގޮތް ފާހަގަކުރައްވާ ކަމަށެވެ.

"ވިލާ ކޮލެޖުން މި ތަމްރީން ލިބުމުގެ ފުރުސަތު ހުޅުވިގެން ދިޔުމަކީ އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް ދަތިވެފައި އޮންނަ އެއްކަމެއް ކަމުގައިވާ ޕްރޮފެޝަނަލުން ހޯދުމަށް ލިބުން ވަރަށް ބޮޑު ލުއި ފަސޭހަ ކަމެއް. ހެލްތު ސެކްޓަރަކީ އަޅުގަނޑުމެން ކޮންމެ މީހަކާވެސް ގުޅިފައިވާ ދާއިރާއެއް،" ޑރ. އަޝްރަފް ވިދާޅުވި އެވެ.

ހަފްލާގައި ޑރ. އަލީ ނަޖީބު ވަނީ މި ރަސްމިއްޔާތުގެ މުހިންމުކަމާއި، ވިލާ ކޮލެޖަކީ ފާމަސީ ދަރިވަރުންނަށް ވައިޓް ކޯޓް ހަވާލު ކުރާ ފުރަތަމަ ތައުލީމީ މުއައްސަސާކަން ފާހަގަ ކުރައްވާފަ އެވެ.

ރާއްޖޭގައި އަދި މި ޕްރޮފެޝަންއަށް ވިލާ ކޮލެޖުން ނިކުމެގެން ދާ ކުދިންނަކީ ޕްރޮފެޝަނަލް މުޖުތަމައު ގަބޫލުކުރާ އެތިކަލް ސްޓޭންޑާޑްސް ތަކަށް ފެތިގެން މަސައްކަތް ކުރާ ކުދިބަޔަކަށް ވުމުގެ މުހިއްމުކަމާއި އަބަދުވެސް ދަސްކުރާ މީހަކަށްވުމުގެ އަޒުމް އޮންނަން ޖެހޭނެ ބަޔަކަށް ވުމަށް ޑރ. އަލީ ނަޖީބު އިލްތިމާސް ކުރެއްވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox